ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އާއި ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: އެމްޑީޕީ

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާ އަށް ފޮނުވުމުން ރާއްޖެ ވަޑައިނުގެން އުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ ބުރާސްފަތި ދުވަހު މާލެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ބާއްވާ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ނަޝީދު މާލެ ވަޑައިގަންނަވަން ނިންމަވާފައިވާ އިރު، އެމަނިކުފާނުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މަނިކުފާނަށް ކޮށްފައިވާ އެހެން ދައުވާތައް ވަނީ އަނބުރާ ގެނެސްފަ އެވެ. އެމްޑީޕީން ވަނީ އެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި ނަޝީދު މިނިވަން ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްޕާސަން އަދި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ނަޝީދަށް މަރުހަބާ ދެންނެވުމަށް ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ އިރު ފުލުހުންނާ އެކި ފަހަރު ބައްދަލުކޮށް ހުރިހާ ހަރަކާތެއްގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ. އެކަމަށް ފުލުހުން ބޮޑު އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ،

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވަނީ ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތް ކުރިއަށް ދާނެ ގޮތް ހާމަކޮށްފަ އެވެ. އެ ދުވަހު މެންދުރު ނަޝީދު ރާއްޖެ ވަޑައިގެން ހުޅުލެ އިން މާލެ އަށް ވަޑައިގަންނަވާއިރު ތަފާތު އުޅަނދުތަކުގައި ކަނޑުމަތިން ވެސް މަރުހަބާ ދެންނެވުމަށް ވަނީ ނިންމާފަ އެވެ.

އެއް ނަމްބަރު ޖެޓީ އަށް ލޯންޗުކޮޅުގައި ވަޑައިގަންނަވާ އިރު އެއީ ގްރީން ޒޯން ކަމަށްވުމުން އެ ސަރަހައްދު ބަންދުވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ޗާނދަނީ މަގުން ރީފްސައިޑް ކަންމަތިން ފެށިގެން ގޮސް މަޖީދީމަގުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެއާ ހަމަ އަށް މަރުހަބާ ދެންނެވުމަށް މީހުން އެއްވެ ތިބޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 85 ދާއިރާގެ މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭނެ އެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި އެ ދުވަހު 5:30 ގައި ރައީސް ނަޝީދު އާއްމުންނާ ބައްދަލު ކުރައްވާނެ އެވެ.

"ވަރަށް ސުލުހަވެރިކަމާ އެކު ވަރަށް ކުލަ ގަދަކޮށް އުފާ ފާޅުކުރުމުގެ ގޮތަކަށް އިންތިޒާމުތައް ހަމަޖެހިފައިވަނީ،" އިންތި ވިދާޅުވި އެވެ.

ސެކިއުރިޓީ ބަލަހައްޓާނީ ސިފައިންނާއި ފުލުހުން ކަމުގައިވާތީ އެ ބޭފުޅުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

އެ ހަރަކާތްތައް އިންތިޒާމް ކުރުމަށް ހަރަކާތްތެރިވާ މާލޭ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެތައް ބަޔަކު އެ ހަރަކާތުގައި ބައިވެރިވާނެ ކަމަށާއި އެއީ ދިވެހި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަރުހަބާ ދެންނެވުމަށް ވެގެންދާނެ ކަމަށެވެ. އެ ދުވަހަށް ހާއްސަކޮށް ރާއްޖެ އިން ބޭރާއި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު މާލެ އަންނަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

23 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 1%
icon angry icon angry 37%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެއްވާ

30 October 2018

ސެކިއުރިޓީ ބަލަހައްޓާނީ ސިފައިންނާއި ފުލުހުން ކަމުގައިވާތީ އެ ބޭފުޅުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ. އެމްޑީޕީ މީހުން ރުހޭ ކަމެއްގައި ފުލުހުންނަށް އިހްތިރާމްކޮށް އެއްބާރުލުން ދޭންވީ.

The name is already taken The name is available. Register?

