މަޖިލީހުގެ ރައީސް ގާސިމް، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ޕީޕީއެމްގެ މެމްބަރުންނާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
28 ނޮވެމްބަރ 2018 - 11:04
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޑި އަށް ޖަލްސާ އަށް ވަޑައިނުގަންނަވާތީ އެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނުވައެއް ޖަހާއިރު، ފަށަން އެޖެންޑާ ކޮށްފައި އޮތަސް، ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަވެގެން، ޖަލްސާ ފެށޭ ވަރުވީ އޭގެ ބައިގަޑިއިރު ފަހުންނެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މެމްބަރުންގެ 25 ޕަސަންޓެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބެވި 79 މެމްބަރުންގެ ތެރެއިން 20 މެމްބަރުންނެވެ.
މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވީ އެއްވެސް ސަބަބެއް ނެތި، މެމްބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލަ ސުލޫކީ ކޮމިޓީން ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޖަލްސާގެ ކޯރަމް ހަމަނުވި މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނާއި ވެރިކަން ކުރާ ކޯލިޝަންގެ ބައެއް މެމްބަރުން ވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވައިފަ އެވެ.
ޕީޕީއެމް މެމްބަރުން ވިދާޅުވި ގޮތުގައި، ކޯރަމް ހަމަނުވަނީ ވެރިކަން ކުރާ ކޯލިޝަންގެ މެމްބަރުން ވަޑައިނުގަންނަވާތީ އެވެ. އަދި ކޯރަމް ހަމަކުރެވެނީ ޕީޕީއެމް މެމްބަރުން ޖަލްސާ އަށް ހާޒިރުވެގެން ކަމަށް ވިދާޅުވެ، ކޯލިޝަންގެ މެމްބަރުންނަށް ފާޑު ވިދާޅުވި އެވެ.
ނަމަވެސް، އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މެމްބަރުން ގަޑި އަށް ހާޒިރުވެ، މަޖިލީހުގައި މަސައްކަތް ކުރުމަކީ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެއީ ސަރުކާރާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި ނޭޅުވޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރަން ވަނީ ފަށައިފަ އެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފާސް ކުރުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުނައިދު
30 November 2018
ބަލަގަ ސިވިލްސާވިސްގެ މުވައްޒަފަކު މިނިޓަކަށް ގަޑި ޖެހުނަސް ގަޑީ ލާރިއުނިކުރޭ.އެކަމަކު މިމަޖިލިސް މެމްބަރުން ވަރިހަމަ އެއްދުވަހު ނަޔަސް ބަރާބަރަށްމުސާރަލިބޭ.އުންޏެއްނުވޭ.އެހެންތާވާނީ އެމީހުންގެ މުސާރަ އެމީހުންވިއްޔާ ކަނޑައަޅަނީ..މިހާރުތިބި މަޖިލިސް މެމްބަރުން ލަނދެއް ހަޔާތެއްހުރިނަމަވެސް ވޯޓް ހޯދަންނާންނާނެ.ނިކަން ކެރެންޏާ ވޯޓްގެ ކުރިން ހާޒިރު ނުވާ ދުވަހަށާއި ގަޑީ ލާރި އުނިކުރަންޖެހޭ ބިލެއްފާސް ކޮށްލަބަލަ.
އަލީމާ
29 November 2018
ތިތަނުން ގަޑިއަށް ނާންނަ މީހުންގެ ނަން ހާމަ ކުރަން ފެނޭ. އެ މީހުން ދެން މަޖިލިސް އަށް އަލުން ނުހޮވުން ބުއްދިވެރި. ރައްޔިތުންނައިގެން ތިމީހުން އުޅޭވަރު ވަރަށް ރަނގަޅަށް ހާމަވޭ.
ބަލާމީހާ
28 November 2018
ތިޔަ މެމްބަރުންނަށް އަހަރެން ދޭން ބެނުންވާ މުސާރައަކީ ޖަލްސާއަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް 2500 ރުފިޔާ އާއި ކޮމެޓީ އެވަންސް ދުވާލަކަށް 500 ރުފިޔާ. ޙާޟިރު ނުވާނަމަ އެއްވެސް އެއްޗެއް ނުދެވެނެ. މުސަރައަށް ދޭ ފައިސައަކީ ރައްޔިތުންގެއަތުން ނެގޭ ރައްޔިތުންގެ ފައިސާ . އަގު ބޮޑުހާ ޚިދުމަތްތަކެއް އެހުރީ ދައުލަތުން ހަމަޖައްސާދީފައި . މިވަރުން ވާންޖެހޭނެ.
