ރައީސް ނަޝީދާއި މެމްބަރު ލަތީފް ދިއްދޫގައި.
10 ނޮވެމްބަރ 2018 - 19:31
ކުރިއަށް އޮތްތަނުގައި ދެމި ހުންނަވާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައި ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގެންނެވި ލަތީފް ވަނީ އިއްޔެ ރައީސް ނަޝީދު ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އިސްކޮށް، އުޅުއްވައިފަ އެވެ.
ލަތީފް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. މަޖިލީސް އިންތިޚާބަށް ވެސް ގުޅިފައިވާ ޕާޓީތަކުން އެކުގައި ވާދަކުރަން ނިންމާފައިވާތީ، އޭނާގެ ދާއިރާ އިން ވެސް ޕާޓިތަކުގެ ނިންމުމަށް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
"ކޯލިޝަންގެ ނިންމުމަށް އަޅުގަނޑު އިހުތިރާމު ކުރާނަން. އެގޮތަށް އަމަލު ކުރާނީ،" އެމްޑީޕީގެ ސަޕޯޓް، ބޮޑު ދިއްދޫ ތަމްސީލްކުރައްވާ މެމްބަރު ލަތީފް ވިދާޅުވި އެވެ.
ލަތީފާއި ނަޝީދު: ދިއްދު އަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އަރިހުގައި އިސްކޮށް އުޅުއްވީ ލަތީފް.--
މަޖިލީސް އިންތިޚާބަށް ނުކުމެވަޑައިގަންނަވާނީ އެމްޑީޕީގެ ޓިކެޓުގައިތޯ ސުވާލު ދެންނެވުމުން، ލަތީފް ވިދާޅުވީ އެ ޕާޓީ އަށް ސޮއި ނުކުރައްވަންވީ ސަބަބެއް ނެތް ކަމަށެވެ. އެކަމަކު ނުކުމެވަޑައިގަންނަވާނީ އެ ޕާޓީގެ ޓިކެޓުގައި ކަމެއް ސީދާ ވިދާޅެއް ނުވެ އެވެ.
ޕީޕީއެމްގައި ހުންނަވައި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވަން ފެއްޓެވުމުން، ގޮނޑި ގެއްލުވައިލި 12 މެމްބަރުންގެ ތެރޭގައި ލަތީފް ހިމެނެ އެވެ. ގޮނޑި ނުގެއްލޭ ކަމަށް ދޮޅު އަހަރަށް ފަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހު އެވެ. އެ މެމްބަރުން ގެންދަވަނީ ޕްރައިމަރީއަކާ ނުލައި އެ ދާއިރާތަކުގެ ޓިކެޓް ދިނުމަށް އެދެމުންނެވެ. އެކަން ވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ.
ލަތީފް، ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 2013 ވަނަ އަހަރު ވެރިކަން ކާމިޔާބު ކުރެއްވި ކޯލިޝަންގެ ކެންޑިޑޭޓް، ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަހުމަދު ސަމީރާ ވާދަކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ.ލަޠީފް
11 November 2018
ލަތީފޫ، މިހާރު އަހަރެންވެސް، ހަސަނުވެސް، ހުސޭނުވެސް، އަހުމަދުވެސް، މުހައްމަދުވެސް އެމްޑީޕީ އާ އެއްކޮނޭ.
ލަތީފް
11 November 2018
މަރުވެދާނީވެސް އެ ދެމީހުނާއެކު.
މަންޑޭލާ
11 November 2018
މިފަހަރު މިމީހާ ނޮހޮވާނަން.
ޝޮކްތެރަޕީ
11 November 2018
ކަލޭމެން މި ޤައުމު ދެކެ ލޯބިނުވެ ލާރިދެކެ ލޯބިވަނީ.
ޣައްދާރު
11 November 2018
.މައުމޫނަށް ލަނޑު ދީފާ ބެޗީދޯ ތި މީހުންގެ އިޚްލާޟްތެރި އެބަ ފެނެއެއްނޫން ނާގާބިލު ބައެއްތީ ދެންތިބި މީހުންވެސް ވަރަ ފަޅައިގެން އުދުއްސައިގަންނާނެ ކޮއްމެ ތަނެއްގާ ވެސް ފަސާދަ އާއި ފިތުނަ އުފައްދާފަ ބަޗާނީ.
