ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާ ކޮރަލް ހޯލްޑިންގްސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ (ވ-2) އަށް ބައިވެރިވަނީ. ދައުލަތުން ބަދަލު ހޯދަން ސީލައިފުން ކުރި ދައުވާގެ ޝަރީއަތް ނިމުނީ އެކުންފުންޏާ ދެކޮޅަށް -- ފޮޓޯ: މިހާރު
23 ޑިސެމްބަރ 2020 - 23:44
ސީލައިފާ އެކު ދައުލަތުންވެފައި އޮތް އެއްބަސްވުމެއް ބާތިލްކުރުމުން ބަދަަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏާ ދެކޮޅަށް ނިންމައިފި އެވެ.
ސީ ލައިފަކީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ބައެއް މީހުންނަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ހިމެނޭ ކުންފުންޏެވެ. ސީ ލައިފަށް ދެއްކި ފައިސާ އަނބުރާ ހޯދަން ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފައިވާއިރު، އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.
ސީ ލައިފަށް ބަދަލުދޭން ކުރީގެ ސަރުކާރުން 2018 ވަނަ އަހަރުވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުންޏަށް 12 މިލިއަން ޑޮލަރު ނަގައިދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ އެ ކުންފުނިން ހަރަދުކުރި ކަމަށް، އެއްބަސްވުން ހެދި އިރު ބުނެފައިވާ ފައިސާގެ އަދަދާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންވެ އެގޮތަށް ސުވާލު އުފެދިފައި ވަނިކޮށް، ހަމައެކަނި އެއްބަސްވުމަށް ބަލައިގެން ފައިސާ ނަގައިދެވޭނެ ކަމަށް ޝަރީއަތަށް ބުރަވެވެން ނެތް ކަމަށް ވެސް އެ ހުުކުމުގައި ބުންޏެވެ.
މައްސަލަ ބެލުމުގައި ސިވިލް ކޯޓަށް ފާހަގަކުރެވުނު ކަންތައްތަކުގެ ގޮތުގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ އެއް ކަމަކީ ސީ ލައިފުން ހަރަދުކުރި ކަމަށް ބުނާ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއް ނޫން ކަމަށް އެސެޓް ރިކަވަރީން ނިންމާފައިވާ ނިންމުމެވެ. ސީ ލައިފުން އެގޮތަށް ކަންތައް ކޮށްފައި އޮތް އޮތުމަކީ އެއްބަސްވުން އޭގެ ޒާތުގައި ބާތިލުވާނެ ކަމެއް ކަމަށް ހައިކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ ސިިވިލް ކޯޓުގެ ރިޕޯޓްގައި ބުންޏެވެ. ހައިކޯޓުން 2016 ވަނަ އަހަރު ނިންމި ނިންމުމެއްގައި ބުނެފައި ވަނީ ހަގީގަތް އޮޅޭ ފަދަ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ވެފައިވާ އެއްބަސްވުމަކީ ހަގީގަތް އޮޅުނު ފަރާތުގެ ނިސްބަތުގައި ބާތިލުކުރެވިދާނެ އެއްބަސްވުމެއް ކަމަށެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް 45 މިލިއަން ރުފިޔާ ދޫކުރީ ސަރުކާރުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީން އިއުލާންކުރި މަޝްރޫއަކުން ހުޅުމާލޭގައި، 3،000 ހައުސިން ޔުނިޓް އަޅަން 2014 ގައި ސީ ލައިފުން ހުޅުވާލުމުން ފްލެޓް ގަންނަން ގިނަ ބަޔަކު ފައިސާ ދެއްކި އެވެ.
ސީ ލައިފަށް ފައިސާ ދައްކައި ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓަށް ހުށަހެޅި މައްސަލާގައި މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ހައްލެއް ހޯދައިދީފަ އެވެ. އެއީ، ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން، އެ މީހުންނަށް އެޗްޑީސީން ބަދަލު ދިނުމެވެ. އެއީ، މާލީ ބަދަލުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމުގެ ފުރުސަތު ވެސް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރު ރަހީމު
24 December 2020
ވަރަށް ރަނގަޅު ނިންމުމެއް! ނިމިދިޔަ ކަރަޕްޝަން ސަރުކާރާއި ގުޅިގެން ޖަހާފަހުރި މަޅިތަށް! މަޅިތަކުގަ ޖެހޭނެކަމެއްނެތް!
