ޚަބަރު / ކުރީގެ ފަނޑިޔާރު އަލީ ހަމީދު

އަބްދުﷲ ސައީދަށްޓަކައި ކޮއްކޮ، އެކަމަކު އަޑުއަހާނެ މީހަކު ނެތް!

އިބްރާހިމް ސައީދު އޭނާގެ ބޭބެ އަދި ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ހައްގުގައި، ރައްޔިތުންގެ މަޖިލިސް ދޮރުމަތީ އިށީދެގެން

13 ނޮވެމްބަރ 2018 - 16:16

34 comments

"އަލްއުސްތާޒު އަބްދުﷲ ސައީދު އަދިވެސް ހުރީ ޖަލުގައި"، މިހެން ޖަހާފައި ހުރި ކަރުދާސްގަނޑެއް ހިފައިގެން، ރައްޔިތުންގެ މަޖިލިހުގެ ކުރިމަތީ، އެކަނިމާއެކަނި އިބްރާހިމް ސައީދު އިންނަތާ އޭރު ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެ އެވެ. މަގުމަތިން ދާ ބައެއް މީހުން ހުއްޓި، ބަލައިލުން ފިޔަވާ، އޭނާ އަށް ލިބުނު ސަމާލުކަމެއް ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވަޑައިގެން ފޮޓޯއެއް ނެންގެވި އެވެ.

އޭނާ އެތަނުގައި އިނީ ކީއްވެގެން ކަމާ މެދު އެކަކު ސުވާލު ނުކުރިޔަސް އިބްރާހިމް ބުނީ އޭނާގެ ބޭބެ އަށް ނުހައްގުން ލިބެމުން ދާ އަނިޔާތަކާ ދެކޮޅަށް އަޑުއިއްވާނެ ކަމަށެވެ. އަދި ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އަބްދުﷲ ސައީދު ޖަލުގައި ހުންނަވަން ޖެހޭނެ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށް ވެސް ބުންޏެވެ.

"ގައުމަށް އޮތް ނުރައްކަލެއް ކަމަށް ފެނިގެން ހައްޔަރުކުރީ، އެކަމަކު އޭރު އެގޮތަށް ހައްޔަރުކުރި އެހެން މީހުން ދޫކޮށްލައިފި،" އަބްދުﷲ ސައީދުގެ އެއްބަނޑު އެއްބަފާ ހަތަރު ބެއިންގެ ތެރެއިން އެންމެ ހަގަށް ހުރި އިބްރާހިމް ބުންޏެވެ.

އޭގެ ސަބަބެއް ކަމަށް އޭނާ ދެއްކި ފެބްރުއަރީ 1 ގެ އަމުރުގައި އޮތް ހުރިހާ ކަމެއް ހަމަ އެގޮތަށް ވެ ނިމިއްޖެ އެވެ. އޭނާގެ ވާހަކައިގެ މުރާދަކީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިހާރު ނިންމާފައިވުމާއި އޭރު ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ ކުށްވެރިންގެ ތެރެއިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނޫން އެހެން ހުރިހާ ބޭފުޅުން މިނިވަންވުން ފަދަ ކަންކަމެވެ.

އުއްތަމަ ފަނޑިޔާރު: ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގެވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ވަނީ ހަތަރު މަހުގެ ޖަލު ހުކުމެއް އައިސްފައި --ފޮޓޯ/މިހާރު

އަމުރުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ވެސް އެ އެވެ. އެކަމަކު އެ އަމުރަށް ސަރުކާރުން ތަބާވުމުގެ ބަދަލުގައި، ރައީސް އަބްދުﷲ ޔާމީން ފެބްރުއަރީ 5 ގައި އިއުލާންކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތެވެ. އަދި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް، ސިފައިންގެ ބަޔަކު އެ އިމާރާތުގެ ފުރާޅު މަތިން އެތަނަށް ވަދެ، އެ ބޭފުޅުން ފުލުހުންނާ ހަވާލުކުރި އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ ހުކުމެއް އައީ، ތަހުގީގަށް ފޯނު ނުދެއްވި މައްސަލަ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސްއެޅި މައްސަލައިގެ އިތުރުން، ސަރުކާރުގެ މުވާސަލާތީ ވިއުގައެއް ކަމަށްވާ ޖެމްސް، ސުޕްރީމް ކޯޓުން ކަނޑާލުމުގެ މައްސަލައިގަ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދާ އެއްކޮށް ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިއްވި ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަލީ ހަމީދުގެ ހުކުމާ ބެހޭ އަޑުއެހުންތައް ހައި ކޯޓުން އިއްޔެ ނިންމާލި އެވެ. އެކަމަކު އަބްދުﷲ ސައީދުގެ އިސްތިއުނާފުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.

