ޚަބަރު / ހައި ކޯޓް

ނިހާނަށް ކުރި ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރުމުން މިނިވަންވެއްޖެ

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ނިހާން ވެހިކަލަށް އަރުވަނީ. --- ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ހައި ކޯޓުން ނިހާނަށް ކުރި ހުކުމް ބާތިލް ކުރުމާ ގުޅިގެން އޭނާ ވަނީ މިނިވަންވެފަ އެވެ. ނިހާން މިނިވަންވިއިރު، ދާދި ފަހުން ކަރެކްޝަނަލް ސާވިސް އިން އޭނާ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

ފެބްރުއަރީ 6، 2016 ގައި މާމިގިލީ ކޯޓު ހުޅުވައި، ކ. މާފުށީ ކޯޓުގެ ނަމުގައި ލިޔުން ތައްޔާރު ކުރި ކަމަށް ބުނެ، ދައުލަތުން ނިހާންގެ މައްޗަށް ދައުވާ ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އެވެ. ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް އެ މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.

މުހުތާޒްގެ މައްޗަށް ޖަލު ހުކުމެއް އައި މައްސަލަ ވެސް މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.

ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމްގައި ވަނީ ނިހާންގެ މައްޗަށް ހުކުމް ކުރީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ނިހާންގެ މައްޗަށް ކުށް ސާބިތުވީ މާމިގިލީ ކޯޓު ހުޅުވައިގެން އިނދެ އެ ކޯޓުގެ ލެޕްޓޮޕުން އީމެއިލްއަކަށް ވަދެ، ރައީސް ޔާމީން ހައްޔަރުކުރަން ނެރެފައިވާ އަމުރު ކަމަށް ބުނާ ލިޔުމެއް ޑައުންލޯޑްކޮށް، އެ ލިޔުމަށް ބަދަލުތަކެއް ނިހާން ގެނައިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށް ބުނެ އެވެ.

ގާނޫނީ އިމުގެ ބޭރުން ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ނެރެން ނިހާން އުޅުނުކަން ސާބިތުވާ ކަމަށާއި އެކަމަކީ ސަރުކާރަށް ނޭދެވޭ ނުފޫޒުތަކެއް ފޯރުވައި، ޔާމީން "ގަދަކަމުން ފޮރުވައި، ރަހީނު ކުރުމުގެ މަގްސަދުގައި" ކުރަން އުޅުނު ކަމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.

ނިހާންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ހައި ކޯޓުގައި ސާބިތުނުވިއިރު، ދައުލަތުން މުހުތާޒާއި ނިހާންގެ މައްޗަށް ކުރި އިތުރު ދައުވާތަކެއް ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އެވެ. ނިހާނަށް ކުރި ދައުވާގެ ތެރެއިން ބާތިލު ކުރީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

5 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 12%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮށީކޮއި ޢަލީގެ މުޙައްމަދު

22 November 2018

މިހާރު ރަށް ރަށުގައި ތިބި ގާޒީންނަށް ވެދުން ސަލާމަށް ފަހު ދަންނަ ވަމެވެ މިހާރު ރާއްޖޭގައި ތިބި ހުރިހައި ވެރިން ހިފަ ހައްޔަރު ކުރުމުގެ އަމުރުތައް ނެރޭށެވެ ކުއްވެރިއެއް ނުވާނެއެވެ. ކޮންމެ މިހާކު ކޮންމެ ގަޑިއަކުވެސް ހައްޔަރު ކުރުމުގެ އަމުރު ނެރެވިދާނެއެވެ. މިހާރު ސަރުޢި ހުކުމް ތަކާއި އަމުރުތައް ކުޅިވަރެއް ގޮތަށް ކުރެވެއެވެ.

The name is already taken The name is available. Register?

12045

22 November 2018

މިކަންކަން ކަމަކު ނުދޭ. ސިޔާސީ ތާކިހާއަޅައިގެން ކޮންމެފަދަ ކުށެއް ކުރިޔަސް އޯކޭ؟ ހަމަ ޔަގީނުންވެސް މިދެމީހުންވެސް ޖަރީމާއެއް ހިންގި. މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފި. ދެން ކީވެ މިހާރު ހުދު ކާފޫރަށް މިވީ؟ އިބޫގެ ސަރުކާރުގައި ކަންކަން އިންސާފްވެރިކޮށް ގެންދާނެ ކަމަށް އުއްމީދުކުރަން. މިފަދަ ނޭއްގާނީ ނާތަހުޒީބު އަމަލު ހިންގާ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ ކަމުދާކަމެއްނޫން.

The name is already taken The name is available. Register?

ޢިބްރޢހިމް

21 November 2018

ޢިބޫ ޝަރުޢީ ދާއިރާއކަށް އަތެއް ނުބާނާނެ. ޚެމްޕޭނުގައި ވީވައުދުތައް ފުއްދައިދެނީ ޝަރުޢީ ދާއިރާއިން. ޥެރިކަމުގެ ފުރަތަމަ ދުވަހު ކުރަން ބުނިކަންކަން އިންތިހާބުވިޓާ 24 ގަޑިއިރު ނުވަނީސް ހައިކޯޓާއި ކުރިމިނަލް ކޯޓު އަދި ސްޕްޜިމް ކޯޓުން ފުއްދާދިން. ޙަމަ އެއްވެސް މުފޫޒެއް ނުފޯރުވަޔޯލަ. ޢެލަމަކު ހަމަ އަމިއްލަ އަށް ކުރި ހުކުމްތައް ބާތިލް ކުރަނި ވައުދުފުއްދަން.

The name is already taken The name is available. Register?

ޙސހސހ

21 November 2018

ތިހުރިހާ މީހުންވެސް މިނިވަންވާނެ. މިއޮތީވާ ޒަމާނެ. ބޮޑުންނަކީ ކުށްކުރާ ބަޔެއްނޫން.

The name is already taken The name is available. Register?

ދީދީ

21 November 2018

މީ ކިހިނެތް ވާ ގައުމެއް؟ ހުކުމްތައްވެސް ހިނގަނީ ރިޔާސީ ދައުރޭ އެއްގޮތަށް 5 އަހަރަށްބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454