ޚަބަރު / ޕްރޮފެސަރު އުގެއިލް

މަރުތަކުގެ ހަގީގަތް ހޯދުމުގައި އެހީވެދޭން އުގެއިލް ތައްޔާރު

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަފްރާޝީމް، އަދި ބްލޮގާ ޔާމީން ރަޝީދު-- ފޮޓޯ: މިހާރު

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ބްލޮގާ ޔާމީން ރަޝީދުގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކޮށް، އެކަން ކުރި ބައެއް ހޯދުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.

އުގައިލް ވަނީ "ފޭސް ރިކޮގްނިޝަން ސިސްޓަމް"އެއް އީޖާދުކޮށްފަ އެވެ. އޭގެ އެހީގައި އޭނާ ގެންދަވަނީ މީހުން ދެނެގަތުމުގެ ބޮޑެތި ތަހުގީގުތަކަށް އެހީތެރި ވަމުންނެވެ. އެ ގޮތުން އިނގިރޭސި ވިލާތުގައި މަސައްކަތްކުރި ރަޝިޔާގެ ޖާސޫސް، ސާގީ ސްކްރިޕަލް އާއި އޭނާގެ 33 އަހަރުގެ އަންހެން ދަރިފުޅު، ޔޫލިއާ ސްކްރިޕަލް މަރާލަން، ޒަހަރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު މިހާރު ވަނީ ހޯދިފަ އެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ އުގައިލް "މިހާރު" އަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ކުށްތައް ތަހުގީގު ކުރުމަށް އެކަމާ ގުޅޭ ސީސީޓީވީ ފުޓޭޖްތައް ފުލުހުންގެ އަތުގައި ހުރި އިރު އެ ފުޓޭޖްތައް ބަލައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭން އޭނާ ހުންނެވީ ތައްޔާރަށެވެ.

މޫނުން އަސަރު ދެނެގަންނަ ސޮފްޓުވެއާ އުގެއިލް ދައްކާލަނީ-- ފޮޓޯ: އުގެއިލް ސޯޝަލް މީޑިއާ

"ފޭސް ރިކޮގްނިޝަން ބޭނުންކޮށްގެން އެ ފުޓޭޖްތަކުން އެ ފެންނަ މީހުން ދެނެގަނެވޭނެ. ކަމާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންނާއި އެ ނޫން މީހުން ދެނެގަނެވޭނެ. އެ މީހުން ސިފަ ބަދަލު ކުރުމަށް އިސްތަށިގަނޑެއް ޖަހައި ނުވަތަ އެ ނޫން ވެސް ބަދަލުތަކެއް ގެނެސްފައި ހުރި ނަމަވެސް އެއީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް ދެނެގަނެވޭނެ. އެކަން ކޮށްދޭން އަޅުގަނޑު މިހިރީ،" އުގެއިލް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް، 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އިރު އެ މައްސަލައިގެ ހަގީގަތް އަދިވެސް ފުލުހުންނަކަށް ނުހޯދެ އެވެ. މައްސަލައިގެ ތުހުމަތައް ހުސައިން ހުމާމް ހައްޔަރުކޮށް މަރަން ހުކުމް ކުރި ނަމަވެސް، އޭނާ އެކަން ކުރީ ކޮން ބަޔަކު ބުނެގެން ކޮން މަގުސަދެއްގައި ކަމެއް އަދިވެސް ނުހޯދެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ގެއްލުނު ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ހައްޔަރު ކުރި ނަމަވެސް އޭނާ ގެއްލުވައިލީ ކޮން ބައެއް ކިހިނެއް އަދި ކޮން މަގުސަދެއްގައި ކަން އަދިވެސް ފުލުހުންނަށް ނުބުނެދެ އެވެ.

Umurun dhuvas vumun hunnaane goi dhakkuvaidheyn Ugail ge teamun hedhi software maa furihama

Umurun dhuvas vumun hunnaane goi dhakkuvaidheyn Ugail ge teamun hedhi software maa furihama

The most trusted news source in the Maldives

Mihaaru

ގެއްލިފައިވާ މީހުން ހޯދުމަށް އުގެއިލް ހަދާފައިވާ ސޮފްޓްވެއާ--

އަދި 2017 ވަނަ އަހަރު މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެ މައްސަލައިގައި އެހީތެރިވުމަށް އުގެއިލް ކުރިން ހުށަހެޅުމުން ފުލުހުން ވަނީ އެކަން ގަބޫލު ނުކުރަން ނިންމާފަ އެވެ.

