07 އޮކްޓޯބަރ 2018 - 12:51
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ފަރާތްޕުޅުން އެކުލަވާލާފައިވާ އިންތިގާލީ ކޮމެޓީން، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
ކުންފުނިތަކާ ބައްދަލުކުރަން ހާއްސަކޮށްފައިވާ ކޮމެޓީން މިއަދު ވަނީ ރާއްޖޭގެ މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ވެރިންނާ ބައްދަލުކޮށްފަ އެވެ. އަދި އިއްޔެ އެސްޓީއޯ އާއި ދިރާގުގެ މެނޭޖްމަންޓާ ވެސް ބައްދަލުކުރި އެވެ.
މިހާތަނަށް ޖުމްލަ ނުވަ ކުންފުންޏަކާ އެކު އެ ކޮމެޓީން ވަނީ ބައްދަލުވުންތައް ބާއްވައިފަ އެވެ.
އިންތިގާލީ ކޮމެޓީގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ވިޔަފާރިވެރިޔާ އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ހިމެނެ އެވެ.
State Owned Enterprises (SOE) transition Committee,STO ge team aai bahdhalu koffi pic.twitter.com/KZ24xJimZu
— MDP Secretariat (@MDPSecretariat) October 6, 2018
އިންތިގާލީ ކޮމެޓީން އެސްޓީއޯ ވެރިންނާ ބައްދަލު ކުރުން--
އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރަނީ ކުންފުނިތަކުގެ މިހާރުގެ ހާލަތާއި އިބޫ ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ކުންފުނީގެ ކަންކަން ހަމަޖައްސާނެ ގޮތުގެ މައްޗަށެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެ މަޝްވަރާތައް ދަނީ ވަރަށް އަމާންކޮށް ކަމަށެވެ.
ސަރުކާރުގެ 15 މިނިސްޓްރީގެ ތެރެއިން ނުވަ މިނިސްޓްރީއަކާ މިހާތަނަށް އިންތިގާލީ ކޮމެޓީތަކުން ވަނީ ބައްދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮމެޓީ
07 October 2018
އިންތިގާލީ ކޮމެޓީ ކަޑަ، މިތަނުން ކަޑަކަމުން ބޭރުކޮށްފަ ތިބި މީހުން އެބަތިބި.
ދޮންކަލޯގެ
07 October 2018
އަސްތާ، ޕާލަމަންޓު މީހުން ކުންފުނިތަކާއެކީ ބާއްވާ ބައްދަލުވުމަށް ވެއްދުމަކީ ބޮޑު ގޯހެއް އެކޮއި.
އަކުންބަކުން
07 October 2018
ވިއްކާ ނުލާތި ތިއިން އެއްވެސް ތަނެއް. ތިއީ މިހާރު ދައުލަތަށް އެންމެ ބޮޑު ޓެކްސް ދައްކާ ނަފާވަނިވި ވިޔަފާރިތަށް.
ބަބުރުކަލޯ
07 October 2018
އިންތިގާލީ ކޮމެޓީގާ އިންތި އުޅޭތަ؟
ބައިރޯ
07 October 2018
ނުއުޅޭ
ގޯޕާލް
07 October 2018
އިންތި އެހާ ގާލީ އެއްނުވާނެ