ޚަބަރު / އެޗްޑީސީ

ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ 160އަށްވުރެ ގިނަ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ހުޅުމާލެއިން ވިއްކާ ގޯތި ގަންނަން ހައުސިން މިނިސްޓްރީގައި ކިއު ހަދާލާފައި.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯތި ވިއްކުމާ ދެކޮޅަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 169 މުވައްޒަފަކު ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.

އެ ކުންފުނީގެ ބައެއް ވެރިން ވެސް ސޮއިކޮށްފައިވާ ޕެޓިޝަނުގައި މައިގަނޑު 19 ކަންބޮޑުވުމެއް ފާހަގަކޮށްފައިވެ އެވެ. އެޗްޑީސީގެ މުވައްޒަފުން ބުނީ، ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސާފައިވާ ގޮތަށް ގޯތި ވިއްކައިފިނަމަ އެ ކުންފުންޏަށް މާލީ ގޮތުން ގެއްލުންވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމައިފަ އެވެ. އެއީ 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯއްޗެވެ. ނަމަވެސް އެޗްޑީސީގެ މުވައްޒަފުން ހެދި ޕެޓިޝަންގައި ބުނީ އެ އަގަކީ، ބިމުގެ އަގަށްވުރެ މާ ކުޑަ އަގެއް ކަމަށެވެ. އެ އަގުގައި ބިން ވިއްކުން ކުރިއަށްގެންގޮސްފި ނަމަ ކުންފުންޏަށް މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލެ އަކީ ވަރަށް ތަފްސީލުކޮށް ބޮޑު ޕްލޭނަކާއެކު ތަރައްގީކުރަމުން އަންނަ ރަށެއް ކަމަށާއި އެއްވެސް ޕްލޭނެއް ނެތި އަދި މާސްޓަ ޕްލޭނުގައި ކަނޑައަޅާފައިނުވާ 1000 އަކަފޫޓުގެ 400 ގޯތި ދޫކުރެވުމަކީ މުޅި ދެ ވަނަ ފިޔަވަހީީގެ އިިތުރުން ހުޅުމާލޭގެ ތަރައްގީގެ ޕްލޭން މުޅިން ބަދަލުވެގެންދާނެ ކަމެއް ކަން ފާހަގަކުރި އެވެ. އެ ކުންފުންޏަށް ކުރިއަށް އޮތް ތަނުގައި ލިބެންޖެހޭ އާމްދަނީ އެތައް ގުނައަކުން ދަށްވެ އޭގެ ނޭދެވޭ އަސަރު މާލީ ގޮތުން ކުންފުންޏަށް ކުރާނެ ކަމަށް ވެސް ޕެޓިޝަނުގައި ބުންޏެވެ.

"އެހެންކަމުން މަތީގައިވާ ކަންތައްތަކަށް ބެލުމަށްފަހު، ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ހަމަ އަގު ކުންފުންޏަށް ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެކަމަކީ މާކެޓީންއަށާއި ކަސްޓަމަރުންނަށް ވެސް އިތުރު ވަގުތު ވެސް ބޭނުންވާނެ ކަމަކަށްވާތީ މިކަން އަވަސް ގޮތަކަށް ނިންމުމުގެ ބަދަލުގައި މިކަމުން ނިކުންނާނެ ނަތީޖާއަށާއި ގެއްލުންތަކަށް ނުވިސްނައިފި ނަމަ މި ކުންފުންޏަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަމަށް ދެކެމެވެ،" ޕެޓިޝަންގައި ބުންޏެވެ.

ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ މުވައްޒަފުންތަކެއް ޕެޓިޝަނެއް ހެދިިއިރު، ހައުސިން މިނިސްޓްރީން ވަނީ ގޯތި ވިއްކިމާ ގުޅުންހުރި މަސައްކަތްތައް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް އެކަމާ ބެހޭގޮތުން ވާހަކައެއް ނުދައްކަ އެވެ.

36 ކޮމެންޓް, 153 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 4%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްމަނާސިކް

12 October 2018

ޔާނު ހާދަ ގަދައޭ، އެއްބަޔަކު ނެރެގެން ބަހަމުންދާއެއްޗެއް އަނެއްބަޔަކު ނެރެގެން މި ހުއްޓުވަނީ، މަގުސަދަކީ ވޯޓު ނުދިނީތީ ގަނަ ތަޅުވާ އަދަބު ދިނުން، ގޯއްޗެއްވެސް ނޫން މީނަ ދޭނީ،

The name is already taken The name is available. Register?

ގޯތި ބޭނުން

11 October 2018

ކަލޭމެންނާ ކޮންބެހޭ ކަމެއް؟ ތީ މާދަމާވެސް ވަޒީފާއިން ވަކިކޮށްފިނަމަ ދެއަތްތަޅާލާފައި ދާންޖެހޭ ބައެއް! ނަމަ ނަމަ އާދައިގެމީހަކަށް ފައިދާހުރިކަމެއް ވިޔަނުދޭތި!

