ޚަބަރު / ރައްޔިތުންގެ މަޖިލިސް

މުޒާހަރާކުރުން ބިރެއްގެ ގޮތަށް ފެންނާނީ ހުދުމުހުތާރު ލީޑަރުންނަށް: ބައެއް މެމްބަރުން

މަޖިލީހުން މިއަދު ފާސްކުރި ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ ދެކޮޅަށް އަޑު އުފުލަނީ: މުޒާހަރާ ކުރުން ބިރެއްގެ ގޮތުގައި ފެންނާނީ ހުދުމުހުތާރު ލީޑަރުންނަށް ކަމަށް ބައެއް މެމްބަރުން ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝަރުހާން

މުޒާހަރާ ކުރުމަކީ ބިރެއްގެ ކަމަށް ސިފަ ވާނީ ހުދުމުހުތާރު ލީޑަރުންނަށް ކަމަށާއި ރާއްޖެ މިސްރާބު ޖަހާފައި ހުރީ އުތުރު ކޮރެއާގެ އުސޫލުތަކަށް ކަމަށް އެމްޑީޕީ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހަޅައިގެން އުޅެނީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެކެވެ.

ދައުލަތުގެ ހުއްދައެއް ނެތި ކޮންމެ މީހަކަށް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮތް އިރު، ގާނޫނުއަސާސީ އަށް ގޮން ޖަހައި ބިލުތަކަށާއި އިސްލާހުތަކަށް ވޯޓު ދޭ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށާއި އެކަމާ މެމްބަރުން ވިސްނެވުމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ސަރުުކާރުން މަސައްކަތް ކުރަނީ ފުލުހުން ބޭނުންކޮށްގެން ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށާއި ފުލުހުންނަށް މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. މެމްބަރުން ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއަކީ ބޮޑެތި ޖަރީމާތައް ހިންގާ ތަނެކެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި ގޮތުގައި ގައުމުގެ ހައްގުގައި ވަކާލާތު ކުރާ ކޮންމެ މީހަކު ކުށްވެރިއަކަށް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ހިނގަނީ "ޖާހިލިއްޔަ" ޒަމާނުގައި ވެސް ނުހިނގާ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގައުމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ކޮންމެ މީހަކީ ކުށްވެރިއެއް. އެ މީހަކު ގައުމުން ފުރައިގެން ދާން ޖެހެނީ. މުދަލަށް ގެއްލުންދީ އެ މީހަކާ ދޭތެރޭ އަނިޔާވެރި ވަނީ. މިއީ ޖަހިލިއްޔާ ޒަމާނުގައި ވެސް ނުހިނގާ ކަންތައްތައް މި ގައުމުގައި ހިނގަނީ. މިއީ ދުނިޔެ ވެސް ގަބޫލުކުރާނެ ކަމެއް ނޫން. މިއީ ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަމާއި ބަދަލު ހިފުމުން ފުރިގެންވާ ސަރުކާރެއް،" އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ލިބޭ ހައްގުތައް އުނި ކުރުމުގެ ބާރެއް އެއްވެސް މީހަކަށް ނުލިބޭނެ އެވެ. ފުލުހުންނާއި ސިފައިންނަށް ސިޔާސީ މީހުންނާ ވާހަކަ ދެއްކޭނެ ކަމަށާއި ގާނޫނުއަސާސީން ލިބިދޭ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަތަން ބަލާކަށް ރައްޔިތުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސަރުކާރުން ބުނާ ގޮތަކަށް ނޫނީ ސަރުކާރުން ބުނާހާ ތާކު މުޒާހަރާ ކުރެވޭ ގޮތް ހަދަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ރާއްޖެ ސިއްކަ ޖެހެނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ހައްގުތަކެއް ގެއްލޭގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަމުންދާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ފެންނަމުން މިދަނީ ރައްޔިތުން ކުށްވެރި ކުރަން ގާނޫނުތައް ހަދަމުން އަންނަ ތަން ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ދުވަހަކު އެކަހަލަ ބިލެެއް އަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުގައި މުޒާހަރާ ނުކުރެވޭ ތަންތަން ކަނޑައަޅާފައި އޮތްއިރު، މުޒާހަރާ ކުރެވޭ ތަންތަން ވެސް ގާނޫނުން ކަނޑައަޅަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ މާލޭގެ ރައްޔިތުންނާއި އެކިއެކި ބޭނުންތަކަށް މާލެ އަންނަ ރައްޔިތުންނަށް، ކުއްލި ކުއްލިއަށް މީހުން ތަންތަނަށް އެއްވާތީ އެ މީހުންނަށް އުނދަގޫވެ ކަންބޮޑުވާ ކަމަށެވެ. އެއްވެ އުޅެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފިނަމަ، މާލޭގައި އުޅޭ މީހުންނަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޭގޭ ކައިރީގައި އަޑުގަދަ ކުރުމުގެ ސަބަބުން އެ މީހުންނަށާއި ވިޔަފާރި ކުރާ މީހުންނަށް އެތައް އުނދަގުލެއް ކުރިމަތިވޭ. ގާނޫނީ ހުދޫދުތަކެއް ކަނޑައަޅަން ޖެހޭ ހިސާބަށް ވަނީ ގޮސްފައި. މާލެއަކީ އަމާންކަމާއެކީގައި އެ މީހަކު ބޭނުންވާ ހިދުމަތެއް ފަސޭހަކަމާއެކު ލިބޭނެ ތަނަކަށްވާން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްވެފަ އެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވިއިރު، އިސްލާހު ދިރާސާކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.

