ރިޕޯޓް / ރައީސް މުހައްމަދު ވަހީދު

ރައީސް ވަހީދު: ކެތްތެރިކަމުގެ ދޮޅު އަހަރު

ރައީސް ޔާމީނާއި ކުރީގެ ރައީސް ވަހީދު ޖެނުއަރީ 25، 2015 ގައި ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ރައީސް އޮފީސް ފޮޓޯ

11 ނޮވެމްބަރ 2018 - 07:11

40 comments

އެމްޑީޕީގެ މީހުންގެ ނަޒަރުގައި އެއީ "ބާޣީއެކެ"ވެ. ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރި ތަހުގީގަކުން، ފެބްރުއަރީ 7 އަކީ، ބަގާވާތެއް ނޫން ކަމާއި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅު އިޚުތިޔާރުގައި ކަމަށް ވިޔަސް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ސަޕޯޓަރުން އެކަން ގަބޫލެއްނުކުރެ އެވެ. އެހެންކަމުން ރައީސް މުހައްމަދު ވަހީދަކީ، ވެރިކަން "ހޯއްދެވި" ގޮތުން ފެށިގެން، ވެރިކަން ނިންމާލެއްވި ދުވަހާ ހަމައަށް ވެސް، ރާއްޖޭގެ އެތައް ހާސް ބައެއްގެ ސީދާ ނުރުހުން އަމާޒުވި ސިޔާސީ ލީޑަރެކެވެ.

ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސްގެ ގޮތުން މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގަތީ، އެހެން އެއްވެސް ރައީސަކަށް ކުރައްވަން ޖެހުނު ކަހަލަ ތަޖުރިބާއެއްގެ ތެރައަކުން ނޫނެވެ. ރައީސްކަމުގެ މަގާމަށް ވަޑައިގަތުމަކީ، ޔަގީނުން ވެސް، ވަހީދުގެ ހުވަފެންފުޅެކެވެ. އދ. ގެ މަތީ މަގާމަކުން އިސްތިއުފާ ދެއްވައި ރާއްޖެ ވަޑައިގަތީ ވެސް އެ އުއްމީދުގަ އެވެ.

އެކަމަކު އެކަނިމާއެކަނި ނުކުންނަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭ ފަދަ ސިޔާސީ ބާރުވެރިޔަކަށް ވަހީދެއް ނުވެ އެވެ. އެހެންކަމުން ޚިޔާރުކުރެއްވީ ދެން އޮތް އެންމެ ރަނގަޅު ފުރުސަތެވެ: އެންމެ ބޮޑު ސިޔާސީ ޕާޓީގެ ކެންޑިޑޭޓް ނަޝީދުގެ ރަނިން މޭޓުގެ މަގާމެވެ.

ދެ ބޭފުޅުންގެ މިޒާޖު އުޑާއިބިމާހާ ތަފާތެވެ. ނަޝީދަކީ ސިޔާސީ ހަރަކާތްތައް ހަލުވި، މީހުންގެ ސަޕޯޓް ހޯއްދަވަން ކުޅަދާނަ، އެހެން މީހަކު ބުނެފާނެ، ހީކޮށްފާނެ، ގަބޫލުކޮށްފާނެ ގޮތަކާ މެދު ވިސްނަވާ ބޭފުޅެއް ނޫނެވެ.

ވަހީދަކީ މަޑުމައިތިރި، ގޮތްދޫކުރައްވާ ކަހަލަ ބޭފުޅެކެވެ.

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމާ އެކު ރާއްޖޭގެ ވެރިކަމާ ނަޝީދު ހަވާލުވެވަޑައިގަތީ ވަރަށް ދަތި ހާލަތެއްގައި ރާއްޖެ އޮއްވަ އެވެ. ސިޔާސީ ހަލަބޮލިކަމުގެ އިތުރުން އިގުތިސާދީ ގޮތުން ދުނިޔެއަށް ކުރިމަތިވެފައި އޮތް ވެއްޓުމުގެ ނުބައި އަސަރުތައް އޮތީ ލައްވާލައިފަ އެވެ. ދުނިޔޭގެ ބޭންކިންގެ ނިޒާމް ފުނޑުވެ، އާ ދިރުމަކަށް ވިންދު ޖަހަން ފެށިއިރު އޭގެ އެންމެ ނުބައި އަސަރު ރާއްޖޭގެ ޓޫރިޒަމަށް އޮތީ ކޮށްފަ އެވެ.

