ޚަބަރު / ކުރީގެ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ

ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ގިނަ: ޖެންޑާ މިނިސްޓަރު

މަސައްކަތް ކުރާ މާހައުލުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ފިލިޕީންސް އެމްބަސީން ބޭއްވި ސެމިނާގައި، ޖެންޑާ މިނިސްޓަރު ޒެނީޝާ (ކ) އަށް ފިލިޕީންސްގެ އެމްބެސަޑަރު ވިސެންޓޭ ހަނދާނީ ފިލައެއް މިއަދު އަރުވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖެ އަކީ އަންހެނުންނަށް އަނިޔާކުރުން ގިނަ ގައުމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މަސައްކަތްތެރިންނަށް ޚާއްސަ ކޮށްގެން، ވަޒީފާ އާއި މަސައްކަތް ކުރާ މާހާއުލުގައި ދިމާވާ ތަފާތު މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ބަންގްލަދޭޝްގައި ހުންނަ ފިލިޕިންސްގެ އެމްބަސީގެ ފަރާތުން ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ 12 އަހަރު ކުރިން، 2006 ގައި ރާއްޖޭގައި ކޮށްފައިވާ ސާވޭ އަކާ ހަވާލާ ދެއްވައި ޒެނީޝާ ވިދާޅުވީ، ކޮންމެ ތިން އަންހެއްގެ ތެރެއިން އެކަކީ އެ މީހުންގެ ހަޔާތުގެ ކޮންމެވެސް އިރެއްގައި ޖިންސީ ގޯނާ ނުވަތަ ގެވެށި އަނިޔާ ތަހައްމަލް ކޮށްފައިވާ އަންހެނެއް ކަމަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ އަންހެނުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، ރާއްޖޭގައި ހުންނަ ފިލިޕީންސްގެ އެމްބަސީން މިފަދަ ހަރަކާތެއް، އެ ގައުމުގެ މަސައްކަތްތެރިންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާތީ ޒެނީޝާ މަރުހަބާ ދެންނެވި އެވެ.

މިއަދު ބޭއްވި ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓާރު ޒެނީޝާ (މ) ފިލިޕިންސުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސެންޓޯ (ކ) އަދި ރާއްޖޭގައި ހުންނަވާ ފިލިޕީންސްގެ އޮނަރަރީ ކޮންސުލް އަބްދުﷲ ސާލިހް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖެންޑާ މިނިސްޓްރީއާ ގުޅިގެން "ޖެންޑާ އެވެއާނަސް އެންޑް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ" (ގަޑް) ނަމުގައި ފިލިޕީންސް އެމްބަސީން ކުރިއަށް ގެންދިޔަ މި ސެމިނާގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނީ މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭ ގޮތުންނެވެ.

ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާގެ އިތުރުން ފިލިޕިންސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސެންޓޭ ވިވެންސިއޯ ބަންޑީލޯ އާއި ރާއްޖޭގައި ހުންނަވާ ފިލިޕީންސްގެ އޮނަރަރީ ކޮންސުލް އަބްދުﷲ ސާލިހް ވެސް ބައިވެރިވެވަޑައިގަތެވެ.

މިއަދު ބޭއްވި ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓާރު ޒެނީޝާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފިލިޕީންސްގެ 100 އެއްހާ މަސައްކަތްތެރިން ބައިވެރިވި މި ސެމިނާގައި މިނިސްޓަރު ޒެނީޝާ ވިދާޅުވި ގޮތުގައި ވަޒީފާގެ ބޭނުމުގައި އަންހެނުން އެކި ގައުމުތަކަށް ދިއުމުން މާލީ ގޮތުން މިނިވަންކަން ލިބުނު ނަމަވެސް އެ މީހުންނަށް އެކި ކަހަލަ އުނދަގޫތަކާއި އަނިޔާތައް އެކި ފަރާތްތަކުން ކުރެ އެވެ.

"އެހެންކަމުން މި ކަހަލަ ޕްރޮގްރާމެއް މި މައުލޫ އަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދާތީވެ ވަރަށް އުފާ ކުރަން،" ޒެނީޝާ ވިދާޅުވި އެވެ.

ޖެންޑާ އެވައާނެސް އެންޑް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ނަމުގައި ފިލިޕީންސް އެމްބަސީން މިއަދު ބޭއްވި ސެމިނާއަށް ދިޔަ މީހުން ގުރޫޕް ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ހުސެން ވަހީދު/މިހާރު

ގެވެށިި އަނިޔާ އާއި ޖިންސީ ގޯނާއާ ގުޅޭގޮތުން މި ސެމިނާގައި މައުލޫމާތު ދިން ފަރާތްތަކުގެ ތެރޭގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނާއި ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި އެމްޕްލޯއިމެންޓް ޓްރައިބިއުނަލް ހިމެނެ އެވެ.

ފިލިޕީންސުން ރާއްޖެ އާއި ސްރީ ލަންކާ އަށް އަދި ބަންގްލަދޭޝްއަށް ކަނޑައަޅާފައިވާ ސަފީރު ވިސެންޓޭ ވިދާޅުވީ، ފިލިޕިންސްގެ ގާތްގަނޑަކަށް 4،000 މީހުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ އަންހެން މަސައްކަތްތެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ސެމިނާގައި ބައިވެރިވި، ފިލިޕިންސްގެ ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަސައްކަތް ކުރާ މާހާއުލުގައި ދިމާވާ ތަފާތު މައްސަލަތަކާ ގުޅޭގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ފިލިޕިންސްގެ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން އެކި ގޮތްތަކުން އެއްބާރުލުން ދިނީތީވެ، އެކަމަށްޓަކައި ސަފީރު ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ސެމިނާގައި ބައިވެރިވި، ފިލިޕިންސްގެ ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ގެޑް" ޕްރޮގްރާމަކީ ފިލިޕީންސުން އެ ގައުމުން ބޭރަށް ވަޒީފާ އަދާކުރުމަށް ދާ މީހުންނަށް އެކި ގައުމުތަކުގައި ހިންގާ ސިލްސިލާ ޕްރޮގްރާމް ތަކެކެވެ.

