ބީއެމްއެލްގެ ހެޑް އޮފީސް: ވިލިނގިލީ ބްރާންޗުން އެތައް މިލިއަން ރުފިޔާއެއް ވަގަށް ނެގި -- ފައިލް ފޮޓޯ
20 ނޮވެމްބަރ 2018 - 20:35
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލި މައްސަލާގައި 11 މީހުން ހައްޔަރުކޮށް އޭގެ ތެރެއިން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީި އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކުރި ހަތް ފިރިހެނުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ދެ މީހެއްގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އެ މައްސަލާގެ ތުހުމަތަށް އިތުރު ހަތަރު މީހަކު މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝް ފިރިހެނަކާއި ދިވެހި ތިން ފިރިހެނުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމާނީ މާދަމާ އެވެ.
ހައްޔަރު ކުރި މީހުންގެ ވަނަ ވަރެއް ފުލުހުން އާއްމެއް ނުކުރެ އެވެ.
އެ މައްސަލައިގައި އެއް އާއިލާއިން ހަތަރު މީހަކު އަދި އެހެން އާއިލާއަކުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެ އެވެ. އަދި ސްރީ ލަންކާގެ ރައްޔިތަކު ވެސް އެ މައްސަލައިގައި ހައްޔަރު ކޮށްފައިވެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ސްރީ ލަންކާގެ ރައްޔިތަކީ ވޯކްޝޮޕެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ވައްކަމުގެ މައްސަލައިގައި އެ ވޯކްޝޮޕުގެ ވެރިޔާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ބެންކްގެ ފުރާޅު ހަލާކުކޮށްލައިގެން ކޮށްފައިވާ އެ ވައްކަމުގައި ނަގާފައިވާ 14 މިލިއަން ރުފިޔާ ފުލުހުން ވަނީ ހޯދާފަ އެވެ. އަދި އެކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ގޭސް ކަޓަރެއް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިލާ
21 November 2018
ތިއީ އަބަދުވެސް ވިލިނގިލީގައި ތިފަދަ ނޭދެވޭ ކަންކަމަށް ހިތްވަރުދީ އަމަލީ ގޮތުން ތިކަން ކުރާ މީހުން . މާތްﷲ މި ވިލިނގިލި ތިފަދަ މީހުންގެ ކިބައިން ސަލާމަތް ކުރައްވާ . އަންނަށް އޮތް ޖީލަން ރައްކާތެރި ތަނެއް ކަމުގައި ލައްވާށި. އާމީން.
ރެއްސާ
21 November 2018
މަށަކީ ކޯޑިނޭޓަރެކޭ އަހަރެން ހައްޔަރު ކުރެވޭނެތަ
ހޮޓްކިންގ
21 November 2018
އިބޫގެ ސަރުކާރުން ގއ. ވިލިގިއްޔާޢި ކޫއްޑޫއާއި ދެމެދު އަޅަން ބުނި ބުރިޖްއަޅަން ފަންޑު ހޯދީހެން ހީވަނީ.
ތިމާވެށި
21 November 2018
މިގައުމުގަ އޮތީ ތަހުގީގު ކުރުމާ ކަންކަން އިސްލާހު ކުރުމެވެ. ކާމީހުން ކަނީއެވެ. ފުރާ މީހުން ފުރަނީއެވެ. މި ކަމަކު ނުދެއެވެ.
ޝާހިދު
21 November 2018
ވައްކަން ކުރާމީހުންނަށް އިންސާފުވެރިކަމައި އެކު ދޭން ޖެހޭ އަދަބަކީ އަތް ކެނޑުން
ޓާޒަން / ބ.ހިތާދޫ
20 November 2018
ފިލްމުތަކުގާ ފެންނަކަހަލަ ބޭންކުފާޅާލުމެއްދޯ؟
ގައުމީދަރި
20 November 2018
14 މިލިއަން ރުފިޔާ ހޯދުމަކީ ފުލުހުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ މިހާތަނަށް އަޑު އިވުނު ގޮތުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ވައްކަން. އުއްމީދުކުރަން މިކަން ކުރި މީހުނަށް ހައްގު އަދަބު ދޭނެކަމަށް. އަދިވެސް އެއްފަހަރު ފުލުހުންނަށް، ހާއްސަކޮށް ވިލިނގިލި ފުލުހުންނަށް ހަމަ ސާބަސް ރައްދުކުރަން
ޢޯމޖީ
21 November 2018
ޢެއްމެ ބޮޑު ވައްކަމަކީ ރޔ ވިދާޅުވިގޮތުން ވިއްޔާ މމޕރސ ގެ ވައްކަން.
އިންސާފް
20 November 2018
ހައްގު އަދަބު ދޭންޖެހޭ އެކަމަކު އިންސާފުވެރިކަމައި އެކު
ފާނު
20 November 2018
ވައްކަން ކުރާމީހުންނަށް ވަގުންނޭ ކިޔަންވީ..
އޮބާމާ
20 November 2018
ވަރަށްމޮޅު ކަމެއް ތިކުރެވުނީ. ދެން އަތްޖަހަޖަހާ ތިބޭ. ޑޮކްޓަރަކަށް ދައްކަން 2017 މާޗު މަހު އެޕޮއިންޓްމެންޓް ހެއްދީ. 2017 ނިމި 2018 އޮކްޓޯބަރު މަހު ބުނީ ޑޮކްޓަރ ޗުއްޓީއަށް ދާތީ އެޕޮއިންޓްމެންޓް ކެންސަލް ވެއްޖެކަމަށް. ސަޅި ދޯ؟ ދެން ބާރަށް އަތްޖަހާ..
ބޭކާރު
21 November 2018
ތީ މިކަމާ ގުޅުން ހުރި ވާހަކައެއް ނޫނެންނު. ކޮންމެ ކަމެއްގަވެސް މައްސަލަ ޖެއްސުން.