ޕީޕީއެމްގެ ޖަލްސާއެއްގައި މަސީހް ބައިވެރިވެވަޑައިގަންނަވަނީ: މަޖިލިހުގެ ރައީސްގެ މަގާމުން މާދަމާ ރޭ އެމަނިކުފާނު ދުރުކުރާނެ ކަމަށް ބެލެވޭ.
31 އޮކްޓޯބަރ 2018 - 19:06
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ ބާއްވަން ތާވަލް ކޮށްފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، އެ ޖަލްސާގައި އެ މަނިކުފާނު މަގާމުން ދުރުކުރާނެ ކަމަށް ބެލެވޭ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ހަމައަށް މާދަމާ ރޭ ދެވޭނެ ކަމަށް އިދިކޮޅު މެމްބަރުން ބައްލަވަނީ، އެމަނިކުފާނާ ދެކޮޅަށް 45 މެމްބަރަކު މިދިއަ އަހަރުގެ ޖުލައި މަހު ހުށައެޅުއްވި މައްސަލަ ތާވަލްކުރަން އާންމު ކޮމިޓީން މިއަދު ފާސްވުމުންނެވެ. އެފަހަރު މަސީހު ވަކިކުރަން އެޖެންޑާ ނުކުރީ، އޭގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، އެމަނިކުފާނާ ދެކޮޅަށް މައްސަލަ ހުށައަޅަން މަދުވެގެން ބޭނުންވާ 42 ސޮއި ހަމަނުވާކަމަށް ބުނެ އެވެ.
އެކަމަކު އެ ހަތަރު މެމްބަރުންގެ އިތުރުން، ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި އަނެއް އަށް މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ކުރީގެ މައްސަލަ މަސީހާ ދެކޮޅަށް ތާވަލްކުރެވޭނެ ކަމަށް އާންމު ކޮމިޓީއަށް މިއަދު ގަބޫލުކުރެވުނީ އެވެ.
މަސީހު ވަކިކުރަން 51 މެމްބަރުންގެ ސޮޔާ އެކު މިދިއަ ބުދަދުވަހު ހުށައެޅި މައްސަލަ ނޮވެމްބަރު 8 ގައި އޮންނާނެ ކަމުގެ ނޯޓިސް ވަނީ ދީފަ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން މިހާރު ބޭނުންވަނީ ޖުލައި މަހު ހުށައެޅި މައްސަލަ މާދަމާ ރެއަށް ތާވަލްކުރާށެވެ. އެހެންކަމުން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަވަން ރައްޔިތުންގެ މަޖިލިހުގެ ގިނަ ބާރުތަކެއް ކަނޑުވާލިކަމުގެ ތުހުމަތު އެޅިފައިވާ މަސީހު، މަޖިލިހުގެ ރައީސްކަމުން މާދަމާ ރޭ ވަކިކުރާނެ ކަމަށް އިދިކޮޅުން ގަބޫލުކުރެ އެވެ.
އެކަމަކު މާދަމާ ރޭގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން އަދި އާންމެއް ނުކުރެ އެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ރޭގަނޑު ބާއްވަނީ ވަރަށް މަދުންނެވެ. ޖަލްސާތައް މިހާތަނަށް ރޭގަނޑު ބާއްވަނީ މުހިންމު ނިންމުމެއް ފާސް ކުރަން ޖެހޭ ހާލަތްތަކުގައި އެކަންޏެވެ. މަޖިލީހުގައި މިވަގުތު އޮތް އެންމެ މުހިންމު އެއް ކަމަކީ މަޖިލީހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ ކަމަށް، މަޖިލީހުގެ މިހާރުގެ އަޣުލަބިއްޔަތު [އިދިކޮޅު ކޯލިޝަން] އިން ގަބޫލުކުރާއިރު، އެ މައްސަލަ މާދަމާ ރޭ ކުރިއަށް ގެންދާނެ ކަމަށް އެ ކޯލިޝަންގެ މެމްބަރުން ވަރަށް ބޮޑަށް ގަބޫލު ކުރައްވަ އެވެ.
މަޖިލީހުގެ ނައިބު ރައީސް މޫސަ "މިހާރު" އަށް ވިދާޅުވީ މާދަމާ ރޭ ގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމެއް އަދި ނުނިންމާ ކަމަށެވެ. އެޖެންޑާ މެމްބަރުންނާ ފަހުން ހިއްސާ ކުރައްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އާންމު ކޮމިޓީން މިއަދު ފާސްކުރީ ޖުލައި މަހު ހުށައެޅި މައްސަލަ ތާވަލް ކުރުމަށާއި ޖަލްސާގައި ޖަވާބުދާރީވުމަށް މަސީހަށް 30 މިނިޓާއި މެމްބަރުންނަށް ދޮޅު ގަޑިއިރު ދޭށެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ޕީޕީއެމާއި އިދިކޮޅު މެމްބަރުން. --- ފޮޓޯ: މަޖިލިސް
އެ ކޮމިޓީން ފާސްކޮށްފައި ވަނީ ބަހުސް ފެށުމާ އެކު މަސީހަށް 10 މިނިޓާއި މެދުތެރެއިން 10 މިނިޓު އަދި ފަހު ބަސް ވިދާޅުވުމަށް 10 މިނިޓުގެ ފުރުސަތެއް ދިނުމަށެވެ. މި މައްސަލާގައި ބަހުސް ކުރައްވަން މެމްބަރުންނަށް ދޭން ނިންމީ ދޮޅު ގަޑިއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާ
01 November 2018
މަސީހު ކުރިހުރިހާ ކަމެއް ކުރީ ހަމަ ތި މެމްބަރުން ވޯޓްދީގެން. އޭރު ނަގާ ކޮންމެ ވޯޓަކަށް މިލިއަނުން ޑޮލަރު ތި މެމްބަރުންގެ ޖީބަށް އަދީބް ކިޔާ މީހަކު ލާދިނީމަ ކުރި ކަންތަށް އެއީ. މިއަދު ތި މެމްބަރުން ތިގޮތަށް ކަންތައް ކުރަނީ މަސިހުމެނަށް އެމީހުންގެ ޖީބްތަށް ރިލޯޑް ކޮށް ނުދެވޭތީ. މިއަދު ރިލޯޑްކޮށްދޭ މީހުން ބުނާގޮތަށް ކަނތައްކުރަނީ. ﷲ އެއީ ރަގަޅަށް ދެނެވޮޑިގެން ވާ އިލާހު. އެ އިލާހުގެ އިންސާފު އަންނައިރު، ސަލާމަތްކޮށްދެވޭނެ ސޭޓެއް ނުހުންނާނެ.