އިބްރާހިމް ބުނި ގޮތުގައި ފެބްރުއަރީ 1 ގެ އަމުރަކީ ދައުލަތަށް އޮތް ނުރައްކަލެއް ކަމަކަށް، މިހާރު ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު، ގަބޫލެއްނުކުރެވެ އެވެ. އެހެންކަމުން އަބްދުﷲ ސައީދު ޖަލުގައި ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށް އޭނާ ބުންޏެވެ.

"އަމުރުގައި ހިމެނޭ ކަންކަން ފުރިހަމަނުކުރާ ނަމަ ބުނެވިދާނެ ކަންނޭނގެ ނުރައްކަލެއް އޮތޭ. އެކަމަކު އެ އަމުރުގެ ހުރިހާ ކަމެއް ހަމަ އެގޮތަށް ވެ ނިމިއްޖެ،" އިބްރާހިމް ބުންޏެވެ.

ހުކުމްތައް ރަނގަޅުތޯ، ނުރަނގަޅުތޯ ވިސްނުމުގެ ހައިސިއްޔަތެއް ނެތް؟

ސުޕްރީމް ކޯޓާ މެދު އާންމުންގެ އިތުބާރު އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ޚާއްސަކޮށް އުއްތަމަފަނޑިޔާރަކަށް އަބްދުﷲ ސައީދު ހުންނެވި އިރު، ފެބްރުއަރީ 1 ގެ ކުރިން، ސަރުކާރަށް ފައިދާވާ ގޮތަށް އަދި ގާނޫނުއަސާސީއާ ވެސް ޚިލާފަށް ބައެއް ހުކުމްތަކާއި އަމުރުތައް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ރަައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ އުސޫލުތަކެއް، ގާނޫނުއަސާސީގައި ނެތީސް، ކަނޑައެޅުން ހިމެނެ އެވެ.

އެކަމަކު އަބްދުﷲ ސައީދު ހުންނަވައިގެން ޖުޑިޝަރީ އެހާ ގޯސްވެދާނެ ކަމަކަށް އިބްރާހިމް ގަބޫލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އޭނާ ބުނީ އަބްދުﷲ ސައީދަކީ ހުރިހާ ވަގުތެއްހެން ޝަރުއީ ދާއިރާގެ ދިރާސާތަކާއި މަސައްކަތްތަކަށް ހުސްކުރެއްވި ބޭފުޅެއް ކަމަށެވެ.

"ބޭބެއަކީ ވަރަށް އިލްމީ، ވަރަށް މައުލޫމާތު މުއްސަނދި، ގާނޫނީ ބޭފުޅެއް،" އިބްރާހިމް ބުންޏެވެ.

ޖުޑިޝަރީގައި ހުރި ބޮޑެތި މައްސަލަތައް ސިޔާސީ މީހުންނާއި އާންމުން ފާހަގަކުރިޔަސް، އިބްރާހިމް ބުނި ގޮތުގައި، އެ ހުރިހާ ކަމަކާ މެދު ވިސްނާނެ ހައިސިއްޔަތެއް އޭނާގެ ނެތެވެ. އެއީ އޭނާގެ ދާއިރާ ވެސް ނޫން ކަމަށް ބުންޏެވެ.

ރިޝްވަތެއް ނުނަންގަވާނެ، އެކަން ޔަގީން!

އަބްދުﷲ ސައީދާ ދެކޮޅަށް ރިޝްވަތުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. މާލެއިންނާއި މެލޭޝިއާ އިން އަގުބޮޑު ފްލެޓްތައް ބައްލަވައިގަންނަވަން އުޅުއްވީ، ފެބްރުއަރީ 1 ގެ އަމުރު ނެރުއްވަން އޮތް މާލީ ނުފޫޒުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އެކަމަކު އިބްރާހިމް ބުނި ގޮތުގައި އަބްދުﷲ ސައީދަކީ އެމަނިކުފާނުގެ ދިރިއުޅުއްވުން ވެސް، އަދި އާއިލާގެ އެހެން މީހުންގެ ދިރިއުޅުން ވެސް މާ މައްޗަށް ގެންދަވަން މަސައްކަތް ކުރެއްވި ބޭފުޅެއް ނޫނެވެ. އެހެންކަމުން ރިޝްވަތު ނުނަންގަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އޭނާ ބުންޏެވެ.

