މާލޭގެ މަގުތަކުގައި ޓްރެފިކް -- ފޮޓޯ: މިހާރު
18 ނޮވެމްބަރ 2018 - 11:09
މާލޭގެ މަގުތަކުގެ ހާލަތު ބަލައި، ހުޅުވާލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވާލާނެ ކަމަށް އާ ސަރުކާރުން ބުނެފި އެވެ.
ރައީސް ކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުން އިއްޔެ އިއުލާން ކުރި 100 ދުވަހުގެ އެޖެންޑާގައި ބުނެފައިވާ ގޮތުގައި އެއީ ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ.
މާލޭގެ މަގުތަކުގެ ޓްރެފިކް ދަައުރުވާ ގޮތް ރަނގަޅަށް ބެލުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި މަގުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ އެކު ހުޅުވަން ޖެހޭ މަގުތައް ހުޅުވާނެ ކަމަށް އެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ "ޖަޒީރާ ހޮޅުއަށި"ގެ ބައްދަލުވުންތަކުގެ ފުރަތަމަ ހަރަކާތުގައި، ރައީސާއި ކޯލިޝަން ސަރުކާރުގެ ލީޑަރުން ވަނީ މާލޭގެ މަގުތަކާ މެދު ރައްޔިތުންގެ ފަރާތުން ހުރި ޝަކުވާތައް އަޑުއަހައިފަ އެވެ. މި މަހު ކުރީކޮޅު ބޭއްވި މި ބައްދަލުވުމުގައި މާލޭގެ ރައްޔިތުން ހުށަހަޅާފައި މައްސަލަތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި ޓްރެފިކް ބޮޑުވުމާއި، ކުނި ގިނަވުން ހިމެނެ އެވެ. އަދި އިސްލާމީ މަރުކަޒުގެ ދެ ފަރާތުން އޮންނަ އަމީރު އަހުމަދު މަގާއި މެދު ޒިޔާރަތް މަގު އަލުން ހުޅުވުމަށާއި، އެ މަގުތައް ފުޅާ ކުރުމަށް ވެސް އެ ބައްދަލުވުމަށް ދިޔަ މީހުން އެދިފައި ވެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރާއްޖެ ޖަޒީރާ ރާއްޖެއަކަށް ހެދޭނީ، މާލެ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރެވިގެން ކަމަށް އާ ރައީސް ވިދާޅުވެފައި ވެއެވެ.
"އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ރާއްޖެއެއް، ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުމަށްޓަކައި މާލެ އެބަ ޖެހޭ ހިތްފަސޭހަ ތަނަކަށް ވާން. މާލެ ހިތްފަސޭހަ ތަނަކަށް، ރަނގަޅު ދިރިއުޅުމެއް އުޅެވޭ ތަނަކަށް ވާނީ ލާމަޒުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީ ކުރެވިގެން،" އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓްރީގެ ބެލުމުގެ ދަށުން މި 100 ދުވަހު މާލޭގެ މަގުތަކުގައި ލޯޑިން ޒޯނެއް އެކުލަވުމަށާއި، މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ ދުއްވާ އެއްޗެހި ގަވާއިދުން ނެގުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ ޖުމްހޫރީ ޕާޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނީފް
19 November 2018
އަލިކިލެގެ ފާނުމަގު ކުރިން އޮތްގޮތަށް ހަދާދީބަލަ ، ހެޔޮނުވާނެ ، އަހަރުމެން ހާދަ ތަކުލީފު އުފުލަމޭ އެކަމަށް
އެޔާމީނު
18 November 2018
މަގު ހުޅުވިޔަސް ލޯންޗު ފެރީ ކައިރިކުރާ ސިލޯން ބޭންކް ކުރިމަތިން ތޮއްޖެހުން ހުއްޓުވޭނީ އެމަގު ފުޅާ ކޮށްގެން. ރައީސް އޮފީހުން ފެށިގެން ނަސަންދުރަ އާއި ހަމަޔަށް ފުޅާކޮށްލަ ބަލަ. ޔާނު ހެދިހެން ލޯނެއް ނަގައިގެން 6 ބައި ކައިފަ ވެސް ކުރެވިދާނެ ނުލާހިކު އަވަހަށް.
ރާވެރިބެ
18 November 2018
މާލެތެރޭގެ ޓްރެފިކް ލުއިކުރަންޖެހޭ ... މަޖީދީމަގުން އުތުރުގައި ޗާންދަނީމަގު ހުރަސްކުރެވޭނެ ފަސޭހަ އެއްގޮތެއްވެސް މިހާރަކު ނެތެވެ. ކުޑަކުދިން ކުޅެން ކޮތަރުޕާކާއި ބްރިޖްޕާކާއި 2 އާޓިފިޝަލް ބީޗާއި ކުޑަކުދިންގެ ބަގީޗާއާއި ހާބަރު ބަގީޗާ އެބައޮތެވެ. މެދުޒިޔާރަތް މަގާއި އަމީރު އަޙްމަދު މަގު ހުޅުވާލުމުން ލިބޭނެ ފަސޭހަތައް މާ ބޮޑުވާނެއެވެ.
ޏމނމ
18 November 2018
މަރުކަޒުވަށައިގެން އޮތް ޖާގަ އެގޮތަށް ބޭއްވިމަ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް ވަރަށް ފަސޭހަ. ހަމައެކަނި ޓެކްސީ ޑްރަވަރުން ބޭނުންވާގޮތްހަދަން ގެނައިރައީސެއްނޫންތީ އިނގޭތޯ. އެތަން އެގޮތަށް ބާއްވަވާ.