7 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖހ

15 August 2016

ހިޓްލަރުގެ ވިސްނުމުގައި އޭނާގެ އަދުއްވުންނަކީ - ރިބެލްސްތައް..

The name is already taken The name is available. Register?

ހަސަން

15 August 2016

މުޒާހަރާ ކުރުމަކީ އެއްގޮތަކައްވެސް ރަނަގަޅު ކަމެއްނޫން... އަޅުގަނޑުގެ ހަޔާތުގައި ދުވަހަކުވެސް އެފަދަ ހަރަކާތަކު ބައިވެރިއެއްނުވަން... އެކުވެރީން އެކަމާއި ހިތްހަމަނުޖެހޭ ފަހަރުވެސް މަދެއްނޫން... އަޅުގަނޑު ދެކޭ ގޮތުގައި 2 އިރު ކާންޖެހޭ ޑޮކުޓަރީ ބޭހެއްހެން ތިޔަ ކުޑަ މާލޭގައި މުޒާހަރާ ކުރުމުން އެތަކެއް ގެއްލުންތަކެއް މުޅި އެކޮނަމީއައް އެބަކުރޭ... އަޅުގަނޑައްވެސް މިކަންތައް ރަނަގަޅައް އެނގުނީ ސިންގަޕޯރ އަދި މެލޭސިއާ ފަދަ ގައުމުތަކުގެ އެކޮނަމީ އާއި ޕީސްފުލްކަންތައް ލޮލައްފެނުމުން.. އަޅުގަނޑުމެންފަދަ ނާޒުކު އެކޮނަމީއެއް އޮތްކުޑަ ފަގީރު ގައުމެއްގައި ދުވާލު 2 އިރު މިސަކަރާތް ގަތުމަކީ ބުއްދީގެ ހަމައިން ބަލާނަމަ ގޯސްކަމެއް.. މިއަދު ރައީސު ޔާމިނުގެ ސަރުކާރާއި ދެކޮޅައް.!!! މާދަމާ ރައިސު ނަޝީދު ނުވަތަ އެހެން ކޮންމެވެސް ބޭފުޅެއްގެ ސަރުކާރާއި ދެކޮޅައް.. މިކަމުގެ ކޮޅެއްނެތެއްނޫންތޯ. އަޅުގަނޑު މިވަގުތު ރާއްޖޭންބޭރުގައި ހުރިނަމަވެސް ގައުމުގެ އެއްމެހައި ކަންތައްތައް ހަމަ މަގައް އެޅުވުމުގެ މަގުސަދުގައި ސަރުކާރުން ކުރައްވާ ކަންތައްތަކައް ތައުރީފުކުރަން... މީގެ ފައިދާ ޔަގީނުންވެސް އަންނަން އޮތްޖީލުތަކައްކުރާނެތީވެ. ޔަގީން ކުރާނެކަން ހެޔޮރަނަގަޅު މުޖުތަމައު އުފެދޭނެ... / ރ ޔާމިނުއައް!! ތިޔަ އަޅުއްވާ ފިޔަވަޅުތައް ހަމަ ކުރިޔައްގެންދިއުމައްއެދެން...އެއީ އެއްގޮތަކައްވެސް ބޮދެތި ފައިންތައްކޮށްގެން ސަރުކާރުބަޖެޓް އިތުރުކުރުމުގެ ބޭނުމުގައި ނޫންކަންވެސް އެނގޭ... ކީޕް އަޕް ޕުރެޒިޑެންޓް/ ޔޫ ކޭން..

