ގާސިމް މިއަދު މަޖިލީހުގެ ރިޔާސަތުގައި. - ފޮޓޯ: ނިހާން
12 ނޮވެމްބަރ 2018 - 11:39
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ "ހުވަފެން" ހަގީގަތަކަށް ހައްދަވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަޖިލީހުގެ ރިޔާސަތަށް މިއަދު ވަޑައިގެންފި އެވެ.
ގާސިމަކީ މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ހާއްސަ މަޖިލީހުގެ ރައީސްކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި ބޭފުޅެވެ. އެމަނިކުފާނު މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 18 އަހަރުވީ އެވެ.
ގާސިމް، ހާއްސަ މަޖިލީހުގެ ރައީސް ކަމުން ވަކިވެވަޑައިގަތް ފަހުން ވެސް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރެއްވި އެވެ. އެކަމަކު، އެމަނިކުފާނަށް އެކި ގޮތްގޮތުން ކުރިމަތިވެވަޑައިގަތް ހުރަސްތަކާ ހުރެ، އެ މަގާމަށް ވާދަކުރެއްވޭ ގޮތެއް ނުވީ އެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް "މިހާރު" އަށް މިއަދު ވިދާޅުވީ 2014 ވަނަ އަހަރު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ގާސިމް މަސައްކަތް ކުރެއްވުމުން، އެކަމަށް ހުރަސް އެޅުއްވީ އޭރު ގާސިމާ އެކު ކޯލިޝަން ހެއްދެވި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ކަމަށެވެ. އަދި ޕީޕީއެމުން ގެންނަން ބޭނުންވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާސިމް އެފަހަރު ނިންމެވި ރައީސް ކަމަށް ކުރިމަތިލައްވަން. އެކަމަކު، ކޯލިޝަންގެ އެހެން ޕާޓީތަކުގެ ބޭފުޅުން (ޕީޕީއެމް/އެމްޑީއޭ) ބޭނުން ނުވީ ގާސިމް ގެންނަން. އެ ހިސާބުން ގާސިމް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރެއްވި އުންމީދު ދޫކޮށްލައްވާފައި،" އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅާ ވިދާޅުވި އެވެ.
ނަމަވެސް، 51 މެމްބަރުންގެ ސޮޔާއެކު، މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، މަސީހް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވަން އުޅުއްވާތާ ހަތަރު އަހަރު ފަހުން ވަނީ އެ މަގާމަށް މިއަދު ވަނީ ވަޑައިގެންފަ އެވެ.
މީގެ ފަސް އަހަރު ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި، ރައީސް އަބްދުﷲ ޔާމީނާ ބައިއަތު ހިއްޕެވި ގާސިމް، 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި ނުކުމެ، ކޯލިޝަނަށް ފަންސާހެއްހާ މެމްބަރުން ލިބުނެވެ.
ކޯލިޝަންގެ އިސް ބޭފުޅާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނާއި ގާސިމާ ދެމެދު މައްސަލަ ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ގާސިމަށް މަޖިލީހުގެ ރައީސް ކަން ނުދިނުމެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނާ ދެކޮޅަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ކޯލިޝަނެއް ހެދި އެއް ސަބަބަކީ ވެސް ގާސިމް މަޖިލީހުގެ ރިޔާސަތަށް ގެނައުމެވެ. އެގޮތުން، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތިން ފަހަރަށް މަޖިލީހަށް ވެއްދީ ވެސް އެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، ގާސިމް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް މިވީ އެތައް އަހަރެއް ފަހުން. އެމަނިކުފާނު ބޭނުންފުޅު ވަނީ އިންސާފުވެރި ކަމާއެކު މަޖިލީހުގެ ކަންކަން ކުރިއަށް ގެންދިއުމަށް،" އެބޭފުޅާ ވިދާޅުވި އެވެ.
ގާސިމް މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ، މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ގާސިމް ރައީސް ކަމަށް އައްޔަން ކުރަން 62 މެމްބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ގާސިމް ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް މަޖިލީހުގެ ރައީސް ކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފަ އެވެ.
