ޚަބަރު / އަހުމަދު ސަލީމް (އޭދަފުށި ދާއިރާ)

އިސްލާހާ އެކު އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭ: ސަލީމް

މަޖިލީހުގެ ކޮމިޓީއެއްގައި ސަލީމް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު، އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީ އަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ގެނެސްގެން އެ ގާނޫނު ވުޖޫދުގައި އޮންނަން ޖެހޭނެ ކަމަށް އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން އިސްވެ މަޖިލިހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ އެ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދެވެ. ގާނޫނު އުވައިލުމަށް ރިޔާޒް ހުށަހެޅުއްވިއިރު، އޭނާ އާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ލީޑަޝިޕާ މެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ސަލީމް ރޭ ވިދާޅުވީ ޕާޓީއެއްގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކު ބޭނުން ނުވާ ގޮތަށް ކަމެއް ކުރުމުގެ ސަބަބުން ސުލޫކީ ފިޔަވަޅު އަޅައިގެން، މަޖިލީހުގެ މެމްބަރަކު ފަސޭހަކަމާ އެކު ކަނޑާލެވޭ ނިޒާމެއް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބަދަލުގައި ހަރުދަނާ އިސްލާހުތަކެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

މި އަހަރުގެ މާޗް މަހު އަމަލުކުރަން ފެށި އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީން ސުލޫކީ ފިޔަވަޅު އެޅުން ވެސް ހިމެނެ އެވެ. އަދި ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ވެސް މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ސަލީމް ވިދާޅުވީ، ޕާޓީގެ ލީޑަޝިޕާ މެދު ނުވަތަ ޕާޓީގެ ލީޑަރާ ހިޔާލު ތަފާތުވުމުން ވެސް މެމްބަރަކާ މެދު ސުލޫކީ ފިޔަވަޅު އަޅާނެ ހާލަތްތައް މެދުވެރިވެދާނެތީ، އެއީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ބައިތައް ގާނޫނުން އިސްލާހު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ވެސް އެއްބަސް ޕާޓީ ބަދަލުކޮށްފި ނަމަ އެ މެމްބަރަކު ގޮނޑި ގެއްލެން ވާނެ. އެކަމާ ދެބަސްވުމެއް ނެތް. އެކަމަކު ޕާޓީގެ ލީޑަރާ މެދު ހިޔާލު ތަފާތުވާ ހާލަތްތަކުގައި ޑިސިޕްލިނަރީ ފިޔަވަޅު އަޅައި މެމްބަރެއްގެ ގޮނޑި ގެއްލުވައިލުމަކީ ހަމަޖެހޭ ގޮތެއް ނޫން. އެފަދަ ހާލަތްތަކުގައި ގޮތެއް ނިންމަން ޖެހޭނީ އެ މެމްބަރަކު އިންތިޚާބުކުރާ ދާއިރާގެ މެމްބަރުންގެ ވޯޓަކުން. ދާއިރާގެ ރައްޔިތުން، އެ މެމްބަރަކު ގޮނޑީގައި ބައިންދަން ބޭނުން ނޫނިއްޔާ ވޯޓުން ގޮތް ނިންމާ އުސޫލެއް މި ގާނޫނަށް ގެންނަން ވީ،" ސަލީމް ވިދާޅުވި އެވެ.

"މިސާލަކަށް މަޖިލީހުގައި ދައްކާ ވާހަކަ އަކުން، ވޯޓު ދޭ ގޮތަކުން، އެއީ ފިޔަވަޅު އެޅޭނެ ކަމެއް ނޫން. އެއީ ވެދާނެ ގައުމަށް ގެއްލުން ލިބޭ ބިލަކަށް. އެހެންވިއްޔާ ފިޔަވަޅު އެޅިގެން ނުވާނެ. ސަބަބަކީ އެ މެމްބަރަކު އެ އިސް ކުރައްވަނީ ގައުމީ މަސްލަހަތު ކަމަށް ވާތީވެ."

