ޚަބަރު / ޕީޕީއެމް

ޕީޕީއެމް ކޮންގްރެސް ބަލައިނުގަތް މައްސަލަ މާދަމާރޭ ކޯޓުން ނިންމަނީ

ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭއްވި ކޮންގްރެސް.--- ފޮޓޯ: ޕީޕީއެމް ޓްވިޓާ

ވެރިކަން ކުރާ ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބޭއްވި ޚާއްސަ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމަށް މާދަމާރެޔަށް ތާވަލްކޮށްފި އެވެ.

ޕީޕީއެމުން ބޭއްވި ޚާއްސަ ކޮންގްރެސްގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެ ޕާޓީގެ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފަ އެވެ. އަދި ޕީޕީއެމްގެ ހަތަރު ނައިބު ރައީސުންގެ ގޮތުގައި މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ އިންތިޚާބުކޮށްފަ އެވެ.

އެކަމަކު އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ އެ މައްސަލަ ޕީޕީއެމުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލައިފަ އެވެ.

އެހެންވެ، ބެލެވޭ ގޮތުގައި މާދަމާރޭ 8:30 ގައި އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ހައި ކޯޓުގައި ބޭއްވި ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރި ގޮތުގައި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ނިންމީ ޕީޕީއެމްގެ ގަވާއިދުތަކާ ޚިލާފަށް ކޮންގްރެސްއާ ގުޅޭ ކަންކަން ކޮށްފައި ހުރި ކަން ކޮމިޝަނަށް ފާހަގަވުމުންނެވެ. އެކަމަކު، ޕީޕީއެމުން ބުނީ ކޮންގްރެސް ބޭއްވީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި، އެ ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން ނިންމުމަށް ފަހު ކަމަށާއި އެކަން އެގޮތަށް ކައުންސިލަށް ނިންމިދާނެ ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފައިސަލް އެވެ.

17 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 22%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫ ބެއްޔާ

15 November 2018

މައްސަލަ ސާފު. ކޮންގްރެސް ބަލައި ނުގަންނާނެ. ނަތީޖާ؟ ޔާމީން އާއި ދަރުބާރު ފެކްޝަން ޕީޕީއެމް އިން ބޭރުވެ މައުމޫނަށް ޕާޓީ ލިބި ރާއްޖޭގެ މައި އިދިކޮޅު ޕާޓީއަކީ އެމްޑީއޭ ކަމަށްވާނެ. ޔާމީނަށް އޮންނާނީ އެމްޑީއޭއާ ގުޅުން ނުވަތަ އާޕާޓީއެއް އުފެއްދުން. ހީވާގޮތުން މުއިއްޒުގެ ބެލުމުގެ ދަށުން އާޕާޓީ އުފެއްދުމަށް މަސައްކަތް ކުރެވެމުންއެބަދޭ!

The name is already taken The name is available. Register?

ދަޅުހަރުފަ

15 November 2018

ޕީޕީއެމް ގެ ނަމުގަހުރި ބޮޑެތި ދަރަނިތައް ޔާމީނު ބޮލުގަ އެޅުވޭނީވެސް ޕީޕީއެމް ދަރުބާރު ފެކްޝަނުގެ ބައެއްގެ ގޮތުގަ ބޭއްވިގެން. ވާން އެއުޅެނީ ހަމަ ރަނގަޅަށް.

The name is already taken The name is available. Register?

ވާލުސޮރު

15 November 2018

މިހާރު ކަންކަން ވަމުންދާގޮތަށް ބަލާއިރު ތިޔަ މައްސަލަ ރައީސް ޔާމީން އާ އެއްކޮޅަށް ނިމިމުންވެސް ވާނީ ރައްޔިތުންނަށް މެދުވެރިކުރައްވާ ހެވަކަށެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބްގަ ރައީސް މައުމޫނުގެ އަސްލު ޕީޕީއެމްއާ ފޭކް ޕީޕީއެމް މަސްހުނި ނުވެ ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތު ފަހިވެ ރައީސް މައުމޫނު ގެ ސަޕޯޓަރުންނަށް މަޖިލިސްގެ ގޮނޑި ތައް ލިބުމެވެ. އޭރުން ޕީޕީއެމް މުޅިން އެކަހެރިވެ ވިއްސިވިހާލިވެގެންދާނެއެވެ.

