ރިޕޯޓް / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން: ޚުދުމުޚުތާރުކަމުގައި ދިގު މުއްދަތެއް

ނާސިރު ދައުރުގައި މައުމޫން އަރުވާލި ހދ. މަކުނުދުއަށް އެމަނިކުފާނުގެ ވެރިކަމުގައި ވަޑައިގެން، ރައްޔިތުންނާ ސަލާންކުރައްވަނީ

11 ނޮވެމްބަރ 2018 - 08:09

39 comments

ޖޫން 9، 2004 ގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާ، ނުރަސްމީކޮށް، ރައްޔިތުންނަށް އިއުލާން ކުރެއްވި އިރު ރާއްޖޭގެ ވެރިކަމުގައި 25 އަހަރު ހޭދަކުރައްވައިފަ އެވެ. އެއީ ޚުދުމުޚުތާރު ސިފަތައް ގިނަ ވެރިކަމެކެވެ. އެ ޚުދުމުޚުތާރުކަން މައުމޫނަށް ލިބިވަޑައިގަތީ އޭރުގެ ގާނޫނުއަސާސީންނާއި ވެރިކަން ދަމަހައްޓަވަން ގެންގުޅުއްވި ޑިމޮކްރެޓިކް އުސޫލުތަކާ ދުރު ސިޔާސަތުތަކުގެ ސަބަބުންނެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ފާޑުވިދާޅުވެގެންނާއި ސަރުކާރާ ދެކޮޅު ޚިޔާލުގެ ސަބަބުން ދެ ފަހަރެއްގެ މަތިން ޖަލަށް ލި މައުމޫން، ރާއްޖޭގެ ރައީސްކަމާ 1978 ގައި ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމެއްގެ ގޮތުގައި ވިދާޅުވީ، އޭރުގެ ގާނޫނުއަސާސީ އިސްލާހުކުރުމެވެ. ނަމަވެސް އެކަން ކުރެވުނީ 17 އަހަރު ފަހުން 1997 ގަ އެވެ. އެއީ ފަސް ވަނަ ދައުރަކަށް 1998 ގައި ރައީސްކަމަށް ކުރިމަތިލެއްވުމުގެ ސިޔާސީ އުކުޅެކެވެ. އެހާ ދިގު މުއްދަތެއްގައި ހެދި ގާނޫނުއަސާސީ އަކީ، އިލްމީ ގޮތުންނާއި ހޭލުންތެރިކަމުގެ ގޮތުން ކުރިއަރަމުން އަންނަ ގައުމަކަށް ކަމުދާ އެއްޗެއް ނޫންކަން ސާބިތުވީ، އޭގެ ފަސް އަހަރު ފަހުން، އެރޭ ރައްޔިތުންގެ ކުރިމައްޗަށް އަރައިވަޑައިގަތުމުންނެވެ.

އޭރު ރައީސް މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ ބަޔަކު "ހުޅު ޖަހައިފި" އެވެ. މާފުށީ ޖަލުގައި ސެޕްޓެމްބަރު 19، 2003 ގައި ހިނގި ހަމަނުޖެހުމުގައި އެތައް ބަޔަކު މަރުވި އެވެ. ސިފައިންގެ ސަބަބުން އުފެދުނު ޖަލުގެ އެ ހަމަނުޖެހުން ވެރިރަށް މާލޭގެ އެތައް ބައެއްގެ ލޭ ކައްކުވައިލި އެވެ. ބައެއް ޕޮލިސް ސްޓޭޝަންތައް ފުނޑުކޮށް، ހުޅު ޖަހައި ހެދުމުން، ގައުމުގެ މިސްރާބު މިހާރު އޮތީ، "މުސްކުޅި ގާނޫނުއަސާސީއަކަށް" އަތުވާނެ ހިސާބެއްގައި ނޫންކަން މައުމޫނަށް އެނގިވަޑައިގަތެވެ.