މި އަހަރުގެ ފެބްރުއަރީގައި، ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބައިވެރިވެވަޑައިގެންނެވި، ޕީޕީއެމް ކޯލިޝަންގެ ބައެއް މެމްބަރުން.---ފޮޓޯ: މަޖިލިސް

ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަމަ މަގަށް އެޅުވުމަށްޓަކައި އެންޓި ޑިފެކްޝަންގެ ގާނޫނެއް ވަރަށް މުހިންމު ކަމަށެވެ. ޚާއްސަކޮށް މެމްބަރުން ޑިސިޕްލިން ކުރުވުމަށް އެ ގާނޫނުން މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް މިނިވަން ކަމާ އެކު، މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ. އަދި ވިދާޅުވީ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގައި ޕާޓީގެ ސުލޫކީ ކޮމިޓީން ހަރުދަނާ ނިޒާމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

"ލީޑަރަކަށް ހުންނަ މީހަކު ބޭނުންވީމާ، ސުލޫކީ ކޮމިޓީގެ ދެ ތިން މީހަކު ކައިރިއަށް ފޮނުވާލައިގެން ކަނޑާލެވޭނެ ނިޒާމު މިހާރު އޮތުމަކީ އެންމެ ބޮޑު މައްސަލަ،" ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމުގެ ގަރާރުގަ އާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވެސް މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ރިޔާޒް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އާއި ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މެމްބަރުންނަށް ހުރަހަކަށް ވާތީ ކަމަށެވެ.

މީގެ އިތުރުން، އެންޓި ޑިފެކްޝަން ގާނޫނަކީ ބަރުލަމާނީ ސިފަތައް އެކުލެވިގެންވާ ގާނޫނަކަށް ވެފައި، މި ގާނޫނުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި ގާނޫނު އެކުލަވާލާފައި ވަނީ މާޒީއަށް އަމަލު ކުރެވޭ ގޮތަށް ކަމުގައިވާތީ ގާނޫނު އެކުލަވާލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލީހަށް ލާޒިމް ވެސް ކުރި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކޮށްފައިވަނިކޮށް، އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެއީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.

29 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 2%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލެޖު ބޯއި

27 October 2018

ތި ގާނޫނަކީ ރައީސް ޔާމީނުގެ ޚުދުމުޚުތާރިއްޔާ ހިންގަން ސަރުކާރުން އަނިލް ބަންޑާރަ އުފަންކުރުވި އެއްޗެއް. އެންމެ ބޮޑު މައްސަލަ އަކީ ތިގާނޫނުގައި އެވާ އެންޓި ޑިފެކްޝަން ސިފަ. އެހެނީ ޤައުމީ މަސްލަހަތުގައި ވެސް ޕީޕީ އެމް ޕާޓީގެ މެންބަރަކު ޕާޓީގެ މުސްތަޝާރުގެ އެދުމާއި ދެކޮޅަށް ވާހަކަ ދައްކައި ޚިޔާލު ތަފާތުވެއްޖެނަމަ، ޕާޓީގެ މުސްތަޝާރުގެ ސިގުނަލަށް ސުލޫކީ ކޮމަޓީގައި އުޅޭ ދެތިން މީހުންވެގެން، އެ ޚިޔާލު ތަފާތުވި މެންބަރު ޑިފެކްޓްކޮށްލާތީ. ބޯ ހަލާކު!

The name is already taken The name is available. Register?

ާަހަމީދުމޯ

27 October 2018

ގާނޫނު އަސާސީ އަކީ ހެއްދެވިހާ ހުރިހާ އެއްޗެއް އޭގައި ލިޔެފައި އޮންނަ އެއްޗެއް ނޫން. މުޅި އުމުރު ހެއްދެވިހާ ނުބައި ފާހިޝް އަދި ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާ އަށް ހަރާންކޯރު ވެފައި ތިބި މީހުން ގާނޫނު ހަދަން ރައްޔިތުންގެ ގެއަށް ވެއްދީމާ ކިހިނެތް ރަނގަޅުވާނީ.

The name is already taken The name is available. Register?

މުރީދު

26 October 2018

މިހުރިހާކަމެއްގެ ހައްލަކީ ރަނގަޅު އުސޫލެއްގެ ތެރެއިން ހުރިހާ މެމްބަރުންވެސް އެމީހުންގެ މާލީ ބަޔާން ގަވާއިދުން ހުށަހަޅަމުން ގެންދިޔުމެވެ. އޭރުން ރިސްވަތު ހިފަންޏާ އެކަންކުރާ މެމްބަރުންވެސް އެނގޭނެއެވެ. ހަމަމިގޮތަށް މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ދައުލަތުގެ ވެރިންނާއި ފަނޑިޔާރުންވެސް ހުށަހަޅަން ލާޒިމު ކުރަންވީއެވެ. ކެރެންޏާ މިފަދަ ގާނޫނެއް ރަނގަޅަށް ހަދާ އެކަން ތަންފީޒުކުރަން ލާޒިމު ކުރަންވީނޫންތޯއެވެ. ރައިއްޔަތުން ވަރަށް އުފާވާނެއެވެ!