ލިން

30 October 2018

ހުކުމް ބޭއިންސާފުން ކޮށްފައިވިއަސް ނަޝީދު ކުރީ ރައީސެއްގެ މަގާމުގައި ހުރެ ކޮށްގެންވާނެ ކަމެއްނޫން. އެކަހަލަ ކަމެއްކޮށްފަ އަދި ހުކުމެއް އައިމަ އެއަށް ފިލައިގެން އުޅެފަ އަންނައިރު އެހާ ވަރަށް މަރްހަބާ ކިއުމަކީ ވަރަށް ހެއްވާ ކަމެއް. ހުކުމް ކޮންމެ ގޮތަކަށް ކޮށްފަ އޮތަސް ކުރި އަމަލު އެއީ އެއަށް ތާއީދުކުރަންޖެހޭ ކަހަލަ ކަމެއްނޫން. ޝަރީއަތުގެ ވަކި ފަރާތެއް ދައްކަން ކޮށްފައިވާ މަސައްކަތްވެސް އެއީ ރޭވުމެއް. މުޅި ހަގީގަތަށް ނުބަލައި ވާހަކަތައް ދައްކަނީ.

The name is already taken The name is available. Register?

ަައަކުމަދު

30 October 2018

“އެއް ނަމްބަރު ޖެޓީ އަށް ލޯންޗުކޮޅުގައި ވަޑައިގަންނަވާ އިރު އެއީ ގްރީން ޒޯން ކަމަށްވުމުން އެ ސަރަހައްދު ބަންދުވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.” މިކަން ޤަބޫލުކުރީ ތޯ؟

The name is already taken The name is available. Register?

ނުސިޔާސީ މީހާ

30 October 2018

ކޮންމެ މީހަކު ވެރި ކަމަށް އަޔަސް ސިފައިންނާ ފުލުހުން ޕުރޮސީޖާ ފޮލޯ ނުކުރާނަމަ ތި ފުނޑާލެވެނީ ސިސްޓްމް

The name is already taken The name is available. Register?

ސޫދު

30 October 2018

އެމް ޑީ ޕީ އަށްވެސް މިހާރު ސުޕްރީމް ކޯޓު ވަރެއްނެތް.. މި ކޯޓުތަކުގެ ފަނޑިޔާރުންވެސް ވެރިކަން ބަދަލުވާ އިރަށް ކޮޅު ބަދަލުވޭ.. ފަނޑިޔާރުންވެސް ވޯޓު ލައިގެން ހޮވަންވީ ޝަރުތު ހަމަވާ މީހުން.. ނަޝީދަކަސް ކާސިމަކަސް ހުކުމް ބާތިލް ނުކުރާހާ ހިނދަކު ޖެހޭނެ ހައްޔަރު ކުރަން..

The name is already taken The name is available. Register?

ޙުސޭނުބޭ

30 October 2018

ބަލަ ވާލުސޮރު. ފުލުހުންނާސިފައިން އެއްބާރުލުންދެނީނަޝިދު އަށް އެކަންޏެއްނޫން. ޙުރިހާ ރައްޔިތުންނަށް. ނަޝީދުހައްޔަރު ކުރުމުގެ އަމުރެއްނެތް. ޖަލުންފިލައިގެން އުޅޭމީހެއްނޫން. ރާއްޖެއައުން މަނަލެއްނޫން. ކުއްވެރިއެއްކަން ފުލުހުންނަކަށް އަންގާފަކަޢެއްނެތް.ކީއްވެގެންހޭ ޢައިރު ޤާނޫނީ ކަމަށް އެކަން ވާންވީ. ދެމީހުނަށް މިކަން ކަން ނޭގި އޮވެދާނެ.

The name is already taken The name is available. Register?

