ކުރީގެ ރައީސް ނަޝީދުގެ ދެކަނބަލުން އައްޑުއަށް ވަޑައިގަތުމަށް މަތިންދާބޯޓުގައި. ފޮޓޯ:--- މުހައްމަދު ޔާމީން/މިހާރު
06 ނޮވެމްބަރ 2018 - 13:49
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ފުރާވަޑައިގެންފި އެވެ.
އެމްޑީޕީ އަށް ތާއީދު ބޮޑު އައްޑޫގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން، އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ ފޭދޫގައި ތިބި ސަޕޯޓަރުންނާ އެވެ.
މިއީ، ޖަލު ހުކުމާ ގުޅިގެން ރާއްޖެ ވަޑައިނުގެން ސްރީ ލަންކާ އާއި އިނގިރޭސި ވިލާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން އަތޮޅު ތެރޭގެ ރަށަކަށް ނަޝީދު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމްޑީޕީން ބުނި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ނަޝީދު އިތުރު ރަށްތަކަށް ވަޑައިގަންނަވާނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑުއަށް ވަޑައިގަތުމަށް ވެލާނާ އެއާޕޯޓްގައި
ނަޝީދު އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި އެކިރަށްރަށުގައި ޖަގަހަތަކާއި އޮފީސްތައް ހުޅުއްވައި ދެއްވައި، އެމްޑީޕީގެ ހިންގާ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ނަޝީދުގެ ދަތުރުފުޅުގައި އައްޑޫގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ޕޮލިސް އެކަޑަމީއަށާއި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހަދަމުން އަންނަ ޓާޝިއަރީ ހޮސްޕިޓަލް ބައްލަވާލައްވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ނަޝީދު ބައްދަލުކުރައްވާނެ އެވެ.
ނަޝީދު އެނބުރި، މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
06 November 2018
މާލެއާއި ދިވެހިން ވިރާސީވެރިކަން ދޫނުކުރެވިގެންތިއްބާ ޑިމޮކްރެޓިކްހަމައަށް “މަޝްވަރާގެމަތިން ވެރިކަންކުރާން ދަސްކުރިމީހުންނަކީ އައްޑޫމީހުން ކަން” ރާއްޖޭގެތާރީޙް ދެނެހުރި ނަޝީދުއަށް އެގިވަޑައިގަންނަވާ. . . އަފީފްދީދީ އަދި އެކުއުޅުނުމީހުންނާއިބެހޭގޮތުން ލިޔެފައިހުރިފޮތްތަކުގައި “They have a VISION ” އޭ ލިޔެފައޮތީ ގައިމުސަބަބެއް އޮތީމަ. . . އައްޑޫ މީހުންނަށް ލާމަރުކަޒީބާރުވެރިކަން ދީގެންމެނުވީ ކުރިމަގު އުޖާލާނުވާނެ. ބިރުނުގަނެ ފުރުސަތު ދެއްވާ.
ފާތުމާ
06 November 2018
ހެހެހެ..... ލައިލާއަށްވެސް ދަސްވެއްޖެދޯ މިހާރު .....
raajjethereymeehaa
06 November 2018
ތި ޓައީއަށް ސަލާމް
ދޫނިގަޑު.
06 November 2018
ތީ މިގައުމުގެ ހަލާކު އަދި މިސަރުކާރުގެވެސް ހަލާކު މިކޯލިޝަނުގެވެސް ހަލާކު މިހާރު ހުރިހާކަމެއް ފަނި ކުރަމުން އެދަނީ، މިއީ ވަރަށްވާހަކަ،
ފާތޭ
06 November 2018
ހާދަ ހަނދާންވެޔޭ... ރަށުގައި މިއަދު އުޅެވޭނެނަމަ ކިހާ ރަނގަޅު ... ލޯބިވާ ރައީސަށް މަރުހަބާ...
އެޔާމީނު
06 November 2018
ކޯލިޝަނަށް އެންމެ ގޮޑިއެއް ވެސް ނުދޭތި. އަޢުލަބިއްޔަތު ލިބުނީމަ ބަރުލަމާނީއަށް ބަދަލު ކޮށްލަންވާނެ. ދެން މުޅި އުމުރަށް މަނިކުފާނު ދައުލަތުގެ ވެރިޔާގެ މަޤާމުގައި ހުންނަވާނީ.