އެކި ގައުމުތަކުގެ ފުލުހުންނާއި އިންވެސްޓިގޭޝަން ދާއިރާގެ ޕްރައިވެޓް ކުންފުނިތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވާ އުގެއިލް ވިދާޅުވީ އެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ވެސް ހިލޭ ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތާއި ދުބާއީ ފުލުހުންގެ އެހީތެރިކަން ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާނަށް އިންސާފް ހޯދައިދިނުމަށް އެދި ބޭއްވި ހިނގާލުމެއްގެ ކުރީގައި ޔާމީން ރަޝީދު ބޯޑެއް ހިފައިގެން-- ފޮޓޯ: މިހާރު

"މީގެ ކުރިން ވެސް ވަރަށް ރަނގަޅު ޕެކޭޖެއް [ފުލުހުންނަށް] ހުށަހެޅިން. އަޅުގަނޑުމެންގެ މީހަކު ރާއްޖެ ފޮނުވައިދޭން މައްސަލައިގެ ތަހުގީގަށް އެހީތެރިވުމަށް،" އުގެއިލް ވިދާޅުވި އެވެ.

އުގެއިލް ވިދާޅުވީ އެ މައްސަލަތައް މިހާރު އޮތް ހިސާބުން ދިވެހިންނަށް ހިތްހަމަ ޖެހުމެއް ލިބެން އޮތީ މިނިވަން ތަހުގީގެއް ކުރަން ފުރުސަތު ދީގެން ކަމަށެވެ. އެކަމަށް އޭނާ އެއްބާރުލުން ދެއްވާނެ ކަމަށް ތަކުރާރުކޮށް އުގެއިލް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމާއި ޔާމީން ރަޝީދުގެ މަރުގެ ހަގީގަތާއި ރިލްވާން ގެއްލުވައިލި މައްސަލައިގެ ހަގީގަތް ހޯދައިދެއްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

25 ކޮމެންޓް, 116 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 1%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމިދު ޝާހިދު

24 October 2018

މިއީ ވަލީވެރިއެއް ތަ...! ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އައިސް ޝަރީއަތަށް ސާބިތު ނުހިފޭ ހެއްވާ ކަމެއްކޮށް އެތައް ބައެއްގެ އަބުރުކަތިލާ، ގެއްުންދޭން އެއައީ...

The name is already taken The name is available. Register?

އަބިގޭލް

23 October 2018

ކުރިން ސިއްރުން ބުނާކަމަށް ބުނާ ހާދަބަޔަކު މިހާރުއެބަގަދަބަސްބުނޭ. ރައީސްނަށީދުނޫންމީހެއްނުފެނޭ މެދުނުކެޑި އެއްވާމެއްގަރައްޔިތުންނަށްޓަަކާ ފާޅުގަބަސްބުނުންމަތީހުރިމީހެއް

The name is already taken The name is available. Register?

ނިކަމެތ މީހާ

23 October 2018

ތީ ބޭކާރު ކަމެއް. ތީގެން ހޯދޭނީ ހަމައެކަނި ގާތިލް. މިސާލަކަށް އަފްރާޝީމްގެ މައްސަލާގައި ހުމާމު ކަމަށް ތުހުމަތު ކުރަމާ. އެކަމަކު ތިކަމުގައި އަމަލީ ގޮތުން ބައިވެރި ނުވެ ތިކަން ކުރުވި މީހުންނެއް ނުހޯދޭނެ. އަދި މިސާލަކަށް ގާތިލު ހޯދާފަ ސުވާލު ކޮއްގެން ވެސް އިނގުނަސް އަޑީގައި ތިބި ހައި ޕްރޮފައިލް މީހުން ހައްޔަރެއް ވެސް ނުކުރެވޭނެ. އެކަން އޮއްބާލާނެ.

The name is already taken The name is available. Register?

ރަހުމަތްތެރިޔާ

23 October 2018

ނޫނޭ. ގާތިލު ހުމާމު ބައްދަލު ކުރި މީހުންނާއި އެމީހުން ބައްދަލު ކުރަމުންދިޔަ މީހުން ދެނެގަނެވޭނެ. މީގަ އެތަކެއް ބައެއްވޭ. އެންމެ ހީނުކުރާ މީހާވެސް ކަމުގަ އުޅެފާނެ. މަށައް ވަރަށް ހީވޭ އުގައިލްއަށް މިކަން ކުރެވޭނޭ. އެ ވެސް ބޭރުގެ ފުލުހުންގެ އެހީއާއި މަދަދާއި އެކު.

The name is already taken The name is available. Register?

ޢަކްރަމް

23 October 2018

ފުލުހުންނަކަށް ނުވިއެއްނޫން، ވާނަމަ މިހުރިހާ ދުވަހު އޮންނާނީ ކޮއްފަ. ޢެމީހުންގެ ތެރޭގައިވެސް މަގާމަށްޓަަކައި ކޮރަޕްޓްވެފައި ތިބީ މީހުން ތިބީމަ މިހުރިހާ ދުވަހު އެކަން ނުވެފަ އޮތީ. ބޭރުގައުމުތަކުންވެސް ޕރ އުގެއިލްގެ އެހީ ހޯދިހެން ހޯދަންވީނުންތޯ. ޤައިމު ކަމެއްވީމަތާ އުގެއިލްގެ އެހީ ނުހޯދައިގެން އެ އުޅެނީ.

