17 އޮކްޓޯބަރ 2018 - 20:38
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް، މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމާފައިވާކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.
އެންމެ ހަގު ފިރިހެން ދަރިކަލުންނާ އެކު އެކަމަނާ ސައުދީ އެއާލައިންގައި ފުރާވަޑައިގަތީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ވަޑައިގެންނެވި ގައުމެއް ރަސްމީކޮށް ހާމަކުރައްވައިފައެއް އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ފިރިކަލުންނަށް ވި ނާކާމިޔާބީއާ ގުޅިގެން ފިއްލެވީ ކަމަށް އަޑުފެތުރިފައިވަނިކޮށް މާދަމާ ހެނދުނުގެ ވަގުތެއްގައި ފަސްޓް ލޭޑީ ފާތުން މާލެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ.
First Lady Faathun Saudi Arabia ah furaavadaigenfi
The most trusted news source in the Maldives
Mihaaru
މެޑަމް ފާތުން ފުރާވަޑައިގަތުން--
ފަސްޓް ލޭޑީ ފާތުން ވަޑައިގަތީ އުމްރާ އަކަށް ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މި ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.
ރައީސް ޔާމީނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވަން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ ފަސްޓް ލޭޑީ ފާތުން އެވެ. އެކަމަކު، އިންތިޚާބުގެ ނަތީޖާ އިއުލާން ކުރި ފަހުން އެކަމަނާ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އޭގެ ފަހުން، ސިޔާސީ މަސައްކަތަކުން ވެސް ނުފެނެ އެވެ.
މި ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު ފަސްޓް ލޭޑީ ފާތުންއާ އެ ކަންކަމާ ގުޅުވައިގެން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާނާާނި
18 October 2018
އަވަހަން އާދެ އޭސީސީ އަށް ޖަވާބު ދާރީ ވާން
ރަތްޔިތުން
18 October 2018
ހިޔާ ފުލެޓްސް ތަކަށް މީނާ އަންނަގޮތައް އަތްބާނާނެ! ހުރިހާ ރަތްޔިތުން ސަމާލުވެލައްވާ.
ސުޥާ
18 October 2018
ދެން ފުރާނީ ޔާމިނު، ދުވަސް ކޮޅެއްފަހުން އަނެއްކާ މެޑަމު. ޢޭރުން އެ ބެޗުނީ.
ޒިންދަގީ
18 October 2018
ދެން ކިހިނެއް ހަދަންވީ؟؟
ޛަމީލު
18 October 2018
ޥެލްކަމް ބޭކް މެޑަމް...
ސަމާ.
17 October 2018
ދެންކީިއްކުރަން އަންނަނީ ތިކޮޅު މަޑުކުރޭ އަހަރެމެނަށް ރަނގަޅީ މިކޮޅަށް ނަންޔާ ޕުލީސް.
މީވީގޮތޭ
17 October 2018
އަވަހަށް ވަޑައިގަންނަވާށެވެ. ވަރަށް ގިނަ ތަހުގީގު އެބަހުއްޓެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ! ބެދޭ މަޅިއެއް ނުފެންނާނެ ކަމަށް މިކިޔަނީ މިހެން ވެގެންނެވެ. ކުރިން ހީކުރީ މީނަ ސަލާމަތްވާނެ ކަމަށެވެ.
އައްމަބޭ
17 October 2018
ދެން ލަލަލާ... ކިތައްމެ މޭކެރިއަސް ކިތަންމެ ބަނޑު ކެއްކިއަސް ގައުމު އެންމެ ބާރު ސުޕީޑުގައި ކުރިއަރާ ދިޔަ 5 އަހަރުގެ މަހާރެހެނދި...
މަންމަދައިތަ
18 October 2018
.މޭކަރަނީ ސްޕީޑްގަ ދަރަނިވެރިވީމާ. ވައްކަން އާންމުވީމާ. އެޗްޑީސީ އިން 30 މިލިޔަން ޔާމީން ކެމްޕޭނަށް. އެމްއެމްޕީއާރުސީން ބިލިޔަން ރުފިޔާ ވަގަށްނަގައިފ. 1މިލިޔަން ޑޮލަރު ރައީސް ގެ އެކައުންޓަށް. ލާރިގެއަށްވެއްދިކަމަށް އެއްބަސްވެފާ. 3ގުނަ އަގުބޮޑުކޮށް ބްރިޖެއް ހެދީތީ ދެލޭން ގެއްލިއްޖެ. ހޮސްޕިޓަލް ހަދަނީ 3 ގުނަ ޚަރަދުބޮޑުކޮށް ބިޑްކުރުމަކާ ނުލާ. ޗައިނާއަށް ބިލިޔަން ޑޮަލަރުން ދަރާފާ. ހެދިފްލެޓެއް ނެތް. ބަހާލީ އައުވާނުންނަށް ނިކަމެތިން ބާކީ. މީތަރައްގީ؟
މަންސޫރު
18 October 2018
އައްމަބޭ ބުރޯ، ތިޔަ މަހާރެހެންދި ސައުދީއަށް ދިޔަލެއް ބާރުކަމުން އަނބުރާ ފޮނުވާލިއްޔޯ!
ކުޗުކުޗު
17 October 2018
ރސ ނަސީދު ހާދަމޮޅޭ ހީވެސް ނުކުރާހާމޮޅުދޯ
އަފީ
17 October 2018
ތިޔައީ މިގައުމު ދުށް އެންމެ ހީވާގި ފަސްޓްލޭޑީ...ހަބޭސް މެޑަމް...
ބޫމް
17 October 2018
ޕީޕީއެމް ރޫޅާލައިފި މައުމޫނު ދުރުކޮށް ވަޒީފާ ދިނުމުގެ ބާރު މުށުތެރަށް ޖަމާކޮށް ޞަދަޤާތު ފައުންޑޭޝަން ހަދައި ދައުލަތުގެ އެތައް މުދަލަކާއި ފައިސާއެއް ގާތްމީހުނަށް ބަހާލުންފަދަ އެތައްކަމެއް ކުރެއްވުމަކީ ހީވާގިވުންބާ؟ ބިތުފަންގި ނަގާ ދުވަހަކުން ތިޔަ ހީވާގި ކަމުގެ އަސްލު ފެންނާނެ.