ގޯތި ގަންނަން ފޯމު ހުށަހެޅުމަށް ހައުސިން މިނިސްޓްރީގައި ކިއު ހަދާލާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 އޮކްޓޯބަރ 2018 - 23:15
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ބެލުމެއް ނެތި ބޭއިންސާފުން ކަމަށާއި މިފަދަ ކަންކަމުގައި ގާނޫނާ ހިލާފުވެފައި ވޭތޯ ބަލައި ތަހުގީގުކުރާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އޮފީހުން މިރޭ ބުނެފި އެވެ.
ބަޔާނުގައި ބުނީ، މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލެއިން 400 ގޯތި ވިއްކަން ސަރުކާރުން ނިންމާފައި ވިޔަސް އެކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގޯތި ވިއްކުމަކީ ގާނޫނާ ހިލާފު ކަމަކަށް ވާތީ އެފަދަ ކަންކަން ކުރުން ހުއްޓާލަން ވަނީ ގޮވާލައިފަ އެވެ.
"ވެރިކަމުގެ ބާރުތައް ބަދަލުވާ މި މުހިއްމު މަރުހަލާގައި އުސޫލުން ބޭރުން ކަނޑައަޅާ މިފަދަ ސިޔާސަތުތައް ބަލައިނުގަންނާނެ ކަމުގައި ދަންނަވަމެވެ. ގާނޫނާ ހިލާފަށް ހިންގާ ކަންކަން ތަހުގީގުކޮށް، ނުހައްގުން ކުރެވިފައިވާ ކަންކަން ބެލޭނެ ކަމުގައި ވެސް ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، ގޯތި ވިއްކުމާ ގުޅޭ މަޝްރޫއުގައި ސުވާލު އުފެދޭ އެތައް ކަމެއް ވެސް ފާހަގަކުރެވިފައިވެ އެވެ. ބޭއިންސާފުން ބިން ވިއްކުމުން އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުން ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މި މައްސަލާގައި ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުން މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ތަކުރާރުކޮށް ބިން ވިއްކުމުގެ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވީނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދާތީ އެކަން ކުށްވެރިކުރަމެވެ. އޭސީސީން އެ މިނިސްޓްރީއަށް އަންގާފައިވަނީ ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ބެލޭނެ ދެފުށް ފެންނަ އުސޫލެއް އާއްމުކޮށްފައިނުވުމާއި ބިން ވިއްކުމަށް އިއުލާނުކޮށްފައިވަނީ އެކަމަށް އެކަށީގެންވާ މުއްދަތެއް ނުދީ ކަމަށާއި އެއީ ބިމާ ބެހޭ ގާނޫނާ ހިލާފު ކަމެއްކަމުގަ އެވެ،" ބަޔާނުގައި ވެ އެވެ.
ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އަސާސީ ބޭނުމެއް ކަމުގައިވާއިރު، އެފަދަ ގޮތަކަށް ބިން ވިއްކުމަކީ ރައްޔިތުންނަށް ކުރެވޭ ބޮޑު ބޭއިންސާފެއް ކަމަށާއި އެފަދަ ދަށު ދަރަޖައިގެ ކަންކަމުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ދުރުވެ ބިން ވިއްކުމާއި ބޭއިންސާފުން ފްލެޓު ދިނުންފަދަ ހުރިހާ މަސައްކަތްތައް ހުއްޓާލަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވަނީ ގޮވާލައިފަ އެވެ.
ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމައިފަ އެވެ. އެއީ 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯއްޗެވެ. އެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
12 October 2018
ބޭއިންސާފުން މިހާތަނައް ވިއްކާފައޮތީ ހަމައެކަނި އެއަރޕޯޓް އޭތިއެއޮތީ އަތުލާފަ އިންސާފަކީ ރާއްޖޭގެ ޓެކްސްލާރިހިންކާބިން އެންއުސޫލަކުން ދޫކުރުން އެހެންނޫނީ ވިއްކުން މިހާރުމިގެންގުޅޭއުސޫލު ބަދަލުކުރަން މާލޭރައްޔިތުން އެބަޖެހޭ ނުކުންނަށް ރާއްޖޭގެ އެހެންރައްރަށެކޭ އެއްއުސޫލުން މާލޭރައްޔިތުންނަށް މާލެއިން ގޯތިދޫރަންފަށަންއެބަޖެހޭ ތިޔައޮފީހުންވެސް އިންސާފާ ބޭއިންސާފު ރައްޔިތުންނަށް އޮޅުންފިލުވާދެއްވަފާނަންތޯ
ބައްޕާފުޅު
12 October 2018
އެމްޑީޕީގެ 3 އަހަރުގެ ވެރިކަމުގަ ގޯތި ބަހާލީ ބައި މީހުންނަށް. އިންސާފޭ ފަޅޮލޭ މިކިޔަނީ
ހުއްބުލް ގަލަން
12 October 2018
ފްލެޓްފޯމަށާއި ގޯތިފޯމްގެ ކަންތައް ރިވިއުކޮށް ދެންއަންނަ ސަރުކާރަކުން އަލުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަކީ އެންމެ ރަގަޅުގޮތް. މިހާރު ފްލެޓް ލިބޭ މީހުންގެ ލިސްޓްކަމަށް އާންމުކޮށްފައިވާ ލިސްޓުގައި ގިނައިން ހިމެނެނީ ހައްގުނޫން މީހުން. ހައްގު އެތައްބަޔަކަށް ޕޮއިންޓް ދީފައިވަނީ ވަރަށްދަށުން. މީބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއް. އަދި ވަކިބަޔަކަށް މަންފާ ހޯދަދިނުމަށް އެތައްބައެއްގެ ހައްގު ނިގުޅައިގަނެގެން ހިންގާފައިވާ ބޮޑު ކޮރަޕްޝަނެއް.