ނަޝީދަށް އެއްކޮޅުން ބައްލަވަން ޖެހިފައި އޮތީ އިދިކޮޅުން ކޮންޓްރޯލް އަތުލި ރައްޔިތުންގެ މަޖިލިހުގެ ދުއްތުރާތަކެވެ. އަނެއްކޮޅުން ފައިސާ ނެތް ބަޖެޓެއްގައި ގައުމު ހިންގަވާށެވެ. މި ހާލަތުގައި އާ އަދި ޒުވާން ސަރުކާރަކަށް ހެދޭނެ ގޯސްތައް، އެމްޑީޕީގެ ވެރިކަމުގައި ފެނުނެވެ. އޭގެ ބައެއް ކަންކަން ވަހީދަށް ގަބޫލުފުޅުނުކުރެއްވިދާނެ އެވެ. މިސާލަކަށް ޖޫން 29، 2010 ގައި ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި ގޮތެވެ. ރައީސް ނަޝީދާއި ނައިބު ރައީސް ވަހީދު ފިޔަވައި ކެބިނެޓްގެ އެހެން ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވީ، ސަރުކާރު ހިންގަން އިދިކޮޅު ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުގެ އުނދަގޫތައް ބޮޑުވެގެން ކަމަށް، ނަޝީދު ވިދާޅުވެ އެވެ.

ޖުލައި 26، 2016- މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީންގެ ދެކަނަލުން ސަރުކާރުގެ އިސްވެރިންނާއި ބޭރުގެ ސަފީރުންނަށް ރޭ ދެއްވި ޖާފަތުގައި ކުރީގެ ރައީސް ވަހީދުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.

އިދިކޮޅު ހަރަކާތްތައް ހުރީ، ރައީސް ނަޝީދަށް ޕްރެޝަރު ބޮޑުވާ ގޮތަށެވެ. ބޮޑު އިސްތިއުފާގެ އެއް ދުވަސް ކުރިން، އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމާ ދެކޮޅަށް އިދިކޮޅު ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި ދިވެހި ގައުމީ ޕާޓީ އަދި އަދާލަތު ޕާޓީން ކުރަމުން ދިޔަ ކަންކަމުން އެމްޑީޕީ ސަރުކާރު އޮތީ ރުޅިވެރިކަމެއްގެ ތެރޭގަ އެވެ.

ފެބްރުއަރީ 7 އާ ހަމައަށް ސިޔާސީ ހަލަބޮލިކަން ހޫނުވަމުން ދިިޔަ އިރު ވެސް، ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުން ގަބޫލުކުރީ ނައިބު ރައީސްގެ ފަރާތްޕުޅުން އެކަށީގެންވާ އެހީތެރިކަން ނުލިބޭ ކަމަށެވެ. އިދިކޮޅު ފަރާތްތަކާ އެކު ވަހީދު ގުޅުން ބާއްވަވާކަމުގެ ތުހުމަތުތައް ވެސް ކުރެ އެވެ. އެކަމަކު ގާތް ބޭފުޅުން ކައިރީ ވަހީދު ވިދާޅުވަމުން ގެންދެވީ ސިޔާސީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދެއްކެވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ނަޝީދާއި ނައިބު ރައީސާ ދެމެދު އޮތް ހުރިހާ ގުޅުމެއް ގާތްގަނޑަކަށް ކެނޑުނީ އެވެ. ސިފައިން ނެރެގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ޖެނުއަރީ 16، 2012 ގައި ހައްޔަރުކޮށް، ބަންދުގައި ބެހެއްޓި މައްސަލަ ސަބަބަކަށް ނަގައިގެން އިދިކޮޅުން ސިލްސިލާކޮށް ބޭއްވި މުޒާހަރާތައް ދިޔައީ ކުރިއަށެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ، ވަހީދު އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި ދުނިޔޭގެ ބޮޑު މީޑިއާއެއް ކަމަށްވާ އެސޯސިއޭޓް ޕްރެސް (އޭޕީ)އަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު ގޮވާލެއްވީ، އަބްދުﷲ ގާޒީ ދޫކޮށްލުމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ އޭރު ވެސް އެމްޑީޕީގެ ސަޕޯޓަރުންނަށް ވަހީދުގެ "ޣައްދާރުވެވަޑައިގަތުމެ"ވެ. އެކަމަކު ވަހީދު އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތް ބިނާކުރެއްވީ ސުޕްރީމް ކޯޓުގެ އަމުރަށެވެ. ސުޕްރީމް ކޯޓުން އޭރު އޮތީ އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލަން އަމުރު ނެރެފަ އެވެ. ވަހީދުގެ ނަޒަރުގައި، އެންމެ މަތީ ކޯޓުން އެގޮތަށް އަންގައިފި ނަމަ ޖެހޭނީ އެއަށް އަމަލްކުރާށެވެ.

