ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ބިދޭސީންތަކެއް ހިނގާފައި ދަނީ. --- ފޮޓޯ: މިހާރު
29 ނޮވެމްބަރ 2018 - 12:00
ބިދޭސީއަކު ރާއްޖޭގައި މަސައްކަތް ކުރާ ކޮންޓްރެކްޓުގެ މުއްދަތުގައި އެ ބިދޭސީ މީހާ ރާއްޖެ ގެނައި ފަރާތުގެ ހުއްދަ ނެތި އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލުކުރާ ނަމަ، ބިދޭސީ މީހާ އަށް ބޮޑެތި އަދަބުތަކެއް ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މަޖިލީހަށް ހުށަހެޅުއްވި ބިލްގެ އިތުރު މާއްދާގައި ވަނީ ވޯކް ވިސާއެއްގައި ރާއްޖެ އެތެރެވެފައި ހުރި މީހަކު އެ ބިދޭސީ މީހާ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި އެ ބިދޭސީ މީހާ ރާއްޖެ އަށް ގެނައި ފަރާތުގެ އިޒުނަ ނެތި އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލުކުރުން ނުވަތަ އެފަދަ ކަމެއް ގަސްދުގައި މަގުފަހިކޮށްގެން ނުވާނެ ކަމަށެވެ.
މި މާއްދާގައި ބުނާ އަމަލެއް ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުން ނުވަތަ ފަސް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ބިލްގައިވެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ބިދޭސީންގެ ސަބަބުން ދިވެހިންނަށް މަސައްކަތުގެ އެތައް ފުރުސަތުތަކެއް ގެއްލި، މަސައްކަތުގެ އަގާއި ކޮލިޓީ ދަށްވެފައިވާ ކަމަށެވެ.
މޫސަ ވިދާޅުވި ގޮތުގައި އެކިއެކި ޕްރޮޖެކްޓުތައް ހިންގުމަށް އެތައް ހަރަދެއް ކުރުމަށް ފަހު ރާއްޖެ ގެނައުމަށް ފަހު، އެމީހުން ފިލުމުގެ ސަބަބުން ބިދޭސީ މީހާ ގެނައި ކުންފުނިތަކަށް އަގު ނުކުރެވޭ ވަރުގެ މާލީ ގެއްލުންތައް ވަނީ ވެފަ އެވެ. އަދި ބިލް ހުށަހެޅުއްވީ މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ލިބެމުންދާ ގެއްލުންތައް ހުއްޓުވުމުގެ މަގްސަދުގައި ކަމަށް މޫސަ ވިދާޅުވި އެވެ.
ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައޫފު
15 September 2019
ރަނގަޅު ކަމެއް.މިއުޅެނީ އަޅުގަނޑު ގެނައިމީހަކު ވީނުވީއެއްނޭގިގެން.ވީހިސާބެއްވެސް ނޭގެ.އިމިގުރޭޝަންގަ ބަހައްޓާފަހުރި 8000 ރުފިޔާވެސް ލިބޭކަށް ނެތް.އޭނަ އުޅޭނެތަނެއްގަ އުޅެފަ އެރުފިޔާއިން ޓިކެޓްނަގައިގެންދަނީ.ހުރިހާ ގެއްލުމެއްމަށަށް.ރަށްރަށުގަ ބޭނުންގޮތަކަށް އެއުޅެނީ.ވޯކް ވިސާނެތި.ބަލާނެބަޔަކު ނެތް.ރަށުކައުންސިލްތައްވެސް ތަންކޮޅެއް ޒިންމާދާރު ކުރުވަން އެބަޖެހޭ.
ކަކުނިބޯ
24 February 2019
ވޯޓަށް ބޮޅެއް ތިއީ ހޮޅިވާހަކަ އަގައޮތީތީ ތަޅުވަނީ
މުއިއްޒު
29 November 2018
ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބުނާ ގަވާއިދުތަކާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހުން ގެންގުޅޭ އަދި ދައުލަތުގެ ބަޖެޓުން މުސާރަވެސް ދޭ! ދެން ކޮބާ ހައްލުވާނެ ގޮތެއް. ހައުސިން މިނިސްޓްރީން ހިންގާ ޕްރޮޖެކްޓް ތަކުގައި މި ބުނާ މީހުން ވަރަށް ގިނައިން ގެންގުޅޭ
ޗައި
29 November 2018
މޫސަ އިމިޤުރޭޝަން ޤާނޫނު އަދި ގަވައިދު ކިޔާލަންފެނޭ..