The name is already taken The name is available. Register?

މުޒާހަރާކުރެވޭނެ

15 August 2016

2004 އޮގަސްޓް 12،13 ބަޔަކު ނިކުމެ ކުރި މަސައްކަތުން ކަލެއަށް މިއަދު މިތާ ކޮމެންޓު ކުރުމުގެ ފުރުސަތުވެސް ތި ލިބުނީ. އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

ޑްރީމް

15 August 2016

މުޒާހަރާ ކުރުން ބިރެއްގެ ގޮތުގައި އޮންނާނީ އެއީ ޚުދު މުޚުތާރު ލީޑަރުންނަށް ނަމަ ސިންގަޕޯރގައި އޮންނާނީ ޚުދުމުޚުތާރު ވެރިކަމެއް ނޫންތޯއެވެ. ސިންގަޕޯރގައި އޮތް ފެންވަރުގެ ރަނގަޅު ރައްޔިތުންނަށް ބެނެފިޓް ކުރާ ވެރިކަމެއް މިދުނިޔޭގެ އެއްވެސް ގައުމެއް ގައި ނެތެވެ. އެފަދަ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެވޭނީ ކުރިއާލާ މުޒާހަރާ ކުރާ ތަންތަން އެނގި އަދި ސަރުކާރުގެ ބިމެއްގައި މުޒާހަރާ ކުރާނަމަ މުޒާހަރާ ކުރާ ތަނުގެ އަކަފޫޓަކަށް ސިކުންތަކަށް 1000 ރުފިޔާ ސަރުކާރަށް ދައްކާ އުސޫލުން ނެވެ. އެނޫން ގޮތަކަށް މިކަން ވާން ނޯންނާނެ ގައުމުއް ބެޓަރ ކަންޓްރީ އަކަށް ބަދަލުވާން ބޭނުން ނަމަ. އެއިރުން ދެން މިރާއްޖެ ބަދަލުވެގެން ދާނީ ލިޓިލް ސިންގަޕޯރ އަށެެވެ. އައި ހޭވް އަ ޑްރީމް އޮފް ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް.

The name is already taken The name is available. Register?

ރަދީފް

15 August 2016

ޑްރީމް ، ދަންނަވަންތޯ ތިޔަ ވިދާޅުވި ސިންގަޕޫރު ރައްޔަތުން އެއީ ތަހުޒީބު ބައެއް.އަޅުގަނޑުމެން (އަޅުގަނޑު) ވެސް ހިމަނައިގެން މިއީ ތަހުޒީބު ބައެއްތޯ؟؟ މިސުވާލުގެ ޖަބާބު ދެއްވާފަ ތިޔަ ސައިލެންޓް ޑްރީމް ބަލަން ނިދާފަ އޮވޭ. ވ.ވެދުން

The name is already taken The name is available. Register?

ޕްލީޒް

15 August 2016

"ރަދީފް" ޕްލީޒް ޑޯން ބްލީ.

The name is already taken The name is available. Register?

މެމްބަރު

15 August 2016

ޕީޕީއެމް އިސްވެ އޮވެ މުޅި މާލެ ހިސާރުކޮށްގެން އުޅުން ހަނދާންވޭތޯ؟ ވިޔާފާރި ނުކުރެވިގެން ތިބީ ކިހާ ދުވަހެއް ވަންދެންކަން ހަނދާން އެބަ ހުރިތޯ؟ ކިތަށް ފިހާރައިގެ ބިއްލޫރިތައް ތެޅިތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454