ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އަންހެން ވިޔަފާރިވެރިންގެ ޝަކުވާތައް އިބޫ އަށް

އަންހެން ވިޔަފާރިވެރިންނާ އިބޫ ބައްދަލު ކުރެއްވުން: ފޮޓޯ: އެމްޑީޕީ

ރާއްޖޭގައި ތަފާތު ވިޔަފާރިތައް ކުރާ އަންހެނުން، އެ ދާއިރާގައި ހުރި ގޮންޖެހުންތައް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

އިބޫގެ ކެމްޕެއިން އޮފީހުގައި މިއަދު ހަވީރު ބޭއްވި ބައްދަލު ކުރެއްވުމުގައި ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ގިނަ އަންހެނުންތަކެއް ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ޒީނަތްތެރި ކޮށްދިނުމުގެ ވިޔަފާރީގެ އިތުރުން ކޭކް އެޅުމާއި ތަފާތު މަސައްކަތްތައް ކުރާ މީހުން ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ވަކިވަކި ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ.

އަންހެން ވިޔަފާރިވެރިންނާ އިބޫ ބައްދަލު ކުރެއްވުން: ފޮޓޯ: އެމްޑީޕީ

އެ މީހުން އިބޫއާ ހިއްސާ ކުރި ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ފެށުމަށް ފައިސާ ހޯދުމުގެ ދަތިތަކާއި ޕްރައިވެޓް ސެކްޓާއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރުގެ ހިމެނެ އެވެ. އަދި އަންހެނުންނަށް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ރަނގަޅު މާހައުލެއް ބިނާކޮށްދިނުމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެގޮތް ހަމަޖައްސައި ދިނުމަށް އެދިފައިވެ އެވެ.

އިބޫ ވަނީ މިހަފްތާގައި ޒުވާން ވިޔަފާރިވެރިންނާވެސް ބައްދަލު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ދަރިން ހިމެނެ އެވެ.

23 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 2%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޖުވަދު އަހުމަދު

18 October 2018

ވެރިކަމަށް އިންތިޚާބުވި ބެފުޅާއަށް ތިއިން އެއްކަމެއްވެސް ނުކުރެވޭނެއެވެ. ރައީސް ޔާމީންގެ މަސައްކަތްޕުޅަކަށް ވީ ދިވެހިންނަށް މީގެ ކުރިން ލިބިފައި ނެތް ފުރުސަތުތައް ހޯދައިދީ، ގައުމުގައި އުފެދިފައި ހުރި މައްސަލަތައް ހައްލުކޮށް ދެއްވުން ކަމަށާއި އެކަން ކާމިޔާބުކޮށް ދެއްވި ރައީސް ޔާމީވެ، - ސަރުކާރުން ކުރިމަގު އުޖާލާކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިން. - އަންހެނުންގެ ކުރިއެރުމާއި ތަނަވަސްކަން އިތުރު ކުރެވޭނެ މަގުފަހިކޮށްދިން.

The name is already taken The name is available. Register?

ސަރީފު

18 October 2018

މި މީހުންވެސް މީހަކަށް ވާކަހަލަ މީހަކާ ބައްދަލުކުރިނަމަ ނަތީޖާއެއް ނިކުތީސް.

The name is already taken The name is available. Register?

ބަބުން

18 October 2018

މީ ބިދޭސިންލައްވާ ވިޔަފާރި ކޮށްފައި ސޭލްސް ނަގަން އަންނަ ކުދިން.....................

The name is already taken The name is available. Register?

އެޑްމުންޑޯ

18 October 2018

މަންޖެ މެންނަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް އިބޫގެ ވެރިކަމެއްގައި ނޯންނާނެ ، ބަލަން ތިބޭ ،

The name is already taken The name is available. Register?

ކޯއްޗެއްތޭ

18 October 2018

ކޯއްޗެއްތޭ ތިޔާއީ ތަމެން ތިޔާ އުޅެނީ ވެރިކަން ސިކްނެސް ސިންޑްރޯމް އާއި ހެދި ބުއްދިފިލާ ގޮސްފައޭ މަމެން ބުނަން ނެތީމު ދޯ.

The name is already taken The name is available. Register?

މުހައްމާ

18 October 2018

ވިޔަފާރިއަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ހުރަހަކީ ހިއްސާގެ ބާޒާރު ހީނަރުވެފައި އޮތުމެވެ. އެންމެ ބޮޑު އިންޑަސްޓްރީ، ޓޫރިޒަމްގެ ހިއްސާއެއް ހިއްސާގެ ބާޒާރުގައި ލިސްޓުވެފައި ގަންނަން ލިބެން ނެތުމެވެ. ޓޫރިޒަމްގެ ހިއްސާ ގަނެ ނުވިއްކޭހައި ހިނދަކު ރައްޔިތުމީހާގެ ޖީބަށް ލުއިކަމެއް ނާންނާނެއެވެ. އެންމެ ބޮޑު އެންމެ ގިނަ އާމްދަނީ ލިބޭ އިންޑަސްޓްރީގައި ބައިވެރިވުމުގެ ފުރުޞަތު ނެތިފައި އޮތުމަކީ ރައްޔިތުންނަށް ލިބިފައި އޮތް އެންމެ ބޮޑު ނިކަމެތިކަމެވެ.

