ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

އެކުލަވައިލާނީ ޚަރަދު ކުޑަ ސަރުކާރެއް: ގާސިމް

ގާސިމް (މ) މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވައިލައްވާނީ ޚަރަދު ކުޑަ ސަރުކާރެއް ކަމަށާއި އެކަމަކު އެ ސަރުކާރުގައި އުފައްދާ މިނިސްޓްރީތަކުގެ އަދަދެއް އަދި ކަނޑަނޭޅުއްވޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި "މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން ގާސިމް ވިދާޅުވީ، ސަރުކާރުގެ މަގާމުތަކާ މެދު އިންތިޚާބީ ރައީސް އިބޫއާ މިއަދުވެސް އެމަނިކުފާނު މަޝްވަރާ ކުރެއްވި ކަމަށެވެ. ގާސިމް ވިދާޅުވީ، އެ މަޝްވަރާތަކުން އަދި މުޅިން ވަކި ގޮތެއް ނިންމައި ނުލެވި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގައި ވަޑައިގެން ނެތުމުން ކަމަށެވެ.

ބޭސްފަރުވާ އަކަށް މައުމޫން މިވަގުތު އުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ. ގާސިމް މިއަދު ވިދާޅުވިގޮތުގައި މައުމޫން އެނބުރިވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.

ގާސިމް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"...ކިތައް މިނިސްޓްރީތޯ އަޅުގަނޑުމެންގެ ސަރުކާރެއްގައި އޮންނާނީ، މިހާރުގެ ސަރުކާރުގެ ޕޮލިޓިކަލް މަގާމުތަކާ އެއްވަރަށް ތޯ ގެންދާނީ، އެ ކަންތައްތައް މުޅިން ފައިނަލައިޒްއެއް [އިބޫ] ނުުކުރައްވާ. ވިސްނުންފުޅު ހުރީ ޚަރަދު ކުޑަކޮށް، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި މިނިސްޓްރީތަކުގެ އަދަދު ތަންކޮޅެއް އިތުރު ވެގެން ދާނެ. އެހެން ނަމަވެސް މުޅި ޖުމްލަ ޕޮލިޓިކަލް ދާއިރާއަށް ކުރައްވާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަކުރައްވާނެ،" އިބޫއާ އެކު ބޭއްވެވި ބައްދަލުވުމާ ބެހޭ ގޮތުން ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ގާސިމް ވިދާޅުވި ގޮތުގައި، އާ ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދާއި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ކަނޑައަޅާނެ އަދަދުތަކާ އެކު މާދަމާ ލިސްޓެއް ލިބިވަޑައިގަންނަވާނެ ކަމަށް ލަފާ ކުރެއްވެ އެވެ. ނަމަވެސް، އެންމެ ފަހުގެ ނިންމުން ނިންމޭނީ މައުމޫން ރާއްޖެ ވަޑައިގަތުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމަކު ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ސަރުކާރުގެ ތެރެއިން މަގާމުތައް ލިބޭނީ ކޮންކޮން ދާއިރާތަކަކުން ކަން ކޮންމެވެސް ވަރަކަށް އޮޅުން ފިލާފައިވާ ކަމަށެވެ.

"...އެހެން ނަމަވެސް މިހެން ދަންނަވާއިރު ވެސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށާއި އަދި އަދާލަތު ޕާޓީ އަށާއި އެމްޑީޕީ އަށާއި ރައީސް މައުމޫނަށް ކޮންކޮން ދިމަދިމާލަކުން ކޮންކޮން މިނިސްޓްރީތަކަކުން ކަން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ވެސް އިހުސާސްތަކެއް އެބަހުރި. އެހެން ނަމަވެސް މުޅިން ފައިނަލައިޒް ނުވާތީ އެއީ ކޮން ތަންތަނެއް ކަން އަޅުގަނޑަށް އަދި ދަންނަވާލެވޭކަށް ނެތް،" ގާސިމް ވިދާޅުވިއެވެ.

