މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު. --- ފޮޓޯ/މިހާރު
24 އޮކްޓޯބަރ 2018 - 20:14
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު މެމްބަރުންގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ފޮނުއްވި ސިޓީއެއްގައި މޫސަ ވިދާޅުވީ، ހުރިހާ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ލިބިފައިވާތީ ޖަލްސާތައް ބާއްވަން ބޭނުން ވަނީ ހުރިހާ މެމްބަރުންނާ އެކު ކަމަށް މޫސަ ވިދާޅުވި އެވެ.
އެހެންވެ، ހުރިހާ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށްޓަކައި، ޝަރުއީ ކޯޓުތަކުން ބަލަމުންދާ މެމްބަރުކަމާ މެދު ހިލާފު އުފެދިފައިވާ ހުރިހާ މައްސަލައެއްގައި ފައިސަލާ ކުރަނިވި ހުކުމެއް އެ ޖަލްސާތަކުގެ ކުރިން އިއްވައި ދެއްވުމަށް މޫސަގެ ސިޓީގައި އެދިވަޑައިގެންނެވި އެވެ.
"އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލޭ ގޮތަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނުއަސާސީ އާއި، ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނަކުން ހުއްދަކަމަކަށް ނުވާއިރު، ހުރިހާ ރައްޔިތުން ތަމްސީލު ކުރުމަށް އިންތިހާބު ކޮށްފައިވާ މެމްބަރުން ކުރެ އެއްވެސް މެމްބަރަަކަށް ބައިވެރި ނުވެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ތަމްސީލު ކުރުން ނޫން ކަމަށް ދެކެމެވެ." މޫސަގެ ސިޓީގައި ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ޖުމްލަ މެމްބަރުންގެ އަދަދަށް ބަލައިގެން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާ މެދު ހިލާފެއް އުފެދިއްޖެ ނަމަ، އެކަމަށް ގޮތެއް ނިންމާނީ ސްޕްރީމް ކޯޓުން ކަމަށް ގާނޫނޫއަސާސީ ގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް މޫސަގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.
މޫސަ އެހެން ވިދާޅުވިއިރު، ޕީޕީއެމް ދޫކުރައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހު ހުކުމް ކޮށްފައިވާއިރު، ބާކީ ތިބި މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ. ދެ މެމްބަރެއްގެ މައްސަލަ ފިޔަވައި، އެހެން ހުރިހާ މައްސަލަތަކެއްގައި ވެސް އޮތީ އަޑުއެހުންތައް ނިންމާލައިފަ އެވެ.
ބާކީ ތިބި ދެ މެމްބަރުންގެ މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި ނުނިމި އޮތީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
25 October 2018
މޫސާ ރިޔާ އަނެއްއަތަށް ބަދަލުކޮއްލީދޯ. ކަލޯގެ އަގެއްނެތޭ މިހާރަކު.
ފޮނިކަލޯ
25 October 2018
އަވެސް އަޅުގަނޑައް ފެންނަނީ މިދައުރު ހަމަވަންދެން ތި މެންބަރުންގެ ވާހަކަ ނުދައްކާ ޔާމީން އަތުން އަދިވެސް މަންފާއެއް ލިބޭނީ ކޮންގޮތަކުންތޯ ބަލައި , އެކަން ކުރުމުގަ ވަގުތު ހޭދަކޮށްލަން ފަހަރުގައި ލިބިދާނެ ,މޫސާ ކަލޭގެ އަޅެ ހަޔާތެއް އެބައޮތްތޯ?
ސަމާއާދަނު ލާރިބެހި
25 October 2018
މުޅިންވެސް ފިލްމު
ރަދުންގެ ފަސްބައި
25 October 2018
މޫސަޔަކީ ވަރަށް ރަނގަޅު ބޭފުޅެއް އޭރަކު ބާރު އޮންކޮންމެ ފަރާތެއް ހިމާޔަތް ކުރުމަށް ރައްޔިތުން ނަށް އަނިޔާވެރިވުމާއި ސަރުކާރުގެ ފައިސާއަށް ރަނގަޅުގޮތް ހެދުމަކީ މޫސައްށް ނުހަނު ފަސޭހަ ކަންކަން ނަމަވެސް މޫސަޔަކީ ބަޠަލެއް ވިލަންއެއް ނޫން. މޫސަ ކަލޭވެސް ހެދުނު އެއްޗެއް ހަދާ ތިތާކު ރަނގަޅު ހަމަ އެކަކުވެސް ނެތް.
ބާބޫ
25 October 2018
ކަލޯ މިހުރިހާ ދުވަސްވީއިރު ތިވާހަކަ ނުދައްކާ އޮތީ ނިދާފަތަ؟
އައިލަމް
25 October 2018
ކުރިންވެސް ތިޔަގޮތް އޮތެއްނޫންތެ މޫސާ. މިހާރުދެން ކޮންވާހަކެއްތެ ކަލޭ ތިޔަ ދައްކަނީ. ކަލޭގެ އަގުދެނެއް މައްޗަކަށް ނުއުފުލޭނެ. ރަނގަޅުވާނީ އަމިއްލައަށް ވެމްކޯގެ ކުނި ލޮރީއަކަށް އެރިގެން ތިލަފުށްޓާއި ހަމައަށް ދިޔައްޔާ. ނޫނީ ދެން އޮތީ ޖަލުގޮޅި. ވަރަށް ސަލާމް.
ޙަސަންސް
25 October 2018
މިހާރު ދެން ހާދަ ރައްޔިތުންނޭ ދޯ!
ތެމާ
25 October 2018
މިދިޔަ 5 އަހަރު އަޅެމީނާކޮބާމިހާރު ކުއްލިއަކަށްތަ ގާނޫނުގަ އެހެންއޮތީ މީގޮތްކުޑަބައެއް
އަލިފް
25 October 2018
މޫސަގެ ރިސޯޓު ހިމާޔަތް ކުރަން މޫސަ ބޭނުން ވާނެއެވެ.
ޝަރީފޫ
25 October 2018
ހޯން މާހެޔޮ އެދޭނެ ކަމެއްނެތް..ވަގުތު ފާއިތުވެއްޖެ..ދެން އުޅޭ ވައްތަރެއް..ހުޅަނގު މޫސުން ނިމި އިރުވަޔައް ފެން އަޅަނޫ.. އެކަމް ތިއަޅާ ފެނަކީ ފޫނެއް ފަޔައް ފެން އެޅުންކަން ހަދާން ކުރާތި..ތިހުރީ ބާކީވެފަ..ތިކަލަ އިޙުލާސްތެރި ކަމެއްނެތް މީހުން ރަގަޅައް ފުރޭނި ހޮވާލެވިއްޖެ..އަދި އެއްފާރު ރާނަންވީނު މަޖިލިސް ތެރޭގަ..ފޫހި ފޫހި ރީކޯ