The name is already taken The name is available. Register?

އެންމެވެސްބޭނުން

12 October 2018

ތިބުނާ އާދައިގެ މީހާއަށް ތިތަން ލިބޭނަމަ އެއްވެސް މައްސަލައެއްނެތް. މައްސަލަޔަކީ އަދައިގެމީހާގެނަމުގަ މިނިސްޓަރ ލިސްޓަށް ގޯތީލިބޭތީ

The name is already taken The name is available. Register?

Ahusan

11 October 2018

އެޗްޑީސީ މުއަޒަފުންނަށް ފްލެޓް ދޭން އަމީން ކޮންސްޓަރަކްޝަނާ ހަވާލު ކޮއްގެން އެބަ ހަދާ 15000 އަކަފޫޓްގެ 14 ބުރިގެ 4 އިމާރާތް ،އަދި ޕޮރޮޖެޓް، ބިން ކުޔަށްދީ ވިއްކައިގެން ވެސް އެބައި މީހުންނަށް ނުސީދާ މަންފާ ލިބޭ ގޮތަށް މިކަން އޮންނަނީ. މިފަހަރު ގުރުއަތުން ބިން ކޮޅު އާދައިގެ ރައިޔަތު މީހާ ލިބޭ ގޮތަށް ނިއްމުމުން ހަޖަމް ނުވެ.

The name is already taken The name is available. Register?

‫ހުސޭނުބޭ

11 October 2018

‫މާސްޓަރ ޕްލޭންގައި ރެޑްވޭވްއަށް ތިޔަ ބުނާ ނުއަގުގައި ކިތައް ބިން ދޭން އެބައޮތް ހެއްޔެވެ? ކިތައް ފިހާރަޢާއި, ގުދަނާއި, ރެސްޓޯރަންޓާއި, ފެކްޓަރީއަޅަން ބިން ނުއަގުގައި ދީފިން ހެއްޔެވެ? ނިކަމެތި ރައްޔިތުންނަށް ބިންކޮޅެއް ދޭންވީމާ ބޮޑެތި ޕެޓިޝަން ހަދައިގެން ފޮރުއްޕާކަށް ނެތެވެ. ކުންފުނި މިހާރު ތިޔަ އޮތީ ބަނގުރޫޓް ނުވެހެއްޔެވެ?

The name is already taken The name is available. Register?

ފޫހި

11 October 2018

ބިންވިއްކުން އޯކޭ އެކަމަކު ހައުސިން މިނިސްޓްރީގެ ނިޔަތެއް ރަނގަޅެއްނޫން. ތިޔަ ހަތަރުސަތޭކަ ގޯތިވިއްކިއަސް ދަތިހާލުގައި އުޅޭ އެންމެންނަށް އުފާވެރިކަމެއް ނުދެވޭނެ. ވިއްކަންޏާ ބިމެއްނެތް ކޮންމެ އާއިލާއަކަށް މަންމަ ބައްޕަ ދަރިން ހިމެނޭގޮތުން އެއްބިން ދީބަލަ. އޭރުން ތަފާތުނުކުރެވޭނީ. އެހެންނޫނީ. ތިޔަ ނަސީބުން ބިންލިބޭމީހުން މުއްސަދިވާނެ.

The name is already taken The name is available. Register?

މުރާސިލް

11 October 2018

މީ ސިޔާސީ ވޯޓެއް ނޫނެވެ. ހުޅުމާލެއިން ގޯތި ވިއްކަން ފެނޭތޯ ނުވަތަ ނޫންތޯ އެޗްޑީސީގެ މުއައްޒަފުން ޕެޓިޝަން ހަދާކަށް ނުޖެހެއެެވެ. ފެންވަރު އޮޅިގެން ނޫޅޭށެވެ.

The name is already taken The name is available. Register?

ނހރއޕނ

11 October 2018

މާސްޓަރ ޕުލޭން އަކީ މުއްސަނދީންނަށް ބިން ވިއްކައިގެން ފުލެޓުއަޅާފަ ރައްޔިތުން ފެލައިގެން ލާރި ހޯދުން.

The name is already taken The name is available. Register?

އަހްމަދުބޭ

11 October 2018

ބަލަރާއްޖެތެރޭގެ ރަށްރަށުގަވެސް ބިންހިއްކަނީ ރައްޔިތުނގެލާރީގަ ކީއްވެބާ އެބިންތައް ބޮޑުއަގުގަނުވިއްކައި ހިލޭދޫކުރަނީ މާލޭމީހުންނަށް ބޮޑުއަގުގަ ބިންވިއްކަންޖެހޭސަބަބެއް މާލޭގެރައްޔިތުންނަށް ސާފުކޮށްދޭންއެބަޖެހޭ

The name is already taken The name is available. Register?