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
24 December 2020
ތިޔަ ނިންމުމަށް 40 ނުވަނީސް ބަދަލް ދޭ ގޮތަށް ނިމި ނުދީފިއްޔާ ދޯ އަދި ތިޔަ ޚަބަރަކަށް ވާނީ.
ހަސަންތައުފީޤު ހުސައިން
24 December 2020
ބަދަލުގެ ގޮތުގައި ކުންފުނިތަކުންހޯދާ ފައިސާއަކީ ވެސް ވިޔަފާރިއެއް! ކުންފުނިތަކަށް ބަދަލު ނަގައިދިނުން އާޓައިޓްލްއިން ފައިސާ ނގައިދޭ ބްރޯކަރުންތިބީ ފަނޑިޔާރުގޭތެރޭ. ބަދަލުދިނުމަށް ޙުކުމްކުރުމުން ޢުމުރުގެ ފަހުބައިގައި މަޤާމު ބޭނުމެއްނުވާނެ. ހިތާމަޔަކީ ޕްރޮޖެކްޓު ބާނާބުޅިވެސް ބިޑު ކޮމިޓީއަށްވުން. މެގަ ޕްރޮޖެކްޓެއް ކުންފުންޏަކަށް ދޫކޮށްލާއިރު ކުންފުނީގެ ލައިބިލިޓީ ވެރިފައިކުރަނީ ކަރުދާސްރީމެއްގެދެލީން. މިއީ އޯޑިޓްކުންފުނިތަކުން ވިއްކާއެއްޗެއް.
އުނޭސް
24 December 2020
ކޮނބާހޭ ތި އަންމަޓީ؟ ހުރިތާކުން ގެނެސް ސަރީއަތަށް ހުށަހަޅާށޭ!
ތިމާވެށި
24 December 2020
ބަދަލު ލިބެނީ އެމްޑީޕީ ގެ ވަކި ފެކްޝަން އެއްގެ ބަޔަށެވެ. އެމީހުންނަށް ކޮންމެ ގޮތެއް ހަދާފަ ވެސް ބަދަލު ލިބެ އެވެ.
ދިއްދޫމީހާ
24 December 2020
ސީލައިފް އައްމަޓީ އުޅެނީ ލަންކާގަ، ކީއްވެގެންބާ އޭނަ ރާއްޖެ ނުގެނެވިގެން މިއުޅެނީ؟ މިސަރުކާރުގެ ބޮޑުންނާ ގުޅުން އޮންނާތީބާ؟؟މީހަކު އަޑަށް ބާރުލާފަ މިސަރުކާރަކީ ބޭރު ދުނިޔޭއާ ގުޅުން ބޮޑު ސަރުކާރެކޭ ކިޔާތީ، ނިކަމެތި އެތަކެއް ރައްޔިތުން ތަކެއްގެ ލާރި ކޮޅު ފޭރި ގަނެގެން ލަންކާގަ އަރާމުގަ އެއުޅެނީ، އެޗްޑީސީން އައްމަޓީއާ އެކު ކޮންއެއްބަސްވުމެއްތޯ ފަހުން ހެދީ؟؟
އާރޯ
24 December 2020
ތި އައްމަޓީ އެއް މި ސަރުކާރަކަށް ނުގެނެ ވުނެއްނު. އެތައްބައެއްގެ އަތުން ރުފިޔާ ނަގާގެން ގޮސް ލައްކާގަ އަރާމް ދިރިއުޅުމުގަ. ސަރުކާރުން ބަދަލު ވެސް މި ދޭށް ޖެހުނީ
1235
24 December 2020
ތަރައްގީގެ ބައްޕައަށް މިޑީލުން ކިހާވަރެއް ލިބުނުބާ؟
ފފފފފ
24 December 2020
ވާހަކަ ދެއްކުމުގެ ކުރިން ބަލާބަލަ މިމީހުންނާއެކު މިޕްރޮޖެކްޓް ހިންގަން ނިންމި އިރު އެތާނގަހުރީ ކާކުތޯ؟ މިހާރު ހުރިމީހާކަން އޭރުން އެނގޭނެ. މީހުންގެ ބޮލުގައި ކަމެއް އަޅުވަން ބޭނުމިއްޔާ ތިމާގެ އަމިއްލަ ބޮލުގައި ނުވަތަ ތިމާފެންވަރުގެ ގޮތްކުޑަ މީހުންގެ ބޮލުގަ އަޅުވަބަލަ.