28 އޮކްޓޯބަރ 2018 - 18:26
ވަގަށް އެތެރެކޮށްފައިވާ "ރައިޑާ" ބްރޭންޑް ސިގިރެޓުތަކެއް ހޯދައި އަތުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވަނީ ރައިޑާ ބްރޭންޑްގެ ސިގިރެޓު ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބަލަމުން އަންނާތީ އެ ބްރޭންޑުގެ ސިގިރެޓުގެ ވިޔަފާރި އެއްވެސް ފަރާތަކުން ކުރަމުން އަންނަ ނަމަ އެކަން އެންގުމަށް އެދިފަ އެވެ.
"އަދި މި އެންގުމާ ހިލާފަށް މި ބްރޭންޑްގެ ސިގިރޭޓުގެ ވިޔަފާރީގެ މުއާމަލާތް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ވެސް ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
ކަސްޓަމްސް އިން އާންމުކުރި ރައިޑާ ބްރޭންޑުގެ ސިގިރެޓު ފޮށިތަކުގެ ފޮޓޯއިން އެނގޭ ގޮތުގައި އެ ތަކެތި އެތެރެކުރީ "އެކިއުޓް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކުންނެވެ. އެ ފޮށިތަކުގެ ބޭރުގައި، ދުންފަތުން ލިބޭ ގެއްލުމުގެ އިންޒާރު ވެސް ދިވެހި ބަހުން ލިޔެފައި ހުއްޓެވެ.
ރާއްޖެއަށް ސިގިރެޓު އެތެރެ ކުރެވެނީ އެކަމަށް ވަކި ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި ސިގިރެޓު އެތެރެކުރުމަށް ކޯޓާ ވެސް ހޯދަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
29 October 2018
ވަގަށް އެތެރެކުރާ މީހުން ހޯދަމާ ދެއްތޯ
އޮފިސަރު
29 October 2018
ކަސްޓަމްސް ގެ ޤާނޫނެއް ނެތިގެން އުޅުން އިރު ހީވަނީ މިވެރިން ކިހާހިސަބަކުން ދާނެބާއޭ މިހާރު ކިހެނެތްމިވީ.. ޤާނޫނަށްވުރެ ޤަވައިދުތަކުގެ ބާރުގަދަ ހަމަ އެގޮތަށް ޤަވައިދުތަކަށްވުރެ އުސޫލުތަށް ފުރިހަމަވެފައި މާ މަތިވެރި ދެން އެ ހުރިހާ އެއްޗެއް ބޮލާލާ ޖަހާލާ އެ މައްޗަށް ވެރިވެގެންނަނީ ވެރިންނާއި މުވައްޒިފުން...
ހުޝާމު
29 October 2018
ކަސްޓަމްސް އޮފިސަރުން ރޮޓޭޓުކުރަން ޖެހޭ . ކަޓެއްލިބޭއިރަށް ކޮންމެއެއްޗެއް ވެސް މިހާރު އެތެރެކުރެވޭ، ތިތަން ތަންކޮޅެއް ހަރުދަނާވާން ވެއްޖެ!
ޙުސެން
29 October 2018
ތި ކަސްޓަމްސް ގަ ނާގާބިލު މީހުން ވަރަށް ގިނަ...ފިލްމު ކުޅެން އަދި ކުޅިވަރު ކުޅޭ މިހުން އުޅޭ ތަނެ ތީ
އެކްސް
29 October 2018
ކޮބާ މުދާ ޗެކްކުރި ކަސްޓަމްސް އޮފިސަރު؟ ހަމަ ނޭނގިބާ މިތަކެތި އެތެރެވެފައިވަނީ؟
ބޮއިކަޓް ޢަލީ
29 October 2018
މިހާރު ތިބި މަޖުލިސް މެންބަރުންގެ ބަދަލުގައި ކިޔަވައިގެން ތިބި ޤާބިލު އާމީހުނަށް ފުރުސަތު ދެމާ، އިނގިރޭސިން ކިޔަން އުނދަގޫ، އެކަކަށް ޓަކާއި މުޅި ޖަލު ހުސްކޮށްފާނެ. އެވެރިންގެ މުސާރަ ބޮޑު، 15 މަސް ޖަލްސާގައި ބައިވެރިނުވެ
އައްޑޫ ރަދުން
29 October 2018
ހީވަނީ ބޭރުކޮށްދިނީމަ ދޭން ބުނި ކަޓްނުދިނީމަ ބަސްޓުކޮށްލީހެން..
އިހްސާސް
29 October 2018
ކަސްޓަމްސް އަށް ނޭންގި އެތެރެވީ ކިހިނެއްތޯ؟ ގަވާއިދާ ހިލާފުކަން އެނގެނީވެސް އެތެރެކޮށް ބޭނުން ކުރަން ފެށީމަދޯ؟
ޕަކަލޯ
28 October 2018
މީހަކު ބޯ ކުޑަކޮށްވެސް ދިގުކޮށް ހުރިއްޔާ އެމީހަކުާގެންނަ ބޮކްސާކޮޅަށް ދާންދެން ބަލާ ފާސްކުރެޥޭ އެކަމަކު!
އެވްސްކޮމް
28 October 2018
ވީހާވެސް އަވަހަކައް ކަސްޓަމް މީހުންގެ މުސާރަ ބޮޑު ކުރަން އުޅޭ.......އެތެރެވާ އެއްޗެއް ބޭރުވާ އެއްޗެއް އިގެނީ އެއް ނޫން......އަދިވެސް މުސާރަ ވާހަކަ ދައްކަ.