އެކަމަކު އެއަށް ވުރެ ބޮޑަށް އަދުލުއިންސާފުގެ ނިޒާމަށް ރައީސް ނަޝީދާއި އެމްޑީޕީގެ ސަރުކާރުގެ އިތުބާރު އޮތީ ގެއްލިފަ އެވެ. އެހެންކަމުން އަބްދުﷲ ގާޒީގެ ދިފާއުގައި ވަހީދު ދައްކަވާ ވާހަކަފުޅުތަކާއި މައްސަލަ އެންމެ ހޫނުވަމުން ދިޔަ ދަނޑިވަޅު، އިދިކޮޅު ފަރާތްތަކާ، ހިލާލީ ގޭގައި ބައްދަލުކުރެއްވުން ފަދަ ކަންކަމުން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވީ "ބަޣާވާތްކުރުމު"ގެ ތުހުމަތެވެ.

ހުވާކުރެއްވުމާއި އެމްޑީޕީގެ ބޮޑެތި މުޒާހަރާތައް

ފެބްރުއަރީ 7 ގެ ހަމަނުޖެހުންތަކަށް ފަހު ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމާ އެކު، ރައީސްކަމުގެ ހުވާކުރައްވަން ވަޑައިގަންނަވަން މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދު ވަހީދަށް ދައުވަތު ދެއްވި އެވެ. ހަމަ އެ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތެވެ.

އެކަމަކު އެއީ ފަސޭހައިން ރައީސްކަން ކުރެއްވޭނެ ހާލަތެއް ނޫނެވެ. އަނެއް ދުވަހު އެމްޑީޕީގެ ބޮޑު އެއްވުމާއި ފުލުހުންގެ އަނިޔާވެރިކަމާއި އެމްޑީޕީގެ ސަޕޯޓަރުން ރާއްޖޭގެ އެކި ރަށްރަށުގެ ސަރުކާރުގެ އިމާރާތްތަކުގައި ހުޅު ޖަހާ ރޯކޮށްލުން ފަދަ، ރާއްޖޭގެ ތާރީޚު އޭގެ ކުރިން ނުދެކޭ ފަދަ ނުރައްކާތެރިކަމަކާ ވަހީދަށް ކުރިމަތިވެވަޑައިގަތެވެ.

ސައޫދީ އަރަބިއްޔާގައި ދާދި ފަހުން ބޭއްވި ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވްގައި ވަލީ އަހުދު މުހައްމަދު އާއި ޖޯޑަންގެ ރަސްގެފާން އަބްދުﷲ އަދި ރާއްޖޭގެ ކުރީގެ ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ:އޭއެފްޕީ

އެމްޑީޕީގެ ވަރުގަދަ ހަރަކާތްތައް ހުއްޓުނީކީ ނޫނެވެ. ރައީސްކަމުން ވަހީދު އިސްތިއުފާ ދެއްވަން ގޮވާލަން ބޭއްވި މުޒާހަރާ ދަންމާލައި، ހެންވޭރުކޮޅު އުސް ފަސްގަނޑު ސަރަހައްދު އެ ޕާޓީގެ ސަޕޯޓަރުންގެ ދަށަށް ވެސް ގެންދިޔައީ އެވެ.