ހައްވާ ލަތީފު
18 November 2018
އެތަނަށް ކުޑަކުދިން ގޮވައިގެން ދެވޭތަ ހުރިހާ މަގެއް ބަންދު ކޮށްގެން. އަހަރެން މަންމަ ގޮވައިގެން ކްލިނިކަކަށް ދާން މަޖީދީ މަގަށް ވަދެފަ ނެގި ބައިގަޑި އިރު. މަށަކީ ޓެކްސީ ޑްރައިވަރެއް ނޫންް. ފަސިންޖަރެއް. ގޭގަ ފުއްޖަހައިގެން އިންނަ އަންހެނަކަށް ނޭނގޭނެ މަގުތައް ބަންދު ކޮށްގެން ޖެހޭ އުނދަގުލެއް.
ބެލް
18 November 2018
މިފަހަރު ގާސިމްބެގެ އެކައުންޓްތައް ފުރާލާނެ
ބަދަވި
18 November 2018
ބަންދުކޮށްފަވާ ބޮޑުދެމަގު އަވަހަށް ހުޅުވާލަދީ.
އަހްމަދު
18 November 2018
މަގުތަކުގެ ދެފަރާތު ޕާކުރުންހުއްޓިގެންނޫނީ ހައްލެއްނާންނާނެ މާލޭމަގުތަށް ބާރުބޮޑުވެތޮށްޖެހިގެންއުޅެނީ މެދުޒިޔާރަތްމަގާ އަމީރުއަހްމަދުމަގު ބަންދުކޮށްގެނެއްނޫން މަގުތަކަށް އެންމެބޮޑުތަކުލީފަކަށްވަނީ ބައެއް ޓެކްސީ ޑުރައިވަރުންގެ އަމަލްތައްހުންނަގޮތުން މީހަކުއަރުވަން މީހަކުބައިލަން މަޑުކޮށްލުމުގަ އެއްވެސް ބަލައިލުމެއްނޯވޭ އެންމެންގެ އެއްބާރުލުންނުލިބިހައްލުކުރެވޭނެ އެއްވެސްކަމެއްނޯންނާނެ
ފެންނުބޯސާ
18 November 2018
ދެފަރާތުގަ ޕާކު ނުކޮއް ދެން މަހުމެދުގަދޯ ޕާކު ކުރަންވީ..
ރަންބުއްދި
18 November 2018
މާލެ އަކީ އާބާދީގެ ގޮތުން ތޮއްޖެހިފަވާ ދިރިއުޅެން އެކަށޭނަ ފަދަ ސިޓީއެއް ނޫން.މާލޭގެ މޫނުމަތީގަ ރީތި އުސްއިމާރާތް ތަކެއް ހުރިނަމަވެސް މާލޭގެ ގިނަ ބަޔަކު އޫޅެނީ 'ސްލަމް ކަންޑިޝަނު" ގަ.މީގެ ސަބަބުން ނިކުން ނަ އިޖުތިމާއީ އާއިލީ އަދި ސިއްހީ މައްސަލަތައް އިންތިހާއަށް ގިނަ.މާލޭގަ އެންމެ ގިނައިން ބޭސްފަރުވާ ހޯދަން ދިމާވާ އާއްމު ރޯގާތަކާ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަނީ ދިރިއުޅުމުގެ ހާލަތާއި މާހައުލު ދެރަކަމުން.މިކަަމަށް އަވަސް ހައްލު ބޭނުން.
ޕުތަރަދީފް
18 November 2018
ޓެކްސީ ޑްރައިވަރުންގެ ޢަމަލުތައް ހުންނަގޮތުން މާލޭ މަގުތަކުގެ ޓްރެފިކް ބާރުބޮޑުވޭ، ބޮޑުމަގަކަށް ނުކުތުމުގެ ކުރިން އެއްވެސް ވަރަކަށް މަގަށް ބަލާނުނާ ގޯޅިއަކުން ބޮޑު މަގަކަށް ނުކުނެފާނެ، ދުއްވާ އެހެންމީހުންނަށާއި ހިނގާމީހުންނަށް ދަތިވާގޮތައް ކޮންމެފަދަ ތަނަކަށް ވެސް މަޑުކޮށްފަ ދަތުރު ނަގާ ނޫނީ ހުސްކޮށްފާނެ، މީހަކު ހަމަ އަތްހިއްލާލާއިރަށް ސިގްނަލް ދިނުމެއްނެތިވެސް މަޑުކޮށްފާނެ، މަގު ބޮލޮކްވާގޮތައް ދެ ޑްރައިވަރުން މަޖާ ވާހަކަދައްކަންވެސް ތިބެދާނެ
ނަފާ
18 November 2018
ބަލަގަ އެތާ ކުރިމަތީގަ އެއޮތީ ހިތްހަމަޖައްސަން ރަސްރަނިބަގީޗާ. ތިޔަމަގު ބަންދުކޮށްފަ އޮތުމުން އަންހެން ފިރިހެން ދިވެހިން ބެރުމީހުން އިސްލާމީ މަރުކަޒު ތެރެއަށް ވަދެ އެތަނުގެ ހުރުމަތް ކަނޑާލައިފި.