The name is already taken The name is available. Register?

ނަގޫ ރޯޅި

15 November 2018

ޕީޕީއެމް، މައުމޫނަށް ހޯދާ ދެއްވުމަކީ އިންތިޚާބީ ރައީސްގެ ވައުދެއްކަން ހަދާން ކޮށް ދެމެވެ.

The name is already taken The name is available. Register?

އަންދާގާނޫނު

15 November 2018

ހުކުމް ބުނެދީފާނަން ޕޕމގެ ވެރިފަރާތަކީ މައުމޫނޭ މައުމޫނަށް ޕޕމ ދޭށޭ މިހާރަކު މައުމޫނާ ގާސިމްމެންނާ ދެކޮޅު ހުކުމެ ނުނެރޭނެ.

The name is already taken The name is available. Register?

.ުވޮއީޑް އާޒީމާ ޝިކާރަ

15 November 2018

ޢިންތިޚާބު ބާތިލް ކުރުމަށް އެދޭ މައްސަލަ ނިމުނު ގޮތުގެ ކައްފާރަ އަކަށް ޕީޕީއެމް ޔާމީނަށް ދޭނެ ކަމަށް ބުނެވެއެވެ.

The name is already taken The name is available. Register?

މެލޭޝިޔާ އެމްބަސެޑަރ ކަން ދިފާއު ކުރާ

15 November 2018

ތިއީ ރޭގަޑެއްގެ ހަތަރު ދަމުން ވެ ނިމިފައިވާ ކަމެކެވެ

The name is already taken The name is available. Register?

އަޖީތު

15 November 2018

ގަވައިދާ އެއްގޮތަށް އެއްވެސް ވޯޓެއްލާން ކެރޭ ބައެއް ނޫން ދަރުބާރު ފެކްޝަނަކީ. އެހެންވަނީ ތާއީދު ނެތީމަ. ދެން ޖެހޭނީ ގަވައިދުބަދަލުކޮށް ނޫނީ މަކަރާއި އޮޅުވާލުމުން ހޮވެން.

The name is already taken The name is available. Register?

ޑިގު ކުޅޭ ފައިސަލް

15 November 2018

ރައީސް ޔާމީނާ، ޕީޕީއެމް ހަވާލު ކޮކޮށްފި ނަމަ ޕީޕީއެމް ޕީޕީއެމް އުވިގެން ދާނީ އެވެ. ނުވަތަ އުވާލާފައި އެހެން ޕާޓީއެއް ހަދާނޭ އެވެ.އެހެނީ ދެން އޮތް މަޖްލީސް އިންތިޚާބު ގެ އެއްމެ ގޮޑިއެއް ވެސް (ރައީސް ޔާމީނުގެ) ޕީޕީއެމް އަކަށް ނުލިބޭނެ ކަން ކަށަވަރެވެ.

The name is already taken The name is available. Register?

ޕަގެލޭ ކިތާބު

15 November 2018

ޚާއްސަ ހާލަތެއްގައި ކޯޓް އަމުރެއްގެ ދަށުން ޕާޓީ ހިންގުން މުސްތަޝާރާ ހަވާލު ކުރުމުން، ޕާޓީގެ އަސާސީ ޤަވާއިދު ބަދަލު ކޮށްފައި ކޮންގްރެސް ބާއްވާފައި ޕާޓީގެ ރައީސް ކަން މުޝްތަޝާރަށް ބަދަލު ކޮށްލުމަކީ ކޯޓުން ހުއްދަ ދިން މިންވަރަށް ވުރެ މާފުޅާ ކޮށް ކުރި ކަމެކެވެ. މިވެސް ތި ކޮންގްރެސް ބާތިލް ވާ ބޮޑު ސަބަބެކެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454