18 ނޮވެމްބަރ 2018 - 17:42
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތައް މަސްވެރިކަން ކުރުން މިހާރު ވެސް ވާނީ މުޅިން ހުއްޓުމަކަށް ގެނެސްފައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުން ހުއްޓުވުމަށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައި ވާތީ "މިހާރު" ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ މިހާރު ވެސް ބޭރުގެ މަސްބޯތުތަކަށް އެ ހުއްދަ ނޯންނާނެ ކަމަށެވެ.
"ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރު މީހުންނަށް ދިނުން ހުއްޓައިލިތާ މިހާރު 10 އަހަރު ވެއްޖެ. ދެން ކުރަމުން އައި ކަމަކީ ފްލެގް ބަދަލުކޮށްގެން، ރާއްޖޭގެ މީހުން ގެންނަ ބޯޓުފަހަރުން މަސްވެރިކަން ކުރުން. އަޅުގަނޑުމެން ވާނީ އެކަން ވެސް ހުއްޓުވާފައި. އެކަން ހުއްޓުވީ އަޅުގަނޑު،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހީމް މުހައްމަދު ސޯލިހު އެހެން ވިދާޅުވީ އެ މަނިކުފާނަށް ބަޔަކު ރަނގަޅު ނޫން މައުލޫމާތެއް ދީފައި އޮތުމުން ކަމަށް ވެދާނެ ކަމަށެވެ.
ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރޭގައި ލޭނު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ބޯޓުފަހަރަކީ ރާއްޖޭގެ ބޯޓުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބޯޓުތަކަކީ ދިވެހިން ގަނެގެން ގެނެސް، ޑީ ރަޖިސްޓްރީކޮށް، އަލުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޯޓުފަހަރު. އެއީ ދިވެހިންގެ މުދާ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ރާއްޖޭގެ އުޅަނދުފަހަރުގައި ވެސް ބޭރު މީހުންނަށް މަސްވެރިކަން ކުރެވޭނީ 100 މޭލު ބޭރުގައި ކަމަށެވެ. އެ ގޮތުން ލޭނު އަޅާ ބޯޓުފަހަރުން ބާނަމުން އަންނަނީ ލޯބޮޑު ކަންނެލި ކަމަށާއީ އެއީ އާއްމުކޮށް ނަނު ދޫކޮށްގެން ބާނާ ވަރަށް ވުރެ އަޑީގައި އުޅޭ ބާވަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަން ސާފުކޮށްދެއްވުމަށް ޝައިނީ މިއަދު ވަނީ ޓްވީޓެއް ވެސް ކުރައްވާފައެވެ.
I wish to clarify that it has been over 10yrs tht Maldives hve not given license to foreign fishing vessels to fish in Maldivian EEZ. But some loopholes remained until I stopped it by requiring to de-register foreign built vessels n re-register in Maldives b4 fishing operation.
— Mohamed Shainee (@mshainee) November 18, 2018
ޝައިނީގެ ޓްވީޓް
"އެ ބާވަތް އެއީ ނަނު ދޫކޮށްގެން ބޭނޭ ވަރަށް ވުރެ ފުނުގައި އުޅޭ ބާވަތެއް. އެ ބާވަތް ލޯންގް ލައިން ބޭނުންކޮށްގެން ބާނަން ހުއްދަ ދިނީ އިންޑިއާ ކަނޑުގެ ސްޓޮކް އިން ރާއްޖެ އަށް ލިބޭ ބައި މަދުވެދާނެތީ،" މަސްވެރިން ޝަކުވާ ކުރާ ލޭނު ބޯޓުތަކާ ބެހޭ ގޮތުން ޝައިނީ ވިދާޅުވި އެވެ.
ލޭނު އަޅަން އުޅޭ ބޯޓްތަކާ ހެދި ކަންނެލި މަސްވެރިކަމަށް ހުރަސް އެޅޭ ކަމަށް ދެކިގެން ބައެއް މަސްވެރިން ކުރިއްސުރެ އަންނަނީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ، މިނިސްޓަރަކަށް ހުންނެވި އިރު ވެސް ޝައިނީ ވަނީ އެކަމުގެ ތަފުސީލު ދެއްވާފަ އެވެ. އެގޮތުން ލޭނު ބޯޓުތަކުން ބާނަނީ ރާއްޖޭގެ ކަންނެލި މަސްވެރިން ބާނާ ވައްތަރު ނޫންކަން އޭރު ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
19 November 2018
އޭ ކަޔޭ ދޮގު ނުބުނެ، އެއޮތް ހުޅުމާލެ ބަނދަރަށް ވަންނަ ބޮޑެތި ބޯޓުތަކުން ކަޔެއަށް އަޅާބައި އަދިވެސް އަޔާ.
