އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ވެރިން--- ފޮޓޯ: މިހާރު
25 އޮކްޓޯބަރ 2018 - 21:19
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ދޭ އެލަވަންސް މި މަހުގެ އެކަކުން ފެށިގެން ބޮޑުކުރި ކަން އެންގުމަށް ފަހު، މިދިޔަ މަހުގެ މުސާރަ މިއަދު ދިންއިރު އެ އެލަވަންސް ދީފައި ނުވާ މައްސަލަ މިއަދު ފެންމަތިވެއްޖެ އެވެ.
އެމްޕީއެލް އިން ކުރިން ދެމުން އައީ ފުޑް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 50 ރުފިޔާ އަދި ޑެއިލީ އެލަވަންސްގެ ގޮތުގައި 10 ރުފިޔާ އެވެ. އެކަމަކު މި މަހު އެކަކުން ފެށިގެން މި އެލަވަންސް 150ރ. އަށް ބޮޑުކުރި ކަން މިދިޔަ އާދީއްތަ ދުވަހު މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ.
ދެހާހެއްހާ މުވައްޒަފުން ހިމެނޭ އެ ކުންފުނީގެ މުސާރަ ހަދަނީ ކޮންމެ މަހެއްގެ 20 އިން އަނެއް މަހުގެ 21 އަށެވެ. އެހެންކަމުން ބޮޑުކުރި ކަމަށް އެންގި އެލަވަންސް މިއަދު ދިން މުސާރައާ އެކު މަދުވެގެން 20 ދުވަހަށް ލިބެން ޖެހޭ ކަމަށް ބުނެ މުވައްޒަފުން ދަނީ ޝަކުވާ ހުށަހަޅަމުންނެވެ. ނަމަވެސް އެ ޝަކުވާތަކަށް އެކުންފުނީގެ އެޗްއާރުން ޖަވާބު ނުދޭ ކަމަށް ވެސް މުވައްޒަފުން ބުނެ އެވެ.
މުވައްޒަފުން ބުނާ ގޮތުގައި ބޮޑުކުރި އެލަވަންސް ނުދިނީ އެ ކުންފުނީގެ ވެރިން ސޮއި ނުކޮށްގެންނެވެ. ނަމަވެސް އެލަވަންސް ބޮޑުކުރުމަކީ އެ ކުންފުނީގެ ބޯޑުގެ ނިންމުމެއް ކަމަށް ކުރިން އަންގާފައިވާ ކަމަށް މުވައްޒަފުން ބުނެ އެވެ.
އެކަމާ ގުޅޭގޮތުން އެމްޕީއެލްގެ ރަސްމީ ބަހެއް ހޯދުމަށް އެކުންފުނީގެ ވެރިންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ނުލިބުނެވެ.
އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޯޑުން ފާސްކުރަން އުޅުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެލަވަންސް ބޮޑުކުރަން ނިންމީ، މުސާރަ ބޮޑުކުރުމާ ގުޅޭ ޝަކުވާ އޭސީސީން ބަލަމުން އަންނަނިކޮށެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޕީއެލްއަކީ ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ގިނަ ހަރަދުތަކެއް ކުރިކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ކުންފުންޏެކެވެ. އެގޮތުން ޕީޕީއެމްގެ ސަޕޯޓަރުންނަށް އެކުންފުންޏަށް އެކަށީގެން ނުވާވަރަށް ވަޒީފާ ދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެޑަމް ފާތިކި
27 October 2018
ލޯކަލް ޓީޗަރުންނަށް ބޮޑު އެލަވަންސެއް ދޭނީ ކޮން އިރަކުންތޯ؟ ޓީޗަރުން މި އެންމެން މީހުންނަށް ހަދަނީ ރެޔާއި ދުވާލު ބުރަ މަސައްކަތް ކޮށްގެން. ސިްނަގަޕޫރުގައިވެސް އެންމެ މުސާރަ ބޮޑީ ޓީޗަރުންނޯ ދެއްތޮ؟
ޖުނައިދު
27 October 2018
ބޮޑުކުރި މުސާރަ ދޭކަށްނުޖެހޭ.އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޯޑުން ފާސްކުރަން އުޅުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެލަވަންސް ބޮޑުކުރަން ނިންމީ، މުސާރަ ބޮޑުކުރުމާ ގުޅޭ ޝަކުވާ އޭސީސީން ބަލަމުން އަންނަނިކޮށެވެ.ކަލޭމެން އެކަނިތަ މިގައުމުގަތިބީ ހިތުހުރިވަރަކަށް މުސާރަނަގަން.ބަލަ އަހަރުމެންވެސް މީ 24 ގަޑިއިރު މަސައްކަތްކުރާބަޔެކޭ.ކޮއްތަށް ދެނީ ދުވާލަކަށް 60 ރުފިޔާ.ކަލޭމެންނަށް ވަކި 150 ރުފިޔާ ދޭންޖެހޭ؟
ޖުނައިދު އިބްނު ހާޝިމް
27 October 2018
އަހަރެންގެ ނަޒަރުގައި އެމްޕީއެލްފަދަ ތަނެއްގައި މުސާރަ ބޮޑުކުރަންވާނީ މަޖޫރީންގެ ލަފާގެ މަތިން. އަދި ތަނުގެ މެނޭޖްމަންޓާއި ބެހޭކަންކަމުގައިވެސް މަޖޫރީންގެ ބަހަކީ މުހިއްމު އެއްޗެއްކަން ދަންނަ އެމްޑީއެއް ގެންނަންޖެހޭ. މަޖޫރީންނަކީ ތަނުގެ އެންމެ ބުރަ މަސައްކަތްކުރާ މީހުން. ހަފްތާއަކު އެއްފަހަރު ދުބާއީއަށް ޗުއްޓީއަށްދާ ސެކްޝަން ހެޑަކަށް ވުރެ ތަނުގެ އޮޕަރޭޝަންސްއަށް މަޖޫރީން ކޮންޓްރިބިއުޓްކުރާކަމުގައި ޖުނައިދު އިބްނު ހާޝިމް ގަބޫލުކުރަން!