މީގެއިތުރުން، މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބު ކުރައްވަން ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވައިފަ އެވެ. މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެނައުމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އިދިކޮޅު މެމްބަރުންގެ އިތުރުން ޕީޕީއެމްގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބުވެވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ވާދަކުރައްވައި 46 މެމްބަރުންގެ ވޯޓުގެ ތަފާތުން ކުރި ހޯއްދަވައިގެންނެވެ. ގާސިމަށް 62 ވޯޓު ލިބިވަޑައިގެންނެވި އިރު، އަބްދުއްރަހީމަށް ލިބިވަޑައިގަތީ 16 ވޯޓެވެ.
މަޖިލީހުގެ ރައީސް ކަމުން މަސީހް އިސްތިއުފާ ދެއްވީ، 51 މެމްބަރުން ސޮއި ކުރައްވައި، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ. މަސީހާ ދެކޮޅަށް ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ވެސް ޕީޕީއެމްގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމްނާ
12 November 2018
ތިޔައީއޭ އަސްލު ބޭނުމަކީ. ބޭނުމެއްނޫނޭ...
އަލިކޮ
12 November 2018
މަރުހަބާ ރައީސް ގާސިމް. ލޮލް.
މަހަށްދަގަ.
12 November 2018
އެސޮރު މޮޔަހައްދާފަ އެތާނގަ ބޭންދުން އެއީ އެމްޑީޕީން ޖެހި މަޅިއެއް..ވޯޓެއް ލެވޭނީއެއް ނޫން މެންބަރުންގެ ބެވުމްތަށް ތަހަންމަލުކުރަން އިނދެ ބޯ ގޮވާނެ..
އާދަންބެ
12 November 2018
ގައުމުގަ އޮތިއްޔާ އޮތް ކަމަކަށް ގާސިމް އަތްބާނަން ބޭނުންވާނެ. މުޅި ރާއްޖޭގަ އޮތިއްޔާ އޮތް ފަޅަކާއި ގިރިވެސް ދޭންވީ. ތީ ރަށުގަ ކްރަމްޕީ ވެސް ވިއްކާ މީހެއް.. ދުނިޔެ އަށް ބޫތު ކައި މީހާ ހަލާކުވަނީ.. އަދި އެތަން ފެންނާނެ.
ސުވާލު
12 November 2018
ހުވަފެން ޙަޤީޤަތަކަށް ހެދޭ ވަރަށް ފައިސާ އޮތީމަ ކޮންމެ ކަމެއްވެސް ކުރެވިދާނެ! ރައްޔިތުންނަށް ކޮންމެ ގޮތެއް ވިއަސް ހެޔޮ، ޤާސިމް ބޭނުންވާ ކަމެއް ވީމަ އެވީ! ކިހާ މޮޅު!
އަހުމަދު އިބްރާހިމް
12 November 2018
ތިއީ ހަމައެކަނި މިދައުރުގައި އޮތް ބާކީ ދުވަސްކޮޅަށް ގާސިމް ހައްދާލައިގެން ގެންގުޅެން ހެދި ޑީލް އެއް... މިއަންނަ ދައުރުގައ އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެއްޔާ ގާސިމް އަކަށް މަޖްލިސް ރައީސްކަމެއް ނުދޭނެ... ނަަމަވެސް އެހިސާބުން ގާސިމް ފޫކަހާނެ...
އާދަން
12 November 2018
އަހުމަދު އިބުރާހީމޫ، ތިޔަބޭފުޅާ މުސްތަގުބަލު ބަލަން ތިޔަ ގެންގުޅޭ ވޮށުން މަގޭ މުސްތަގުބަލު ބަލާލަދެވިދާނެބާ. އަހަރެން ވެސް ގިނަ ކަންތައްތަކެއް ބޭނުންވެ ނުވެފަ މިހުންނަނީ. "މެޖޯރިޓީ ލިބިއްޖެއްޔާ ގާސިމް އަކަށް މަޖްލިސް ރައީސްކަމެއް ނުދޭނެ" މިހެން ބުނަން އެނގޭ ބޭފުޅަކަށް އަޅުގަޑުގެ މުސްތަގުބަލުވެސް ކިޔާލަދެވިދާނެކަމުގައި ދެކެން. އަބަދު ގޯސްކުރާވާހަކަ ނުދައްކަބަލަ.
