19 ނޮވެމްބަރ 2018 - 16:05
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ނިންމާފައިވާ ނިންމުން އާ ސަރުކާރުން ބަދަލުކޮށް އެ ދެ ހެލިކޮޕްޓަރު ފޮނުވައިނުލާން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ "މިހާރު" އަށް ވިދާޅުވީ ދެ ހެލިކޮޕްޓަރު ފޮނުވައިނުލަން ނިންމަވާފައިވާ ކަމަށާއި އަވައްޓެރިން ދޭ ހަދިޔާ އަނބުރާ ރައްދު ކުރުމަކީ ދިވެހިންގެ ސަގާފަތެއް ނޫން ކަމަށެވެ.
"އަވައްޓެރިން ދޭ ހަދިޔާ އަނބުރާ ރައްދުކުރުމަކީ އަޅުގަނޑުމެންގެ ސަގާފަތެއް ނޫން. މެޑިކަލް އިވެކުއޭޝަންތަކަށް އަދި މީހުން ހޯދައި ސަލާމަތްކުރުން ފަދަ ކަންތައްތަކަށް އެ ދެ ހެލިކޮޕްޓަރު ހެޔޮ ގޮތުގައި ބޭނުން ކުރެވޭނެ،" މާރިޔާ ވިދާޅުވި އެވެ.
އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ގަ އެވެ. އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫ ގަން އެއާޕޯޓުގަ އެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައިދީފައިވާ ހެނގަރުގައި ބާއްވައިގެންނެވެ.
ދިވެހި ސިފައިން ތަމްރީނު ކުރެވެންދެން، އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލު ކުރާ "ލެޓަ އޮފް އެކްސްޗޭންޖް"އެއްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ.
ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިއާގެ ގުޅުން ގޯސްވެ، އެ އެއްބަސްވުން އާކޮށްދޭން ދިވެހި ސަރުކާރުން ދިޔައީ ދެކޮޅު ހަދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯން
20 November 2018
އެއީ އިންޑިޔާއިން ރާއްޖެއަށް ދީފައި ނުވަތަ ހަދިޔާކޮށްފައި ހުރި ހެލިކޮޕްޓަރުތަކެއްނޫން. ނިކަން ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެތަކެތި އެމް.އެން.ޑީ.އެފް ނުވަތަ ފިނޭންސް މިނިސްޓްރީއަށް ރަޖިސްޓްރީ ކޮށްދީފައިވާކަން ސާބިތުކޮށްދީބަލަ. އެއީ އިންޑިޔާސިފައިން ރާއްޖޭގައި ތިބުމަށް ޖަހައިގެން އުޅޭ ރޮކެޓެއް. މިއޮއް ހުރިހާ ދުވަސްވީއިރު ކީއްވެތޯ އިންޑިޔާއިން އެ ހެލިކޮޕްޓަރު ދުއްވަން ދިވެހިސިފައިންގެ ޕައިލެޓުން ތަމްރީނު ނުކޮށްދިނީ. ގަމާރު ދިވެހިން.
ޢީޒު
20 November 2018
ތިޔަ ވެއްޓިވަޑައިގަންނަވަނީ އުނގަށެވެ. ބޭނުންކުރެވޭ ފެންވަރުގައި ނުވަތަ ބޭނުންކުރެވޭފަދަ ޙާލަތުގައި އޮންނަ މިފަދަ އުޅަނދުތައް ބެހެއްޓުން މައްސަލައެއް ނެތެވެ. އެކަމަކު އިންޑިޔާ ސިފައިންގެ ފައުޖެއް ތިކަމަށް މިޤަޢުމުގައި ތިބުމަކީ ޢިސްތިޢުމާރުގެ ޢަމަލެކެވެ.
ދޮރުފޮތިގަނޑު
20 November 2018
މިގައުމަށް ކޯސްޓްގާޑު އުޅަނދުފަހަރުވެސް ހަދިޔާކޮށްފަ އެބަހުރި އިންޑިޔާސިފައިންގެ ޕުލެޓޫނެއް ބޭނުމެއްނުވޭ.. ތިޔަ ހެލިކޮޕްޓަރު ބާއްވާ އިންޑިޔާސިފައިން ބާލާ
ޝުކުރިއްޔާ ގައުމު
20 November 2018
ނުބޭލޭނެ. ނުބޭލޭނެ. ކިހިނެއް ބޭލާނީ. އަޅުވެތިވެ އަވަދިވެފަ. ކިހާ ބައިވަރެއް ކަމެއް އެނގޭތަ ދިނީ؟ މި ގައުމެއްވާ ނެތް.