އާނދު
19 November 2018
ޝައިނީމެން ބުނި،ނުވަތަ ލިޔެފައިވަނިކޮށް ފެނުނު ސުނާމީ ލޯނުތައްވެސް މަޢާފްކޮށްފިކަމަށް ނަމަވެސް މިހާރު އެލޯނުތައް ނަގަން އެބަގުޅާ ދައްކާ ވާހަކަތަކީ ކޮބާ
ޙިމާރުލް ވަތަން
19 November 2018
މުޅިން އޮޅުވާލުން. ޝައިނީ މަސްވެރިންގެ އިހްސާސްތަކަށް ދިނީ ބީރު ކަންފަތެއް. ބޮޑާކަމާއެކު ދިނީ ބީރު ކަންފަތެއް. ކަލެއާ އިދިކޮޅަށް މީހަކު ޚިޔާލު ފާޅުކިރިޔަސް ގުރަޕްތައް ލައްވާ ދިޔައީ ބިރުދައްކަމުން. ޔާމީނަށް ދިމާވި ފެއިލިޔާގަ ތީ ބޮޑު ހިއްސާއެއް. ދެމީހުންނަކީވެސް ގޮތްދޫނުކުރާ ދެމީހުން. ތިޔަ ސަފުޙާ މިހާރު ބަންދު.
ގޭގޭގެ
19 November 2018
ރައީސް އިބޫ ވިދާޅުވިބަހުގެ މާނަ ނޭނގި ވާހަކަ ނުދަށްކާ!
މަސްވެރިއެއް
18 November 2018
ލޭނު އަޅާ ބޯޓުތައް ހުއްޓުވަންޖެހޭ. އެއީ ކޮންމެ ބައެއްގެ އެއްޗެއް ނަމަވެސް އެއީ މަސްވެރިކަން ހަލާކު ކުރާ ބައެއް.
ބޮއްބެ
19 November 2018
އެއީ ހިޖުރަކުރާ ސުޓޮކެއް.. ރާއްޖޭން ނުބޭނިއަސް އެހެން ބަޔަކު ބާނާނެ
ދިސްވޭ
18 November 2018
ތިމާޔަށް ބައިއެޅޭ ގޮތަށް ހުރި ވިޔަފާރިތަކާ ބެހެން ދިމާކުރީމާ, ހަފޮޅުން ބޭރުގައިވެސް އަނގަ ނުތަޅާ ނުހުރެވޭނެއެވެ. އެކަމަކު މިފަހަރު އޮތީ ކޮއްފައި ހުރި ހުރިހާ ވައްކަމެއް ބަލާގޮތަށެވެ.
ހުށަހަޅާނަން
18 November 2018
އިސްތިއުފާ ނުދީފިއްޔާ އިތުބާރު ނެތް ކަމަށް ހުށަހަޅާނަން
ހުސޭނުބެ
18 November 2018
އެބުނާހެން ހުޅުމާލޭ ފަޅުގައި އަޅާފައި ހުންނަ ހުރިހާ ތުންގަޑު މަސްބޯޓެއްގައި ދިވެހިދިދަ! އެކަމަކު ހުރިހާ ބޯޓެއްގައި އިންޑިނީސިޔާ މީހުން! ފުރައިގެންގޮސް އުޅޭނެތާކު އުޅެފައި އަންނައިރު މަސްކޮޅެއް ނުހުރޭ! ދިވެހިންގެ ބޯޓް ދޯ!
ރުއްފުށިކަނޑޯޅި
18 November 2018
ބަލަ ށައިނީ ޖަރީމާތައް ހިންގާފަ ރައްޔިތުންނަށް އަނިޔާވެރިކަން އިންތިހާއަށް ދައްކާފަ ކޮންވާހަކައެއް ތިދައްކަނީ އުތުރުކިރެއާގެ ތެޔޮބޯޓެކޭ ނޫން މިކިޔަނީ ހުއްދަ ދީގެން ބޯޓު ފަހަރު ވައްދާފަ ހުއްޓުވާ ވާހަކައެއްވެސް ނޫން ބޭރުގެ މަސްބޯޓު ފަހަރަށް ރާއްޖޭގެ ކަނޑުތަކުގަ މަސްވެރިކަން ކުރަން ހުއްދަ ނުދޭނެ ވާހަކަ
ދޮގެއްތަ؟
18 November 2018
މުޅިންވެސް ހުރީ އެކަހަލަ ކަންތައް. ދަނޑުވެރި ކަމަށް ގެންނަ ތަކެތި ޑިއުޓީ މާފު ކުރާ ވާހަކަ ދައްކާއިރު މިދިޔަ 5 އަހަރު ކުރަމުން އައި ކަމެއް އެވެސް. މިއުޅޭ މުޒާހިރާ މީހުން ހީކުރާނީ އަލަށް ކުރާ ކަންތައް ކަމަށް. އައިޑީ ކާޑު މުއްދަތު ހަމަނުވާ ވާހަކަ ފިޔަވައި ހުސް ހުރީ މިހާރުވެސް ހިނގަމުން އަންނަ ކަންކަން