"އަބްދުﷲ ސައީދު ދަންނަ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ރިޝްވަތު ނަގާފާނެއޭ. އަޅުގަނޑަށް ވެސް ހަމަ ޔަގީން ރިޝްވަތު ނުނަގާނެކަން،" އިބްރާހިމް ބުންޏެވެ.

ބޭބެގެ ހައްގުގައި އެހެން އެއްވެސް މީހަކު ނުނިކުތަސް، އިބްރާހިމް ބުނީ، އޭނާ އެ އަޑު އިއްވާނެ ކަމަށެވެ. އެގޮތުން ސޯލްޓް ރެސްޓޯރެންޓް ދޮށަށް ވެސް ދާނެ ކަމަށް ބުންޏެވެ.

"އެއީ ސިޔާސީ ވަރަށް ގިނަ ބަޔަކު ދާ ތަނެއް، ގާނޫނީ އެތައް ބަޔަކު ދާ ތަނެއް. އަޅުގަނޑު މި އަޑު އިއްވާނަން،" އިބްރާހިމް ބުންޏެވެ.

34 ކޮމެންޓް, 198 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 73%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިރޯ

15 November 2018

ރައްޔަތުންގެ ހައްގަ ބޭބެ ނެއެރި ނަމަ އެކަނި ހުންނާން ނުޖެހޭނެ، ހުކުމެއް ކުރަނީ މަހުޖަނުން އެދޭ ގޮތައް އެމީހުން ކާރި އަށްދޭ

The name is already taken The name is available. Register?

އާދަން

15 November 2018

ތެދުތެދަށް ދަންނަވާނަމަ އަބުދުﷲ ސައީދަކީ ވަރަށް ނުބައި ގޯސް ނިންމުންތަކެއް ނިންމާ މިގައުމު ހަލާކު ކުރި އެކަކު. ރައީސް މައުމޫނު 2008 ގަ ކުރިމަތިލީ ގާނޫނު އަސާސީގެ މަހުފޫމާއި ޚިލާފައް ހަމަ އެފަދައިން ރައީސް ނަޝީދުވެސް ކުރިމަތިލީ ގާނޫނުގެ ހުދޫދުން ހައްގު ނިންމުމެއް ނިންމި ނަމަ ގަވާއިދާއި ޚިލާފަށް. މި ދެ ނިންމުން ނިންމީވެސް ތިޔަމީހުން. އޭރު އެކަން ރަގަޅަށް ކުރިނަމަ މިހާރު މިދެކޭ ކަންތައްގަނޑު ނުފެނުނީސް. އެހެން ނަމަވެސް ހައްގު ތަހުގީގުކުރަންޖެހޭ

The name is already taken The name is available. Register?

ސާދާސީދާ

15 November 2018

އަނިޔާވެރިވެ އެތައް ދިވެހިންނަކަށް ބިކަޙާލުޖެއްސީ ޢަބްދުﷲ ސަޢީދު. މިހާރު ހުންނާނެ ރާކަނިމަސް ކެވިފަ!

The name is already taken The name is available. Register?

ސަރުކާނު

14 November 2018

ޤާސިމް މެން މައުމޫނުމެންނާ ބައިވެރިވީމަ ލިބުނުލނޑު. މިއަދު ލީޑަރުންގެ ނަމުގަ އެމީހުން އެތިބީ ސަލާމަތްވެގެން. އެކަމަކު ސަޢީދުވެސް ސަލާމތްކުރަން ފާރިސް އެ ވެއްދީ ޖުޑިޝަލް ސާވިސްއަށް. ކެތްކުރޭ. އެކަމކު ދޮގުން ސަލާމަތް ނުވާނެ ، ލީޑަރަކަށް ވެގެން ސަލާމަތް ނުވާނެ ދުވަހެއް އެބައޮތް. މިއަދު ފޮރުވިދާނެ. އަޅުގަޑަށް އެގޭހާ ޗެސް އެއްޗަކީ ކަމެއް ވިކަން ކުޑަބޮޑު ނޭގެނީ. ދުޢާއަކީ މި ދުނިޔެ މަތީގަވެސް ފަޟީހަތް ކުރެއްވުން. އާމީން.

The name is already taken The name is available. Register?

