ޚަބަރު / އޮޑިޓާ ޖެނެރަލް އޮފީސް

ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން މަދު ކުރެވިފައެއް ނުވޭ: އޮޑިޓް

ދިވެހި ޑޮކްޓަރުންނާއި އަޅާބަލާއިރު ބިދޭސީ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު 2014 އިން 2016 އަށް މަދެއް ނުކުރެވޭ ކަމަށް ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމުގެ މަގްސަދު ހާސިލްވެފައިވާ މިންވަރާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އާދިއްތަ ދުވަހު ނެރުނު ޕާފޯމަންސް އޮޑިޓްގައި ބުނެފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ދާއިރާ އިން ކިޔެވުމަށް ގިނަ ފުރުސަތުތަކެއް ސަރުކާރުން ހޯދައިދިން ކަމަށެވެ. އެކަމަކު ވެސް ތަމްރީނުވި ދިވެހިންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، 2014-2016 އަށް ދިވެހި ޑޮކްޓަރުންގެ ނިސްބަތަކީ 21 ޕަސެންޓެވެ. މި މުއްދަތުގައި، ބިދޭސީ ނަރުހުންގެ ނިސްބަތް އުޅެނީ 53 ޕަސެންޓުގަ އެވެ.

އޮޑިޓް އޮފީހުން ބުނީ 2014 ގައި ރާއްޖޭގައި 465 ބިދޭސީ ޑޮކްޓަރުން ތިބިއިރު، ދިވެހި ޑޮކްޓަރުންގެ އަދަދަކީ 138 ކަމަށެވެ. އަދި 2015 ވަނަ އަހަރު 537 ބިދޭސީ ޑޮކްޓަރުން ތިބިއިރު އެ އަހަރު ތިބި ދިވެހި ޑޮކްޓަރުންގެ އަދަދަކީ 121 ކަމަށެވެ. މީގެއިތުރުން، 2016 ވަނަ އަހަރު 538 ބިދޭސީ ޑޮކްޓަރުން ރާއްޖޭގައި ތިބިއިރު ދިވެހި ޑޮކްޓަރުންގެ ގޮތުގައި ޚިދުމަތް ދެމުން ދިޔައީ 139 ދިވެހި ޑޮކްޓަރުން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ނަރުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2014 ވަނަ އަހަރު ރާއްޖޭގައި 842 ބިދޭސީ ނަރުހުން ތިބިއިރު، ދިވެހި ނަރުހުންގެ ގޮތުގައި 946 މީހަކު ދިޔައީ ހިދުމަތް ދެމުންނެވެ. އަދި 2015 ވަނަ އަހަރު 967 ބިދޭސީ ނަރުހުން ތިބިއިރު 1031 ދިވެހި ނަރުހުން ތިއްބެވެ. ދެހާސް ފަނަރަ ވަނަ އަހަރު ބިދޭސީ 955 ނަރުހުން ތިބިއިރު ދިވެހި ނަރުހުންގެ ގޮތުގައި 1214 މީހަކު ދިޔައީ ހިދުމަތް ދެމުންނެވެ.

ނަރުހުންނާއި ޑޮކްޓަރުން ތަމްރީނު ކުރުމަށް އެކަށޭނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވީ ނަމަވެސް ސްކޮލާޝިޕްތަކާއި ލޯނުތައް ހޯދައިގެން އެ ދާއިރާއިން ކިޔެވި މީހުންގެ އަދަދު މަދުކަން އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ.

13 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 72%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަމޮޅޭ1

14 October 2018

ޑރ. ޝަކީލާ މިކަމުގައި އެޅީ ރަނގަޅު ފިޔަވަޅެއް. ބޮންޑާއި ލޯނު އަދާ ނުކުރާ މީހުން ހޯދައި އެމީހުންގެ ފުށުން ފަންޑު ހޯދައިގެން މީހަކަށް މީހަކު އުފައްދަން ޖެހޭ. ދެން މިއޮތް މައްސަލައަކީ އޭޖެންސީ ކަމިޝަން ނެގުމުގެ ބޭނުމުގައި މިނިސްޓްރީތެރޭގައި ހިނގާ ކަންތައް ގަނޑެއް. ވަކި ބަޔަކާ ގުޅިިފައި އޮންނަނީ. ގައުމަށް އަޔަސް ދިވެހިން ކިޔެވުނީމައި ފޮނިވެސް ބޮޑުވަނީ. ކޮމްޕެޓިޝން ކުޑައީ އަސްލު. ދުވާލަކު ބަލަންވަނީ 05މީހުން.

