އިބޫ: އެމަނިކުފާނުގެ ފަރާތްޕުޅުން މަޖިލީހަށް ހުށަހެޅީ 29 ބިލިއަންގެ ބަޖެޓެއް. -- ފޮޓޯ: މިހާރު
31 އޮކްޓޯބަރ 2018 - 19:08
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީންް 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ މަޖިލީހަށް ފޮނުވީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.
މަޖިލީހަށް ބަޖެޓް ފޮނުވިއިރު، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެންނެވެ. ބަޖެޓު ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތަށް ކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ކަށަވަރުކޮށް ދެއްވި އެވެ.
"އަޅުގަނޑުމެން ބަޖެޓު ހުށަހެޅީ އެ ބޭފުޅުން ބޭނުންވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް. ބަޖެޓުގައި ހުރި އެއްވެސް ޕްރޮގްރާމަކަށް ބަދަލެއް ގެނެސްފައި ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވި ނަމަވެސް، އެއާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، މަޖިލީހަށް ބަޖެޓު ހުށަހެޅުމުން، އެކަމާ ގުޅޭ ތަފްސީލްތައް ހާމަ ކުރައްވާނެ އެވެ. އަދި ބަޖެޓާ ގުޅޭ ހާއްސަ ފޮތެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫގެ ސަރުކާރުގެ ބޭނުންވާ ގޮތަށް ބަޖެޓު ތައްޔާރު ކުރުމުގެ ފުރުސަތު މި ސަރުކާރުން ދިނީ މި މަހުގެ ކުރީކޮޅެވެ.
ބަޖެޓާ ގުޅޭ ގޮތުން ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ އާ ސަރުކާރުން ބޭނުންވާ ބަޖެޓު އެއްވެސް އުނިއިތުރެއް ނެތި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އާ ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ބަޖެޓުގައި ހިމަނާނެ ކަމަށް މިހާރު ވެރިކަން ހިންގާ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރަށް ފާސްކޮށް، މިހާރު އަމަލުކުރަމުން އަންނަނީ 27 ބިލިއަން ރުފިޔާގެ ބަޖެޓަކަށެވެ. މިއީ، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު ބަޖެޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އިބްރާހިމް
01 November 2018
29 ބިލިއަން އަރަނި ބަޖެޓެއްތޯއެވެ؟ މިއަދު އެނގިގެން މިދަނީ މިއޮއް ހުރިހާ ދުވަހު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ދައްކަވަމުން އައި ދަރަނި ބޮޑު ވުމުގެ ވާހަކައިގެ ހަގީގަތް.
ސީނާ
01 November 2018
ތިޔަ ބަޖެޓް 29 އަށް ވިޔަސް އަހަރުމެންނަށް ހަމަ އޯކޭ، އެހެނަސް ޚަރަދު ކުރަންވާނީ ދެމެހެއްޓެނިވި ތަރައްޤީގެ ކަންކަމުގަ. ފީކަޅާކޮށް ތަންތަން 100 ފަހަރު ހަދަންޖެހޭ ވިޔާނުދާ ގޮތަކަށް ނޫން. ވަރަށް ސަލާމް.
ސަވާނާ
01 November 2018
ހިސާބު ޖަހާކަން ނޭގުނެއްނޫންތޯ؟ ޔާމީނުގެ ސަރުކާރުން 27 ބިލިއަންގެ ބަޖެޓެއް ހުށަހެޅުއްވީމާ ބަޖެޓު ބޮޑުވެގެން އުޅުނު މީހުން މި ހުށައެޅީ 29 މިލިއަންގެ ބަޖެޓެއް. ނޭގުނު 27 ކަމެއް 29 ކަމެއް ބޮޑީ.
.ޗީޗީ
01 November 2018
.އެބުނާ ފާޓު ފުޅާ ބިއަ ބޮޑު ކޯލިސަނާ އެއްވަރުވެ ފާޓު ފުޅާ ބަޖެޓެއްތާ ހުޑަހަޅަން ޖެހޭނީ.