ސާއީދު

14 November 2018

އަބްދުﷲ ސައިދުގެ ދިފާއުގައި އެއްވެސް މީހަކު ނުނުކުތް ކަމީ އޭނާގެ އުއްތަމަ ފަނޑިޔާރުކަމުގައި ބޭއިންސާފުން އެތައް ހުކުމެއް އިއްވި ކަމަށް ރައްޔިތުން ގަބޫލްކުރާ ކަމުގެ ސާފު ހެއްކެއް. ކުޑަ ކަމަކަށް 2013 ގެ އިންތިހާބު ބާތިލް ކުރުން ފުދޭ. ވަކިފަރާތަކަށް ނުޖެހި އިންސާފު ގާއިމްކުރަން ހުރި މީހާ ނުޖެހޭ ގާސިމް ކައިރިއަށް ގޮސް ޔާމީނަށް ތާއީދުކުރާށޭ ބުނަން. ރައްޔިތުން މީނާ އަށް މާފެއް ނުކުރާނެ. އެ ލިބެނީ ހައްގު އަދަބު. އެއީ އެހެން މީހުންނަށް ވެސް އިބުރަތެއް.

The name is already taken The name is available. Register?

ގޯސް

14 November 2018

ސައީދު އެވެ. ތިއީ ހިތްވަރުގަދަ މީހެއް. ސައީދު އަދި ތިއާއިލާ ވަރަށް ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން ޔާމީން ވެރިކަމުން ދުރުކުރެވެން އަޅުގަނޑަށް ކުރެވެން އޮތް ކަމަކީ ޥޯޓުން އެކަން ނިންމުން. އެކަން އަޅުގަނޑުކުރީ އިޚްލާސްތެރިކަމާއި އެކު. އުއްމީދަކީ ސައީދުގެ ބޭބެއަށްވެސް އިންސާފު ލިބުން.

The name is already taken The name is available. Register?

ހަސަންފުޅު

14 November 2018

ކޮއްކޮށް ތިކުރާ ހިތްވަރަށް ސާބަސްދެން... ބޭބޭ ޔާމީނުގެ ދައުރުގައި ބޮޑުކޯޓުން އަމުރުތަކާއި ހުކުމްތައް ގެންގޮސްފައިވަނީ ބޮޑުވެރިޔާ ބޭނުންވާގޮތައްވުމުން އަނިޔާލިބުނު ރައްޔިތުންގެ އަދަދެއްވެސް ނޭގި ހުއްޓާ ބޮޑުވެރިޔާއާދެކޮޅަށް އަމުރެއްނެރުނީ... ދެއިރު ދެކޮޅަށް ހިފުމުގެ ސަބަބުން ޖުމްލަކޮށް ހުރިހާ މީހުންނަށްވެސް އަނިޔާލިބިފައިވާތީ ލިބޭ ކުޑަކުޑަ އަދަބެއްތިޔައީ.. އިބޫ ވެރިކަމާހަވާލުވުމުން މިނިވަން ވާނެކަމަށް ބެލެވެނީ... ކެތްތެރިވާށެވެ..

The name is already taken The name is available. Register?

އައްޑެ

14 November 2018

އަޅުގަނޑުގެ ކޮއްކޮވެސް އޮތީ ޖަލުގަ، އެއީ އެސޮރުކުރި ވިޔަފާރިން ޓެކްސް ނުދައްކާތީހެން ހީވަނީ، އެސޮރު ބަންދުކުރީ އެންމެ ފަސް ހިރޮއިން ބްލެޓް ގެ މައްސަލައިގަ، އެކަމަކު ޝަރީޔަތާ ހަމަޔަށް ދިޔައިރު ފުލުހުން ހުށަހެޅީ ބޭސްގުޅައެއްގެ މިންވަރު. ބާކީ ވީތަނެއް ނޭނގުނު.

The name is already taken The name is available. Register?

އަޖީތުގެ ކޮއްކޮ

14 November 2018

އަޖީތުގެ ވާހަކައަށް ތާއީދު.

The name is already taken The name is available. Register?

ދޮށިކޮއި ޢަލީގެ މުޙައްމަދު

13 November 2018

އެހެން މީހުން ނުކުތް ބާގަނޑު އަބުދުﷲ ސައީދަށް ނުފެނުނުތަ ނުވަތަ އެމީހުން ނުކުތް ކަން ނޭނގެނީތާ އަދިވެސް އެމަނިކުފާނަކަށް ނޭންގެ އެހެން މީހުންނެތް ކަމެއް ކޮއްކޮ އަށް ތިއެންގުނީ ބޭބޭ އަދި ނުނިކުންކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454