އިބޫގެ ސަރުކާރުގެ ކެބިނެޓާއި ސިޔާސީ މަގާމުތައް ކޯލިޝަންގެ ޕާޓީތަކަށް ބަހާނެ އަދަދާ ގުޅޭ ގޮތުން ގާސިމް މީޑިއާގައި ވާހަކަފުޅު ދެއްކެވިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އއ. އުކުޅަގުގައި ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ އިބޫ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ކޯލިޝަނަކުން ކަމަށާއި އެމަނިކުފާނު ކެބިނެޓް އެކުލަވައިލައްވަން ވިސްނަވާއިރު، ކޯލިޝަންގެ ޕާޓީތަކުން އެ އަށް ސަވާރު ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީގައި ވަޒީރުންގެ މަޖިލީހަކީ ރައީސްގެ މަސްއޫލިއްޔަތާއި ޒިންމާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހަކީ އެމަނިކުފާނުގެ މަޖިލީހެއް ކަމަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރެއްވި ނާޒިމް އާ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގެންފާނެތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް މިއަދު ވިދާޅުވީ، އެ ޕާޓީއަށް ކަނޑައަޅާ ވަޒީރުކަމުގެ މަގާމުތަކަށް ހަމަޖައްސަވާ ބޭފުޅުންގެ ތެރޭގައި ނާޒިމް ހިމެނިވަޑައި ނުގަންނަވަންވީ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، ނާޒިމް އޭނާގެ ފޯމު ގާސިމްއާ ހަވާލު ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"...ދެން ކާނަލް ނާޒިމް އޭގެ ތެރޭގައި އިންކްލޫޑް ނުވާންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގޭ ހަމަ އެއްގޮތަކަށް ވެސް، ހިތަކަށް ނުވަދޭ. އަޅުގަނޑު ދަންނަވާނީ މިހާތަނަށް ދައްކަވާފައިވާ ޕާފޯމެންސާއި ސާބިތުކަމަށް ބަލަންޏާ އެމަނިކުފާނަކީ އެންމެ ގާބިލް އެއް ބޭފުޅެކޭ،" ޑިފެންސް މިނިސްޓަރުގެ އިތުރުން ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އިބޫ ހަވާލު ކުރައްވާ ކޮންމެ މަސައްކަތެއް ކުރައްވަން އޭނާ ހުންނެވީ ތައްޔާރަށެވެ. އަދި އެ ވާހަކަ އިބޫ އަށް ވެސް ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، ނާޒިމް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ހަރަކާތުގައި މިހާރު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ ގާސިމް ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގީ ބާނީ އަކީ ވެސް ގާސިމް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އޭނާއަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކާއި "އިސް ފަރާތްތަކެއް" ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ނާޒިމް ވިދާޅުވީ، އޭނާގެ ޚިދުމަތް ބޭނުންވެއްޖެ ނަމަ އާ ސަރުކާރުގެ ކޮންމެ ދާއިރާ އަކަށް ވެސް ލިބޭނެ ކަމަށެވެ. އަދި ހުންނެވީ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓެރަރިޒަމްގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނާޒިމް ބޭސްފަރުވާ އަށް މެލޭޝިއާގައި ހުންނަވަނިކޮށް، އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އަމުރުކޮށްފަ އެވެ. ނާޒިމް، ބޭސްފަރުވާއަށް ފަހު ރާއްޖެ ވަޑައިގަތީ ރޭގަ އެވެ. ނާޒިމް ޖަލަށް ލީ، އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގަ އެވެ. އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ. އެކަމަކު، އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.

33 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 0%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރީދު

13 November 2018

އިންތިޚާބީ ރައީސްއެއް ހުއްޓައި، ކޯލިޝަންގެ އެކިއެކި ބޮޑުން ނުކުމެ ސަރުކާރު ހިންގާނެގޮތާއި އަދި ވަކިމީހަކު ނެތިގެން ބައިއަޅައި ނުނިމޭ ފަދަ ވާހަކަތައް ދެއްކުމަކީ ފެންވަރުދަށް އަދި ލަދުވެތިކަމެކެވެ. ހުރިހާ ކަމެއްގައި އެންމެފަހުގެ ޒިންމާދާރީއަކީ ރައީސްކަމަށް ވާއިރު، އިބޫ ސޯލިހު ނުވަތަ އޭނާގެ ފަރާތުން ތަންކޮޅެއް ހަރުދަނާ ބޭފުޅަކު މިކަހަލަ ކަންތައްތަކުގައި ތަންކޮޅެއް ކުރިއަށްޖެހިލައި ޓޭކްއޯވާ ކުރަން އެބަޖެހޭ! ސޭޓުމެން ދެއްކީމައި ރައިއްޔަތުން ފޫހިވާނެ!

The name is already taken The name is available. Register?

ބީވާ

13 November 2018

ވިހި ފަންސްވީސް މިނިސްޓްރީ ހަދައިގެން؟؟؟؟

The name is already taken The name is available. Register?

ބޮޑުވަރު

13 November 2018

ހެޔޮނުވާނެ އިބޫ އެއްވެސް ކޯލިޝަންގެ ބައިވެރިއަކަށް ވަކި މިނިސްޓްރީއެއް ނުދޭނެ. މިއީ ތަރިކަމުދަލެއްނޫން. އިބޫއަށް ނަންތަކެއް ދިނުމުން އިބޫ ބޭނުން މީހަކު ބޭނުންދިމާއަކަށް ލާންވީ. އެކަމަކު އެއީ އެމްޑީޕީއޭ ޖޭޕީއޭ މައުމޫނު ފެކްޝަންގެ މިނިސްޓްރީއެކޭ ބުނެވޭނެގޮތަކަށްނޫން.

The name is already taken The name is available. Register?

ލީމް

13 November 2018

އަހަރުމެންނަށް އެނގޭ ހަރަދު ކުޑަވާނެކަން ބޮއްކުރާގައި ފެރީގެ ހިދުމަތް ދީފައި ބައިސްކަލުގައި ޓެކްސީ ހިދުމަތްދީީ،ށމަކުތަބުގައި ފިލާލިޔުނީމައި.

The name is already taken The name is available. Register?

