ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 400 ގޯތި ވިއްކަން ނިންމިކަން މިނިސްޓަރު މުއިއްޒު މިއަދު އިއުލާން ކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
07 އޮކްޓޯބަރ 2018 - 18:05
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެއްބާރުލުން ނުލިބެނީ ހައުސިން މިނިސްޓްރީން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީއާ ގުޅޭ ބައެއް މައްސަލަތައް އޭސީސީގެ މެމްބަރުންނަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ހައުސިން މިނިސްޓަރީން އަމަލު ކުރަމުން ގެންދަނީ ވަރަށް ނާތަހުޒީބު ގޮތަކަށް ކަމަށެވެ.
ހުރިހާ މިނިސްޓްރީތަކާ ބައްދަލު ކުރަމުން ގެންދާއިރު ހައުސިން މިނިސްޓްރީއާ ބައްދަލު ކުރުމަށް އެދުމުން ޑރ. މުހައްމަދު މުއިއްޒަށް ވަގުތެއް ދެވޭނީ ބުދަ ދުވަހުގައި ކަމަށް އަންގާފައިވާ ކަމަށެވެ. މިނިސްޓަރާ ބައްދަލު ކުރަނީ ޕްރޮޓޮކޯލް ފުރިހަމަ ކުރުމަށް ކަމަށާއި ބައްދަލު ކުރަން ބޭނުންވަނީ އެތަނެއްގެ އިސް މުވައްޒަފުންނާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
މިނިސްޓަރު މުއިއްޒަށް އަވަސް މުއްދަތެއްގެ ތެރޭގައި ވަގުތު ދެވެން ނެތް ނަމަ އެ ބައްދަލުވުން ފަހަށް ބާއްވައި އެ މިނިސްޓްރީގެ އިސް މުވައްޒަފުންނާއި ބައްދަލު ކުރެއްވުމަށް އެދުމުން އެކަންވެސް ނުކޮށްދެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް އެއްބާރުލުން ނުދެއްވަން އުޅުއްވާތަން [ހައުސިން މިނިސްޓްރީގެ ފަރާތުން] އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެއްވެސް ގޮތަކަށް ތަހުޒީބު ގޮތަކަށެއް ނޫން މިކަން މިދަނީ،" އަސްލަމް ވިދާޅުވި އެވެ.
"ހައުސިން މިނިސްޓްރީ މިއީ މިހާތަނަށް އަޅުގަނޑުމެންނަށް އެތަނަކަށް ނުވަދެވި އޮތްތަން. އަޅުގަނޑުމެން މިދިޔަ ބުރާސްފަތި ދުވަހު އެމިނިސްޓްރީ އަށް ވަންނަން ވާނީ އެދިފައި."
ހޯދަން ބޭނުންވާ މައުލޫމާތު މިހާރު އެމިނިސްޓްރީގެ ސިވިލް ސާވެންޓުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި ސިވިލް ސާވެންޓުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ބަދަލުވި ނަމަވެސް ހުއްޓުމެއްނެތި ސަރުކާރު ކުރިއަށް ގެންދިއުމަށް މި ދަނޑިވަޅުގައި މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ ކުއްލި ގޮތަކަށް ހުޅުމާލެއިން ބިން ވިއްކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އޭސީސީން ވަނީ އެކަން ހުއްޓުވާފަ އެވެ.
އިންތިގާލީ ކޮމެޓީތަކުން ދައުލަތުގެ އިދާރާތަކުގެ އިތުރުން ކުންފުނިތަކުގެ މެނޭޖްމެންޓާވެސް އަންނަނީ ބައްދަލު ކުރައްވަމުންނެވެ. އެ ބައްދަލުވުންތަކަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުން
08 October 2018
މިހާރު ކޮން ބިޒީއެއް؟ ޕްލަސްޓިކު ކޮތަޅަކަށް ވަތްގަނޑުގައި ހުރި އެތިކޮޅު އެޅުން ނޫން ކަމެއް ކުރާކަށް ނުޖެހޭނެ،
ޓިނު
08 October 2018
އެއީ މާބާރުގަދަމީހެކޯ
އަހަންމާބެ
08 October 2018
ޤާނޫނުން އެކަމަށް ކަނޑައެޅޭ މީހަކަށްނޫނީ އެހެންބަޔަކު ބުނާހާގޮތަކަށް ކަންކުރަންޖެހޭނެކަމަކަށް ނުދެކެން، އެހެނީ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ)ގައި ވާގޮތުންނަމަ ރިޔާސީ ދައުރަކީ 5 އަހަރުދުވަސް، އެހެންވީމާ މިހާރު މިހިނގަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު، މިދައުރު ހަމަވުމުގެކުރިން އަތްފައި ބަނދެ ގޯންޏަކަށްލާހެން މުއައްސަސާތަކަށްވަދެ ބާރުދެއްކިދާނެ ކަމަކަށް ނުދެކެން، އޮމާންކަމާއެކު ކަންކަންގެންދެވޭނީ އެންމެވެސް އޮމާންކޮށް އުޅެގެން.