ވެރިކަމުގެ އުސް އަލިތައް

- ލިޔަންކިޔަން ނުދަތުން ނައްތާލަން އަސާސީ ތައުލީމުގެ މަޝްރޫއު ހިންގި

- ޖީސީއީ އޯލެވެލް އާއި އޭލެވެލް ފެންވަރަށް ރަށްރަށުގައި ވެސް ކިޔަވައިދޭން ފެށި

- ސިއްހީ އަސާސީ ޚިދުމަތްތައް ގިނަ ރަށްރަށަށް ފޯރުކޮށްދިން

- މާލެ ސަރަހައްދުން ބޭރަށް ޓޫރިޒަމް ތަރައްގީކުރި

- ފަނުން ހަދާފައި ހުރި ރަށު ކޯޓުތަކާއި ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކަށް ޒަމާނީ ސިފަ ގެނައި

- ގިނަ ރަށްރަށުގައި ބަނދަރު ހެދި

- ސެޕްޓެމްބަރު 19، 2003 ގައި، މާފުށީ ޖަލުގައި ސިފައިން އަނިޔާކޮށް އަދި ބަޑިޖަހައި، ދިވެހިންގެ ބަޔަކު މަރުވި

- ނޮވެމްބަރު 3، 1988 ގައި، ދިވެހިންގެ ބަޔަކާއި ތަމަޅަ ޓެރަރިސްޓުން މާލެ އަރައި، ހަމަލާދިން. އެ ހަމަލާގައި 19 ދިވެހިން ޝަހީދުވި

- ޒަމާނީ ޑިމޮކްރަސީއަކަށް މަގު ކޮށައިދިން އާ ގާނޫނުއަސާސީއެއް ތަސްދީގުކުރި

އިސްލާހީ އެޖެންޑާއެއް އިއުލާން ކުރައްވައި، ސިޔާސީ ޕާޓީތައް ތަމްސީލު ކުރެވޭނެ، މިނިވަން ޝަރުއީ ނިޒާމެއް އުފެއްދޭނެ، ގާނޫނުއަސާސީ އަކަށް ރާއްޖެ ގެންގޮސް ދެއްވުމުގެ އެއް ބާރަކީ، އާއެކެވެ، ޚުދުމުޚުތާރުކަމާ އެކު 25 އަހަރު ވެރިކަން ކުރެއްވި މައުމޫނެވެ. އެމަނިކުފާނަށް އެ މަޖުބޫރު ހާލަތު ކުރުމަތިކުރުވީ އިދިކޮޅު ފަރާތްތަކެވެ.

ރާއްޖޭގެ ވެރިކަމާ މައުމޫން ހަވާލުވެވަޑައިގަތީ މުޅިން ތަފާތު ދުވަސްވަރެއްގަ އެވެ. އޭރު އެއީ މަސްވެރި ގައުމެކެވެ. ލިޔަންކިޔަން ނޭނގޭ މީހުންގެ އަދަދު އެހާ ގިނަ އެވެ. ބަޖެޓަކީ އެންމެ 38 މިލިއަން ރުފިޔާ އެވެ. ޓޫރިޒަމް ފުޅާވެ، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނީ މައުމޫންގެ ވެރިކަމުގަ އެވެ. ދީނީ އިލްމުވެރިޔަކަށް ވުމުން، ފުރަތަމަ ދެ ދައުރު، މައުމޫނަށް މުޅި ރާއްޖެ ސަނާކިޔެވެ. އޭގެ ކުރިން ވެރިކަން ކުރެއްވި "ރާއްޖެތެރެ"އާ ދުރު ވެރިންނާ ތަފާތުކޮށް، މައުމޫން ދެއްކެވީ ކޮންމެ ރައްޔިތަކާ ވެސް ކައިރި ބޭފުޅެއްގެ މޫނެވެ. އެއީ މީހުން އުޅޭ ހުރިހާ ރަށަކަށް ފުރަތަމަ ވަޑައިގެންނެވި ރާއްޖޭގެ އެންމެ މަތީ ވެރިޔާ އެވެ.