ޕެޓްރިކް
27 October 2018
ޕެޓްރިކުގެ ނަޒަރުގައި މުސާރަ ބޮޑުކުރަންޖެހޭނީ މިދަނޑިވަޅުގައެއް ނޫން. އެމްޑީ ހަލީމްގެ ކޮންމެވެސް ވަރެއްގެ އުސޫލެއް ހުންނަންޖެހޭނެދޯ!
ހާޝިމް އިބްނު މުޖާހިދު
27 October 2018
މިކަހަލަ އާޓިކަލްއެއް ލިޔާއިރު، ކޮންމެވެސް ވަރަކަށް އެމްޕީއެލްގެ މުވައްޒަފުންނާއި 'އޮފްދަރެކޯޑް' އިންޓަރވިއުއެއް ކުރިނަމަ ރަގަޅުވާނެ. ކުޅަދާނަ ނޫސްވެރިންނަކީ ކޮންމެވެސް ގޮތަކަށް އަސްލު ސްޓޯރީ ހޯދާ މީހުން. އަހަރެންނަށް ބޮޑަށް ހީވަނީ އެމްޑީ ހަލީމް ކުންފުނީގެ ކޭޝްފްލޯ ދަށްކުރުމުގެ ނިޔަތުގައި ކުރާކަމެއްހެން
ޢަލީބަލީ
26 October 2018
ތިޔައީ ކުންފުންޏަށް ބޭނުންވާވަރެއްވުރެ ސްޓާފުން ގިނަ ތަނެއް. ބޭކާރު މީހުން ނެރެ އަލުން ކުންފުނި ރީސްޓްރަކްޗަރ ކުރަންޖެހޭ. އޭރުން ރަގަޅު މުސާރަ އެއް ދެވޭނީ
ރަމްޒ
26 October 2018
އީބޫ ސޯލިހަށް މިހިނގަމުންދާ ކަންކަމާމެދު ވިސްނަވާ މީހަމަ ނަޝީދު ވެރިކަމަށް އައުމުންވެސް މިމީހުން ކުޅުނު ކުޅިގަނޑު ހުރިހާދިމާލަކުން ދަތިތަށް ކޮށް މަޖިލިސް ތެރެއިން ވެސް އެތަށް ބަންދެއް ކޮށްފަ އަތްފައިބަދެފަ އިސްތިއުފާދޭން މަޖުބޫރު ކުރީ ވީމާ މިބައިމީހުންނަށް ދެފަހަރު އެއްހަރުން ކަށިޖެހިޔަ ނުދީވޭތޯ ބަލާތި އަދި ކުޅިސަމާ ފެން ނާނީ ހުވާކުރުމަށް ފަހު ހަމަހިލާ އެފަދައިން ކަންތަށް ވިޔަނުދޭތި ތައުފީގުދެއްވާނީ މާތްﷲ
ޔޭޭޕޫ
26 October 2018
ޢެމްްޕީޢެލް ޢިން މުސާރަ ދެނީ މަޚުގެ 24ގަ.
ދަތްނެތްކުއްޖާ
26 October 2018
މިވެރިންގެ އެލަވަންސް ތައް މި ބޮޑު ކުރީ ދެންއަންނަ ސަރުކާރަކަށް ޖެއްސުމެއްގެ ގޮތުންކަމަށް މަމެން ދެކެން. ޙަޤީގަތުގައި މިކަމެއް ކުރި ބައެއް ޖަވާބު ދާރީ ކުރެވެންޖެހޭނެ. މި ވެރިކަން ބަދަލު ވެގެންދާއިރު އެއްވެސް ކުންފުންޏެއް ނެތް ސަލާމަތުން. ހުރިހާ ކުންފުނިތަކެއް ވަނީ ބަނގުރޫޓު ކޮއްލާފައި. ކުންފުނި ތަކާއި ހަވާލުވެ ތިބި ފަރާތް ތަކުގެ މައްސަލަ ބަލާ އިޙުމާލު ވި ފަރާތް ތައް ޝަރިއްޔަތަށް ފޮނުވާ ގެއްލުނު ފައިސާތައް ދަޢުލަތަށް ހޯދެންޖެހޭނެ.
ޒިންމާ
25 October 2018
ތަންކޮޅެއް ޒިންމާދާރު ވާންވެއްޖެ އެއްނު ނޫސް ވެރިން. ތޯތޯ ވާހަކަ ނުލިޔެ ކުޑަނަމަވެސް ރިސާރޗްއެއް ހަދައި ހަޤީޤަތް ހޯދައިގެން ލިޔާނަމަ
ފުއާދު
27 October 2018
ކޯޗެއް ދިރާސާ ކުރަން ތިބުނީ ... އެމް،ޕީ،އެލް މުއަޒަފުން ކާރިން އެހާބަލަ ބޮޑު މުސާރަ ދިންތޯ.. މުޅި އޮފީސް ހަލާކު ކޮއްފި...