The name is already taken The name is available. Register?

ކުނިބެ

23 October 2018

ޕުރޮފެސަރަށް ކުރެވޭ އުއްމީދު ބޮޑު! އަދި ފަޚުރުވެރިވެސް ވޭ! ވީ އެންމެ އަވަހަކަށް ގާތިލުން ހޯދި، ހައްގު އަދަބު ދެވުމަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އިންތިހާއަށް ބޭނުން ކަމެއް.

The name is already taken The name is available. Register?

އަބްދުއްލާ

23 October 2018

ފައިސާ ހަރަދު ކުރި މީހުނާ އަފަރާސީމްގެ ގާތިލުންގެ އެންމެ އިސްފަރާތރްތަކުގެ މައްސަލަ ތައް ސަރީއަތަށް ނުފޮނުވެނީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ސަބަބުން. ދުނިޔޭގެ އެހެން ގައުމުތަކާއަޅާ ބަލާއިރު ތަހުގީގު ކުރުމުގާ ފުލުންނަށް ހުރަސްއަޅާ މާއްދާ އަކީ ވެސް މިއީ މިމާއްދާ އުވާލަނިކޮށް އަފްރާސީމް ވެސް ރިޒްވާނުގެ ވެސް ހަގީގަތް ފުލުހުންނަށް ސާބިތު ކޮށްދިނުން މަޓައެއް ކާލުންހާ ފަސޭހަކަމެއް.

The name is already taken The name is available. Register?

ރައްޔިތުން

23 October 2018

މިކަން މި ފަސްގަނޑުގައި ތަކްރާރު ވެގެން ނުވާނެ. ޝެއިޚް ޝަހީމާ ރިޔާޒަށް އެނގިހުރި އެއްޗެއް ރައްޔިތުންނަށް ކިޔާދިނުމަށް އިލްތިމާސް ކުރަން. ޝަހީމަކީ އަފްރާޝީމް ކައިރީ މާފަށް އެދެން އާދޭސް ކުރި ބޭފުޅާ. ސުވާލަކީ ކިއްވެހޭ! ރިޔާޒަކީ އޭރުގެ ކޮމިޝަނަރު. ސުވާލަކީ ކީއްވެހޭ (ބައިވަރު ކަންތައް. ސީސީ ޓީވީވެސް މަސައްކަތް ކުރާކަމަކަށް ނުވިއޭ ކިޔާ) މިކަން ރައްޔިތުން ދޫނުކުރާނަން. ހުވާކޮށްފައި މިބުނީ.

The name is already taken The name is available. Register?

ބޮލުރޮދި

23 October 2018

"މިކަން ރައްޔިތުން ދޫނުކުރާނަން." ރައްޔިތުންނަކީ ކަލޭ؟

The name is already taken The name is available. Register?

ހުތާ

23 October 2018

އަލަށް ހުވާކުރާ ސަރުކާރުން އުގެއިލް ފަދަ ދިވެހިން ފަހުރުވެރިވާ ބޭފުޅުންނާއި ގާތްގުޅުމެއް ބާއްވައި ގައުމު ކުރިއެރުވުމަށް އެބޭފުޅުންގެ އެހީތެރިކަން ހޯއްދަވާނެކަމަށް ޔަގީން ކުރަމެވެ. އުގެއިލަށް ޝުކުރުދަންނަވަން.

The name is already taken The name is available. Register?

ކިނބިދޫ ދާއިރާ

23 October 2018

އިއްޒަތްތެރި މެންބަރަށް! ކިނބިދޫ ދާއިރާގެ ރައްޔިތެއްގެ ހައިސިއްޔަތުން ނުހަނު އިހުލާސްތެރި ކަމާއެކު މި ދަންނަވީ އަލްމަރުހޫމް ޑރ އަފްރާޝިމް ގެ މަރާއި ގުޅޭގޮތުން މަނިކުފާނަށް އިނގިލައްވާ ހުރިހާ މައުލޫމާތެއް ރައްޔިތުންގެ ކުރިމަތީ އެއްވެސް ފަސްޖެހުމެއްނެތި ހާމަކޮއްދެއްވާށޭ!

The name is already taken The name is available. Register?

ނިލިސް

23 October 2018

ޝުކުރިއްޔާ ޕްރޮފް. ތިމަރުގެތަކުގެ ޙަޤީޤަތް އެނގެން ވަރަށް ގިނަ މީހުން ބޭނުންވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454