ޚަބަރު / ގޭންގް ހަމަނުޖެހުން

އައްޑޫގައި ވަޅި ހެރި މައްސަލައިގައި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

މަރަދޫގައި ރޭ ހިންގި މާރާމާރީގައި އަނިޔާވި އީވާން: އޭނާގެ ހާލު ސީރިއަސް

ރޭ ސ. މަރަދޫގައި ޒުވާނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި، 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނި ގޮތުގައި އުމުރުން 22 އަހަރުގެ މުހައްމަދު އީވާނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކުޑަކުއްޖާ ހައްޔަރު ކުރީ، ފިލައިގެން ހުޅުމީދުއަށް ދިޔަތަނުންނެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި އީވާންގެ ކަރަށާއި ބުރަކައްޓަށާއި ބޮލަށް ވެސް ވަނީ ވަޅި ހަރާފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަޅި ހަރާފައިވާއިރު ފުއްޕާމެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިއަދު ހަވީރު އޭނާ ވަނީ މާލެ ގެނެސްފަ އެވެ. މިހާރު އޭނާ އޮތީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. އީވާންގެ ހާލު ސީރިއަސް ކަމަށާއި ނޭވާލައްވަމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް އެނގިފައި ވެ އެވެ.

މި މާރާމާރީގައި އިތުރު އެހެން މީހަކަށް ވެސް އަނިޔާވި އެވެ. އެކަމަކު އެ އަނިޔާތައް އެހާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

7 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 26%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޯ!،

28 August 2019

` ކޮންބޭނުމެއްގަބާ ހއްޔަރު ކުރަނީ ހައްޔަރު ކުރީ ، ތިޔައީ ހމަ ނަމަކައް ! ﷲއިރާދަފުޅުން ރަންގަޅު ގޮތެއް މެދުވެިވެއްޖިއްޔާ إن شاء الله ، أمين ،،،

The name is already taken The name is available. Register?

ބީރު

09 October 2018

ވަރަށް ދެރަ☹️

The name is already taken The name is available. Register?

އީކިއު.

08 October 2018

ކުދިން މީހުން ގަޔަށް ވަޅިއެއް ނުހަރާނެ. ކުދިން ގެންގުޅޭނީވެސް ކުޅޭކުޅޭ ވަކަރު ނޫނީ ޕްލާސްޓިކް ވަޅި.

The name is already taken The name is available. Register?

އަލިފް

08 October 2018

17 އަހަރުގެ ކުޑަކުދީން ނެއް ނުހުންނާނެއެވެ . ބާލިގު ވީމަ ބޮޑުވީއެވެ . އޮޅުވާނުލާށެވެ.

The name is already taken The name is available. Register?

ވަހީދު

08 October 2018

ކުޑައެއް ނުވާނެ. އާދައިގެ ފިރިހެކަށްވުރެ ތިމީހުންގެ ވިސްނުމާއި ފިކުރު ވެސް، އަދި ގައިގެ ބާރުވެސް ގަދަ ވާނެ. ގާނޫނުގައި ވަކި އުމުރެއް ކަނޑައަޅާފައި އޮންނާތީ ކުޑަ ކުއްޖެކޭ ތިކިޔަނީ. ދޫނުކޮށް ހިފަހައްޓާލަ ބަލަ ހައެއްކަ އަހަރު ވަންދެން.

The name is already taken The name is available. Register?

ޛައުރު

07 October 2018

ޢިބޫ ސަރުކާރުގައި މި ވަޅި ހަރާ ކުދިން ކުދިން ހަންމަތަ ކުރެވޭނެބާ؟

The name is already taken The name is available. Register?

ދީދީ

07 October 2018

ތުއްތު ކުއްޖެއްދޯ، އަވާނީ ތުން ކަމައް ހީކޮއް ވަޅިޔެއް ނެގުނީކަމައް. މަރައްމަރު ހިފާ ކޮން ކުޑަކުއްޖެތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454