އެކަމަކު ހުރިހާ ކަމެއް ވެސް އޭގެ ޒާތުގައި މައިތިރިވެ، ސަރުކާރު ހިންގެވުމުގައި ވަހީދު ދެމިހުންނެވި އެވެ. އެއީ، އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ސިފަކުރެއްވި ގޮތުގައި، "ކެތްތެރިކަމު"ގެ ނަތީޖާ އެވެ.

"ކެތްތެރިކަން އެއީ ވަހީދުގެ އެންމެ ބޮޑު އެއް ސިފަ. ދެވަނަ ކަމަކީ ގިނަ ބަޔަކު ގޮވައިގެން އުޅުއްވަން އެނގިވަޑައިގަތުން. ތިން ވަނަ ކަމަކީ މަޝްވަރާކުރައްވައިގެން ކަންކަން ނިންމެވުމުގެ އުސޫލު،" ވަހީދުގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަވަމުން، ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވި ގޮތް، ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އަދި އެތެރޭގެ ހާލަތުގައި ވެސް އޮތީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އެކަމަކު އދ. އާއި ކޮމަންވެލްތު ފަދަ ޖަމާއަތްތަކުގެ އެހީތެރިކަމާ އެކު، ހުރިހާ ކަމެއް ވެސް ވަހީދު ކުރިއަށް ގެންދެވީ ވިސްނުން އިސްކުރައްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެ ސިފަތައް ވަހީދަށް ލިބިވަޑައިގަތީ އދ. ގައި އެ އަދާކުރެއްވި މަސައްކަތްތަކުގެ ސަބަބުންހެން. އެހާ ހަލަބޮލި ދުވަސްވަރެއްގައި ވެރިކަން ކުރެއްވުނީ އެ ކެތްތެރިކަން ހުރީމާ."

އެކަމަކު ފެބްރުއަރީ 7 ގެ ހާދިސާއާ މެދު އުފެދޭ ސުވާލުތައް ގިނަ އަދަދެއްގެ ރައްޔިތުންގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ އެވެ. އަދި އެއީ ސިޔާސީ ހަލަބޮލިކަމުގައި ވެރިކަމެއް ބަދަލުވެގެން ދާއިރު ދުނިޔެ ދައްކާ އެއް ހަގީގަތެވެ. އެހެންކަމުން ވަހީދުގެ ރަނގަޅު ސިފަތައް އެއް ބަޔަކު ފާހަގަކުރާ އިރު، އެމްޑީޕީގެ ތާރީޚުގައި އެމަނިކުފާނުގެ ނަންފުޅު އޮތީ ކިލަނބުވެފަ އެވެ.

40 ކޮމެންޓް, 130 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 2%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖައިސާމް

12 November 2018

ވަހީދަށް ލިބުނު 5 ޕަސެންޓުން ވަހީދުގެ އަމަލަށް ރައްޔިތުންގެ ހުކުމް އިއްވި.

The name is already taken The name is available. Register?

އާރިފާ

12 November 2018

ނޯ ޗޮއިސް...

The name is already taken The name is available. Register?

ބުރުމާ ބޮއްކުރާ

12 November 2018

މަށަށްފެންނަނީ ރައީސް ވަހީދުއާ އުމަރާ ބޯފަން އަބްޅޯ އާ ސޭޚު މުހައްމައިދިއާ މާސް ސަލީމުވެސް ޖޭޕީ އާ ގުޅިގެން އަނެއް ބަޣާވާތަށް ދޮންކުރަން. ފެބްރުއަރީވެސް ދުރެއްނޫނެއްނު އެހާތަނަށް "ބާޣީޓީމް" ވެސް އޮންނާނީ ޖޭޕީ ގަ ހަމަވެފަ.

The name is already taken The name is available. Register?

ޒައިޝް

12 November 2018

ވަހީދުއެއް ނޫން ބަޣާވާތްކުރީ. ކައިރީގަ އުޅުނު މީހުން. ހަމަ ތިކިޔާ ލީޑަރުން. މައުމޫނު، ގާސިމް، އުމަރު ނަސީރު. ނިހާނު އާއި މަހްލޫފުވެސް އެކަމުގައި ނުބައި ރޯލެއް ކުޅުނު

The name is already taken The name is available. Register?

ދީދީ

12 November 2018

ވަހީދު ހިންގި ބަގާވާތް ވައިޓު ވޮޝް ކުރަން ނަހަދާ، މީ އެންމެންގެ ކުރިމަތީ ހިންގިކަމެއް.

