ސީލައިފަށް ދިން ބިން މަސައްކަތެއް ނުހިންގާ ހުސްކޮށް: ފަހަތުން އެ ފެންނަނީ މިހާރު މީހުން ދިރިއުޅެމުން އަންނަ އަމީން އެވެނިއު.
05 ނޮވެމްބަރ 2018 - 12:07
ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގަން ހަވާލުވި ސީ ލައިފުން އެގްރިމެންޓާ ހިލާފުވުމުން އެ އެއްބަސްވުން 2015 ގައި އުވާލިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސީ ލައިފާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްސަލަ އެނގޭ މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ 2014 ގައި އެޗްޑީސީން ސީ ލައިފާ އެކު ހެދި އެގްރިމެންޓް އުވައިލީ އެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދިއުމުން ކަމަށެވެ.
އެކަމަކު ސީ ލައިފުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅި މައްސަލަ ނިމުނީ އެޗްޑީސީއާ ދެކޮޅަށެވެ. އެހެންކަމުން، ހުޅުމާލޭގެ ބިން އަދި އިމާރާތް ކުރުމުގެ ހުއްދަތައް ސީ ލައިފަށް އަލުން ދޭން ޖެހުނީ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑަށް އެނގިފައި އޮތީ ސީ ލައިފުން ކުރެހުންތައް ވެސް ހުށަހެޅީ އެޗްޑީސީން ހުއްދަ ލިބޭނެ ގޮތަކަށް ނޫން. ހީވަނީ ވީހާ ވެސް ބޮޑަކަށް ވަގުތު ދުއްވާލަން ކުރި ކަމެއް ހެން،" އޭނާ ބުންޏެވެ.
މަސައްކަތް ނުފެށި ލަސްވެ އަދި ސީ ލައިފާ އެކު ހިއްސާ ވެގެން މަޝްރޫއުގައި ބައިވެރިވި މީހުންގެ މެދުގައި މައްސަލަ ޖެހެމުން ދިޔަކަން ވެސް އެޗްޑީސީއަށް އެނގިފައި އޮންނާނެ ކަމަށް އޭނާ ކިޔައިދިނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާ މުހައްމަދު ސައިމަން ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ސީ ލައިފްގެ އެގްރިމެންޓް ބާތިލް ކުރުމެވެ. އެކަމަކު، ކޯޓުން އެޗްޑީސީއާ ދެކޮޅަށް ނިންމުމުން އިތުރަށް ހެދޭނެ ގޮތެއް އެޗްޑީސީއަށް ވެސް ނުފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ސީ ލައިފުން 300 އެޕާޓްމަންޓް ހަދަން ހުޅުވައިލުމުން 280 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރޭޝަން ފީ ދައްކައިފަ އެވެ. އޭގެ އިތުރުން ބައެއް މީހުން ޑައުންޕޭމަންޓް ވެސް އެކީ ދަައްކާފައިވާ ކަމަށް ވެ އެވެ.
އެ އެންމެން މިހާރު މަސައްކަތް ކުރަނީ އެ ފައިސާ ލިބޭތޯ އެވެ. ބައެއް މީިހުންނަށް އަނބުރާ ފައިސާ ލިބުނަސް 180 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ދަނީ ސީ ލައިފް ފަހަތުން ދުވަމުންނެވެ.
އެ މީހުންގެ ހައްގުގައި ހިލޭސާބަހަށް މަސައްކަތްކުރާ ވަކީލުން އިއްޔެ ބުނި ގޮތުގައި ސި ލައިފުން އަނބުރާ ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
07 November 2018
މަތީ ކޯޓް ތަަކށް ނުދިޔައީ ކީއްވެ؟؟؟
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
06 November 2018
ތިޔަ ލައިފެއްގެ ހިއްސާދާރުންނާއި “ފޮރުވިގެން އަޑީގައި ތިބިމީހުން” ހާމަކޮށް ބޭޒާރުކުރާންޖެހޭ. އަދި އެމީހުންނަކީ މާލޭގެ ބިމާއި ގެދޮރު ހުރިމީސްމީހުން އަދި ޔާމިންއާއި އާއިލީގޮތުން ގުޅުންއޮތް ބޭރުގެ އެމްބަސީތަކާއި އިމިޤްރޭޝަން އޮފީހުގެ ވެރިންގެ ގޮތުގައިވެސް ތިބިބައެއް. . . . . އަހައްމަދު މޫސާގެ ބޮލަށް މިކަން ކަޑާނުލާ މިދެންނެވި މީސްމީހުންގެ ފުރި ބަންޑުންވާން ކައިރިވެފައިވާ އެކައުންޓް ތަކާއި ގެދޮރު ވިއްކާފައި ލިބޭފައިސާއިން ބަދަލު ދޭންޖެހޭނެ.
