އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ
17 އޮކްޓޯބަރ 2018 - 13:28
ވޮޝިންޓަން (އޮކްޓޯބަރު 17) - ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަ ބަދަލުވެއްޖެ އެވެ.
ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ވަން ފަހުން ގެއްލުނު ނޫސްވެރިޔާގެ މައްސަލާގައި ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ އެކަމުގައި ސައުދީގެ އަތެއްވާ ނަމަ އެ ގައުމަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.
ނަމަވެސް އޭޕީ ނިއުސް އެޖެނސީ އަށް ދެއްވި އިންޓަވިއެއްގައި ޓްރަމްޕް އިއްޔެ ވިދާޅުވީ ސައުދީއާ މެދު މިހާރު ކަންތައް ކުރަމުން ދަނީ "ކުށެއް ސާބިތު ނުވަނީސް ކުށްވެރިއެއްގެ ގޮތުގައި" ކަމަށެވެ. އެއީ އެމެރިކާގެ ސުޕްރީމް ކޯޓަށް ހަމަޖެއްސި ފަނޑިޔާރާ މެދު ވެސް ކަންތައް ކުރި ގޮތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ނޫސްވެރިޔާ އަށް ވީގޮތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. މުހައްމަދު ވިދާޅުވި ކަމަށް ޓްރަމްޕް ވިދާޅުވީ ނޫސްވެރިޔާ ގެއްލުމާ ގުޅޭ ތަހުގީގު ފުޅާ ކުރައްވާނެ ކަމަށާއި އެއަށް ފަހު މާލަސްތަކެއް ނުވެ ޖަވާބުތައް ލިބޭނެ ކަމަށެވެ.
ނަމަވެސް ކޮންސިއުލޭޓް ފާސްކުރި ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޚާޝޮގްޖީ މަރާލި ކަމުގެ އިތުރު ހެކި ލިބިފައިވާ ކަމަށެވެ.
ޓްރަމްޕް ވަނީ ސައުދީ ރަސްގެފާން ސަލްމާނަށް ފޯނުން ގުޅުއްވާ ގެއްލުނު ނޫސްވެރިޔާއާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ނޫސްވެރިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ރަސްގެފާން ވެސް ވިދާޅުވެފައިވާ ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިއްޔެ ވަނީ ސައުދީ އަށް ވަޑައިގެން ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދުއާ ބައްދަލު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
18 October 2018
އެމެރިކާ ރައީސް ގެ ހިމާޔަތުގަ އިޒްރޭލުން ފަލަސްތީން ތުއްތު ކުދިން ގަތުލްއާމު ހިންގަނީ!
ހުސޭން
17 October 2018
އެމެރީކާ، އިޒްރޭލް އަދި އީޔޫގެ ގައުމުތައް ދިރިތިބެނީ ހަތިޔާރުވިއްކައިގެން ލިބޭލާރިން. ދުނިޔޭގަ ހަންގުރާމް ހުއްޓިއްޖެނަމަ މިގައުމުތައް ކުޑަ ކަކޫމައްޗައް ތިރިވާނެ. ސައުދީއާ ދެކޮޅައް އެމެރިކާ އަކައްފިޔަވަޅު އަޅައިގެން ގެންލުވާނީ ހަމަ އެމެރިކާޔައް. ތި ނޫސްވެރިޔާގެ މައްސަލަ އޮމާންކޮއް މަލަމަތި ރީތިކޮއްދޭނީ ހަމަ އީޔޫ އާއި އެމެރިކާ. މީ މިއަދުގެ ހަގީގަތް.
ސުލްހަ
18 October 2018
އެކަމަކު އަޑުއަރުވާފަ އޮންނަނީ އެއީ ޑިމޮކްރަސީ އާއި ހިއުމަން ރައިޓްސްގެ އައްޕައިން ކަމަށް.