އިންތިޚާބީ ރައީސް އިބޫ، މިދިޔަ ހަފުތާގައި ޕޮލިސް ކޮމިޝަނަރު ހަމްދޫނާ ބައްދަލުކުރެއްވުމަށް ފަހު، ފުލުހުންގެ އިދާރާގެ ބޭރުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
11 އޮކްޓޯބަރ 2018 - 10:13
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު އަނެއްކާވެސް މާރާމާރީތައް އާއްމުވެފައިވާއިރު، ކުރިމަގުގައި ރާއްޖެ އަކީ އަމާން ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރޭ ދަންވަރު މާލޭގައި ހިންގި މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރައި ވަނީ މަރާލައިފަ އެވެ. އަދި އިއްޔެ މެންދުރު ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވާއިރު، މިދިޔަ ހަފުތާގައި މާލެ އާއި އައްޑޫގައި ވެސް ވަނީ މާރާމާރީތަކެއް ހިންގައި، ދެ ޒުވާނަކަށް ހަމަލާދީފަ އެވެ.
އަދި މިދިޔަ މަހުގެ ތެރޭގައި ވެސް 18 އަހަރުގެ ޒުވާނަކަށް މާލޭގައި ވަޅިން ހަމަލާދީ މަރާލާފައިވާއިރު، އޭގެ ފަހުން ޏ. ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައި، ރ. ދުވާފަރުގައި ޒުވާނެއްގެ ބަނޑަށާއި ބުރަކައްޓަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވެ އެވެ.
Raajjey ge eki sarahaddhu thakugai nurakkaatheri maaraamaary ithuruve, kudakudhin Male’ magu thakugai maraalumun kankan faalun netti, bossun laafavaa minvaru dhakkuvaidhey. Iraadha kureviyyaa alhugandumen ekuga massaikaiykoh Raajje akee amaan thanakah hadhaanan.
— Ibrahim Mohamed Solih (@ibusolih) October 11, 2018
އެކަން ފާހަގަ ކުރައްވައި، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަންގެ އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރާމާރީތައް އާއްމުވެ، ކުޑަކުދިން މާލޭގެ މަގުތަކުގައި މަރައިލުމުން، ކަންކަން ފާލުން ނެއްޓި، ބޮއްސުން ލާފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މަސައްކަތް ކޮށް، ރާއްޖެ އަމާންތަނަކަށް ހަދައިދޭނަން،" ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
އިބޫ ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ދުވަސްވަރު ވެސް މި މައުލޫއަށް އެކި ފަހަރު މަތިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. އަދި މާރާމާރީތައް ހުއްޓުވައި، ކުށްވެރިންނަށް އެކަށީގެންވާ އަދަބުދީ، ރާއްޖެ އަމާންތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ވެ އެވެ.
މިހާރު ހިންގަމުންދާ މާރާމާރީތަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހުރިހާ މާރާމާރީތަކެއް ވެސް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް، މާރާމާރީ ހިންގާ މީހުން ހޯދައި، މާރާމާރީތައް މަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެތަނުން ބުންޏެވެ.
ފުލުސް އޮފީހުން ބުނީ، މާރާމާރީތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މާލެ އާއި އައްޑޫގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލެ އާއި އައްޑޫގައި ހިންގި މާރާމާރީތަކާ ގުޅިގެން މިހާތަނަށް، ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ، އަދި މާލޭގައި ރޭ މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މި އަޅާ
14 October 2018
އަންނި ވެރިކަމުގެ ފަހު ދުވަސްވަރު ވަރަށް މާރާމާރީ ގިނަ. ޔާމިން ވެރިކަމުގެ ފަހުކޮޅު ވެސް މިވަނީ އެހެން. ސުވާލަކީ އަސްލު އަޑީގަވަނީ ކޮންބައެއްހޭ؟ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
މީހުން އުލޭ
11 October 2018
އާމާންކަން ހޯދަންވެގެން އޮތްހާ ސެކިއުލާ ފިކުރުގެ މީހުންނާ ބައްދަލުކޮށްގެން އެ އުޅެނީ. ދީނާ ޚިލާފަށް ކޮންއަމާން ކަމެއް އޮންނާނީ. އެ އަމާންކަމެއް ބޭނުމެއްނޫން.
