އެއާ އޭޝިޔާ އަދި ގަތަރު އެއާވޭސްގެ މަތިންދާބޯޓު އެކްސިޑެންޓު ވެފައިވާ މަންޒަރުގެ ކުރެހުމެއް:
23 އޮކްޓޯބަރ 2018 - 13:59
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕާކްކޮށްފައި އޮތް ގަތަރު އެއާވޭސްގެ ބޯޓެއްގައި، އެއާ އޭޝިޔާގެ މަތިންދާބޯޓެއް ޖެހުނު މައްސަލާގައި ޕައިލެޓާއި ގްރައުންޑް ސްޓާފުން، އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފި އެވެ.
ޖުލައި، 7، 2018 ގެ ހެނދުނު ހިނގި މި އެކްސިޑެންޓްގެ ޕްރެލިމިނަރީ ރިޕޯޓް، ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު އިރު، އޭގައި ތަހުގީގީ ޓީމުން ނިންމި ގޮތެއް ހިމަނާފައެއް ނުވެ އެވެ.
އެއާ އޭޝިޔާ ބޯޓުގެ ޕައިލެޓު ބުނާ ގޮތުން އެކްސިޑެންޓު ހިނގަން މެދުވެރިވީ މާޝަލުން ނުވަތަ ރަންވޭގައި ބޯޓަށް ސިގްނަލް ދޭން ތިބޭ މުވައްޒަފުން ހެދި ގޯސްތަކަކުންނެވެ. އެކަމަކު މާޝަލުން ބުނަނީ އެކްސިޑެންޓްވެފައި ވަނީ ބޯޓުގެ ޕައިލެޓު އެމީހުންގެ ސިގްނަލަށް ނުބެލުމުން ކަމަށެވެ.
މި އެކްސިޑެންޓުގެ ސަބަބުން ގަތަރު އެއާވޭސްގެ އެއާބަސް އޭ350-900 މަރުކާގެ ބޯޓުގެ ސްޓެބިލައިޒާ ނުވަތަ ފަހަތު ފިޔަ ވަނީ 18 އިންޗި އަށް ބަނޑިވެފަ އެވެ. އަދި އެއާ އޭޝިޔާ އެއާބަސް އޭ330-300 މަރުކާގެ ބޯޓުގެ ފިޔާގައި ތިން އިންޗީގެ ބަނޑިއެއް ލާފައިވެ އެވެ.
ތަހުގީގަށް ފަހު އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީގެ ޗެއާމަން އަބްދުރައްޒާގް އިދުރީސް ސޮއިކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެއާ އޭޝިޔާ އަދި ގަތަރު އެއާވޭސް ބޯޓުގެ ޕައިލެޓާއި މާޝަލުންނާ އިންޓަވިއުކުރި އެވެ. އަދި ބައެއް ވީޑިއޯ ފުޓޭޖާއި އެއާ އޭޝިޔާ ބޯޓުގެ ކަޅު ފޮށީގެ ރިކޯޑިން ވެސް ބަލާފައިވެ އެވެ.
އެއާ އޭޝިޔާ އަދި ގަތަރު އެއާވޭސް ޕައިލެޓުންގެ ބަސް
އެއާ އޭޝިޔާ ބޯޓުގެ ޕައިލެޓު ބުނެފައިވާ ގޮތުގައި ބޯޓު ޓެކްސީވޭއަށް ވަނުމާ އެކު މާޝަލްގެ އެހީތެރިކަމާ އެކު ޕާކު ކުރުމުގެ މަސައްކަތް ކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލުން އޭނާ އަށް ވަނީ އަންގައިފަ އެވެ. އެވަގުތު ޕާކިން ބޭގައި ހުރި މާޝަލް އަދި ވިންގް ވޯކާ (އިތުރު މާޝަލެއް) ހުރީ ފެންނަ ހިސާބެއްގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އެއާ އޭޝިއާގެ ޕައިލެޓާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައި ވަނީ އެއާޕޯޓުގެ ޕާކިން ޖާގަ ކުޑަ ނަމަވެސް މާޝަލުންގެ އެހީތެރިކަމާ އެކު ޕާކުކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އަދި ވީއައިއޭއަށް ދަތުރުކުރުމުގެ ފަސް އަހަރުގެ ތަޖުރިބާ ހުއްޓަސް މާޝަލުންގެ އެހީ ނެތި ޕާކްނުކުރެވޭނެ ކަމަށް، ޕައިލެޓް ބުނެފައިވެ އެވެ. އޭގެ ސަބަބަކީ ޕާކްކުރަން އޮންނަ ތަނުގެ ޖާގައިގެ ދަތިކަމާއި ބޯޓުތައް ގިނަކަމުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.