The name is already taken The name is available. Register?

މަމޮޅޭ

14 October 2018

ދިވެހިން ކިޔަވަން ފޮނުވަންވީ ލޯނުގެ ދަށުން އަދި އެ އަދާ ކުރުވަންޖެހޭ އެމީހުން ލައްވާ. ހިލޭ އެހީގައި ފޮނުވާތީ ވާގޮތެއް. ބޭރު ގައުމުތަކުން ކިޔަވައިގެން އެތަނުން ކައިވެނިކޮށް ސިޓިޒަން ޝިޕް ހޯދައިގެ ވަޒަންވެރި ވަނީ. ރާއްޖެއިން ފުރަތަމަ ފުރައިގެން ދާއިރުވެސް ޓާގެޓަކީ އެއީ.

The name is already taken The name is available. Register?

ިއިބްރާހީމް

14 October 2018

ދިވެހިންނަށް އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވެނީ. ބުރޭކްތައް އިންތިހާ. ޗުއްޓީ ތައް އެހާގިނަ. ސަލާމް އެއީ މަޖުބޫރު 30 ދުވަސް ހުސްކުރަން. ދިވެހިންނަށް ޕާފޯމް ކުރެވޭލެއް ދަށީ.

The name is already taken The name is available. Register?

ރިއަލްއީި

13 October 2018

ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ

The name is already taken The name is available. Register?

ގޯޕާލް

12 October 2018

ތިތާއުޅޭ (އައިޖީއެމްއެޗް) ދިވެހި ސްްޕެޝަލިސްޓަށްވުރެ ގިނައިން ޑޮލަރު ލިބޭ ގޯޕާލްމެން ރަށުންއައިސްތިބި އެމްބީބީއެސް އެމްއޯއިންނަށްވެސް. އެމީހުން މިތަނަށް އަންނަނީ ޔޫރަޕަށްދާން ފޮރިން އެކްސްޕީރިއެންސް ހޯދަން. އަދިކޮބާ، 2000 ޑޮލަރު އެޖެންޓަށްދީފަ އައިމަ އެކޮމޮޑޭޝަން ހިލޭ، ފުޑް އެލަވަންސް ލިބޭ. ރަނގަޅު ސެލަރީ ލިބޭ. ނުވިތާކަށް ދިވެހި ޑޮކްޓަރުންނަށް އެނގޭނެ އަހަރެމެންނަށް އެއްޗެއް ނޭނގޭކަން. ކަންނެތްކަން. އެހެންވީމަ އެމީހުން މަސައްކަތްކުރާނެ.

The name is already taken The name is available. Register?

12345

12 October 2018

ޑޮކްޓަރުން ކިޔަވަން އެބަނަގާ ނޫންތޯ 6 އެމްބީބީއެސްއަށް. އަދި އަނެއްކާ 3-4 އަހަރު ސްޕެޝަލައިޒް ވާން. ދެން އެމީނުހް އަންނައަރަށް އޭޑީކޭ ޓްރީޓޕުން ނަގާނެ. މީގައަދި ފޮރުވުފައިވާ އަނެއްކަމަކީ ބިދޭސީ ޑޮކްޓަރުންނާއީ ނަރުހުންގެ އަތުން “ބަޔަކު މީހުން” އޭޖެންޓް ފީގެ ގޮތުގައި 2000 ޑޮލަރު ނަގާކަން. އެހެންކަމުން އެލިބޭ ފައިސާގެ ދަހިވެތިކަމުގއި ބިދޭސީން ގެންނަނީ އަހަރު ދެކޮޅުގަ ހެސްކިޔާފަ..

The name is already taken The name is available. Register?