ހިޔަޅު
20 November 2018
މީދިންއެއްޗެނުން އިންޑިޔާ ސިފައިން ތިބެގެން ދުއްވަން މިޤައުމަ ގެނައިއެއްޗެއްމީ. އެގްރިމަންޓް ހަދާފަ ހުރީ އެގިތަ މިރާއްޖެ އަޅުވެތިކުރަން.
އަލީ-
20 November 2018
މިއީ ރާއްޖެއަށް ދީފައި ހުރި އެއްޗެއް. އަބުރާ ފޮނުވާލާފައި ފައިސާ ދީގެން ގަންނަންވީ؟ ނޫން. ކުރަން އޮތީ ހަމަ އެންމެ ކަމެއް. އެއީ ދިވެހި ސިފައިން މި ހެލިކޮޕްޓަރުތައް ދުއްވާ ބަލަހައްޓަން ތަމްރީން ކުރުން. އޭރުން ނިމުނީ.
ޏ ސިޓީ
20 November 2018
ގައުމު ވިއްކާލާކަށެއްނޫން އިބޫ ވެރިކަމަށް ގެނައީ.. ޔާމީނުގެ އަނިޔާވެރިކަން ނަށްތާލަން ... މީކީ އައްނިގެ ނޫނީ އެމްޑީޕީގަ ތިބި މަދު ގައުމަށް ޚިޔާނާތްތެރި ގަށްދާރު ބައެއް ހިތުހުރި ގޮތަކަށް ހަދާލެވޭނެ ގައުމެއްނޫންކަން ދިވެހި ގައުމުދެކެ ލޯބިވާ ރައްޔިތުން ހަނދާން ނަށްތާލައިގެން ނުވާނެ. ޢަމިއްލަ އެދުން އިސްނުކުރާނެ ކަމަށް އުއްމީދު ކުރަން
Citizens
20 November 2018
މައްސަލައަކީ އެއޮތުމެއް ނޫން، މައްސަލައަކީ ދީފަ އޮތް އެއްޗެއް ދިވެިހި ސިފައިންނަށް ނުދުއްވޭތީ، އަދި އެދުއްވާ ނަމުގަ ބަޔަކު މިތާ ކޭމްޕް ކުރުވީތީ .......
ކަނބިލި
20 November 2018
ތިޔަ ކަހަލަ ބޮޑެތި ނިންމުންތައް ނިންމަނީ ކެބިނެޓަކުން ނޫންތަ.ޔާމީނު ނޫނެކޭ ބުނާ ކޮންމެ ކަމަކަށް ގޮންޖަހާލާފައި ވިސްނާލުމެއްނެތި ނިންމާ ނިންމުންތަކުން ހުރިހާ ގެއްލުމެއް އާޚިރުގައި ލިބޭނީ ދިވެހި ރައްޔިތުންނަށް.
ޢޯމޖީ
19 November 2018
ޢިންޑިޔާއަކުން ހެލިކަޕްޓަރެއް ނުދޭ. ޢެމީހުން 2 ހެލިކަޕްޓަރު ރާއްޖޭގައި ގެންގުޅެނީ.
ޤަމާރޭ
20 November 2018
އެވެސް ޖާސޫސް ކުރަން
ދަންޑަހެލު ދުވާފަރު
19 November 2018
މާރިޔާ މެން ކޮންހަޔަކުންތޯ މަގުމައްޗަށް ފާހާނާކޮށް އުޅޭ އިންޑިޔާގެ 50 ސިފައިންނަށް ދިވެހިންގެ ޓެކްސް ފައިސާއިން ޚަރަދުކުރަނީ، ރައްޔިތުންގެ އަތުން ގޯސް ހައްދުވަން ނޫޅެ އެމީހުން ހަމަ މިހާރު މިގައުމުން ބޭރުކުރޭ.