އެއާ އޭޝިޔާގެ ބޯޓުގެ ޕައިލެޓުންނަށް ބޭރު ފެންނާނެ ގޮތުގެ ކުރެހުމެއް:
ޕައިލެޓް ބުނާ ގޮތުގައި އެކްސިޑެންޓު ހިނގީ ޕާކިން އެޕްރޯނަށް ދާން، މައި މާޝަލްގެ އެންގުމަށް ބޯޓު އަނބުރާލި ވަގުތު އެވެ. އޭރު ބޯޓުގެ ކަނާއަތު ފިޔަ މޮނީޓާ ކުރަން އިނީ ފަސްޓް އޮފިސަރު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ޕައިލެޓް ބުނާ ގޮތުގައި އަނބުރާލި ވަގުތު ބޯޓަށް ބޮޑު ލޮޅުމެއް އައުމާ އެކު ހަމަ ވަގުތުން ބޯޓު ހުއްޓާލީ އެވެ. ބޯޓު މަޑުކުރުމުގެ އިޝާރާތް، ވިންގު ވޯކާ ދީފައި ވަނީ އެކްސިޑެންޓަށް ފަހުގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އެވަގުތު ބޯޓަށް އަންގަން ހުރި މާޝަލު ބުނެފައިވާ ގޮތުގައި ޓެކްސީވޭއަށް އޭނާ ހާޒިރުވީ އެއާ އޭޝިޔާގެ ބޯޓު ޖެއްސުމުގެ 10 މިނެޓު ކުރިންނެވެ. އެވަގުތު ބޯޓު ޖެއްސުމުގައި ދިމާވެދާނެ ދަތިތަކެއް ހުރިތޯ ބެލުމަށް ފަހު، ޕާކުކުރަން އެކަށީގެންވާ ޖާގަ އޮތް ކަމަށް ނިންމި ކަމަށް މާޝަލު ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި ޓެކްސީވޭއަށް ބޯޓު ވަނުމާ އެކު ވައަތަށް އަނބުރާލުމުގެ ސިގްނަލް ބޯޓަށް ދިނެވެ. ނަމަވެސް އެ އެންގުމާ ހިލާފަށް، ބޯޓު އަނބުރާލާފައި ވަނީ މާ ބޮޑަށް ޓެކްސީވޭއަށް ވަނުމަށް ފަހު ކަމަށް މާޝަލު ބުނެ އެވެ.
ބޯޓު މަޑުކުރަން ވިންގް ވޯކާ ސިގްނަލް ކުރި މަންޒަރު ފެނުމާ އެކު އޭނާ ވެސް ބޯޓު ހުއްޓުމުގެ ސިގްނަލް ވަގުތުން ދިން ކަމަށް، ތަހުގީގުގައި، މާޝަލު ބުނެފައިވެ އެވެ. ނަމަވެސް ބޯޓު ހުއްޓާފައި ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން ކަމަށް އޭނާ ބުނެ އެވެ.
ވެލާނާ އެއާޕޯޓުގައި އޭ330-300 މަރުކާގެ އެއާބަސް ބޯޓެއް ޖެއްސުމަށް ފަހު ޓެކްސީވޭއަށް ވަންނަންވާނެ ގޮތުގެ ކުރެހުމެއް:
މާޝަލް ގަބޫލުކުރާ ގޮތުގައި އޭނާ ބުނި ވަގުތު ބޯޓު ވައަތް ފަރާތަށް އަނބުރާލި ނަމަ އެކްސިޑެންޓު ނުވީހެވެ. ވިންގް ވޯކާ ވެސް ބުނެފައި ވަނީ އެކްސިޑެންޓާން މެދުވެރިވީ މާ ބޮޑަށް ޓެކްސީވޭއަށް ވަނުމަށް ފަހު އަނބުރާލުމުން ކަމަށެވެ.