ޤާސިމް
05 November 2018
ސައިމަން ވަރަށް މުއްސަންޖެވެ. މިވަރުން ނުފުދޭތޯއެވެ؟
ާައަލޫ
05 November 2018
ކޮންމެ ފަހަރަކު ބުކިން ލިސްޓުގަ ފްރީ ކޮއް ލާޔަރުންނާ ފަނޑިޔާރުންނައް އެޕާޓްމަންޓް !!!
ފަލާސް
05 November 2018
މައުލޫމާތު ހޯދި ސޯސްއަކީ ތިޔަތަނުގައި މަސައްކަތްކުރާތާ މާގިނަ ދުވަސް ވި މީހެއް ހެން ހީނުވޭ، ސައިމަނަކީ ޤާނޫނީ ލަފާ އަޑުއަހާ މީހެއް ނޫން. އޭނާ އެންމެ ފަހުން ރުޅި އައިސްގެން 75،000 ރުފިޔާގެ މުސާރަދީ އޭނާ ބޭނުންވާ ލަފާދޭނެ ލީގަލް ހެޑެއް ތިތަނަށް ވެއްދީ...ދޮގެއްތ؟
މޫސަ1
05 November 2018
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިމުނު މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިތޯ ސާފުކޮށްލަން ބޭނުން.
ޢަލީފފ
05 November 2018
މާގިނަ ވާހަކައެއް ބޭނުމެއްނޫން. ތިކަމުގަ އުޅުނު އެއްމެން ހައްޔަރު ކުރުމަށް ފަހު މުދާ ވިއްކާގެން ނަމަވެސް ފައިސާ ހޯދައިދީ
މުވައްޒަފު
05 November 2018
ސައިމަން ވާޒީފާ އަނބުރާ ހޯދަން ޖަހާ ސުޓަންޓް. ހެހެ. މިހާރު ގަދަ އިނގޭ. އެގްރީމެންޓް އުވާލި ގޮތް ވެސް ލިޔެލި ނަމަ ދޯ. ކޯޓުން ސީލައިފް އާއި އެއްކޮޅައް ނިމުނު ސަބަބު ކޮބާ؟ ދެން ފެންނާނީ ސައިމަން އާ އެޗްޑީސީ ހަވާލް ކުރާތަން. ޔާމީނުބޮލައް ޖަހާފަ އެންމެން ހުދުފޮތިކޮޅައް ބަދަލުވަނީ. މީ ވާކަމެއް.
ޙަޖަމް
05 November 2018
ޢެގްރިމެންޓު ސޮއިކުރި އިރު ހުރި އެމްޑީ އެޗްޑީސީ އާ ދެކޮޅަ ހެކިދީ ނެހެދިނަމަ ކޭސް އެޗްޑީސީން ކާމިޔާބު ކުރީސް. ވ ވާހަކަ!
ރަބަރު
05 November 2018
އެގްރިމަންޓާ އެއްގޮތަށް ކަންތައް ނުދާނަމަ އަޅަންޖެހޭ ފިޔަވަޅު އެގްރިމަންޓްގައި ބުނެފައިއޮތެވެ. އެ ފިޔަވަޅުއަޅަން ލީގަލް ޑިޕާރޓްމަންޓުން އެންގީމަ ފިޔަވަޅު ނެއެޅިއެވެ. ދެން ދާންވީމަގުވެސް ދެއްކިއެވެ. އެއަށްވެސް އަމަލުނުކުރިއެވެ. އިސްތިއުނާފުނުކުރީ މިހެންވެއެވެ. ސީލައިފަށް އެކަން ނުކުރެވޭނެކަން އެނގެއެވެ. އެކަމަކު އެކަން ކުރަންޖެހެނީ އެގްރިމަންޓާ އެއްގޮތަށެވެ.
ހަމް
05 November 2018
މިއީ ވަރަށް ބޮޑު ތެދެއް، މިއީ އެމް ޑީ ކުޅުނު ގޭމެއް. ވަރަށް ސިއްރު ސިޓީއެއްވެސް އުޅޭ ހެން ހީވަނީ ތިކަމުގައި