ދަފްތަރު

11 October 2018

ނޭގެ އަދި މިއޮއް ދަފުތަރެއް މިކަމާއި ހެދި މާލޭ ރައްޔިތަކަށް ބިންކޮޅެއް ލިބެނީކީއެއް ނޫނޭ، މި ދަފުތަރު މީހުންނަށް އެމީހެއްގެ ރަށުންވެސް ހިލޭ ގޯތި ލިބޭ، އެކަމަކު މާލޭ މީހަކަށް ރާއްޖެތެރެއިން ރަށަކުންވެސް ބިމެއް ލިބެނީކީއެއްނޫން. އަސްލު މިޢީ އެއްގާގަޑުން ދެ ދޫނިމަރާލީ، މާލޭ ރައްޔިތުން ޔާމީނަށް ވޯޓު ނުދިނީމަ ގަނަތަޅުވަނީ، ދެން ހާބަރު ކަޑައަށް ވިޔަފާރި ނުވާތީ އެކަން ހަމަޖައްސާލީ.

The name is already taken The name is available. Register?

ބލވރކމ

11 October 2018

އެޗްޑީސީ މުވައްޒަފުންނަށް ފުރަތަމަ ހެދި ފުލެޓުތަކުން ފުލެޓު ބެހިއިރު ވަރަށް ފައިދާވި އެހެންނޫންތޯ؟ މާދަމާ ވެސް އަކަފޫޓެއް 100 ރުފިޔާއަށް އެޗްޑީސީ މުވައްޒަފުންނަށް ވިއްކާގޮތަށް ހެދީމަ ރަނގަޅު ވާނެ. އޭރުން މާލީގޮތުން ދެކޮޅު ކީއްތޯ ހަތަރުކޮޅުވެސް ޖެހޭނެ.

The name is already taken The name is available. Register?

އެލްނީނޯ

11 October 2018

ހުޅުމާލެ އަކީ ދިވެހި ހުރިހާ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ސިޓީއެއް. ރައްޔިތުންގެ ލާރިން ހިއްކާފައިވާ ބިމުން 400 ގޯތި ވަކިބަޔަކަށް ދިނުމާއިއަހަރެން ދެކޮޅު. ހަމައެކަނި މާލޭ ރައްޔިތުންނާއި ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ހުޅުމާލެއިން ނުއަގުގައި ބިން ވިއްކައި، ހުޅުމާލޭގެ ބިން ހުސްކޮށްލުމަކީ ރާއްޖެތެރޭ ރައްޔިތުން ނިކަމެތިކޮށް، ކުލީގެ އަޅުންގޮތުގައި ހަދަން ހިންގާ ބޮޑު ޖަރީމާއެއް. މިކަން ހުއްޓާލުމަށް ސަރުކާރަށް މިހާރުން މިހާރަށް ގޮވާލަން.

The name is already taken The name is available. Register?

ސިދުގީ

11 October 2018

އެލްނީނޯ ތިހުރީ ކެޓްރީނާ އަރާައެއްނުންދޯ!ރައްޔިތުންގެ ލާރިންހިއްކާފަ ރައްޔިތުންނައް ދެނީވެސް.ގައުމުގެ ހުރިހާ ރައްޔިތުންނަކައް ނުދެވޭނެކަން ކުޑަކުއްޖަކަސްވެސް އިނގޭނެ، ދެން ރައްރަށުގަދިރި އުޅޭ ދިވެހިރައްޔިރުންނައް ކޮންއަގެއްގަދޭތީތޯ އެބޭފުޅުން އެނަންގަވަނީ؟އެހެންނޫނީ ތިދެކެނީ މާލޭ ރައްވެހިންނަކީ ފަނިފަކުސާކަމައްތަ؟ހަމަހޭގަހުންނަވާ.ވަރައް ސަލާން

The name is already taken The name is available. Register?

ޖަލީލު

12 October 2018

ބަލަގަ ތިޔަބުނާ ދަފުތަރުގަ ތިބީ ތިޔަބުނާ ރާއްޖެ ތެރޭ މީހުން، މާލޭގެ ރައްޔިތުންނެއް ނޫން، ރައްރަށުގެރައްޔިތުން ނަށް 4000 އަކަފޫޓްއިން ލިބިފައިހުރި ބިންތައް ފަޅުކޮށްފައި މާލޭއައިސް ތިބެންވަނީ މާލޭ މީހުންގެ ހައްގު ކޮބާ، މިހާރުން މިހާރަށް ދަފްތަރު އޮވާލަން ގޮވާލަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454