ޓެކްސީވޭއަށް މާ ބޮޑަށް ބޯޓު ވަންނަ ކަމަށް ފާހަގަވުމާ އެކު ހުއްޓުމުގެ ސިގްނަލް ވިންގް ވޯކާ ދިނިން ކަމަށާއި ޕައިލެޓަށް ސިގްނަލް ނުފެނިދާނެ ކަމަށް ބަލާފައި އެކަން މާޝަލަށް ވެސް ސިގުނަލްކުރިން ކަމަށް ވިންގް ވޯކާ ބުނެފައިވެ އެވެ. އެކަމަކު ހުއްޓުމުގެ ސިގްނަލް ދިން ފަހުން ވެސް ބޯޓު ގާތްގަނޑަކަށް 10 ވަރަކަށް ފޫޓު ކުރިއަށް ދިޔަ ކަމަށް އޭނާ ބުނެ އެވެ.
އެ މައްސަލައިގައި ގަތަރު އެއާވޭސްގެ ޕައިލެޓު ބުނެފައި ވަނީ އެކްސިޑެންޓު ވެފައި ވަނީ ބޯޓު ނައްޓާލަން ތައްޔާރުވަމުންދިޔަ ވަގުތު ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުން ގަތަރު އެއާވޭސްގެ ބޯޓު ޕާކުކޮށްފައި އޮތީ ރަނގަޅަށެވެ.
އެއާ އޭޝިޔާ ބޯޓުގެ ކަޅު ފޮށީގެ ރިކޯޑިން އަޑުއެހިއިރު އެކްސިޑެންޓާ ހަމައަށް ވެސް ޕައިލެޓް އަދި ކޯ ޕައިލެޓު ވާހަކަ ދައްކާ އަޑު އިވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޯޓު އެކްސިޑެންޓުވި ވަގުތު "އޯ، ހީވަނީ އަހަރުމެން ފިޔާގައި ޖެހިއްޖެހެން" އެގޮތަށް ކޯ ޕައިލެޓު ބުނެ އެވެ. ގްރައުންޑް މާޝަލުން އެމީހުންނަށް ރަނގަޅު ސިގްނަލް ދައްކަމުން ދިޔަތޯ އެ ވަގުތު ޕައިލެޓު އޭނާގެ ކޯޕައިލެޓު ގާތު އަހާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި ޖަވާބުގައި "އެމީހުން އަހަރުމެންނަށް ކްލިއާރެންސް ދިން. އަހަންނަށް އެތަން ފެނުނު،" ބޯޓު މަޑުކުރަން، ގްރައުންޑް ސްޓާފުން ސިގުނަލް ނުދޭ ކަމަށް އިޝާރަތްކޮށް، ކޯ ޕައިލެޓް ބުނި ކަމަށް ރިޕޯޓުން އެނގެ އެވެ.
ބޯޓު އެކްސިޑެންޓް ވި މަންޒަރު އެއާޕޯޓުގެ ސެކިއުރިޓީ ވީޑިއޯތަކުން އެކި ދިމަދިމާލުން ފެނުނު ނަމަވެސް އެއްވެސް ވީޑިއޯއެއްގައި މާޝަލުން އެއްކޮށް ފެންނާކަށް ނެތެވެ. އެހެންކަމުން ބޯޓު ހުއްޓަން އެމީހުން ސިގްނަލް ދިން ތަން ނުވަތަ ނުދޭ މަންޒަރު ނުފެންނަ ކަމަށް ރިޕޯޓުގައިވެ އެވެ.
އެއާ އޭޝިޔާ ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑިން (އެފްޑީއާރް) ލިބުނު ނަމަވެސް އެ ތަކެތި ބަލާނެ ގާބިލް ޓެކްނޮލޮޖީ ރާއްޖޭގައި ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލީ ސައީދު
25 October 2018
މާސަލާގެ ކުސުން ބޯޓް ޖެހުނީ. ޢެދުވަހު މާސަލާ މާފޮނި ބޮޑުވީ. ވަކި މީހެގެ ދަރިއެއްވީމަ ދިފާއު ކުރަނީ.
ކެންޑްރިކް
24 October 2018
ޕޮލިހުންނައް ވުރެ މި މީހުންގެ ތަހުގީގު ރިޕޯޓު ފުރިހަމަ.