އައިމިނާ
28 November 2018
މި އިއްޒަތްތެރި މެންބަރުން އުޅެންވާގާނޫނެއްވެސް ނުވޭތޯ ޤާނޫނަށްވުރެ މަތީގަތޯއެބޭފުޅުންތިއްބަވަންޖެހެނީ
ޓާޒަން / ބ.ހިތާދޫ
28 November 2018
79 މެންބަރުން ތެރެއިން 20 މީހުންވެސް ދައްކާނުލާތީ ރައްޔިތުންނައިގެން ތިމީހުން އުޅޭވަރު އެބަ އިނގޭ.
އައިމިނާ
28 November 2018
މުސާރައިންވެސް ކެނޑެންވާނެ. އެ އިއްޒަތްތެރިންނަށް އެނގިވަޑައިގަންނަވާ ކޮންމެ ގޮތަކަށް ކަންތައްކުރެއްވިޔަސް އެއްކަމެއްވެސް ނުވާނެކަން. އެހެންވެ ބޭނުންފުޅުވާގޮތަކަށް ކަންތައްކުރައްވަނީ. މުސާރަވެސް ބަރާބަރަށް ލިބިވަޑައިގަންނަވާނެކަން. އެހެންވެ މިހާރު މަޖިލިހަށް ކުރިމަތިލާމީހުންވެސް އާދަޔާޚިލާފަށްގިނަވެއްޖެ.
ޔެސް
28 November 2018
ޝުކުރިއްޔާ މަޖްލިހުގެ ރައީސަށް މަޖްލިހުގެ މެމްބަރުންގެ އަޚްލާގު ހަމައަކަށް އެޅުވުމަށް އިސްނެންގެވީތީ.
މުހައްމަދު ރަޝީދު އަލީ
28 November 2018
ބޮޑުމުސާރަ ބޮޑުއިނާޔަތްތަށް ނަންގަވައިގެން ގަޑިއަށް ވަޒީފާ އަދާނުކުރާނަމަ ފިޔަވަޅުއެޅެންޖެހޭ، ހެދުނު 9:00 އެއީ ވަޒީފާ އަށް ނުކުންނަން އަވަސްގަޑިއެއްނޫން، މެންދުދު 1 ޖެހީމަ އެދުންތެދުވެގެން 1:30 އަށް ޗެންބަރ އަށް ވަދެ ވޯޓުގައި ބައިވެރިވުމައްފަހު ނިމިގެންގޮސް ރަގަޅައް ފަރީކުޅުއްވައިގެން ކުޑަދަށުގަ ސިގިރެޓް ބޯލަން އިންނެވުމައްފަހު ވަގުތު ކޮޅަކަށް ކޮމެޓީގައި ބައިވެރި ވެލާފަ ނިކުމެ ކޮފީބޯލަން އިންނެވުމަށް ފަހު ބޭރަށް މަހަކު /85000 (އައްޑިހަފަސްހާސް)
ނެތީމޭ
28 November 2018
ރައްޔިތުންގެ ހައްގުގައި އުޅޭ މީހުންނަށް ގަޑިއަށް މަޖްލީހަށް ނުދެވޭނަމަ ތަމެން ދެން މަޖްލީހުގެ ގޮނޑިން އިސްތިއުފާ ދިނުން މާ ބޮޑަށް ރަނގަޅުވާނެއޭ ބުނަން މަމެން ނެތީމު ދޯ..
ސާޒްލީ
28 November 2018
ބަލަ އަހަރުމެން ކިރިޔާ ގަޑިޖެހުނަސް ބޮޑުތަނުން މުސާރައިން އުނިކުރޭ، ދައުލަތުން ތިހާ ބޮޑު މުސާރަ ނަގާ މީހުން އުޅޭފާޑުން ލަދެއް އަޅެ ނުގަނޭތަ.