ގިޔާސުއްދީން ސްކޫލް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
10 އޮކްޓޯބަރ 2018 - 16:56
މާލޭގައި މިއަދު ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފި އެވެ.
އަމީނީ މަގުގައި ހުންނަ ޣިޔާސުއްދީން ސްކޫލް ކައިރީގައި މިއަދު މެންދުރު ހިންގި މި މާރަމާރީގައި ޒަހަމްވި، އުމުރުން 26 އަހަރުގެ ފިރިހެނަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީއެއްގައި ޒަހަމްވެގެން މެންދުރު 12:30 ހާއިރު އެ ތަނަށް މީހަކު ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދިނުމަށް ފަހު އަދި ވެސް ބާއްވާފައި ވަނީ އިމަޖެންސީ ރޫމްގަ އެވެ. އެ ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދިއެއް ހާމައެއް ނުކުރެ އެވެ.
ސ. މަރަދު އާއި މާލޭގައި ވެސް މި ހަފުތާގައި ވަނީ މާރާމާރީތަކެއް ކުރިން ހިންގައިފަ އެވެ. އެ މާރާމާރީތަކުގައި ޒަހަމްވި ދެ ޒުވާނުންގެ ހާލު އަދި ވެސް ސީރިއަސް ކަމަށް އެ މީހުންނަށް ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗާއި އޭޑީކޭއިން ބުނެފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު މަރަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ. މާލޭގައި އިއްޔެ ރޭ ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދިއެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނާ
11 October 2018
އަމަންއަމާންކަމާ ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭ ދެމުއައްސަސާ ސިފައިންނާ ފުލުހުންގެވެރިން އިސްތިއުފާދޭންވީނޫން މިހާރު އާއްމުރައްޔިތުންނަކަށް ގެއްލުމެއްނުވޭތޯ ސިޔާސީބޭނުމެއްއޮތިއްޔާ ފައިޖަހާފަދުވާއިރު ހީވަނީ އެހެންފަދަކަމެއްހެއް ހަމަތެެދެއްމިބުނީ ވަރަށްފޫހިވެއްޖެ
ކުނި
11 October 2018
މިކަން ތަކުރާރުކޮށް ކޮންމެދުވަހަކު މަގުމަތީގައި ކުރާއިރުވެސް ފުލުހުންނާ ސިފައިން ހަމަ ނިދާފަތަ އަޅެ ޕްލީޒް ހޮރުން ނުކުމެ މިކަންކޮށްދީބަލަ ގައިމު ބަރާބަރަށް މުސާރަދޭ ޔުނީފޯމުދޭ
ތެމާ
11 October 2018
އަޅެހެޔޮނުވާނެ ފުލުހުންނާ ސިފައިން ކާންދީފަ ރީތި ޔުނީފޯމުލައްވާފަ ނުބައިތިއްބާ މިކަން ކޮންދީބަލަ ރައްޔިތުންނަށް އަމާންކަން އިހްސާސްވާވަރުކޮށްދީބަލަ އަޅެމީ ގާނޫނުން މިމީހުންނަށް ލާޒިމުކޮށްފައޮތް ޒިންމާއެއްނޫންތަ މީދެން ފުކެއްބޮޑުވަރު
މަންސޫރު
11 October 2018
ނޫޅޭ ގޭންގުތަކުން ނޫޅޭ މީހުން ގަޔަށް ނުފެންނަ ވަޅި ޖެހުން ގިނަވެއްޖެ. އަދިވެސް އެއްބަސް ނުވާތި ކަމެއް ހިނގާ ކަމަށްވެސް!
ށަމނ
10 October 2018
މިކަން ހިގީ މެންދުރު 12 ޖަހާއިރު. ދިވެހިންގެ ބޯދާވިސްނުން ބުނާގޮތުންނަމަ ފިހާރަތަ ބަންދުކުރަންވީ ހެދުނު 10 ޖަހާއިރު ކެފޭތަ 11 ޖަހާއިރު. ފައިދޮވެލައިގެން ސަހާދެ ކިޔައިގެން މެންދުރު 12 ޖަހާއިރު ނިދަން އަރުވާ ގޮތަ ހަދާދީ.
ސަންފާ ކްލޭން
10 October 2018
ރަޮމާ ދުވާލު ވެސް މީހުން ކަތިލުން. މި ކަން ހުއްޓުވާނެ މުއައްސަސާ އެއް މި ކަން ހުއްޓުވަން ބަހެއް ބުނާނެ ބަޔަކު ނެތް. ޢެއްބަޔަކު ވެރިކަމާ ހެދި ހޭ ބުއްދި ފިލާފަ އަނެއްބަޔަކު ތިމާމެން ތާއީދު ކުރާ ޕާރޓީ/ ލީޑަރުން ހިމާޔައް ކުރުމުގަ އެ ހެޔޮ އެ ބަޔަކު ޤާނޫނާ ޚިލާފުވެ ކިތަންމެ ވިޔާނުދާ އަމަލެއް ކުރިއަސް. ޤައުމާއި އާއްމު ފަރުދުން މަތީން މި އެންމެން ހަނދާން ނެތިއްޖެ.
ސަކީނާ
10 October 2018
އިންތިހާބަށް ކެމްޕޭނުތެރޭ ޖަލުން ދޫކުރެވުނު އެތައް ޒުވާނުންނެއް.
ޚޮހޯ
10 October 2018
ފުލުހުން ޖަވާބުދާރީ ކުރަން ނޫސްތަކުން ކޮން ކަމެއްބާ ކުރަނީ؟؟ މިވަރުވެގެން ދަައިރު ފުލުހުން ކޮން ފިޔަވަޅުތކެއް ތޯ އެޅީ ސުވާލުކުރެވުންބާ..އަސްކަރިއްޔާއިން ނިކުމެ މިކަން މައިތިރި ކުރާ ހިސާބަށް ގޮއްސި
ކޮކްޓެއިލްރައީސް
10 October 2018
ކަންމަތީ ޒުވާނުން އެއްލަކިން ލުހެލާ ނައްތާލަންވީ، ކިހާބޮޑު މުސީބާތެއް ތިޔަ ބައިގަނޑަކާހެދި.