އިންތިޚާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
07 އޮކްޓޯބަރ 2018 - 16:18
ހުޅުމާލޭން ގޯތި ވިއްކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ ރައްޔިތުންނަށް ފުރައްސާރައަކަށްވާ ގޮތަށް ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މާރިޔާ ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ގޯތި ވިއްކަން ހުޅުވާލުމަކީ ރައްޔިތުންނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ. އެހެންވެ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް އެ ކަންކަން ކުރިއަށް ނުގެންދިއުމަށް މާރިޔާ އެދިވަޑައިގެންނެވި އެވެ. އަދި މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް ފުރައްސާރަނުކުރަން ހައުސް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ގޮވައިލެއްވި އެވެ.
ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ދޫކުރަން މިއަދު ނިންމައިފަ އެވެ. މާލޭ ރައްޔިތުންނަށް ހާއްސަކޮށްފައިވާ އެ ފުރުސަތުގެ ދަށުން ގޯއްޗެއް ވިއްކަން ހަމަޖައްސާފައިވަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފައި ވަނިކޮށް މި މަޝްރޫއު ފެށީ، މި މަރުހަލާގައި އެއްވެސް މަޝްރޫއެއް ނުހިންގަން އިންތިޚާބީ ރައީސްގެ އޮފީހުން މުއައްސާތަކުގައި އެދިފައި ވަނިކޮށެވެ. އެހެންވެ އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް ގެންނާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ފުރައްސާރަ އެ ކުރައްވަނީއޭ ހީވާގޮތަށް އެކަަން އެގޮތަށް ނުކުރައްވާ، ރައްޔިތުންނަށް އިހުތިރާމްކުރައްވައިގެން އުޅުއްވަން ދަސްކުރައްވަން ޖެހޭ. ކިތަންމެ މޮޅު ވަޒީރެއްގެ ގޮތުގައި ހުންނެވިކަމުގައި ވިޔަސް ރައްޔިތުންނަށް އިހުތިރާމްކުރުމަކީ ހަމަ ގައިމު ވެސް ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅަކު ވެސް ދަސްކުރަންޖެހޭ ކަމެއް. އެހެންވީމާ އެގޮތަށް އެ ބޭފުޅާ [ހައުސިން މިނިސްޓަރު މުއިއްޒު]ގެ އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވަން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ފަސް އަހަރު ދުވަސް ވެގެން ދިޔަ އިރު ވެސް މި ބިން މިގޮތަށް އޮތް ކަމަށާއި އެހެންވެ މި ގޮތަށް ކަންތައް ކުރުމަކީ ފުރައްސާރައެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯމު
08 October 2018
ފޯމުގެ ޝަރުތުތައް ކިޔިންތޯ؟ މާލެ އެކަމު މާޅޭގަ އުޅޭނެ ތަނެއް ނެތް މީހުން އެކަނި ތިފޯމު ލެވެނީ. އެއީ ފުރައްސާރައެއްތޯ؟ މާލޭގަ އުޅޭ އެންމެންނަކީ ގެ 10 ބުރިއަށް ނަގާ ކުލިނަގާ މީހުނެއް ނޫން. މިއީ އެމީހުންގެ ނީޑެއް. އެމީހުން އުޅޭނެ އެހެން ރަށެއްވެސް ނެތް.