34 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 28%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުއްޖާ

28 October 2018

ޖެންޑާއިން އެއްވެސް މައްސަލަ އެއް ރަނގަޅަކަށް ނުބަލާ. އަނިޔާ ލިބޭ މީހުންނަކަށް ހިމާޔާތްދޭކަށް މަސައްކަތެއް ނުކުރޭ.

The name is already taken The name is available. Register?

ސަމާ

28 October 2018

މީނާ މިނިސްޓަރު ކަމުގައި 5 އަަރުގެ ނިއްމާލިއިރު މީނާ ކުރިކަމެއް ދައްކަބަލަ. ފޮޓޯ ނެގުން ފިޔަވައި.

The name is already taken The name is available. Register?

ފޮޅިގަނޑު

28 October 2018

އަންހެނުން ވަގުފިރި ގެންގުޅުންވެސް ހަމަ އަނިޔާ

The name is already taken The name is available. Register?

ހާމަ333

28 October 2018

ރާއްޖޭގައި މީހުން މަރާއަދަދުވެސް ގިނަ...

The name is already taken The name is available. Register?

އަލިފް

28 October 2018

އިސްލާމް ދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ ހައްގު ތައް ބަޔާން ކޮށްދީފައެވެ، އެހައްގުތަކަކީ ކޮބާ ތޯބަލާ ދަސްކުރަން ވީއެވެ. އިސްލާމް ދީނުގަ ނެތް ހައްގެއް އަންހެނުންނަކަށް ވެސް އަދި ފިރިހެނުންނަކަށް ވެސް ހުއްދަ ގޮތުގައި ނުހޯދޭނެއެވެ.

The name is already taken The name is available. Register?

ކޮލެޖު ބޯއި

28 October 2018

އަބްދުއްﷲ ސޯލިހު ވައްތަރޭ ފިލިޕީނު މީހަކާ ދޯ؟

The name is already taken The name is available. Register?

އައިޝް55

28 October 2018

އަނިޔާ ކުރުން ގިނަވާނެއެއް ނޫން، އެއްވެސް ކަހަލަ ރީތި އުޅުމަކާއި ޑިސިޕްލިންނެއް ތިބޭ ބައެއް ނޫން މިތާ އުޅެނީ. ނުވިތާކަށް އަންޑަސްޓޭންޑިންގ އެއީ އޮންނަ އެއްޗެއް ނޫން. މަގުމަތީގައި ދުއްވާފައި އެއުޅޭ މީހުނަށް ބަލާލީމަވެސް އެކަން އިނގޭ، ދަރިންނަށް ކުޑަކޮށް ނަމަވެސް ތަރުބިއްޔަތު ކޮށްފިއްޔާ މިކަން މިގޮތަކަށް ނުވާނެ. މޭފުއްޕާފައި ތިމަންނަ ވަރު ބަޔަކު ނެތިގެން އުޅޭ ބަޔަކު އުޅޭ ޤައުމެއްގައި ކޮންކަމެއް އިސްލާހުވާނީ.

The name is already taken The name is available. Register?

ޝިއާ

28 October 2018

ދިވެހިރާއްޖޭގައި އަންހެނުންނަށްވުރެ ފިރިހެނުންނަށް އަންހެނުންގެ ފަރާތުން ލިބޭ އަނިޔާތައް ގިނަ ޚާއްސަކޮށް ޒަމާނީ ޢިލްމު ލިބިފައި ތިބި ގިނަ އަންހެނުންނަކީ ތިމާގެ ފިރިމީހާއަށް އެއްވެސް ވަރަކަށް އިޙުތިރާމް ނުކުރާ އެމީހުން އަޅުންގެ ގޮތުގައި ގެންގުޅެން އުޅޭ މީހުން. އަދި އެފަދަ ކަމަކާ ފިރިމީހާ އެއްޗެކޭ ބުނެފިނަމަ ތިމަންނާގެ މިނިވަންކަމޭ ބުނެ ގަދަ ދައްކާ މީހުން. އަދި ފިރިމީހާ އާބެހޭގޮތުން ދޮގުވާހަކަ ފަތުރާ މީހުން. ތަޢުލީމި ނިޒާމުތެރެއިން މިކަން ފެންނާނެ

The name is already taken The name is available. Register?

ާތަކުރު

28 October 2018

ދިވެހިރާަްަާަައްޖޭގެ90%ފިރިހެނުން ނަކީ އަނބިންގެ ފަރާތުން އަނިޔާލިބެމުން އަންނަމޭހުން އެކަމުގެ ސަބަބުން ކުޑަކުދިންނަށްކުރާޖިންސީގޯނާ އިތުރުވަމުން ދަނީ ކިތަށްމެ ބޮޑުގާނޫންއެއްހެދިޔަސް އެކަން ނުހުއްޓުވިގެން މިއުޅެނީއެމާ ވާހަކަ ނުދައްކާތި

The name is already taken The name is available. Register?

ޝެމެކްސް

28 October 2018

ތި މިިނިސްޓަރ ކުރިން ތިވާޙަކަ އަދި ، ތިފަދަ ކަމެއް މީޑިއާގެ ސަމާލު ކަމަށް ނުގެނޭ ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454