ޞިށީ

13 November 2018

ސޭޓްގެ ޕާޓީއިން ހަދަންއުޅޭ އެއްޗެއް އެއްޗެއް އެއްގޮތަކައްވެސް ނުވިސްނުނު، އިހެން ޕާޓީއަކުން ނަމަވެސް، ޖަލުން ނަމަވެސް އަދި އިދިކޮޅުމީހުން ބޮލައް ހޫނުފެން އަޅާފަ ފުންމާ ލިއަސް އެމީހަކު ގަބޫލު ކޮށް ހުދު ކާފޫރަށް އެހެދީ، ދެން އެމީހަކަށްޖެހޭ ބޮޑެތި މަގާމްތަކާއި ފައިސާ އާއި ނުފޫޒު ހޯދަދޭން، މިއީ ވަރަށް ނުރައްކާ ކަމެއް ސަމާލުވޭ!

The name is already taken The name is available. Register?

ހޮޓްކިންގ

13 November 2018

ކޯލިޝަން ކިޔާތީވެސް ތޯއްޗެއް ވާއެއް ނުވާއެއް ނޭނގޭ. އިބޫ ހުންނަނީ ރޮލާ. އެއްކޮޅުން އަންނި އަނެއްކޮޅުން ގާސިމް ދެން އޮތް ދިމާލަކުން މައުމޫން މި ކިޔައިދެނީ ސަރުކާރު ހިންގާނެގޮތް. ހިބޫ ހުންނީ ދޭ ރަބަރަކަށް ހަދާފަ.

The name is already taken The name is available. Register?

ރައްޔިތުން

13 November 2018

ގާސިމް ތިހެން ބުންޏަސް ކިހިނެއް ތިކަންވާނީ؟ މިނިސްޓްރީތައް އިތުރުކޮށް، މަޤާމް ބޭނުންވެގެން އުޅޭ ހުރިހާ އެކްޓިވިސްޓުންނަށް މަޤާމްތައްދީގެން ކިހިނެއް ޚަރަދުކުޑަކުރާނީ؟ ވީވަޢުދުތައް ނުފުއްދަންޏާ ޚަރަދުކުޑަވެދާނެ. އެކަމަކު ހަމައެކަނި މިސްކިތްތައް އޭސީ ކުރުމުގެ ވަޢުދަށް ބެލިޔަސް، އެއީވެސް ވަރަށް ބޮޑު ޕްރޮޖެކްޓަކަށްވާނެ. އެކަމަކުވީ ވަޢުދެއް ފުއްދަންޖެހޭނެ. ފޮނި ވާހަކަ ނުދައްކާ އަންނިހެން. ގާސިމަކީ އިބޫ ސަރުކާރުގެ އެއް ރައީސްދޯ ލޮލް

The name is already taken The name is available. Register?

ހުސެއިން

13 November 2018

ހަމަ އަންނަނީ ހިނި. ޔާމީނު ހިނގި މަގުން މިވެރިންވެސް ހިނގަމުން މިދަނީ. ގާސިމަކީ ސަރުކާރު ހިންގަން ބަސްކިޔަން ޖެހޭ ބަސްބުނެވޭނެ މަގާމެއްގަ ހުރި މީހެއްނޫން. ގާސިމަށް ބަސްކިޔޭނީ މަޖިލީހުގެ ކަންތައްތަކުގަ އެކަނި. ދެން ހުރީ އަންނި. އޭނަގެ ހައިސިއްޔަތު އެއްވެސް މީހަކަށް އަދިވެސް ނޭނގޭނެ. އެކަމަކު ހީވަނީ 17 ނޮވެމްބަރުގަ ހުވާކުރަނީ އަންނިހެން. މިހެންވީމަ މިހާރުވެސް އިބޫގެ ސަރުކާރު ޚަރާބުވެ ނިމިއްޖެ.

The name is already taken The name is available. Register?

ގުނބޯލި

13 November 2018

ޚަރަދު ކުޑަ ސަރުކާރެކޭ ބުނީމަ ކުޑަކޮށް ހިނިއަންނަ ގޮތްވޭ. 22 މިނިސްޓްރީ އުފައްދާފަ ކޮންމެ މިނިސްޓްރީއަކަށް މިނިސްޓަރަކާ މިނިސްޓަރުގެ 4 ނައިބުންނާ ސްޓޭޓް މިނިސްޓާރުން ލާފަ އަދި އެހެނިހެން ސިޔާސީ މަގާމުތައް އުފައްދާފަ އެއިން ކޮންމެ މީހަކު ހިލޭ ސާބަހަށް މަސައްކަތް ކޮށްދެންޏާ ކިތަންމެހާވެސް ޚަރަދުކުޑަ.

The name is already taken The name is available. Register?

ކޮމެންޓްތައް

13 November 2018

މިހިރަ ކޮމެންޓް ތައް ކިޔާލަބަލަ. އެމްޑީޕީ އިންތިޚާބުގެ ކުރި، އަދި އެމްޑީޕީ އިންތިޚާބުގެ ފަސް ވަރަށް ރީއްޗަށް ފެންނާނެ އެނގޭނެ. ވަރަށް ކުރުކޮށް މިބުނީ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454