ހާޒިމް
12 October 2018
ޝަރުތުގަ ކޮންމެ އެއްޗެއް އޮތަސް ވަރިހަމަ. ޢަހަރުމެނ ރަށު(ރ އަތޮޅު ރަށެއްގެ ) ބައިވަރު މީހުންނަށް އެ ލިބުނު. އެއީ އެކަމް މާލޭގަ ދުވަހަކުސް އުޅުނު ބަޔެއް ނޫން. މިއީ އިންސާފުތަ؟
މައުލޫމާތު
08 October 2018
ރައްރަށުުގެ ރައްވެހިންނައް ހިލޭ އެރައްތަކުން ބިންދޫކުރާހެން މާލޭގެ ރައްޔިތުންނައް ބިން މާލޭންމާލޭން ހިލޭ ލިބެން އެބަޖެހެއެވެ. މާލޭގެ ރައްޔިތުންނައް ތަރައްގީކުރެވޭ ހުރިހާރަބިމަކުންވެސް ސަރުކާރުން ބަލަނީ ރައްރަށުން މީހުން ގެނެސް މާލެ ތޮއްޖެއްސޭތޯއެވެ. މިރައްރަށުގެ މީހުންނައް ހިލޭއެލިބޭ ބިން އެމީހުންނައް ހައްގުވަނީ ކިހިނެއްތޯއެވެ. ވަކި ބަޔަކައް ވަކިގޮތް ހަދަން ރަނގަޅުތޯއެވެ. ރައްތަކުގެ މީހުން އެބައެއްގެ ރަށުގަ ތިބޭނެ ދުވަހެއް ފެންނާނެތޯއެވެ.
ހައްޤުބަސް.
08 October 2018
މާލޭގަ ނެތް ބިމެއް ހިލޭ ވެސް ވިއްކާކަށްވެސް... ހުޅުމާލެއަކީ މާލެއެއް ނޫން.. އެއީ ދިޗެހިރައްޔިތުންގެ ފައިސާއިން ހިއްކި ތަނެއް.. މާލޭ މީހުންގެ ލާރިއަކުން އެކަންޏެއް ނޫން.. އަތޮޅުތެރޭ މީހުން ދައްކާ ޓެކްސްވެސް މާގިނަވާނެ.. މާލޭ މީހުންވެސް ރައްރަށަށް ދިޔައީމަ ބިންލިބޭނެ ގަންނަންވެސް އަދި ރަށުން ބޭރު މީހުންނަށް ދޫކުރާ ގޯއްޔާ ރޯހައުސްތަކުންވެސް ލިބޭނެ
ސަލާހު
08 October 2018
މިހެން ބުނާ މީހުން ނުވިސް ނެނީތަ މިރަށްތައްވެސް ހިއްކަނީ ރައްޔިތުންގެ ލާރިންނޭ، ހަމަ ރައްތަށް ހިއްކާފ ގޯތި ދޫކޮށް ނުވަތަ ދޫކުރުމަށް ޕްލޭން އެކުރަނީ ، ކީއްވެގެންތަ މިގޮތަށް މާލެ މީހުންނަށް ފުރުސަތެއް ނޯންނަނީ.. މާލޭ އެންމެންނަކީ މުއްސަދިންނެއް ނޫނޭ!
ހާޒިމް
12 October 2018
އޭ ބަލަ ރަށްރަށުގަ އަޅާ ނަރުދަމާގެ ނިޒާމުތަކާ ރަށްރަށުގަ ހަދާ ބަނދަރުތަކަކީވެސް ހަމަ އެކަނި އެ ރަށެއްގެ މީހުންގެ ފައިސާއިން ހަދާ އެއްޗެއް ނޫނޭ. އެވެސް ހަމަ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން ހަދާ ތަންތަން..
ލަންޑޫ
07 October 2018
1 ރޫމް އެޕާޓުމަންޓެއްވެސް ނުލިބޭ 4 ލައްކަ އަކަށް ހުޅުމާލޭން. ދެން ކިހިނެއް ގޯއްޗެއްގެ އަގު އެވަރަށް ދެވޭނީ؟ ތި ގޯތި ލިބޭނެ މީހުން މިހާރު އޮންނާނީ ނިމިފަ.
މައައީ
07 October 2018
ކޮންމެ ކަމެއްވެސް ގޯސްކަމެއްގެ ގޮތުގައި ދެއްކިދާނެ ... މިކަމަށް އެންމެ ހުނަރުވެރިވާނީވެސް މި އުޅުއްވާ ސިޔާސީ މީހުން. ގިނަ އާއްމުރައްޔިތުން މި ވާހަކަތައް ގަބޫލްކޮށް ކޮޅު ކޮޅަށް އެނބުރޭނެ ..