އިބްޝާ
12 October 2018
400 ބިން ވިއްކަން ހުޅުވާލީ އެތަށް ރައްޔިތުންގެ ހައްޤުތްކެއް ދާގޮތަށްކަން އެގިތިބެ ތިތާކިޔު ޖެއްސިބޭފުޅުންނަކީ އަމިއްލަ އެދުން ފިޔަވާ އެހެންއެއްވެސް ރައްޔިތަކަށް ރަހްމެއް އޮތް ބޭފުޅުންނެއް ނޫން .. ހައްގުތަކަށް އަރައިގަންނަ މީހާއަށާ ، އެހީތެރިވާމީހާއަށާއި ބޭނުނުންކުރާމީހާއަށްވެސް އިސްލާމް ދީނުގައި ހުކުމް ހަމަހަމަ ...
Solah
12 October 2018
ފްލެޓް ލިބިފައި ގިނައިން ހުރީވެސް އެމް.ޑީ.ޕީއަށް ސަޕޯޓްކުރާ މީހުންނަށް. ރާޓީވީގައި އުޅޭ މުޙުސިނަށްވެސް ފްލެޓް ލިބުނު. ފްލެޓަށް ހުށަހެޅި ފޯމްތަކަށް ޕޮއިންޓް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނެގި ޓީމުގައި ގިނައިން ތިބީވެސް އެމް.ޑީ.ޕީއަށް ސަޕޯޓްކުރާ މީހުން.
ޛިލޭ
12 October 2018
މާލޭގައި ކުދިކުދި ތަންތަންކޮޅުގައި އުޅޭ މީހުންނަށޭ ކިޔާފައި 200 ވަރަކަށް އަކަފޫޓް ހުންނަ ތަންތަންކޮޅުގައި އުޅޭ މީހުންނަށް އެމް.ޑީ.ޕީ ސަރުކާރުގައި ހުޅުމާލެއިން 1200 އަކަފޫޓްގެ ގޯއްޗެއް (އެ ގެއެއްގައި އުޅޭ ކޮންމެ މީހަކަށް ގޯއްޗެއް) ހިލޭ ދިނީ ކޮން އުސޫލަކުންބާ؟ އެވެސް ދިނީ ހަމައެކަނި ޕާޓީ މީހުންނަށާއި ގާތްތިމާގެ މީހުނަށް. އެކަމަކު އެހެން ބަޔަކު ކަމެއް ކުރަންޏާ އެއީ ބޭއިންސާފުން.
ކުލިއަޅު
12 October 2018
ފްލެޓްދިނީ ވަކި އިންސާފުންތަ؟ އެމްޑީޕީން އަލުން އިއުލާނުކޮށްގެން ފްލެޓްދޭންވާނީ. ފޯމު ލާން ކިޔުގަ ހުއްޓަ މާރިޔާ ނޫސްކޮންފެރެންސް ބާއްވާފަ އަލުން އިއުލާން ކުރާނެ ވާހަކަ ބުނީ. ބަހުގެ އިތުބާރު ހުންނަންވާނެ.
ހަމީ
12 October 2018
ތި ފްލެޓްތައް ދިން ގޮތްވެސް ބަލަން ޖެހޭ. އެންމެ ފަހުން ދޫކުރި ފްލެޓް ތަކުން ވެސް ލިބިފަ އަނެއްކާ މިފަހަރު ޓީޗަރުންގެ ފްލެޓަށް ކުރިމަތި ލައިގެން ވެސް ބައިވަރު މީހުންނަށް ލިބިފަ އެބަހުރި . އެމީހުންނަށް ދެ ފްލެޓް ލިބުނީ . މިިިިިިިިިިކަންތައް ވަކި ގޮތަކަށް ބެލޭނެ ހަރުދަނާ ނިޒާމެއް އޮންނަން ވާނެ. އަދި ހަމަ ދެމަފިރިން ނަށް ވެސް ލިބިފަ އެބަހުރި.
ޙުސެން
12 October 2018
ފިރިމީހާޔަށް ހަމަގައިމުވެސް ލިބެންޖެހޭނެ. ޢެއީ ގާނޫނީގޮތުން ބެލުމުގެ މަސްއޫލިއްޔަތު އޮންނަމީހާ.
ޓީޗަރެއް
12 October 2018
ބައެއް ޓީޗަރުންނަށް އެދުރުވަހިން ފްލެޓް ލިބިފަ ހުއްޓާ އަނެއްކާ ކުރިންފަހަރު ހުޅުމާލެއިން ފްލެޓް ލިބުނީ. އެ ފްލެޓް ކުއްޔަށް ދީފަ އަދިވެސް އުޅެނީ އެދުރުވަހީގަ. ގައިމު އެކަކަށް ދެތަން ހައްގު ވޭތަ.
ޙައްޤު ހޯދުމަށް
12 October 2018
ޢަޅުގަނޑަކީ މާލެއަށް އުފަން މާލޭގެ ރައްވެއްސެއް.3ދަރިންނާއި މައިންބަފައިން ގޮވައިގެން 1ކޮޓަރީގައި ދިރިއުޅެނީ. އެކަމަކު އަޅުގަނޑެކޭ މިއަދު ދަފްތަރުގައި ޖެހޭ މީހެކޭ މިވީ އެއްވަރު. އޭނައަށްވެސް ބިމަށް ކުރިމަތިލެވޭ.
ނާއިލާ
12 October 2018
ކަލޭމެނައް ވެރިކަމާ ހިސާބައް އާދެވޭނެއެކޭ މަގޭ ހިތެއް ނުބުނޭ. ވޯޓް ބާތިލް.