The name is already taken The name is available. Register?

ޅިޔަނާ

26 October 2018

ބޮޑު މުސާރަ ނަގާ މަޖިލިސް މެންބަރުން ކޮޅު ކޮޅަށް ދުވެވިގެން ނުވާނެ

The name is already taken The name is available. Register?

ވާލުސޮރު

26 October 2018

އިޚްލާސްތެރިކަމެއް ނެތިއްޔާ ގާނޫނަކުން ކުރާނެ ފައިދާއެއް ނޯންނާނެ. އެއް ކޯޓުން ކުރާ ހުކުމް އަނެއްކޯޓުން ބާތިލް ކުރަމުން ދާތަން މިފެންނަނީ ކީއްވެ؟ އެ ހުކުމެއްކުރި ގާނޫނެއްގެ އަކުރަކަށް ފިއްޔަކަށްވެސް ބަދަލެއް އައީކީ ނޫން. އެހެން ކަމުން އެބައެނގޭ މައްސަލައަކީ ގާނޫނު ނޫންކަން. ދެން ކޮން އިސްލާހެއް؟

The name is already taken The name is available. Register?

ނިހާނު މަނިކު

26 October 2018

ރައީސް ޔާމީން ތި ޤާނޫނު ގެނައި މަޤުސަދު ނުބަޔަސް އިސްލާހުތަކާއެކު ތީ މަޖުލީހުގެ ކޮރަޕްޝަން ހުއްޓުވަން ވ. ބޭނުންތެރި ޤާނޫނެއް!

The name is already taken The name is available. Register?

ފޭދޫ އިބުރާ

26 October 2018

އަތެއް ނެގޭ މާއްދާ އެކަނި ޑިލީޓު ކުރަންވީ

The name is already taken The name is available. Register?

ފުރީ އިންކުއަރީ

26 October 2018

ހަޤީގަތުގަވެސް ތީ އިސްލާހުތަކާއެކު ބޭނުންތެރި ޤާނޫނެއް! ހަރުދަނާ އުސޫލު ތަކެއް ތިޤާނޫނަށް ބޭނުން! އަދި ކޮންމެހެން ޕާޓީ ބަދަލު ކުރަންޖެހިއްޖެ ހާލަތެއްގަ ހާއްސަ އިންކުއަރީއެއް މާލީ ހިސާބުތަކުގެ ތަފުސީލުތަށް ބަލައި ހިންގަންޖެހޭނެ! މި ނޫންގޮތަކަށް ބޭނުން އިރަކު ޕާޓީ ބަދަލު ކުރެވޭނަމަ ކޮރަޕްޝަނަށް މަގުފަހިވޭ.

The name is already taken The name is available. Register?

ކޮނޑޭ

26 October 2018

ޕާޓީގަ ލީޑަރެއް ހުންނަނީ ކަމަކު...

The name is already taken The name is available. Register?

ސްޕޭސް

26 October 2018

އެންޓިޑިފެކްޝަން އާއި ބެހޭ ގާނޫނު އުވާނުލާ އެގާނޫ އެޕްލައި ކޮޮށްގެން މަޖްލީހުގެ މެމްބަރުން 5 އަހަރުގެ ދައުރެއް ވޭތު ކޮށްފިނަމަ މަޖްލީހުގެ ތެރޭން ކޮރަޕްޝަން ނެތިގެން ދާނެއޭ އެއީ ކަށަވަރުވެ ޔަގީން ވާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އެމްޑީޕީން ވެސް މިކަމާއި މެދު ޑެޑް ސީރިއަސް ކޮށް ވިސްނާނެ ކަމަށް މީ އެއްގޮތަކަށް ވެސް އުވާލަން ޖެހޭނެ ގާނޫނެއް ނޫނޭ މިއަދު އަމިއްލަ މަސްލަހަތު އިސް ކޮށްގެން މަޖްލީހުގެ މެމްބަރުން މިކަން ކުރަން ހެޔޮ ނުވާނެއޭ މޭކް އަ ލިޓިލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454