ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ރަސްމީކޮށް ހުޅުވުމުގެ އޭ380 ގެ މަތިންދާބޯޓު ރަންވޭ އަށް ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
14 ނޮވެމްބަރ 2018 - 11:08
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައި، އެކަމަށް އަންނަ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން ވީއައިއޭ ތަރައްގީކުރަން 2016 ގައި ފެށީ ރާއްޖެ އަންނަ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުކޮށް، މިހާރު ބޭނުންކުރާ ޓާމިނަލް މި ޒަމާނަށް ނުފެތޭތީ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ލޯނުގެ ގޮތުގައި ލިބޭ ފަސް ބިލިއަން ރުފިޔާ ހަރަދުކުރަނީ އާ ރަންވޭ އާއި ފިއުލް ފާމެއް އެޅުމަށެވެ. އަދި އަރަބި ގައުމުތަކުން ލިބޭ ހަތަރު ބިލިއަން ރުފިޔާގެ ލޯން މެދުވެރިކޮށް، އެއާޕޯޓުގައި އާ ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
މީގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރުން ވަނީ ވީއައިއޭގައި 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭގެ މަސައްކަތް ނިންމައިފަ އެވެ. އަދި އޮއިލް ފާމްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އާ ޓާމިނަލް ނިމުމުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދޭނެ ގާބިލްކަން ލިބޭނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފިއުލް ފާމް ގާއިމު ކުރުމުގެ މަސައްކަތް ކުރަނީ:.-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން، އާ ރަންވޭ އާއި ޓާމިނަލްގެ މަޝްރޫއަށް ހަރަދުކުރަނީ ލޯނުންނެވެ. އެގޮތުން، އާ ރަންވޭގެ މަޝްރޫއަށް ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް 978 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ބުނެފަ އެވެ. ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އާ ޓާމިނަލަށް 680 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
އެއީ، އަބޫދާބީ ފަންޑުން 188.6 މިލިއަން ރުފިޔާ އާއި ސައުދީ ފަންޑުން ދޭ 185 މިލިއަން ރުފިޔާ އާއި ކުވައިތު ފަންޑުން 152.7 މިލިއަން ރުފިޔާ އާއި އޯޕިޑުން ދޭ 154 މިލިއަން ރުފިޔާ އެވެ.
މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވި ގޮތުގައި، ވީއައިއޭއަށް އަންނަ ތަރައްގީއާ އެކު އެއާޕޯޓު ވެގެން ދާނީ ސަރަހައްދުގެ ނަމޫނާއަކަށެވެ. އަދި ވީއައިއޭ ތަރައްގީކޮށް ނިމޭއިރު، މި ސަރަހައްދުގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް އެތަން ވާނެ ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
14 November 2018
ވެލާނާ އެއާޕޯޓް ހިންގަނީ ވަކި ކުންފުންޏަކުން، އެތަނަކީ ބިލިއަނުން އާމްދަނީ ލިބޭތަނެއް، ކީއްވެގެން ޓެކުސްގެ ފައިސާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރަނީ؟ ކޮބައިތޯ ނެގި 1 ބިލިއަންގެ ލޯނުތަށް؟ ތަފްސީލް އެބަ ބޭނުންވޭ، 25 ޑޮލަރު ކޮންމެ ޓިކެޓަކުން ނަގައިގެން ލިބޭ އާމްދަނީ ކޮބައިތޯ؟
ނިފޫ
14 November 2018
ޓާމިނަލް ޑިޒައިން ރީތި ޑިޒައިނަކަށް ބަދަލުކުރާނެކަމަށް އުންމީދުކުރަން! އެތަނުންވެސް ކަޓް އެއް ނަގާފަތޯއްޗެއް..
ކނޗޖދޗ
14 November 2018
ދަރަނި ނެގުން މައްސަލައެއް ނޫން. އަނބުރާ ދައްކަން އިނގެނިކޮށް
އެކަމު
14 November 2018
އެކަމު ބޭރައް ފެންނަ ޑިޒައިން އެހާ ސަޅިއެއްނޫން
އެންމަޑި
14 November 2018
މާލޭ އެއާޕޯޓުގެ ތަރައްގީއަށް 1 ބިލިއަން ރުފިޔާ، ރާއްޖޭގެ ހުރިހާ ރަށަކަށް ޖުމްލަ 0.9 ބިލިއަން ރުފިޔާ. ޖަޒީރާ މާލޭ ރާއްޖެ. ދިވެހިރާއްޖެ.