އަޙުމަދު
24 October 2018
އެތަނުގަ ތިބި އެއްވެސް މީހެއްގެ ޒިންމާއެއްނެތް. ވީމާ ދެން ތިކަން ނިމޭނީ އަދީބާ ހަމައިން،
ލިޔާމީހާ
24 October 2018
ސީރިއަސްލީ؟ ޕްރިލިމިނަރީ ރިޕޯޓޭ ތިކިޔަނީވެސް. ފެކްޓްސް އެކަނި ހުންނަންޖެހޭނީ އޭގަ. އެނަރލިސިސް ބަޔެއް އިންނާކަށް ނުޖެހޭ.
ޢިބްރާހިމް
24 October 2018
ހުޅުލޭގައި 96 މިލިއަން ރުފިޔާ އަށް ޕްރޮޖެކްޓްއަކަށް މިދިޔަ އަހަރު ހިއްކިބިން އެއީ އޮޅުމަކުން ހިއްކުނު ނުބައި ބިމެއްކަމަށް ނިންމައި އަލުން އެހެން ސަރަހައްދަކުން ހަމަކުރީގައި ހިއްކިވަރުގެ ބިމެއް ވަނީ ހިއްކާފައެވެ. ގެއްލުންވި 96 މިލިއަން ރުފިޔާގެ ޒިންމާ ނަގާނީ ކޮންފަރާތަކުންބާއެވެ.
ހޯނު
24 October 2018
ތި ވެލާނާ އެއާޕޯޓުގަ ޖައްސާފަ ޕާކު ކުރަން ފިޔަގަނޑު ނައްޓާލަން ހަދާގޮތަށް ހަދަން ވީނުން؟ އެއާޕޯޓު ހަދާ ހަދާ އަދިވެސް ހަދާ ނުނިމޭ. ނިންމުނީ ފާޑެއްގެ ފުޑު ކޯޓެއް.
ޙުސެއިިން
23 October 2018
ބޯޓު އެކްސިޑެންޓް ވި މަންޒަރު އެއާޕޯޓުގެ ސެކިއުރިޓީ ވީޑިއޯތަކުން އެކި ދިމަދިމާލުން ފެނޭ ނަމަވެސް ވީޑިއޯއެއްގައި މާޝަލުން އެއްކޮށް ފެންނާކަށް ނެތެވެ މީކެމެރާތައްވެސް އެއްކޮން ސަރަހައްދު ފެންނާނެގޮތަކައް ހަރުކޮއްފަ ހުރިިނަމަ؟އެހެންނޫނަސް ވެލާނާ ކަންތައްތައް ހުންނަގޮތް އެގޭނެ އެތަނުން ފުރަންދާ މީހުނައް.
އަހަނމާ
23 October 2018
ވެލަނާގެ މާޟަލުންނަކީ ތިބުނާހާ ސީރިއަސްކޮއް ތިކަން ކުރާ ބައެއް ނޫން. އަބަދުވެސް ތެޅެމުން ވަގުތު ޖެހުނީމަ ނިކުންނާނީ އަދި ތިނޫން ވެސް އެހެން ކަން ކަން ވެސް ޕައިލޮޓް ބޮލުގަ އަޅުވާނީ\ އަހަރެން މީ މިކަން ހިނގާ ގޮތް ދަނެގެން ވާހަކަ މިދައްކަނީ.. ވެލާނާގަ މަސަތްކަތް ކުރާތާ 15 އަހަރު
މާޝަލާރ
24 October 2018
މަސައްކަތް ކުރަން ތިއުޅެނީ އެރައިވަލްގަ ކަންނޭގޭ! އެހެންވީމަތިހާ ބޮޑަށް ތިއިނގެނީ! އެތާ 70 އަހަރު އުޅުނަސް މަސައްކަތް ރަނގަޅަށް ބަލާނަމައިނގޭނެ ވާނުވާވެސް. ވަރަށް ވެދުން!!
ރަދީފު ގެކުޑަބެއްޔާ
23 October 2018
"އެއާ އޭޝިޔާ ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑިން (އެފްޑީއާރް) ލިބުނު ނަމަވެސް އެ ތަކެތި ބަލާނެ ގާބިލް ޓެކްނޮލޮޖީ ރާއްޖޭގައި ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ." އެކަމު ދުނިޔޭގެ އެންމެ ބޮޑު ބޯޓު ފަހަރު ރާއްޖޭގެ ބަދަރުގަ ޖެއްސެޔޯ ކިހިނެއްބާ މިވަރު ނެތިސް ޖައްސާނި
ށަސިސު
23 October 2018
ދެން ތިއޮތީ ވެފަ