The name is already taken The name is available. Register?

ފެންވަރު

11 November 2018

އެހެންވީމަ 08 ފެބްރުއަރީ 2012 ގައި ކާކުގެ ވެރިކަމެއްގަތޯ ފުލުހުން ނުކުމެ ރައްޔިތުންނަށް އެވަރަށް އަނިޔާކުރީ؟؟!!

The name is already taken The name is available. Register?

ކިޔުންތެރިއެއް

11 November 2018

ބަގާވާތެއްގެ ވެރިކަމެއްގެ ދައުރެއްދޯ

The name is already taken The name is available. Register?

ގޮސްގޯސް

11 November 2018

ރަގަޅެވެ. ވަހީދަށް ވެރިކަން ލިބުނީ ނަޝީދުގެ ދައުރުގެ މެދުތެރެއިންނެވެ. އެއީ އިންތިހާބަކުންނޫނެވެ. ލިބުނީ ޑިފޯލްޓް ވެރިކަމެކެވެ. ނަމަވެސް ދައުރަކީ ރައީސް ނަޝީދުގެ ދައުރެކެވެ. ހިންގަންވާނީ ރައީސް ނަޝީދުގެ ސިޔާސަތެވެ. އެހެންވީމާތާ 2 އަހަރުފަހުން އައު އިންތިހާބެއްބޭއްވީ! ނަމަވެސް ވަހީދުއައިސް މުޅީން އައު ދައުރެއްގެ ބައްޓަމަށް ހުރިހާ ކަމެއްކުރީ! ސިޔާސަތާއި ވަޒީރުންވެސް ބަދަލުކުރީ! މިއީ ގާނޫނީ ދައުރެއްގެ ތެރޭން ވަހީދު ހެދި ގޯހަކީ! ނިކަން ވިސްނާ!!!

The name is already taken The name is available. Register?

ގަޓް ބްރޯ

11 November 2018

ފެށޭ އާ ވެރިކަމުގަ ޑރ. ވަހީދުގެ ބަޣާވާތުގެ މައްސަލަ އަލުން ބަލައި ގައުމާ ރައްޔިތުންނަށް ލިބުނު ހުރިހާ ގެއްލުމެއްގެ ބަދަލު އެކަމުގެ ބައިވެރިން އަތުން ނެގެންޖެހޭނެ. އެކަމުގެ ބައިވެރިން ކޯލިޝަން ތެރޭ ތިއްބަސް ކުށްވެރިވާނަމަ އަދަބުދޭންޖެހޭނެ. ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމަކީ އެއީ.

The name is already taken The name is available. Register?

ވާލުސޮރު

11 November 2018

ދިވެއްސެއްގެ ހައިސިއްޔަތުން މަގޭ ނަޒަރުގަވެސް 7 ފެބްރުއަރީ 2012 ގެ ބަޣާވާތް އޭރުގެ އިދިކޮޅުމީހުންނަށް ކާމިޔާބުކޮށްދީ ގައުމު ބޮޑު މުސީބާތެއްގެތެރެއަށް ވައްޓާލީ ރައީސް ޑރ. ވަހީދު އެވެ. ޙިލާލީގޭގަ އުމަރު މެންނާ ބައްދަލުކުރި ރޭ ވަރަށް ފާޅުގަ އެމްޕީ މުސްތަފާ މީޑިއާގަ ބުނެފަވާގޮތަށް އެރޭ ވެސް ޑރ. ވަހީދު ހިންގީ ބަޣާވާތެކެވެ. އެކަން އެރޭ މުސްތަފާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން ދުރާލާ ފިޔަވަޅު އެޅިނަމަ އެ ބަޣާވާތުން ސަލާމަތްވެވުނީހެވެ.

The name is already taken The name is available. Register?

1828

11 November 2018

އޭރެއްގެ ރައީސް އާއި ނައިބު ރައީސަށް އިދިކޮޅުގައި ތިބި ބަޔަކު ބައްދަލު ކުރަން އެދުމުން އެކަމަށް ދެކޮޅު ހަދާ ވެރިއަކީ، ވެރިކަމަށް ކުފޫ ހަމަވާނެ މީހެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454