The name is already taken The name is available. Register?

އުއްމީދު

18 October 2018

ރަނގަޅަށް ރެގިއުލޭޓްކުރެވޭ އަދި އިތުބާރު ހުރި އޮނިގަނޑެއް ނެތްހާދުވަހަކު ތިކަމެއްނުވާނެ. ލިސްޓްނުކޮށްގިނަ ލާރިލިބެން އޮތްވަ ފައިސާތަކެއްގެއްލޭކަށް ހޭޖޭ އިންވެސްޓަރަކު ލިސްޓެއްނުކުރާނެ. ހިއްސާވިއްކަނީ ކުންފުނީގެ ރައުސުލްމާލް އިތުރުކުރުމަށް، ރާއްޖޭގަ ހިއްސާވިއްކާގެން މިހާތަނަށް ކުންފުންޏެއްގެ ރައުސުލްމާލަށް މާކަބޮޑިތިބަދަލެއް އައިސްފައެއްނުވޭ. ބޮޑަށް ވައްތަރީ ސީއެސްއާރުގެ ދަށުންކުރެވޭކަމަކާ.

The name is already taken The name is available. Register?

ިމުހައްމާ

18 October 2018

ހިއްސާ ނުގަންނަނީ އުއްމީދު ނެތީމައެވެ. މިހާތަނަށް ހިއްސާ ވިއްކި ތަންތަނުން ރައްޔިތުން އުއްމީދު ކުރި އެއްވެސް ކަމެއް ހާސިލުވެފައެއް ނެތެވެ. އުއްމީދު ކުރާ ގޮތަށް ރެގިއުލޭޓްކޮށްގެން ހަރުދަނާކަމާއެކު ކުރާނަމަ ރައްޔިތުން ތިބީ އިންވެސްޓްކުރަން ތައްޔާރަށެވެ. އެމްޓީޑީސީގެ ހިއްސާ ގަންނަން ރައްޔިތުން އުޅުނުގޮތް ނުފެންނަ ބޭފުޅަކަށް ރައްޔިތުން އުއްމީދު ހުރި ގޮތެއް ނޭނގުމަކީ ވެދާނެ ގޮތެކެވެ. މިހާރުވެސް އުޅޭ އެންމެންވެސް މިއުޅެނީ ރައްޔިތުން ދަސްނުވެގެންނެވެ.

The name is already taken The name is available. Register?

ބައްބު

18 October 2018

ބަލަ އެމްޑީޕީ މީހުން ވިޔަފާރި ކޮށްގެން ނުވަނީތަ.. ނޫނީ އެމްޑީޕީ ވީމަ ރައްޔިތުންނަށް ނުވަނީތަ..؟ އެކްޓިވިސްޓަކަށްވީމަ ވިޔަފާރިވެރިއަކަށް ނުވެވެނީތަ..؟ ހެޔޮ އެއްގޮތެއް އޮވޭތަ ކަލޭމެންނަށް..

The name is already taken The name is available. Register?

ރާއްޖެތެރެ7

18 October 2018

މާލެ އަންހެން ވިޔަފާރި ވެރިން. އަދި ސެކްޓަރ ތަކުްނ އަހަރުން ރާއްޖެތެރޭ މީހުންނާ ބައްދަލު ކުރާކަށް ނުފެށޭ. އޯކޭ ދެން ރައީސްކަން ލިބުނީމަ ފެށިއަސް. އަހަރުން މިހާޜު ބޭނުމީ އަވަހަށް ހުވާކުރުވާ މަސައްކަތް ފަށަން

The name is already taken The name is available. Register?

ޒުބޭރު

18 October 2018

އެމްޑީިޕީ އެކްޓިވިސްޓުން އެކަނިބާތިބީ އަންހެން ވިޔަފާރި ވެރިންނަށް.

The name is already taken The name is available. Register?

ހަސީން

18 October 2018

ދެން ކިޔާ ތިހެން. އެތާ އެބަތިބި މަ ދަންނަ އެއްވެސް ޕާޓީއެއްގައި ނޫޅޭ މީހުން. އެންމެންނަށް ޓުވިޓާއިން އިންވައިޓް ކުރިދޯ. ކީއްވެތަ ނުދިޔައީ؟؟؟

The name is already taken The name is available. Register?

މެޑަމް އައިޝާ

18 October 2018

އެވެރިން ގެ އެކްޓިވިސްޓުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454