ނަޑަރުބޭ
10 November 2018
އަޅުގަނޑައެންގޭ އެއްޗަކީ އަންނި ވަރައްގިނަ ކަންތަކާ ހިތްހަމަނުޖެހި ކޯފަވެގެންކަން އެންމެ ބޮޑުމައްސަލައަކީ ޕާޓީގެ ނިންމުންތަކާ މެމްބަރުން ދެކޮޅުހެދުމާ ބޭކާރު ހަދަދުކޮއް ޕާޓީން އެފައިސާ އައް އެދުމާ ގިނަމަގާމުތަ ކައް އެދުމާ އެއަރޕޯޓާރ ބިންހިއްކުމައް އެދުމެވެ. ޢަދި ކޯލީސަނައް ނުދީ މަޖިލިސް ގޮންޑިއައް ފައިވިއްދައިގެން ގޮތްދޫ ނުކޮއްބަޔަކު ތިބި ތިބުމަކީވެސް އަންނި ހިތްހަމަ ނުޖެހި ގެންދިޔަކަންތަކެކެވެ މާގިނައިން ފޯނުކޯލު އަންނިޔައް ކުރާމައްސަލަވެސް ވެއެ
ތުނބުޅި
10 November 2018
ބަލަ ލަޠީފުގެ ކަރަޕްޝަނުގެ މައްސަލައެއް އޮތްތޯ ޔާމިނުވެސް އަތް ފުނާ އަޅައިފިއޭ. ނުފެނުނޭ. ފެނުންނަމަ ލަޠީފު ވެސް ނެރޭނީ މައުމޫނާއި އެކު ޖަލުން.ލަޠީފު އަށް ލިބުނު އެއްޗެއްވިއްޔާ ދިއްދޫ ދަރިންނަށްވެސް ދީގެން ކެއީ.
ގުޑުގުޑާ ދަލޭކަ
10 November 2018
ރައިސްޔާމީނާދެކޮޅައް ނިކުމެ އެމްޑީޕީއާއެކު އިހުލާްސްތެރި މަސަކަތްތަކެއްކޮއް ވެރިކަން ހޯދާދިނީމަ މަޖިލިސް ޓިކެޓް ނުދޭން އެމްޑީޕީން ދެކޮޅުހެދުމަކީ ކޯލީސަނައް ހަލާކުކޮއްލައި ނިކަމެތި ކޮއްލައި ވެރިކަން އަމިއްލަކޮއް ވެރިކަމުގެ ތެރޭން ދެންތިބި މެންބަރުން ބޭރުކޮއްލުމައް ރާވާ ރޭވުންގަންޑެކެވެ.
އަހްމަދު
10 November 2018
ލަތީފް ހޮވުނީ އަމިއްލަ ގޮތުން ކުރިމަތި ލައިގެން، ދެން އޭރު އޮތް ޕޕމ ސަރުކާރާ ގުޅުނީ، ދިއްދޫ އަށް އެންމެ ފަސޭހައިން ކަންތައް ކޮށްދެވޭނެ ގޮތަކީ އެއީ ވީމަ، އޭރުނޭގޭ ޔާމީނު ރައްޔިތުންނަ ކަންތައްކުރާގެ ގޮތެއް، ފަހުން ފަހުން އަިސް، ޕޕމ އިން ނުރަނގަޅުގޮތުގަ ކަންކަން ކުރަންފެށީމަ އެކަމާ ދެކޮޅަށް ބަސްބުނެ އެންމެ ފަން މާގޯސްވީމަ އަމިއްލަަައަށް ވަކިވީ، އެއީ ރަނގަޅުގޮތް ހޮވުނީ އަމިއްލަައަށް އެއަށްފަހު ބަޔަކު ކަންތަން ނުރަނގަޅުގޮތުގަ ކުރާނަމަ ހުރެގެން ނުވާނެ
ކުޑަކެކުރި ބޮޑު ކެކުރި
10 November 2018
ތިވަރުގެ އިހުލާސް ތެރިއަކައް އެމްޑީޕީގެ މަޖިސްޓިކެޓް ނުދޭންވި އެއްވެސް ސަބަބެއެއްމެތް
ދިއްދޫ އިއްބެ
10 November 2018
ވޯޓުދޭނީ ތަރައްގީ ކަށަޗަރަށް