ކުޑަމޫސަ
14 November 2018
ކޮސް ނުގޮވަބަލަ. އެއްޗެއް ނުވިސްނުނަސް ކޮމެންޓު ކުރާތި.
ޖީއެމްއާރ
14 November 2018
ޖީއެމްއާރާ ނުލާވެސް ތަރައްގީ ކުރެވޭނެ. އެ އިންޑިޔާއިން އަޅައިދިން އައިޖީއެމްއެޗް އިން މިހަރުވެސް މިއުޅެނީ ސަލާމަތް ނުވެވިގެން.
ޒުލައިޚާ/.ހިންނަވަރު
14 November 2018
މާލެ އެއަރޕޯރޓަށް ޔާމިނު15.9 ބިލިއަން/1.2 ބިލިއަން ޑޮލަރު، އިބޫ ގެ ސަރުކާރުން 461 މިލިއަން ޑޮލަރު. ގޯހެއްނުން. މާލެ އެއީ މޯލްޑިވުސް.. މާލެ ބުރިޖުގައި ކާޕެޓު އެޅުމަށް 1.7 ބިލިއަން، މާލެ މަގުމަތީގައި ދޫލަ އެޅުމަށް 781 މިލިއަން. މާލެ ފުއްޓަރުފާރާތު ފަތާ ޓުރެކު 15 ޓުރެކު އެޅުމަށް 15 މިލިއަން ރުފިޔާ. ހުޅުމާލޭގައި މާލޭގެ ފަގީރު ނިކަމެތި ރައްޔަތުން ގައުމުގެ ވަޠަނީން އަށް ފުލެޓު އެޅުމަށް 871 މިލިއަން. މަމެން އަތްޖަހާނަން ގައުމީ ވަޠަނުންނަށް ބަހައްޓަވާ
ކިއްލިބާޝާ
14 November 2018
ކޭކޭބީކޭ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
14 November 2018
ދައުލަތުންހޭދަނުކޮށް ތިތަނަށްބޭނުންވާކަންކަން ތިޔަކުންފުނިންހަމަޖައްސަނީ ކޮންދުވަހަކު؟! ދައުލަތުގެ ފައިސާއަޅާ ފުރޭންޏަކަށް ތިތަނާއި އަކަކިލޯ މީޓަތު ހަމަނުވާ މާލެ ވެއްޖެ. . . ސޯލިޙްގެސަރުކާރުގައިވެސް ހަނިމާދޫ އެއަރޕޯޓާއި ގޭން އެއަރޕޯޓް އިރުވާހުދުޖެއްސުމަށް ބާއްވަންވިސްނާނަމަ “އަހަރުމެން ތަފާތުގޮތަކަށް ހަރަކާތްތެރިވެ ކަސްތޮޅުކަޑާލާ މިނިވަންވެގަތުމަށްތެދުވާނަން” ކުލީ އަޅުވެތިކަމުގައި ލައްކަ ދުވަހު ގެންގުޅެފި. މިހާރު ދުނިޔެ މިގޮތް ޤަބޫލެއް ނުކުރާނެ.
ހަނދު
14 November 2018
ދައުލަތުގެ ބަޖެޓުގައި ހިމެނިފައި އެހުރީ ދައުލަތުން ލޯނު ނަގައިގެން އެ ކުންފުންޏަށް އެފައިސާ ދޫކޮށްފައި ލޯނު އަނބުރާ ކުންފުނިން ދައްކާ ގޮތަށް ކަމަށްވެދާނެ. ނޫސް ތަކުގައި ލިޔެފައި ހުންނަ އެއްޗެހީގައި ގިނަ ފަހަރަށް މަޢުލޫމާތު ފުރިހަމަ ނުވެ އޮޅުން އަރާގޮތް ދިމާވޭ
ހާދާލު
14 November 2018
ހަނިމާދޫ އެއަރޕޯޓް އަޕްގްރޭޑް ކުރަން ބަޖެޓް ކޮންފަ އޮތީ އެންމެ 1.5 މިލިއަން ރުފިޔާ.......މީ ކުރި މަލާމާތެއް ކަމަށް ނިންމައިފިން......ހެޔޮވެރިކަމެއް ކުރާނެ ކަމަށް ކުރި އުއްމީދު ފެނައް.