މައުމޫން، މަކުނުދޫގައި ހޭދަކުރެއްވި ދުވަސްތަކުގައި ފޮތެއް ކިއުއްވަނީ

އެކަމަކު އަނިޔާވެރިކަން ހުއްޓުވަން މައުމޫންގެ ސަރުކާރުން ސަމާލުކަމެއް ނުދިނެވެ. ކިރިޔާ ވެސް ޚިޔާލު ތަފާތު މީހަކު ވިއްޔާ ޖަލަށް ލުމާއި، ބަންދުކުރުން ދެމިއޮތެވެ. ޖަލުގައި ދިވެހިންނަށް ކުރާ އަނިޔާތަކުގެ ވާހަކައަށް ދެއްވީ ބީރު ކަންފަތެކެވެ. އެހެންކަމުން އިންސާނީ އެންމެ އަސާސީ ގިނަ ހައްގުތަކަކަށް ސަރުކާރުން އޮތީ އަޅާނުލައި، ޚުދުމުޚުތާރުކޮށް ވެރިކަން ހިންގުމުގެ ފަސޭހައަކަށް ދޫކޮށްލައިފަ އެވެ.

އެކަމަކު އެއީ މުޅި އުމުރަށް ވެރިކަން ކުރެއްވޭނެ ގޮތް ނޫންކަން މައުމޫނަށް ފެނިވަޑައިގަތެވެ؛ ޖަލުން އުފެދުނު ހަމަނުޖެހުމާއި ޖަލުން އޮހޮރުވާލި ލޭގެ ތެރެއިންނެވެ. ޖަލުގެ ހާދިސާއަކުން އުފެދުނު ހަމަނުޖެހުންތަކަކުން މުޅި ސިޔާސީ މަސްރަހު ބަދަލުވި ގައުމެއް، ފަހުގެ ތާރީޚުގައި، ރާއްޖެ ނޫނީ ނެތެވެ.

މައުމޫންގެ 30 އަހަރުގެ ވެރިކަން މިހާރު ލިޔަން ޖެހެނީ ޑިމޮކްރަސީއަށް މަގު ފަހިކޮށްދިން ސަރުކާރެއްގެ ގޮތުގަ އެވެ. ފިއްތުންތަކާއި އާންމުންގެ ޕްރެޝަރު އޮތަސް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތަކަށް ޖާގަ ލިބި، ޒަމާނީ ޑިމޮކްރަސީގެ ސިފަތަކާ އެކު އާ ގާނޫނުއަސާސީއެއް ހެދި، އެ ތަސްދީގުކޮށް، މިނިވަން ފުރަތަމަ ރިޔަސީ އިންތިހާބެއް ބޭއްވީ އެމަނިކުފާނުގެ ވެރިކަމުގަ އެވެ. އެހެންކަމުން ޚުދުމުޚުތާރުގެ ސިފަތަކުން ފޮރުވުނު ދިގު ވެރިކަމުގެ ފަހު ފަސް އަހަރު ރައްޔިތުންނަށް ފެނުނީ، ސިޔާސީ ގޮތުން ރާއްޖެ ހުޅުވުނު ތަނެވެ. މައުމޫންގެ މުޅިން ތަފާތު މޫނުފުޅެކެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ މައުމޫން ބައްދަލުކުރައްވަނީ: ސިޔާސީ ތަފާތު ފިކުރުގެ ބޭފުޅުންނާ އެކު އުޅުއްވަން އެނގިވަޑައިގަންނަވާ

އުމުރުފުޅުން 40 އަހަރުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި މައުމޫނަކީ ޚިޔާލު ތަފާތު މީހުންނާ އެކު މަސައްކަތްޕުޅު ކުރެއްވޭނެ ބޭފުޅެއްކަން މިހާރު އެނގެ އެވެ. އަދި ސިޔާސީ ކަންކަމުގައި ގަބޫލުފުޅުކުރައްވާ ހަމަ، އުމުރުފުޅުން 80 އަހަރުގައި، ޖަލަށް ލިޔަސް ނުގުޑާނެކަން ވެސް ސާބިތުކޮށްދެއްވި އެވެ. އެހެން ނޫން ނަމަ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ނިމުން އައި އެއް ސަބަބަކަށް އެމަނިކުފާނު ނުވީހެވެ.

ސަރުކާރާ ދެކޮޅަށް ކުރަން ފެއްޓެވި މަސައްކަތްޕުޅަށް ކެތްނުކުރެއްވިގެން ރައީސް ޔާމީނަށް އޮތް އިޚުތިޔާރަކަށް ވީ މައުމޫން ޖަލަށް ލެއްވުމެވެ. ރިޔާސީ އިންތިހާބުގެ ކުރިން އެކަން ވި އެވެ. އެކަމަކު މައުމޫން ހައްޔަރުކޮށް ޖަލަށް ލުމަކީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ވެއްޓުމެކެވެ.

