ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ނިހާން: އޭނާއަށް މަރުގެ އިންޒާރުދިން މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި-- މިހާރު ފޮޓޯ
04 އޮކްޓޯބަރ 2018 - 22:25
ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް، ޕީޕީއެމުން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޕީޕީއެމުން މިރޭ ބުނިގޮތުގައި ނިހާނަށް މަރުގެ އިންޒާރު ދިނީ، އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. ނިހާނަށް މަރުގެ އިންޒާރު ދިނީ ކިހިނެއް ކަން ނުބުނި ނަމަވެސް، އެ މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
އަދި އެ ޕާޓީން ވަނީ އެކަން އެމްޑީޕީގެ ލީޑާޝިޕުން ކުށްވެރިކޮށް، މާފަށް އެދުމަށް ގޮވާލައިފަ އެވެ.
@PPM_MDV lodges formal complaint with @PoliceMv following death threats issued by notorious MDP activist against Majority Leader of @mvpeoplesmajlis and PG Leader of @PPM_MDV @ahmed_nihan this evening. Urges MDP leadership to issue public condemnation and apology. #NOTDemocracy
— Progressive Party of Maldives (@PPM_MDV) October 4, 2018
މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހުމާން ސޮލާހަށް ވެސް ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީއަށް މަރުގެ އިންޒާރު ދިން މައްސަލަ ވެސް އޭނާ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ރިޔާސީ އިންތިޚާބަށް ފަހު، ސިޔާސީ މައިދާން ހަލަބޮލިވެފައިވާއިރު، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން އަންނަނީ ކޮންމެ ރެއަކުހެން މުޒާހަރާތައް ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫޑިމްސަ
06 October 2018
ކަލޯ އިލެކްޝަން ކޮމިޝަން މެމްބަރުންނަށް ވެސް ތިކަހަލަ އިންޒާރުދިން ކަމަށްވަނީ. އެމީހުންގެ ހައްގުގަ އަޑުއުފުލާނީ ކާކު؟
ތާގުނަ
06 October 2018
މިސޮރު މަރުވީތަ އަނެއްކާ. ޚަބަރެއް ވެސް ނުވާތީ އަހާލީ.
ފާތި
06 October 2018
މަރުގެ އިންޒާރު ދީފަ އެވަރުން ނުވެގެން މަރާލާފަވާ ބައިވަރު ޒުވާނުން، ނިހާންމެންގެ ވެރިކަމުގެ. އޭރު ނިހާން އެޒުވާނުން ދެއްކި ވާހަކަ އަޑެއްވެސް ނީވޭ، އަދި އެމީހުންނަށް އިންސާފެއްވެސް ނުދެވޭ. ދެން މިޙާރު ބިރުން ތިއުޅޭ ވައްތަރެއް ދޯ.
އައިމިނާ
06 October 2018
ދޮގު ހުސްދޮގު ދޮގުނޫންއެއްޗެއް މިމީހުން ނަހަދާނެ.
ޢާސީ
06 October 2018
މިއޮޅުން ބޮޅުމަކީ އެންމެން އެހީވެގެން ބަލަންޖެހޭ ކަމެއް ކަންނޭގެ އޭރުން ކުރިމަގުގައި މިކަންކަން މަދުކުރެވޭނީ
ބްލެކް ޕޭންތަރ
05 October 2018
ހީނުކުރައްޗޭ ކޮންމެ ފަހަރަކު ތިބައިގަނޑު ބޭނުންވާގޮތަށް ކަންކަން ނިންމޭނެޔޭ. މީ ވަރަށް ވާހަކަ،
ހަމްދަރުދު
05 October 2018
އަހަރެން ނިހާނުބޭއާ ގުޅޭކަށް ނެތީމު، މަރުވާނެކަމީ ޝައްކެއް އޮތް ކަމެއްނޫން، މަރު ވުމުން އާއިލާއަށް ތައުޒިޔާ ކިޔާލާނަން، ވަޅުލާނެ ބަޔަކު ނުވިއްޔާ ކިފާޔަތުގެ ފަރުޟު އަދާކޮށްލާނަން. ހަމްދަރުދީ ވަނީ 1،000 މޭލަށްވުރެވެސް މާދުރުގައި.
ދީދީ
05 October 2018
މިދެން ކާކުތަ
މަންސޫރު
05 October 2018
ރައްޔިތުންނާއި ހަނގުރާމައަށް ނިކުތީމައި ތިޔަކަހަލަ އެއްޗެހިވެސް އަޑުއިވޭނެ ދެއްތޮ؟
ނުކިޔަވާނހނ
05 October 2018
ލަގްޒަރީ ފުލެޓުތަކާ ބީއެމްޑަބްލިއު ކާރުތަކާ ރޮލެކްސް ގަޑިތައް ދައުލަތަށް އަނބުރާ ނެގޭނެ ކިތަންމެ ޑުރާމާ އެއް ކުޅުނަސް.