ޢާޗާ
01 November 2018
.ޔާމީނުގެ ސަރުކާރުން 27 ބިލިއަން ހުށަހެޅުއްވީމާ ބަޖެޓު ބޮޑުވެގެން އުޅުނު މީހުން މި ހުށަހެޅީ 29 ބިލިއަން 27 ހަށްވުރެ 29 ކުޑައީތޯ.
ހުސޭންކޮ
31 October 2018
އަހަރެންގެ ސުވާލަކީ ޔާމީންގެ ސަރުކާރުން 27 ބިލިޔަނުން ކުރި ކަންކަމަށްވުރެ އިތުރު ކަންކަން ވާނެތޯ ތިޔަ ބޮޑު ބަޖެޓުން. ނޫނީ ނަޝީދުގެ ވެރިކަމުގަ ގޮތަށް ރިކަރަންޓް ހަރަދަށް ހުސްވާނީތޯ.
ލުކްވެލް
31 October 2018
މަޖްލީހަށް އެމްޑީޕީން ހުށައެޅި ބަޖެޓްގައި 2 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެއް ހުށައެޅި އިރު މިއިން ގިނަ ފައިސާ ޚަރަދު ކުރާނީ އެމްޑީޕީން މުޅިން ވެސް ރިކަރަންޓް ބަޖެޓަށޭ ނަތީޖާ އަކީ ރާއްޖޭގެ ބަޖެޓް ޑެފިސިޓް ބޮޑުވެ ރާއްޖެ ބޭންކްރަޕްޓް ވުމޭ މިހާރުވެސް ތިޔާ އާސަންދަ އަށް ކުރަން ޖެހޭ ޚަރަދު ބޮޑު ކަމުން ދައުލަތުގެ ބަޖެޓަށް އޮބި ނޯވެއޭ ހިލޭ އެއްވެސް ކަމެއް ސަރުކާރުން ދޭން ނުޖެހޭނެއޭ ފައިސާޖެހޭނެއޭ ނަގަން. ހިލޭކޮށްދެވޭނެ އެއް ވެސް ކަމެއް ނޯންނާނެ ސަރުކާރަށް
7865
31 October 2018
ބަޖެޓް އޮއް އެއްޗެއް ނޭގެނީސް ކޮމެންޓް ކުރާ ކުދިން ގަޔައް ހިނިއަރައިގެން ތިއުޅެނީ ކީއްވެ.އިންކަމް ޓެކްސް ނަގާނެ މިސަރުކާރުން.ތިތިބަ ޗަންޕާ މެން ލިލީމީހުން ބުރުމާމެން ނައް ރާކަނިމަސް ކާންދޭނެ ނަލަކޮއް ސަލާމް
އަސޮކު
31 October 2018
ދެން އަތްޖަހާ. މޮޅު ވާހަކަ ދައްކާފަ ދަރަނި ބޮޑު ބަޖެޓެއް މިއީ. ލޮލް. ޔާމީން ސަރުކާރުގެ ދަރަނީގެ ވާހަކަ ދައްކާފަ، މިހާތަނަށް ހުށައަޅާ އެންމެ ބޮޑު ބަޖެޓު މިހުށައަޅަނީ ބޮޑު ބިޔަ ކޯލިޝަނުން. ދަރަނި އަރައިގެން ދާނީ ކުރިޔަށް ބާރަ ކުރިޔަށް ކިޔަމުން ދޯ؟
ރާއްޖެ
31 October 2018
ތި ބަޖެޓްގެ އަދަދަށް ބެލުމުން އެނގެނީ ކެމްޕެއިންގަ އެމްޑީޕީން ރާއްޖެ ދަރާ ހަފުސް ވެއްޖެއޭ ބުނެ ހެދީ ދޮގެއްކަން. އެހެން ނަމަ އެމްޑީޕީއަކުން ތިހާ ބޮޑު ބަޖެޓެއް ހުށަނާޅާނެ. ތިވެސް ބޮޑުތަނުން ޑެފިސިޓް ވާނީވެސް.