އެމަނިކުފާނު ދެކެ ލޯބިވާ މީހުން ގިނަ ފަދައިން ރުޅިއަންނަ އާބާދީ ވެސް ކުޑައެއް ނޫނެވެ. އެކަމަކު ހަގީގަތަކީ މައުމޫން ފަދަ ސިޔާސީ ލީޑަރުން ފެންނާނީ ވަރަށް މަދުން ކަމެވެ.

39 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ބޮޑުގޮހޮޑާ

20 January 2019

‫މިއާރޓިކަލް ކިޔާނިމުނު އިރުވެސް ލުޔުންތެރިޔާ ބުނަންއުޅޭ އެއްޗެއް އަދިދޭން ބޭނުންވި މެސެޖެއް ސާފެއްނުވޭ.

The name is already taken The name is available. Register?

ކޮބާ..ކޮބާ

12 November 2018

ނޮވެމްބަރު 3 އެއީ މަނިކުފާނު މެން ހަމަ ބިމަށް ބޭލުނު ދުވަސްްް.. ސާބަހޭ އެދުވަހުގެ ހިތްވަރުގަދަ ދިވެހި ދެދަރިން.. އާނ ދޮގޭ ކިޔާފަ ދެންވެސް ބެލީ، ވަރުގަދައަށް ގަނޑުވަރު އަޅާ ބަޑި ދޮރުތައް ކަނޑާ، އަޑިން ބިންގަރާސް ހަދާ، .ދުވަހަކުވެސް ތިމާ މީހާ އާއި ކައިރި ނުވެވޭނެ ގޮތް ހަދައިގެން އަނިޔާ ވެރިކަން ދެމެހެއްޓޭތޯ ބެލުން...އަންނި ކަހަލަ ހިތްވަރު ހުރި މީހުން ތަދުވެ ގަދަކަމުން ބޭލި މީހެއް ތިޔައީ...

The name is already taken The name is available. Register?

ސަރީފު

12 November 2018

ފެންވަރުގެ ގޮތުން މި އާރޓިކަލް އެހާ ރަނގަޅެއް ނޫން. ފެށުމާއި ނިމުމެއް ދިމައެއް ނުވޭ.

The name is already taken The name is available. Register?

ހުސެއިން

12 November 2018

އަސްލު މައްސަލައަކީ މައުމޫނު ވެރިކަމަށް އައިސް ރާއްޖޭގެ މީހުންނަށް ކިޔަވައިދިނީމަ. ކިޔަވައި ނުދިންނަމަ ވެރިކަންކުރަން 30 އަހަރު ކީއްކުރަން 100 އަހަރުވެސް މައުމޫނަށް ލިބުނީސް. އެންމެނަށް ހަމަހަމަކޮށް ތާލީމާއި ތަމްރީނު ދީ ހެދީމަ ވީގޮތަކީ މައުމޫނު ހީކުރި ވަރަށްވުރެ ދިވެހިން ކުރިއަރައިގެން ގޮސް މައުމޫނަށް އަތުނުވާ ހިސާބަށް ދިޔައީ.

The name is already taken The name is available. Register?

އައްޒާމް

12 November 2018

ތިހެނެތްވެސް ނުވީސް ރާއްޖޭގައި ކިރިޔާވެސް ފައިސާއެއް ލިބޭމީހަކު އެމީހުންގެ ދަރީންނައް ކިޔަވާދޭން ރާއްޖޭން ބޭރައްވެސް ފޮނުވައެވެ، ހަމަ ރާއްޖެތެރޭންވެސް މާލެ ގެންނަ ފަދައިންނެވެ. އެހެންކަމުން ކިޔަވައިގެންތިބި ގައުމާދޭތެރޭ ވިސްނާބައިވެސް ދިޔައީ ގިނަވަމުންނެވެ. އެހެންކަމުން މައުމޫން އަށް ކެތްނުކުރެވޭ ހިސާބައް ގައުމުދާން މާގިނަދުވަހެއް ނުނަގާނެކަން އެއީ ކަށަވަރުކަމެއް، މައުމޫނުގެވެސް ބަލި ފަޔަކީ ކޮރަޕްޝަން ...