ހިތާދޫ ފޮށާ
12 November 2018
ދެން އަވަހަށް "65 އަރުގެ ގާނޫނު" ބަދަލުކޮށް ރައީސްކަމަށް ފައިނަގާ. ދެން އަނެއްކާ ޖެހޭނީ ބޭހަށް ޖަރުމަނަށް ފޮނުވަން. ދެން އެވީ ހުވަފެން ބިލާހަކަށް ނޫންތަ؟
ހިތާދޫ ފޮށާ
12 November 2018
ދެން އަވަހަށް "65 އަރުގެ ގާނޫނު" ބަދަލުކޮށް ރައީސްކަމަށް ފައިނަގާ. ދެން އަނެއްކާ ޖެހޭނީ ބޭހަށް ޖަރުމަނަށް ފޮނުވަން. ދެން އެވީ ހުވަފެން ބިލާހަކަށް ނޫންތަ؟
އުމަރުބެ
12 November 2018
ގާސިމްގެ ހުވަފެން ހަގީގަތަކަށްވެއްޖެ، 4 ލީޑަރުން ބުނީމަ ހެނދު ހެނދުނާ ތެދުވެގޮސް ވޯޓްފޮށި ފުރާލައި ޔާމީނުގެ އަނިޔާވެރިކަން ނިންމައިފިން، ދެން ކޮބައިތޯ ފުރަތަމަ 100 ދުވަހުގެ ވައުދު؟ ކޮބައިތޯ މުޅި ކެމްޕޭނުގައިވި ވައުދު، ސިޔާސީ ކުއްވެރިން ޖަލުން މިނިވަންވިޔަސް އަދި ނިމުނީއެއްނޫން، ކޮބައިތޯ ނުހައްގުން ކޯޓްތަކުން ނިންމި ވިޔަފާރީގެ މުއާމަލާތްތަށް. އެހެންކަމުން ރައީސް ޔާމީނުގެ މުޅި ދައުރުގެ ވެރިކަން ބަލައި ތަހްގީގުކުރަންޖެހޭ،
ޢާލިޔާ
12 November 2018
އެހެންވި އިރު މި އެގުނު އެއްޗަކީ މަސީހު މަގާމުން ވަކިކުރީ މަހުޖަނަކުގެ އެދުމެއް ފުއްދަދޭން ކަން. ކޮންމެހެން ގައުމަށް ހެޔޮއެދިގެނެއް ނޫންކަން. ސާބަސްފުޅު!
ވަހީދު
12 November 2018
ކޯލިޝަންގެ އިސްމީހަކު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް. މަސީހު ބޭރުކުރަން އެކި ފަހަރުތަކުން މެމްބަރުން މަސައްކަތްކުރީކީ ކޮންމެހެން ގާސިމަށް މަޖިލީހުގެ ރައީސްކަން ހޯދައިދޭކަށް ނޫން. އެއްގޮތް ނޫން އަނެއް ގޮތަކުން ޔާމީން ބޭރުކުރަން. ޔާމީން ބޭރުކުރުމަށްޓަކައި މަޖިލީހުގެ ރައީސް ބަދަލްކޮށްފައި ކޮންމެ މީހަކު ގެންނަންވެސް އޭރު އިދިކޮޅު އެންމެންވެސް ތިބީ ތަޢްޔާރަށް. ޢަދި ޕާޓީތައް ގުޅުނީކީވެސް ކޮންމެހެން ގާސިމް ރައީސަކަށް ގެންނާކަށްވެސް ނޫން. ދޭތެރެނުޖައްސާ