ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑުގެ މަސައްކަތް ނިމިފައި.---ފޮޓޯ: ހައުސިން މިނިސްޓްރީ
12 ނޮވެމްބަރ 2018 - 16:02
ސައުދީ ސަރުކާރުން މާލޭގައި ބިނާކޮށްދޭ ކިންގް ސަލްމާން މިސްކިތުގެ ކޮންކްރީޓް އޮނިގަނޑުގެ މަސައްކަތް ނިމިއްޖެ އެވެ.
ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑު ނިމުނުކަން މިއަދު ހާމަކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ސަރުކާރުން އެ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
އާޓިފިޝަލް ބީޗްގެ އުތުރުން އޮންނަ ބިމުގައި އަޅާ އެ މިސްކިތުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
Raees Yameen binaakuravvamun gendhavaa raajjeyge emme bodu miskiy "King Salman Mosque": structural concrete masakkaithah nimifai. Aa sarukaarun miskithuge masakkai huttaanulavvaa kuriyah gendhevun edhen. pic.twitter.com/wyhWaHOFoj
— Dr.Mohamed Muizzu (@MMuizzu) November 12, 2018
ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ ޓްވީޓް
ހަ ބުރި އަށް ހަދާ އެ މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
- މަލްޓި ޕާޕަސް ހޯލެއް ހުންނާނެ - ގުރުއާނާ ބެހޭ މަރުކަޒު އެ މިސްކިތަށް ބަދަލުކުރެވޭނެ - ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއެއް ހުންނާނެ - ސެމިނާތައް ބާއްވާނެ ކްލާސްރޫމްތައް ހުންނާނެ
އެ މިސްކިތަކީ ޖާގަ ތަނަވަސް އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
13 November 2018
ދެން ކުރިއަށް މިއޮތްތާ ގައި ތަރައްގީއޭ މިކިޔާ އެއްޗެއް ނުފެންނާނެ. ފެންނާނީ ޖަޒީރާވަންތަ މުސްކުޅި ބޯދާ ގޮތްތަކާއި، އެކުވެރިން ކައިނަގާތަަން. އެހިސާބުން ސަހަރޯއޭ ހިތަށް އަރާނެ. އަމުދުން ފެންނާނެ ޔާމީނު ހެދި ދަންޑުތަކާއި ފާލަންތަކާއި ބުރިޖާއި، މަގުތަކާއި ޢިމާރާތްތަކާއި ބަނދަރުތައް މަރާމާތު ނުކުރެވި ވީރާނާ ވަމުންދާތަން. އެކަން ނަޝީދުގެ ވެރިކަމުގައިވެސް ފެނުނު.
ޒަންޖަބީލު
13 November 2018
މުއިއްޒު ނުބުންޏަސް ރާއްޖެއާއި ސައުދީ ސަރުކާރުގެ ޑިޕްލޮމެޓިކް ގުޅުމުގެ ދަށުން ތިމިސްކިތުގެ މަސައްކަތް އާ ސަރުކާރުންވެސް ކުރިޔަށް ގެންދާނެ. ކޮންމެހެން މިއީ ކަލޭމެންގެ ސަރުކާރާއި ކަލޭމެންގެ ރައީސްގެ މޮޅުކަން ދައްކަން އުޅޭނެ ކަމެއްނެތް. ތިއީ ސަލްމާން ރަސްގެފާނު ދިވެހިންނަށް ދެއްވި އެއްޗެއް، އިއްތިފާގުން ކަލޭމެންނަށް ވެރިކަމުގައި ތިބެވުން ދައުރަކާ އެކަމާ ދިމާވީ. ރައްޔިތުން ތިހީކުރާހާ ގަމާރެއް ނޫނޭ!
ޖުނައިދު
13 November 2018
މުއިއްޒު ނުބުންޏަސް އެކަން ހުއްޓާނުލާ ކުރިޔަށް ގެންދާނެ.ތީ ކާކު ބާ؟ނަމަ ނަމަ ތިމަންނަ އެކި މަޝްރޫއުތަކުން ރުފިޔާ ކައްވާލިގޮތަށް އެކަން ނުކުރާށޭ ނުބުނާތި.މީ އަދި ލަނދެއް ހަޔާތެއްވެސް ހުރިމީހެއްވެސް ނޫނޭ..އަދި މެމްބަރު ކަމަށް ކުރިމަތިލާންއެބަ އުޅެޔެންނުން.ނޫޅެން ކަލޭ ކަހަލަ މީހަކު އެތަނަށް ވައްދާކަށް.