މޫސަހޮއްކޮ
01 November 2018
“ނުދާށޭ ވަކިވެގެން އަދު ތިޔަގޮތަށް އަހުރެން އެކަނިކޮށްފާ، ވަދާޢުގެ އެންމެ ފަހުގެ ސަލާމަކުން އަތް ޖޯޑުކޮށްލާފާ”
ޅިޔަނާ
01 November 2018
އަވަހަށް މީނާ ވަކި ކުރޭ
--- ކުލީ ކާރު
31 October 2018
ދެން ކުލީ ކާރަށް 25 ރުފިޔާ ދީގެން އެކަނި ދަތުރު ކުތަމް ޖެހޭނީ
ހަސަންބޭ
01 November 2018
ހާދަ ހަސަދއެއްއެކަމަކު. މާދަމާވެސް ހަމަ މިދުވަސް ބަދަލްވެދާނެ.
ސަކީނާއްތަ
31 October 2018
ނަގާފައިހުރި ރަށްތަކުގެ މައްސަލަ ވެސް އެންޓީކަރަޕްޝަން އިން ބަލަން ހަވާލުކުރޭ. އަދި އެމްޓީސީސީ އަށް ދައްކަން ޖެހޭ ފައިސާދެއްކިތޯވެސް.
ދަތްނެތްކުއްޖާ
31 October 2018
ކޮބާ ކޮބާ މަސީހު މިހާރު ފެނޭތަ . ރައްޔިތުން ނަށް އަނިޔާ ވާގޮތައް ރައްޔިތުންގެ ހަރު މުދާ ރައްޔިތުންގެ ބަހަކާ ނުލާ ވިއްކާ ހުސްކޮއް އެ ހުރިހާ ކަމެއް ކުރަން މަގު ފަހި ކޮއްދީ އެ ހުރިހާ ކަމެއްގެ މުގުލުގައި ހުރެގެން މި ހުރިހާ ޖަރީމާ ތަކެއް ތިޔަ ހިންގީ ރައްޔިތުން ނަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ހިތާ ދޮތަ! މިއަދު މަސީހު ރައްޔިތުން އެ ބޭރު ކޮއްލަނީ ވަރަށް ހުތުރު ގޮތަކަށް. ތާރީޙު ލިއުއްވާ މީހުން މިކަންވެސް އެ ފޮތުގައި ކަލާއި ރަތުން ލިޔާނެކަން ޔަޤީން
ރޯދި
31 October 2018
ބުނިއްޔާ ބުނިގޮތެއް ހަދައިގެން އޅުނު އެޒަމާން މާޒީވެއްޖެ. ވަރަށް ދެރސވޭ މިހެން ބުނަންވެސް.
ރޯނާ
31 October 2018
ޔަގީން. ތިކަމަކާ ސުވާލެއްވެސް ނެތް.
ސުހާ.
31 October 2018
ކޮބާ ކިހެނެއްމިވާނީ ދަރުބާރު ފެކްޝަން އާ ކަލޭމެނާ އެއްވެސް ތަފާތެއް ނުފެނޭ.
ހޯރަފުށީ ޗާލުނަޔާ
31 October 2018
މިދިޔައަހަރު ޖުލައިމަހު މަސީހު ވަކިކުރަށް ހުށައެޅި ގޮތަށް މިއަދުގެ ކޮމެޓީން ނިންމާފިންޔާ. މާދަމާރޭ ޖަލުސާގަ މަސީހު ވަކިކޮށްފ.ަ މިދިޔައަހަރު މަސީހު ވަކިކުރަށް އޮތް ތާރީހުން ފެށިގެން މަސީހު މަޖިލިސްގެ ރައީސްކަމުން ވަކިކުރިކަމަށް ނިންމާ އެތާރީހުން ފެށިގެން މަސީހު މުސާރައާއި އިނާޔަތުގެ ގޮތުގަ ނެގި ރުފިޔާ ދައުލަތައް ނަގަށް ޖެހޭނެ. މަސީހަކީ ހުދުމުހުތާރު ކޮށް މަޖިލިސް ހިންގި ރައީސްއެއް.