ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެކަނބަލުން ދިއްދޫ އަށް ވަޑައިގަތުމަށް މަތިންދާބޯޓުގައި.
09 ނޮވެމްބަރ 2018 - 14:37
ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ލާފައި ވަނިކޮށް، ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު މި މަހު ރާއްޖެ ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑުއަސް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ހއ. ދިއްދޫއަށް ފުރާވަޑައިގެންފި އެވެ.
ނަޝީދަށް ތާއީދު ބޮޑު އައްޑޫ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ މަނިކުފާނު މާލެ ވަޑައިގަތީ ރޭގަ އެވެ.
ރައީސް ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުން ދިއްދޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރެވެ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ. މަތިންދާބޯޓުގައި ހަނިމާދޫ އަށް ވަޑައިގަންނަވާއިރު އެ ރަށުން މަރުހަބާ ކިޔުމަށާއި ދިއްދޫން މަރުހަބާ ކިޔުމަށް އެ ދެ ރަށް ވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
ނަޝީދު ދިއްދޫއަށް ވަޑައިގެން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮންނާނީ ބަނދަރުގައި ހަދާފައިވާ "ޖަޒީރާ ޕާކް" ހުޅުވުމެވެ. އޭގެ ފަހުން ސަޕޯޓަރުންނާ ވާހަކަ ދައްކަވާނެ އެވެ. ރައީސް ނަޝީދާއި ޓީމަށް ދިއްދޫ ރައްޔިތުން ދޭ ޖާފަތެއް މިރޭ އޮންނާނެ އެވެ.
ނަޝީދު މާދަމާ، ދިއްދޫގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި ރަށު ކައުންސިލާ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ މެންދުރު އެވެ.
ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް ނަޝީދުގެ މައްޗަށް އިއްވި އެވެ. ނަމަވެސް ބޭރަށް ވަޑައިގެން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ އެ ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން އަލުން ބަލަން ނިންމައި ހުކުމް ތަންފީޒުކުރުން ފަސްކުރަން ނެރުނު އަމުރަކަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ރާޖާ
10 November 2018
މަހީކުރީ މިބޭފުޅާ އުތުރަށް ވަޑައިގަންނަވާނީ އަނގަމަތި މަސްދޯންޏެއްގައި އެއްރޭ މެންދަމު ފުރައިގެން އެރޭ ދޯނީގައި ނިދާފައި އަނެއް ދުވަހު ހަވީރު ކަމަށް.
ސަޓޯ ދި ރޮޑިރިގޯ
10 November 2018
ހަޖަމްކުރޭ
އިހުސާނާ
09 November 2018
މިފަހަރު ކުރިން ހެދިހެން ދިއްދޫ މީހުންނާއި އަރައިރުން ނުވައްޗޭ.
އަލިފް
09 November 2018
ރައީސް ކަމަށް ކެމްޕޭން ކުރަނީއެވެ.
ދަލޭކަ
09 November 2018
ކުރިން ގިނިކަންޏާ. މިހާރު ދެކަނބަލުން.
ޢެޓޮމް
09 November 2018
މިމީހާއަކީ ވަރުބަލިވާނެ މީހެއްނޫން. ދިއްދޫ ރައްޔިތެއްް
ކިއްލިބާޝާ
09 November 2018
އައްޑޫގާ ދެއްކިކަހަލަ މޮޅުވާހަކަ ދިއްދޫގާ ނުދައްކާނެކަމަށް އުންމީދުކުރަން.
ޢަލީ ރާޖާ
10 November 2018
އައްޑޫގައި ވިދާޅުވީ އައްޑޫ ތަރައްޤީ ނުވެ އެހެން ތަނެއް ތަރައްޤީ ނުވާނެޔޭ. ދިއްދޫގައި ވިދާޅުވީ ރަށު އޮފީހަށް މަސްއެޅުމަކީ ވަރަށް ފައްކާ ކަމެކޭ. މާލެ ދަންޏާ އެއްރޭ ތަންމަތި ބަނދެގެން ދޯއްޏަކަށް އަރާށޭ، އަނެއްދުވަހު ދެވޭނެޔޭ މާލެއަށް. 50 ރުފިޔާއިން ވާނެޔޭ.