އެންޑީއެފްގެ ކޯސްޓްގާޑް: ގެއްލިގެން ހޯދަމުން އައި ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ -- މިހާރު ފޮޓޯ
31 އޮކްޓޯބަރ 2018 - 09:50
ފިހާޅޮހި އައިލެންޑް ރިސޯޓުގެ މޫދަށް އެރި އުޅެނިކޮށް އިއްޔެ ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވައި މިއަދު ފެނިިއްޖެ އެވެ.
ކ.މާފުށީ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު 31 އަހަރުގެ މި ފިރިހެން މީހާ ގެއްލުނީ އެ އަތޮޅުގައި އޮންނަ ފިހާޅޮހި ރިސޯޓަށް ގޮސްގެން އުޅެނިކޮށެވެ. އޭނާއަކީ ކޮން ގައުމެއްގެ މީހެއްކަން ހާމައެއް ނުކުރެ އެވެ.
އޭނާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު 2:30 ހާއިރު އެވެ. ކޯސްޓްގާޑާއި ރިސޯޓުގެ ޑައިވަރުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ފެނުނީ މޫދު އަޑީގައި އޮއްވައި މިއަދު ހެނދުނު އެވެ.
"އަޅުގަނޑުމެނަށް މައުލޫމާތު ލިބިފައިވަނީ މިއަދަކީ އޭނާގެ ޗުއްޓީ ނިންމާފައި އަލުން ފުރަން އޮތް ދުވަސް ކަމަށް،" އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ ހަށިގަނޑު ނަގައި، މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީލް
31 October 2018
ވަރައްވެސް ދެރަ.