ހަސަނުބޮޑޭ

12 October 2018

ތި ހެލްތު މިނިސްޓްރީ އަކީ ކޮރަޕްޝަން ހާއްޔެއް. އެތާ އެޗްއާރުގަ އުޅޭ ބޮދެތި ބަޔަކު ހިންގަ ޖަރީމާއެއް މީވެސް.

The name is already taken The name is available. Register?

މޮރިސް

12 October 2018

ދިވެހި ޑޮކްޓަރުންނައް ހުރި ހުރަސްތައް ނައްޓާލަން އެބަޖިހޭ. ބޭރު ޑޮކްޓަރެއްހެޔޮ ކޮންމެ ތާކުން ކިޔަވާފަ ހުއްޓަސް. އަދި އިންޓާޝިޕްވެސް ނުހަދާ ނޫނީ ގަބޫލު ނުކުރާތާކުން ހަދާފަ ހުއްޓަސް އެމީހުންނައް ވޯކިން ލައިސަންސް އެބަލިބޭ. އަދި އެގްޒާމުންވެސް ފާސްކޮށްދޭ.

The name is already taken The name is available. Register?

ޑޮކްޓަރު

12 October 2018

ދިވެހި ޑޮކްޓަރުންނަށްވެސް އަދި ނަރުހުންނަށްވެސް ބިދޭސީ ޑޮކްޓަރަކަށް އަދި ނަރުހަކަށް ޖެހޭ ވަރާގާތައްވެސް މުސާރަ ނުޖެހޭވާހަކަ ނުލިޔެލީ ކީއްވެ؟ މިކަހަލަ ތަފާތު ކުރުންތައް ހުންނާތީ ހިދުމަތް ކުރާހިތެއްވެސް ނުވޭ.

The name is already taken The name is available. Register?

ނަރުސް

12 October 2018

ނަރުހުންވެސް ކިޔަވާ ވަރަށް ކިޔަވާ. ކޮންމެ އަހަރަކު އެތައް ސަތޭކަ އެއް ގުރެޖްއޭޓްވޭ. އެކަމު ބޭރުމީހުނަށް ދޭހާ ބޯނަސްތައް ނުދެންޔާ ކިހިނެއް ފީލްޑް ގަ އުޅޭނީ. ޑޮކްޓަރުންވެސް ހަމައެހެން. އެމީހުނަށް ރަގަޅު އޮފަރ ލިބުނީމަ ދާނެދޯ. ބޭރު މީހުންގެ ބޯނަސްތައް ދިވެހިންނަށްވެސް ދީބަ. މީހުން ގިނަވާނެ. މިހާރުވެސް ކުރިން ލިބުނު އެލަވަންސްތައްވެސް ކަޑާތީ މި އުޅެންޖެހެނީ

The name is already taken The name is available. Register?

ދަންނަ ނުދަންނަ

12 October 2018

ލިބޭ މުސާރަ ކުޑައީއެއްނޫން.. ދިވެހިން ފޮނިބޮޑީ.. ކިޔަވައިގެން އަޔަސް ގިނަ ކުދިންގެ ފެންވަރެއްވެސް ނުހުރޭ..

The name is already taken The name is available. Register?

ނުދަންނަ

12 October 2018

އެހެންވީމަ ދެއްތޯ އެހާ މޮޅެތި އިޖިޕްޓް މީހުން އެގެންނަނީ.... އެެއްޗެއް ނޭގުނަސް ބޭރު މީހުން އޯކޭ

The name is already taken The name is available. Register?

އަތްޖަހާ

12 October 2018

އެހެންވީމަ ހާދަ ގިނަ ފައިސާއެއް މި ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ބޭރު ކޮށްފަ ހުނާނޭ. ގިނަ ބިދޭސީ ޑޮކްޓަރުންނަކީ ބަރަށް ބޮޑާވެފަ ތިބޭ ބައެއް. ބަލި މީހާއަށް އެއްވެސް ވަރަކަށް އޯގާތެރިކޮށް ނުހިތާނެ. އެމީހުންގެ ހުންނަނީ އެމީހުންގެ ރަށުގެ ބޮޑާ ގޮތްގަޑު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454