ނަގޫރޯޅި
07 October 2018
400 ވިއްކަން ވަކިސާއަތެއް އޮވޭތަ. ތަންކޮޅެއްގަ އާންމު ރައްޔިތަކައް އެއްޗެއްލިބިދާނެތީ ލަގޮނޑިޔައް ކެއްނުވީ. އިންޑިޔާ އަތުން ލާރިހޯދައިގެން ވޯޓުގަންނަން ލާރިތައް ބަހާނެގި ނެގިއިރު ފުރައްސާރަ އަކައްނުވޭތަ. ޢަމިއްލަ މީހާވެސް ތީ ރައްޔިތުންނައް ހުރި ބޮޑުފުރައްސާރައެއް.
ހައިސިއްޔަ
07 October 2018
މާރިޔާ މެން ލާމު އަތޮޅުން ބިން ހޯދީ ކޮން ހައިސިއްޔަތަކުން ތޯ؟ ދެމަސް ކުރިން ބިމާ ފުލެޓް ދޫކުރާނެ ކަމައް ބުނިއިރު މާރިޔާ ކޮބައިތޯ؟
ސޭކުބެ
07 October 2018
މާރިޔާއެވެ. މިކަމަކީ ރައްޔިތުންނަށް ފައިދާހުރި ކަމެކެވެ. މިކަން ހުއްޓުވަން އުޅުމުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެއެވެ.
އަސްލުހާލަތު
08 October 2018
ރައްޔިތުންނަށް ފައިދާ ހުރިކަމެއް ނޫން ރައްޔިތުންގެ ތެރެއިން ވަކި ބަޔަކަށް ނުހައްގު ފައިދާ ހޯދަދޭން ކުރާ ކަމެއް.. ގުރޭޓަރ މާލޭ ބޭފުޅުންނަށް އެކަނި އެވެސް ހިތްޕުޅާވާ ވަކި ބަޔަކަށް.. ހުޅުމާލެއަކީ ހުރިހާ ރައްޔިތުންގެ ތަނެއް އެތަން ހިއްކީ ހުރިހާ ރައްޔިތުންގެ ފައިސާއިން ހިއްކަން ނެގި ލޯނު ހުރިގާ ރައްޔިތުން ބޮލުގަ އޮތީ އެޅިފަ ބޮޑު ބައި ދައްކަނީ އަތޮޅުތަކަށް ނިސްބަތްވާ މީހުން.. އެހެން އޮއްވާ ވަކިބަޔަކަށް ބިންކޮޅު ނުއަގުގަ ދިނުމަކީ ފުރައްސާރައެއް.
ރައްޔިތުން
08 October 2018
ގެދޮރު ހޯދެނީ މާރިޔާ ހިއްޕުޅާ ވާގޮތައްދޯ
ކިއްލިބާޝާ
07 October 2018
އަދިވެސް މާރިއައްތަ ބުނާނެ ޓްރާންސިޝަން ދަނީ ސުމޫތުކޮށޭ.
ވެބްކެމް
07 October 2018
މިމީހުން ނޫން ބަޔަކަށް ލިބޭނެ އެންމެ ފަހު ގޯތި ތައް މިއީ. ފުރުސަތުގެ ބޭނުން ހިއްޕަވާ. ކުރިޔައްއޮތްތާ މޑޕ މީހުން ނަގާފަ ބާކީ ހުރި އެއްޗެއް މީހަކަށް ލިބޭނީ
ބަރުބޯ ޝަރީފާ/ ފުޅަ މާލެ އަސްލު މާލެ
07 October 2018
މަގޭ އަތުގައި އެބަހުރި 25000ރ މަބޭނުން ގޯތި އެކަމަކު މިކާންޖެހުނީ ރޮލަށް ރާކަނިމަސް
ބަރުބޯ
08 October 2018
ތިމީހުންގެ ރަށުގައި ގެއެބަހުރިތަ؟ މިފޯމުލެވެނީ މާލޭގަ އުޅޭނެ ޖާގަ ނެތް މީހުންނަށް. އެއްވެސް ތާކު އުޅޭނެ އޯކޭ ތަނެއް ނެތް މީހުންނަށް.