ނޫރު
08 October 2018
އެއީ ބާރު ދެއްކުންކަމަށްތަ ފެންނަނީ .. ބަލަ ޤާނޫން އަސާސީގައި ކަޅާހުދުން ލިޔެފަ އޮތް ކަންކަމޭ އެކުރަނީ.. ވެރިކަމަކީ އަމާނާތެއް ރަންގަޅު ގޮތުގައި އެކަން ކޮށް ވަގުތު ހަމަވީމާ އެހެން ބަޔަކާ ހަވާލުކޮށްފަ ނިކުންނަން ތައްޔާރަށް ތިބެގެން ވެރިކަން ކުރަންވާނީ .. އެއްބާރުލުން ދޭން ޖެހޭނެ ޤާނޫނާއެއްގޮތަށް .
ތިލަ ދެކުނު
08 October 2018
ނިކަން އިނދެބަލަ ތިޔަގޮނޑީގަ ނެރެ އެއްލާލާނަން ދުވަސް ވަރައް ކުޑަތަންވެއްޖެ.މީނަ މީ ޔާމީނައް އެހާބޮޑު ތަނުން ބަލިވުމުގެ އަސްލު.
މުގާބޭ
08 October 2018
އަހަރެން ކުރިން ހިޔެއް ނުކުރަން. މީނައަކީ މިއީ މިހާ ބޮރާންޗެއް ކަމެއް. ނަމަވެސް މިހާރު އެގިއްޖެ. މީނައަކީވެސް ވަރަށް ތާކުން ތަނަކު ނުޖެހޭ މީހެއްކަން. މުއައްޒުއަށް އަހަރެން ބުނެލަން އޮތީ ތިޔަ ފާޑަށް ކަންތައްކުރާ ކަމަށްވާނަމަ ފަހުން ވަރަށް ގޯސްވެދާނެ. ކަންކަން ރަނގަޅަށް ކުރެވޭތޯބަލާ.
ރޯޒްސް
08 October 2018
އަޅުގަނޑަށް ޙީވަނީ ބުދަ ދުވަހޭ ބުނީމައި އެ ލަހެއް ނޫންހެން... ހަފްތާއެއްގެ ތެރޭގައި ޖަލްސާ ހަމަ ޖައްސައި ދިނީމައި އޯކޭ ހެން.. ނޫސް ބަޔާން ދޭ ވަރެއް ނުވޭ ތިކަމަކު.. އަސްލަމްވެސް ގައުމުގެ މަސްލަހަތައް ވިސްނާލުން ރަނގަޅު.
ކަނދިކަމަނާ
08 October 2018
މުއިއްޒު މަށަށް ތިވަޒީފާ ދީފަ ދުވަސްކޮޅަކު ގޭގަހުރެބަލަ.
ރަށުމީހާ
08 October 2018
ބޭބެމެން ތަންދޮރުނުދަންނަވަރު ތިހިރީ ދެންކިހެނެށް ކަންތައް ރަގަލުކުރާނީ.
ޢާސީ
08 October 2018
ޓތިއައީ ވަރައް ރަނގަޒލު ކަމެއް ވަކި ވަގުތެއް ނޯންނާނެ ރައްޔިތުންނައް އެހީދޭކަށެއް ލޯންގްލިވް މުއީޒް..ވަރައްރަނގަޅު..ސާބަސް ..
ހޯރަފުށީ ޗާލުނަޔާ
08 October 2018
މުއިޒުމެން ރައީސްޔާމީނަށް އޮޅުވާލަފަ މިކިޔަނި ވޯޓްއޮޅުވާލީއޭ. ދާހާރަށަކުން ރައީސް ޔާމީން 70 ފަސަންޓް ތާއީދޭ ކިޔާގެން އުޅެފަ އިންތިހާބުން ބަލިވީމަވެސް ހަޖަމްނުގެން އެއްބާރުލުން ނުދެން ކިތައްމެ ގަދަފައެއް ވިންދިޔަސް 17 ނޮވެންބަރގަ ހުވާކުރާނި އިބުރާހިމް މުހަންމަދު ސޯލިހު.
ނޫރު
08 October 2018
އާން .. ހަމަ ޔާންޓޭއަށް އޮޅުވާލި ވޯޓް ... އޮޅުވާލީ ޔާންޓޭގެ މީހުން ... ކޮންމެ ރަށަކަށް އަރަން ވާއިރަށް އިދިކޮޅު މީހުން ދަމާފަ ހުންނަހާ އެއްޗެއް ނަގާ .. ޖަގަހަ ބަންދުކޮށްފަ ޔާންޓޭ ގާތު ބުނަނީ މަނިކު ފާނަށް ސަތޭކަ ޕަސެންޓޭ.. ދެން މަނިކުފާނު ހުންނެވީ ސަތޭކަ ޕަސެންޓް ކަމަށް ގަބޫލް ކޮށްގެން ... އެއީ އޮޅުވާލި ވޯޓަކީ.. އެކަމު ރައްޔިތުންގެ ވިސްނުން ހުރިގޮޓް ޔާންޓޭނުބަލާ .. ދެން ކޯއްޗެއް ކިޔާކަށް .