އެސޮރުބެ

01 November 2018

ގޯސްވެގެން މިއުޚެނީ މީހާ އެއްނޫން. ކުރި ކަންތައް. ނުބައި ހުކުމެއް ވިއްޔާ އެކަން ރަނގަޅުކުރާނީ ކޯޓުން. ފުލުހުންނާ ސިފައިން ﷲ ހުވާކޮށްގެން ތިބެނީ ޤާނޫނު އަސާސީއާ ގާނޫނާ ރައްޔިތުންގެ ހައްގު ރައްކާތެރިކޮށްދޭން. ބަޔަކު ބުނާހާ ކަމެއްކުރާކަށްނޫން. ގާނޫނު އަސާސީގަ އޮންނާނެ "ހަމަހަމަކަން" ކިޔާ މާއްދާ އަކާ "ތަފާތު ނުކުރުން" ކިޔާ މާއްދާއެއް. އެއާ އެއްގޮތަށް އަމަލު ނުކުރަންޏާ ކިތަންމެ މަތީ ބަޔަކު ކުރިޔަސް އެއީ ރަނގަޅު ކަމެއްނޫން. އަދި އިންސާފެއްވެސްނޫން.

The name is already taken The name is available. Register?

ނަގޫރޯޅި

29 October 2018

ކޯޓުން މައްސަލަ ނުނިމެނީސް ކޯޓުން މައްސަލަނިންމާނެ ގޮތް މާކުރިންވެސް އެންގެ. ކޯޓުތައް ތިބީ ކޮންބައެއްގެ އަތްދަށުގަކަން މިހާރު ރައްޔިތުންނައް ވަރައްސާފު. ހަމަ ބަލަންމިތިބެނީ

The name is already taken The name is available. Register?

ޟަރޫ

29 October 2018

ރައީސް ނަޝީދު ބަލައި ދިޔުން މައްސަލައެއް ނޫން. އެކަމަކު މިފަހަރު މަށެއް ނުދާނަން. އެއީ، މިއީ ރައީސް ނަޝީދު އަމިއްލަފުޅަށް ޕާޓީގެ އިސްވެރިން އަރިހު ކިޔައިގެން، ސެލްފް ޕްރޮމޯޝަނަށް މިފަދަ ބޮޑު ކަންތައްގަނޑެއް ހިންގަން މުނާސަބު ވަގުތަކަށް ނުވާތީ. ރައީސް ނަޝީދު އަށް އަބަދުވެސް ހެޔޮ އެދެން.

The name is already taken The name is available. Register?

ވާލުސޮރު

29 October 2018

ރައީސް ނަޝީދުގެ މައްޗަށް އިއްވާފަވާ 13 އަހަރުގެ ޖަލުހުކުމް ކޯޓަކުން ބާތިލް ނުކުރަނީސް ނުވަތަ 1 ފެބްރުއަރީ 2018 ގަ ސްޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޒު ކުރުމުގެ އަމުރެއް އަލުން ނުނެރުއްވަނީސް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ފުލުހުންނާ ސިފައިން އެއްބާރުލުން ދިނުންވެސް ވާނީ 1 ފެބްރުއަރީ 2018 ގައި ސްޕްރީމް ކޯޓުން ނެރުއްވި އަމުރު ތަންފީޒު ނުކުރުންފަދަ ޣައިރު ގާނޫނީ އަމަލެއް ސަލާމަތީ ޚިދުމަތްތަކުން ތަކުރާރު ކުރުމަށް. މިއީ ރަނގަޅުގޮތެއްނޫން

The name is already taken The name is available. Register?

ބުރިސޮރު

29 October 2018

ޙުކުމް އިއްވީވެސް ރަންގަޅަކަށް ނުން އެންވީމަ ކަލޭ ދެކޭހާ ގޮތަކަށް ވާކަށް ނުޖެހޭ

The name is already taken The name is available. Register?

ސދފސފ

29 October 2018

ކޮބާ ނޮވެމްބަރު 3 ގެ ބާޣީން؟ އެމީހުންނަށް އެެއްބާރުލުން ނުދޭނެތޯ؟

The name is already taken The name is available. Register?

ފޑބޑ

29 October 2018

ކޮބާ 7 ފެބްރުވަރީ ގެ ބާގީން ކަލޭވެސް ތީ އޭގެ އެކަކު ދޯ

The name is already taken The name is available. Register?

އަކުމަދު

30 October 2018

7 ފެބްރުއަކީ ބާޤީ އެތިބީ ކޯލިޝަންގަ ދޯ. ހެހެހެެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454