The name is already taken The name is available. Register?

ގުއިރޯނު

12 November 2018

މިލިޔުން ކިޔާ ނިމުނުއިރު ސުރުޚީގައިވާ އެއްޗަކާ އޭގެ ދަށުން ލިޔެފައިވާ އެއްޗަކާ ދިމާކުރާކަށް މަށަކަށް ނޭނގުނު.

The name is already taken The name is available. Register?

އަކމެޑް

12 November 2018

މައުމޫނު ކުރީ ރަނގަޅަށް. އޭގެ ފަހުން މިދިޔަ 10 އަހަރުގެ ހާލަތު މާގޯސް

The name is already taken The name is available. Register?

ކައުންސެލަރު

11 November 2018

ފަހަރެއްގާ މަށަށްނުވިސްނެނީ ކަންނޭނގެ. އެކަމަކު މިހާރުގެ ތިޔަކިޔާ މޮޅުޑިމޮކްރަސީއަށްވުރެ 100 އިން 100 "ތިޔަބުނާ ޚުދުމުޚުތާރު" ކަންވެސް މަށަށްމާރަނގަޅު. ޑިމޮކްރަސީގެ މާނައަކީ މަށަށްހީވާގޮތުން ތަޅާފޮޅުމާ، މުޒާހަރާކުރުމާ، ދެއިރު ދެދަޅައަށް ރައީސުން ބަދަލުވުމާ/ބަދަލުކުރުމާ، ޢަދަދެއް ނެތްވަރަށް މިނިސްޓްރީތައްހެދުމާ، ތިމާގެ ޕާޓީއަށް ވަލުދޮރޯށިން މީހުންވެއްދުމާ، ލެއްވިހައި ނުބައިކަންކަމަކީ އިންސާނީ ހައްޤުކަމަށް ހެދުމާ.... އަދިވެސް އަދިވެސް. މީދޮގެއްބާ؟

The name is already taken The name is available. Register?

ވިސްނަވާ

11 November 2018

ރުޅިއަންނަމީހަކުރުޅިއަންނަންވީ ރައީސް މައުމޫން އެއީ މިޤައުމު މިހާރު މިދެކޭތަރައްޤީގެބާނީ މުޅިރާއްޖޭގެ ކޮންމެދިމާއަކައްބެލިޔަސް ފެންނާނީހަމަ މައުމޫންގެންނެވިތަރައްޤީ މާލެ ދަތުރުކުރާ ބައްތެލި ބޮޑަތިބޯޓުފަހަރައްވެ ފަތިހުގޮވާހާލާއެކީފުރާ މަސްވެރިން ހެނދުނުމަހައްފުރުން ވެރިކަންކުރާމާލޭގަ ކަކޫތާފެނުގައި ހިނގި ހިނގުން ހުއްޓި ގާއެޅި މަގުތަކުގަހިގޭގޮތައްބަދަލުކުރުން ތަޢުލީމް ފުޅާކުރުން މީއެއްނޫންތ ތަރައްޤީއަކީ

The name is already taken The name is available. Register?

ދައިތަ

11 November 2018

ޢިސްލާހީ އެޖެންޑާގެ ދަށުން ޤާނޫނުއަސާސީ އެކުލަވާލިއިރު އިންތިޤާލީ ބާބުގައި ޖެހި މަޅިތަކުން އަދި އެ މަރުހަލާގައި ރޭވި ނުބައި ރޭވުންތަކުގެ ސަބަބުން އެކަމުން އަރައިނުގަނެވި 7 ފެބްރުއަރީގެ ބަޤާވާތް ގެނައީ އަދި ޔާމީނުގެ ނުބައު ވެރިކަން ދަމަހައްޓަން ފުރުސަތު ލިބުނީ

The name is already taken The name is available. Register?

ޙަރިސަ

11 November 2018

ތިޔަ މއުމޫނު ވރިކަމުން ބޭލީވެސް ގަދަ ކމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454