ބޭބެ
29 November 2018
ޤާނޫނު ހަދާމަޖުލީހަށް ކުރިމަތި ލުމަށް ތަޢުލީމީ ފެންވަރު ޑިޤުރީއަށް ހެދުން މުހިންމު....
ހުސެންް
29 November 2018
އަހަރަމެން ކުންފުނިން އެންމެފަހުން ގެނާ މީހުން ވެސް ރާއްޖެ ގެނާތަނުން ފިލީ.. ކޯޓާވެސް ބުލޮކްވީ
ހަސަނުމް
29 November 2018
އެމީހުން އުޅޭ ހުރިހާ ދިމާލެއް ބަލާ ހޯދައިގެންވެސް ތިކަން ކުރަންވީ. ރާއްޖެ އެތެރެވި ދުވަހުން ފެށިގެން އުޅެފަ ހުރި ދުވަހާ ހަމައަށް މަހަކަސް 20000 ވަރު ހަދާފަ ޖުރިމަނާ ކުރަންވީ. ޖޫރިމަނާ ނުދެއްކޭ މީހުން ސަރުކާރުގެ ޕްރޮޖެކްޓް ތަކުގަ މަސައްކަތް ކުރުވަންވީ ފައިސާ ދެއްކެންދެން. ނޫނީ އަގު ހަމަވަންދެން. ނޫނީ އެފަދަ ތަނަކުން އެމީހުން ކުއްޔަސް ދުކުރަންވީ ކޮސްފަ ޓިކެތް ލިބޭ ވަރުވީމަ ފޮނުވާލަންވީ.
އަހުމަދުލް
29 November 2018
އެ އެންމެން ހޯދާފަ އެމީހުން ޖުރިމަނާކޮށްފަ އަބުރާ ނާދެވޭ ގޮތަށް ފޮނުވާލަންވީ. ގަވާއިދާ ޚިލާފަށް މިހާރު އުޅޭ ބިދޭސީން އަތުން މަހަކު 10000 ރުފިޔާ ދައުލަތަށް ނަގަންވީ ނުވަތަ އަވަހަށް އެމީހުން އަމިއްލައަށް ފުރައިގެން ދާންވީ. މިގޮތްވެސް ކަމުދާނެ. އަނެއްކާ އެފަދަ މީހުން ބޭރަސް ފައިސާވެސް ފޮނުވާ ވެސްޓަން ޔޫނިއަން ތަންތަނުން. އެވެސް ހުއްޓުވަންވީ.
ނަން
29 November 2018
ތީކީ އަދި ތިކަމުގެ ހައްލެއް ނޫން. ގަވާއިދާ ޚިލާފަށް އުޅޭ ގިނަ ބިދޭސިންގެ ފަހަތުގައި ތިބެނީ ދިވެހިން. އެހެންވީމަ ކާކުގެ ހުއްދައެއް ނެތިގެން މިއުޅެނީ؟ ތިއުޅެނީ މީސަގެ ކުންފުންޏަށް ރަނގަޅު ގޮތެއް ހޯދަން. މުޅި މައްސަލައަށް ހައްލެއް ހޯދާކަށް ނޫން. ހައްލަކީ ކޮބައިކަން އަހަންނަށް އެނގޭ. އެކަމަކު މޫސަ ކައިރިއަކު ނުބުނާނަން.
އިސްކަންދަރު
29 November 2018
އިމިގްރޭޝަން ގާނޫނުގަ އޮންނަގޮތުން ވިސާނެތަސް ބޭރުމީހުން ހައްޔަރުނުކުރެވޭ!އަދި ޑިޕޯރޓްވެސް ނުކުރެވޭ! ދެން ކިހިނެތަ ކަމެއް ރަނގަޅުކުރާނީ! ސީދާ އިމިގަރޭޝަންމީހަކު ބުނި އެއްޗެއް މިބުނީ!!
އުމަރު ނަސީރު
04 December 2018
ހައްލަކީ އަހަރެން
ސްލޭވަރީ
29 November 2018
ފަސްލައްކަ ނޫނީ މިލިޔަން އެމީހުންނަކަށް ނުލިބޭނެ. ޖަލަށް ލުމުގެ ބަދަލުގަ ޑިޕޯޓް ކޮށްލުން މާ ރަނގަޅުވާނެ. ގަދަކަމުން އެއްވެސް ބަޔަކު ލައްވާ މަސައްކަތްކުރުވުމަކީ އަޅުވެތިކަން.