ޝޮކްތެރަޕީ
13 November 2018
މުއިޒުގެ ހިންގުންތެރި ކަމެއްނެއް.
އުމުނިއްޔާ
12 November 2018
އެމްޑީޕީގެ މަތިފަޑީގައި ތިބި ބައެއް ނުފޫޒުގަދަ މީހުން ވަރަށް ބޭނުންނުވާކަމެއް ރަށުގެ މަލަމަތީގައި ތިވަރުގެ މިސްކިތެއް ހުރުމަކީ،.. ލަފާކުރެވޭގޮތުގައި ކޮންމެވެސް އެއްޗެކޭ ކިޔާފައި ތި މިސްކި ހުއްޓުވާނެ.. މިސާލަކަށް މިސްކި އެތާގައި އަޅައިފީމުން ބިންގަނޑު ކަނޑައިގެން ގޮސްދާނެކަމަށް، ނޫނީ އެ މިސްކިތުން ބަންގިގޮވާއިރު އަޑުގަދަވެ އެއާޕޯޓަށް ޖައްސާ މަތިންދާބޯއްޓުތަށް މުޑިއަރާފާނެތީ... މިކަހަލަ ކޮންމެވެސް އެއްޗެކޭ ކިޔާފައި މިސްކި ހުއްޓުވާނެކަމަށް ބެލެވޭ..
ބިސްކޯދު
12 November 2018
މިސްކިތް އެހެރީ ނިމިފަ. ދެން ހަމައެކަނި ރާނާލާފަ ސާމާނު ހަރުކޮށްލަން ޖެހެނީ.
ޝޮކްތެރަޕީ
12 November 2018
ޔާމިންގެ ތަރައްގީ ރައިސް ނަޝީދު ފާހަގަކުރި. އެމްޑީޕީ މީހުންކައިރީގަވެސް އެވާހަކަދެއްކި.
ޙަސަންދީ
12 November 2018
އެއީ ކިންގު ސަލްމާން ބިނާ ކުރައްވާ މިސްކިތެއް އޭގެ ފައިދާ ނަހަމަ ގޮތުގައި ނަންގަވަން ނޫޅުއްވާ ދަގަޑުން ކަޑުގެ ލޮނުގަޑު ތެރޭ އެފަދަ ބިނާއެއް އެޅުއްވިއިރު ވިސްނާ ފިކުރު ކުރެއްވިންތޯ؟ ރާއްޖޭގެ މާހުލާއި މެދު ނުވިސްނާ މިންވަރު ބުރިޖުންވެސް ފެނިގެންދޭ، ބާ ދަގަޑު ބޯޓެއްގައި ދަބަރު ތަޅާ ހެން މިފަދަ ޒަމާނެއްގައި ހެދި ބުރިޖުންވެސް ދަބަރު ތެޅުން ނޫންކަމެއް ނެތް .....
ސަލްމާން
13 November 2018
ކިންގަ ސަލްމާން މިސްކިތް އަޅަނީ ދަނގަޑުންތަ ނޫނީ ކޮންކްރީޓުންތަ؟
ކޮބާކޮބާ
12 November 2018
ކުޑަ ކުޑަ މިސްކިތެއް ހާދަ ކުޑައޭ ރަސްގެފާނު ދިން އެއްޗެއްގެ ބައިކުޅަބައިވެސް ނެތް
ކޮކްޓެއިލްރައީސް
13 November 2018
އަހުންވެސް މިއުޅެނީ ތިވާހަކަ ބުނަން، ބިމުގެ ޖާގަ އޮތް ތަނެއްގަ އެޅި މިސްކިތް އަޅުގަނޑަށްވެސް ކުޑައީ.
ަަދޫޑު.
12 November 2018
އަވަހައް ޔާމީން ލައްވާހުޅުވާލަ މިސްކިއް ނުނިމުނަސް