އިކޮނޮމިސްޓް
11 October 2018
އިބޫ ތިޔައީ ގޮނޑިކޮއްކޮ އެއް. އަދި ވެސް އެބައުޅޭ އަހަރެމެނަށް އޮޅުވާލަން. ޔާމީނާއި އަންނި ޑީލް ހަދާފަ އަލްހާނުގެ ޓްވީޓު ގާސިމް ކުރީމަ އިބޫ ތިޔަ ގެނބެނީ. ދެން އަލްހާނުގެ ޑްރީމް ޕްރެޒިޑެންޓަކަށް ޔާމީނު ވާތަން ފެންނާނީ
އަންްނި
11 October 2018
އެންމެ ނާމާނީ ތިޔަ އިބޫގެ ޕާޓީގަ އުޅޭ ތަޅާ ކުދިންކޮޅު، ދެން؟
ތެމާ
11 October 2018
ރައްޔިތުންނަށް އަމަންއަމާންކަން ގާއިމުކޮށްދީ މަގުމަތި އަމާންކުރުމަށް ގާނޫނުއަސާސީއާ ގާނޫނުތަކުން ލާޒިމްކޮށްފައިވާ މުއައްސަސާތައް ފެއިލްވީމާ ވާނީ މިހެން އެންމެ އަކަކިލޯމީޓަރެއް ބަލަހައްޓައިނުދެވެ އެތައްހާސް ފުލުުހުންނާ ސިފައިން ކީއްކުރާބައެއްބާމީ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
11 October 2018
އަދުލުވެރިކަމާއި އެކު ވެލްތްޑިސްޓްރިބިއުޓްކޮށް “ދަތިކުރުމުގެފިޔަވަޅުދޫކޮށް ވަޒަނުންބޭރުކުރުންހުއްޓާލާ އަމިއްލަރަށުގައި ލޯބިވާ އާއިލާއާއިއެކު އުފާވެރިދިރިއުޅުމެއް އުޅުމުގެފުރުސަތު މާލޭ ސަރުކާރުން އަތޮޅުތަކުގެ ރައްޔިތުންނަށްދީފިނަމަ” ތިއީ ވަރަށްފަސޭހަކަމާއިއެކު ނަތީޖާ ހާސިލްވާނެކަމެއް. . . ދަރިން ތަރުބިއްޔަތުކުރުމަށްވުރެން ލޭންޑްލޯޑަށް ކުލިދެއްކުން މުހިންމުވެ “ކުލީ އަޅުވެތިކަމުގެ ބިރުބޮޑު މާހައުލެއްގައި ދިރިއުޅެންޖެހުމުން” މިހުރިހާ ކަމެއްފެންނާނެ.
ހަނާ
11 October 2018
ރައްޔިތުންނަށް އެމާންކަން ހޯދައިނުދެވޭ ވެރިކަމެއް ބޭނުމެއްނޫން ހެޔޮނުވާނެ އާދޭސްކޮށްފަ މިބުނީ މިކަން ކޮށްދީ
ތެމާ
11 October 2018
އައީސްޔާމީނު ވިދާޅުވެފަ އޮތީ ގޭންގްތަކެއްނެތޭ މަގުމަތި އަމާނޭ އެހެންތާވާނީ އެމަކުފާނުގެ ވަށާއިގެން ސިފައިންތިބޭވިއްޔާ މިހާރު ދެން މިކަންވެސް ހައްދުންނައްޓައިފި ރައްޔިތުންނަށް އެމާންކަން ހޯދައިނުދެވެންޏާ ފުލުހުންނާ ސިފައިންގެ ވެރިން އިސްތިއުފާދޭންވީނުން
ހުނި
11 October 2018
އިބޫ ހެޔޮނުވާނެ ފޮނިނުކަނޑައި މިކަންކޮށްދީ
ޒިންމާ އިން ނުރެކޭ
11 October 2018
ސްކޫލެއްގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އައި އެ ކުއްޖާ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ހަމަނުޖެހުމުގައި ދަންވަރު ދޭއް ޖަހާކަންހާއިރު ބައިވެރިވީ އޭނާގެ އަހުލާޤު ރަނގަޅުކަމުންބާ؟ ނޫނީ ލިބިފަވާ ތަރުބިއްޔަތެއްގެ ފުރިހަމަކަމުންބާ؟ ހުރިހާ ފަރާތްތަކުން މިކަން ފުލުހުން ބޮލަށް ކަނޑާލާއިރު މިކުއްޖާގެ މައިންބަފައިންނާ ބެލެނިވެރިން އަދި ސްކޫލާ މުޖުތަމައުގެ އިހުމާލެއް މިކަމުގަ ނެތީބާ؟ ހައްޔަރުކުރާ މީހުންނަށް ފަހިވާގޮތަށް ގާނޫނުހަދާ މަޖިލީހުގެ ޒިންމާނެތީބާ؟