މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: މަޖިލިސް
31 އޮކްޓޯބަރ 2018 - 18:12
އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 52 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ފަހުގެ ދައުރުގެ ތިން ވަނަ ޖަލްސާގައި ހުށަހެޅި މާލިއްޔަތު ކޮމެޓީގެ ރިޕޯޓަށް ބަދަލު ނުގެނެސް، އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ ހާޒިރުވެ ތިއްބެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.
އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓް ކަނޑައެޅުމުގެ މަސައްކަތަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެކެވެ. އަދި ކޮންމެ އަހަރަކު ވެސް އޮޑިޓް އޮފީހުން އެ އަހަރަކަށް ލަފާކޮށް ބަޖެޓް ހުށަހަޅަނީ އެ ކޮމެޓީއަށެވެ. އެގޮތުން، އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކޮށް ފޮނުވީ 60 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރަށް ދިނީ 50 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ އޮޑިޓް އޮފީހުން ހުށައެޅި 60 މިލިއަން ރުފިޔާގެ ބަޖެޓް ނުދިން ނަމަވެސް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ފިނޭންސް މިނިސްޓްރީން ނިންމާ ގޮތެއްގެ މަތިން އެ އަދަދަށް ކޮންޓިންޖެންސީ ބަޖެޓެއް ނުވަތަ ހާއްސަ ބަޖެޓެއް ހަމަޖައްސަން ފެންނަ ކަމަށެވެ.
އޮޑިޓް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓު ކަނޑައަޅައި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރެއްވި ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ އޮޑިޓް އޮފީހަށް 60 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން ދެކޮޅު ހެދީ އިދިކޮޅު މެމްބަރުން ކަމަށެވެ.
އޮޑިޓް އޮފީހުގެ މަސައްކަތްތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ޒިންމާ އަދާ ކުރާ އޮފީހަށް ވީއިރު، އޮޑިޓް އޮފީހުން ބޭނުންވާ ބަޖެޓެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ދައުލަތުގެ ބަޖެޓު ފާސް ކުރުމުގެ ކުރިން، އޮޑިޓް އޮފީހުގެ ބަޖެޓު ފާސް ކުރަން ކޮންމެހެން ލާޒިމެއް ނޫން ކަމަށެވެ. އަދި އޮޑިޓް އޮފީހުގެ ބަޖެޓަކީ ކޮންމެހެން ވަކިން ފާސް ކުރަން ޖެހޭ ބަޖެޓެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްޓި
31 October 2018
އެއްވެސް މީހަކު ތިމާއަކީ ނޭނގޭ އެއްޗެއްނެތި ހުރިހާ އެއްޗެއް އެނގޭ މީހެއް ކަމަށް ދެކިގެން އުޅޭނަމަ އެމީހަކީ އެނގޭ އެކައްޗެއްވެސް ނެތް މީހެކޭ ބުނާނެ މީހުން ލައްކަ ގިނަވާނެ.
ހަސަންއަލީ
31 October 2018
މިމީހުން އައްޑޫގައި ވަކި އޮފީހެއްހެދުމުގެ ބޭނުމެއް އެބައޮތްތަ ؟
ހަސަންއަލީ
31 October 2018
މިމީހުން އައްޑޫގައި ވަކި އޮފީހެއްހެދުމުގެ ބޭނުމެއް އެބައޮތްތަ ؟
ކިއްލިބާޝާ
31 October 2018
މީ މިމީހުންނަށް ހައްގުވާ ބަޖެޓެއްބާއޭ މަ ހިތައްއަރާ.
ރައްޔިތުރިތް
31 October 2018
ބަޖެޓު ހައްގުތޯ ނޫންތޯ ބަލާނީ ޚަރަދުކޮށްގެން ކުރަން ބޭނުންވާ ކަންކަމަށް ބިނާކޮށް. ރައްޔިތުން އޮޑިޓްކުރުވަން ބޭނުމިއްޔާ އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެ. އެއީ ވަކި ފަރުދެއްގެ އަމިއްލަ ފައިސާއިން ހޭދަވާ އެއްޗެއްނޫން.
ދާދޭ
31 October 2018
ފަހަތުފަޔަށް ބަރުވެފައިތިބި ބަޔަކަށް ބޮޑު ބަޖެޓެއް. ކޮންމަސައްކަތެއް ކުރަންބާ؟
ތެދުބަސް
31 October 2018
ފަހަތު ފަޔަށް ބަރުވަނީ އޮޑިޓަރޖެނެރަލްގެ އޮފީހުން ކަމަށް ބުނާނެ ތަނެއް އޮތްކަމަކަށް ނުބެލެވޭ. އޮޑިޓްއޮފީސް ނޫން ތަނަކުން އެއްވާނެއްގައި މަސައްކަތްކުރި ތަނެއް ނުފެނޭ. ގިނަތަންތަނުން ހަރަކާތްތެރިވާން ފަށަނީ އެކިއެކި ދަނޑިވަޅުތަކަށް ބަލާފައިކަމަށް ފެންނަންއޮތީ.
ކެނެރީކާޅު
01 November 2018
ތެދުބަސް ތީ ހަމަ ތެދެއް. އެއްވާނެއްގައި މަސައްކަތް ކުރި. އެކަމަކު އަބަދުވެސް މަސައްކަތް ހުންނަނީ އެކަށީގެންވާ ވަރަށްވުރެ ދަށްކޮށް. މަސައްކަތައް ނިކުންނަ މީހަކު ކޮންމެ ދުވަހަކު 8 ގަޑިއިރުން 4 ގަޑިއިރު ނިދާފަވެސް ބުނެވިދާނެ އެއްވާނެއްގަ މަސައްކަތް ކުރީމޭ.