ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ފެރީއެއް--
04 ނޮވެމްބަރ 2018 - 12:51
ސިނަމާލެ ބްރިޖު ހުޅުވުމާ އެކު ފެރީ ދަތުރުތަކުގެ ޑިމާންޑް ދަށްވުމުން، ހުޅުމާލެ އާއި މާލެއާ ދެމެދު މާދަމާ އިން ފެށިގެން ހަމައެކަނި އޭސީ ފެރީތަކުގެ ދަތުރުތައް ބާއްވަން އެމްޓީސީސީން ނިންމައިފި އެވެ.
މި ބަދަލާ އެކު، ހުޅުމާލެ އާއި މާލެއާ ދެމެދު ކުރިން ދަތުރުކުރި އާދައިގެ ފެރީ އާއި އެކްސްޕްރެސް ލޯންޗުގެ ހިދުމަތް ހުއްޓާލާނެ އެވެ.
އޭގެ އިތުރުން ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗް ދަތުރުތައް ވެސް މާދަމާ އިން ފެށިގެން ހުއްޓާލާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ، ކޮޅަކަށް 10ރ ނަގައިގެން ކުރާ އޭސީ ފެރީގެ ދަތުރުތައް ކޮންމެ 15 މިނެޓަކުން ބާއްވާނެ ކަމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި ބައެއް ފެރީތައް ހުއްޓާލި ނަމަވެސް ހުޅުމާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތް ކުރިއަށް ދާނެ އެވެ.
ސިނަމާލެ ބްރިޖު ހުޅުވުމާ އެކު މާލެ އާއި ހުޅުމާލެއާ ދެމެދު ގިނަ މީހުން ދަތުރުކުރަނީ އެއްގަމު އުޅަނދުތަކުގަ އެވެ. އަދި ވެލާނާ އިިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ދަނީ ޓެކްސީގަ އެވެ. އޭގެ އިތުރުން މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ގެންދަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޓީސީސީގެ މުވައްޒަފެއް
05 November 2018
ބްރިޖް އާއި އެކު ހުޅުލެ- ހުޅުމާލެ- މާލެ އަށް ދަތުރުފަތުރު ކުރާ ފަސިންޖަރުންގެ އަދަދު %80 އަށް ވަނީ ދަށްވެފައެވެ. މިހެންވުމާއިއެކު އެމްޓީސީސީގެ ދަތުރުފަތުރު އިން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ކުރެވޭނެ ކަމަކީ މިއީ އެެވެ.
މުއިޒު
04 November 2018
ބަސް ޓާމިންލް އަދިވެސް ތަންކޮޅެއް ދުރުގައި އަޅަންވީ. އޭރުން މީހުނަށް އެންމެ އުދަގޫވާނީ.
އއއއ
04 November 2018
ތަނަކޮޅެއް އަވަސް ތިޑިޝިޝަން ނަގަން. ބްރިޖުން ޓޯލް ނަގަންދެން މަޑުކުރިނަމަ އަސްލު މަންޒަރު ފެންނާނީ. އެބަދަލާއެކު ފެރީތައް ތަރުތީބު ކުރުމުން އާއްމުންނަށް ފަސޭހަވާނެ.
ވިލިބޯއީ
04 November 2018
އޭ.ސީ ފެރީތަށް މާލެ، ވިލިމާލެ ފެރީދަތުރަށް ބަދަލުކުރަން ފެނޭ.
ބަޑިތަކުރު
04 November 2018
އެއަރޕޯޓަށް މުވައްޒަފުން އުފުލަށް އާންމުކޮށް ބިޑަށް ހުޅުވާލިޔަސް ވަކިމީހަކަށް ހެޔޮވަރަށް ފަހާފައިވާ ކޯޓެއްހެން މައުލޫމާތު ޝީޓް ބައްޓަން ކޮށްގެން އެއްފަރާތަކުން އަބަދު ކުއްޔަށް ހިފައިގެން ދުއްވާ އަގުބޮޑު ފެރީތައް މިހާރު ހުއްޓާލީ ބާވައެވެ. ހުއްޓާނުލާނަމަ ދައުލަތުން އިސްރާފްވާހެންކުރާ ޚަރަދުތައް ކުޑަކުރުމަށް މިކަން ހުއްޓާލުމަކީ އާ ސަރުކާރުން ފުރަތަމަ ކުރަންޖެހޭ އެއް ކަންތަކެވެ.
އުނބުށެން
04 November 2018
ފެރީތައް ހުއްޓާލާފައި ބަސްދަތުރު ހުޅުމާލޭގެ އެކި ހިސާބުތަކުން އަރާ ބަހުން ނުފައިބާ މާލެ ތާރުއެޅިމަގުގެ އެކި ހިސާބުތަކަށް ފޭބޭގޮތަށް އިންތިޒާމް ކުރާނީ ކޮންދުވަހަކުން ބާވައެވެ. އޭރުން އަހަރެންވެސް ސައިކަލުގެ ބަދަލުގައި ދަތުރުކުރަން ބޭނުންވަނީ ބަހުގައެވެ. އޭރުން ބްރިޖާއި ހައިވޭގައި ދަތުރުކުރާ ސައިކަލްތައްވެސް މަދުވެގެންދާނެހެން ހީވެއެވެ. އެކަމަކު މިހާރުހެން ކޮންމެ ކޮޅަކަށްދާން ދެބަހަށް ތިންބަހަށް އަރައިގެން ދަތުރުކުރާނީ ކިހިނެއް ހެއްޔެވެ.
ޙސގަ
04 November 2018
އެމްޓީސީސީން ފެރީ ހުއްޓާފަވެސް ތިޔަ ހުޅުމާލެ ތެރޭގައި ދުއްވާ ބަސްތައް ގަޑިއަށް ދުއްވާފިއްޔާ ރަގަޅު. އެމްޕީއެލް ބަސް ސްޓޭޝަނަށް ދާން 15 ސޮޓޮޕަށް ހުއްޓާ. 13 މިނެޓް އެބަނަގާ. 2 ނެއިބަރ ހުޑް އަށް 2 ބަސް ބޭއްވިއްޔާ ކީއްތަވާނީ. އާންމުންނަށް ތަންކޮޅެއް ލުއިފަސޭހަވާނެ.
ޙަދީޖާ
04 November 2018
ޙުޅުމާލެ މީހުންނަށްތަ ހުނުވަނީ އެކަނި... ބޯހަލާކު
އަލިފުތާ
04 November 2018
ބަންގުލަދޭޝް ބޭކަލުންވެސް ދެން ދަތުރުކުރާނީ އޭސީ ފެރީގަތާ... އެވެރިންގެ ބަޖެޓަށް ހާދަ ބާރުބޮޑުވާނެހެން ހީވޭ...
ޙުއް
04 November 2018
ރޭސިސްޓް
ޗޮމމ
04 November 2018
އެމްޓީސީސީން މަޖިލިސް މެމްބަރަކަށް ބައި އަޅަމުން، ގެއްލުމުގައި ހިންގި ފެރީތައް ޓޮލް ނަގަން ފަށައި ފެރީއަށް ބާރު ބޮޑުވުމުގެ ކުރިން އަވަހަށް ހުއްޓާލީއެވެ.