ހުޅުމާލޭގެ މަގެއްގައި ބަަޔަކު ދުއްވާފައި ދަނީ.
05 އޮކްޓޯބަރ 2018 - 15:52
"ސްމާޓް ސިޓީއަކަށް" ހުޅުމާލެ ހަދަން ޒުވާނުންގެ އުފެއްދުންތެރި ހިޔާލު ހޯދުމުގެ ގޮތުން ޔޫއެންޑީޕީން ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ އާބަން އިނޮވޭޝަން ޗެލެންޖުން އެއް ވަނަ އަށް ހޮވޭ މީހަކަށް/ގްރޫޕަކަށް އެ ޖަމިއްޔާއާ އެކު މަސައްކަތް ކުރަން 120،000 ރުފިޔާގެ ފަންޑެއް ދޭން ޔޫއެންޑީޕީން ނިންމައިފި އެވެ. ޔޫއެންޑީޕީ އާއި އުރީދޫ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށް ގެންދާ "އާބަން އިނޮވޭޝަން ޗެލެންޖް" ގައި ބައިވެރިވެވޭނީ 18-34 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ޕްރޮގްރާމްގައި އެކަކު އެކަނި ނުވަތަ ތިން މީހުންނާއި ފަސް މީހުން ހިމެނޭ ޓީމުތަކަށް ވެސް ބައިވެރިވެވޭނެ އެވެ.
ޔޫއެންޑީޕީން ބުނީ ޗެލެންޖުގެ ބައިވެރިންގެ ތެރެއިން އެއް ވަނަ އަށް ދާ ފަރާތަކަށް ކަނޑައެޅިފައިވާ ޖަމިއްޔާއަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ޕްލޭން ފުރިހަމަ ކުރަން ވަގުތު ދޭނެ ކަމަށެވެ.
"އާބަން އިނޮވޭޝަން ޗެލެޖެންޖް" ކުރިއަށް ގެންދަނީ ބޯހިޔާވެހިކަމުގެ މައްސަލަ އާއި ކުނި މަދުކުރުމާއި ނައްތާލުން އަދި އާންމު ދަތުރުފަތުރުގައި ދިމާވާ މައްސަލަތަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 40 ހޮވުމަށް ފަހު އެ މީހުންނަށް ހާއްސަ ވޯކްޝޮޕެއް މި މަހުގެ 17-23 ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ވޯކްޝޮޕްގައި އެމްޓީސީސީ އާއި ވެމްކޯ އާއި އެޗްޑީސީގެ އިތުރުން ސައުތު ކޮރެޔާގެ ވެރިރަށް ސޯލްގެ މެޓްރޮޕޮލިޓަން ގަވާމެންޓުން، ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ. މި ވޯކްޝޮޕްގައި ލިބޭ މައުލޫމާތާއި ބައިވެރިން އެކުލަވާލާ ޕްލޭންތައް ހިމެނޭ ޗެލެން މަރުހަލާ އޮންނާނީ 25-27 އަށެވެ. މިއީ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ އަށް އަމާޒުކޮށް އާބަން އިނޮވޭޝަން ޕްރޮގްރާމް ހިންގާ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟުޣީ
06 October 2018
ޕެޓްރޯލް އެޅުމަށްފަހު ކާޑުން ލާރިކެނޑޭގޮތް ހަދަންވީ..މޮޅު ވާހަކަ ނުދައްކާ.
ކަމަކުނުދޭ333
06 October 2018
އޭޖް ޑިސްކްރިމިނޭޝަން. މީތި ކޫލެއްނޫނޭ. ވަކި އުމުރަކަށް ނޫނީ އިނޮވޭޓު ނުކުރެވޭ ކަމަށް ޔޫ.އެން.ޑީ.ޕީން ބުނަންޏާ އެެއީ ވަރަށް ދެރަކަމެއް!!!!!!
އަހުމަދުބޭ
06 October 2018
އަހުމަދުބޭ ޚިޔާލް ތިކަމަށް ފައިނަގާ ކުދިންނަށް ހުށައަޅައި ލަމެވެ. 1- ސްމާރޓް ކުނީ މެނޭޖް ކުރެވޭގޮތެއް، 2- ގޭސްފުޅި ސްމާރޓް މީޓަރއަކަށް، 3- ސްމާރޓް ޕާކިން ސިސްޓަމްއަކަށް 4- ސްމާރޓް މަގުތަކެއް، 5- ސްމާރޓް ޕޭމަންޓްއަކަށް މިސްރާބްހިފުން، 6- ސްމާރޓް ފައިން ސިސްޓަމް އަކަށް، 7- ސްމާރޓް ސްމޯކިންގ ސިސްޓަމްއަކަށް، 8- ޕޭޕަރލެސް މޭމަންޓް ސިސްޓަމްއަކަށް، ލިސްޓް ގޯސްއޯން ދެންހުރި ކަންކަން ތިކުދިންނަށް
މަރޭމިތުރާ
05 October 2018
އުމުރައް ބަލާގެން ހަދިޔާދިނުން މަށެއްނުރުހޭ! އަމުދުންތިފަދަ ކަމަކަށް ވަކިއުމުރެއް މަށެއްނުރުހޭ!
ތެލުލި ބަކަރިބޯ
05 October 2018
ތި އިނާމު މުއިއްޒު އަށް ދީ. ބަލާބަލަ މާލޭގެ މަގުތަކުގައި އަޅާލާފަ ހުރި ފަލަ ހޮޅިތައް. އެހޮޅިތަކުގަ އަޅައިގެންފަ ވެއްޓި ބޯޖެހި އެތައް ބަޔަކު ސްމާޓުވެއްޖެ.