މާލެ: ފެބްރުއަރީ 19، 2018- ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ބޭއްވި ޚާއްސަ ޖަލްސާ ނިއްމުމަށްފަހު ޕީޕީއެމްގެ ދާންދޫ މެމްބަރު ،އިދިކޮޅު މެމްބަރުންނާއެކު މަޖިލީހުގެ ބޭރުގައި .---ފޮޓޯ: ނިޝާން އަލީ/މިހާރު
28 ނޮވެމްބަރ 2018 - 13:48
ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގަތުމާ އެކު، މަޖިލިހުގައި ފުރަތަމަ ފަހަރަށް މެމްބަރުންގެ އަދަދުން އެމްޑީޕީއާ އެއްވަރުކޮށްފި އެވެ.
މިހާރު މަޖިލިހުގައި އެމްޑީޕީގެ 19 މެމްބަރުން ތިއްބަވާ އިރު ޖޭޕީގެ އަދަދަކީ ވެސް އެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ ކަމަށް ވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު މަދުވީ، އާ ސަރުކާރުގެ ކެބިނެޓަށް އެ ޕާޓީގެ ހަ މެމްބަރަކު ވަޑައިގަތުމުން، އެ ގޮނޑިތައް ހުސްވުމުންނެވެ. އޭގެ ތެރޭގައި އޭރު މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި އެކަމަކު މިހާރު އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން މަޖިލިހުގެ ގޮނޑިއެއް ހުސްވާ ވަގުތާ، ރައްޔިތުންގެ މަޖިލިހުގެ އާ އިންތިހާބު ބާއްވާ ދުވަހާ ދެމެދު ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި އިލެކްޝަން ބާއްވާކަށް ނުޖެހެ އެވެ. ރައްޔިތުންގެ މަޖިލިހުގެ އާ އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މާޗު މަހު އެވެ. އެހެންކަމުން ހުސްވެފައިވާ ހަ ގޮނޑިއަށް އޭގެ ކުރިން މެމްބަރުންނެއް ނުހޮވާނެ އެވެ.
މިހާރު މަޖިލިހުގެ ޖުމްލައަކީ 79 މެމްބަރުންނެވެ. އެމްޑީޕީ އާއި ޖޭޕީގެ 19 މެމްބަރުންނާ އެކު، މަޖިލިހުގައި ސަރުކާރު ކޯލިޝަން ތަމްސީކުރައްވާ ޖުމްލަ މެމްބަރުންގެ އަދަދަކީ 46 އެވެ. އިދިކޮޅު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި 33 މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ޕީޕީއެމްގެ 29 އާއި އެމްޑީއޭގެ ހަތަރު މެމްބަރުންނެވެ. އެހެންކަމުން މަޖިލިހުގައި އެންމެ ގިނަ މެމްބަރުން ތަމްސީލުކުރައްވަނީ ޕީޕީއެމް އެވެ.
ޖޭޕީގެ މެމްބަރުންގެ އަދަދު 19 އަށް އެރީ މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިން މިއަދު އެ ޕާޓީއަށް ސޮއިކުރެއްވުމުންނެވެ.
އާ ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަޑައިގެންނެވި ކުރީގެ މެމްބަރުންނާއި މަޖިލީހުގައި މިހާރު ވެސް މަސައްކަތް ކުރައްވާ މެމްބަރުންތަކެއް ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
- އެމްޑީޕީ: 19
- ޖުމްހޫރީ ޕާޓީ: 19
- އަދާލަތު ޕާޓީ: 1
- ސަރުކާރު ކޯލިޝަންގެ މެމްބަރުން (އަމިއްލަ): 7
- ޕީޕީއެމް: 29
- އެމްޑީއޭ: 4
ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން ގުނީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ފަސް މެމްބަރަކު އަދިވެސް ވަކި ޕާޓީއަކާ ގުޅިވަޑައިނުގެން ތިއްބެވުމުންނާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ފުވައްމުލަކު މެދު ދާއިރާގެ އަލީ ފަޒާދު ވެސް ހިމަނައިގެންނެވެ.
ވެރިކަން ކުރި ޕީޕީއެމް ދޫކޮށް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުންނަކީ މާވަށު ދާއިރާގެ އަޒްހާން ފަހުމީ އާއި ބިލެތްދޫ ދާއިރާގެ އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ އަހުމަދު ރަޝީދު އާއި ފަރެސްމާތޮޑާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފާއި ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސެއިން އަދި ތ. ގުރައިދޫ ދާއިރާގެ ހުސެއިން މަނިކު ދޮންމަނިކެވެ.
މި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. މުސްތަފާ އާއި މުހައްމާއަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހަމައެކަނި މެމްބަރުންނެވެ.
އޭގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ އާއި މަޑުއްވަރީ މެމްބަރު މުހައްމަދު އަމީތު އާއި ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި ފުވައްމުލަކު މެދު ދާއިރާގެ އަލީ ޝާހެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންގެ ތެރެއިން އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ތިއްބެވީ، މައްޗަންގޯޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން އަދި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އެވެ. މީގެ ތެރެއިން، ސައުދާއި ސައުދުﷲ ނިންމެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ތިއްބެވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Fisaarikanbaleh
28 November 2018
ތިއީސޭޓަށް ދައްކާލާ އަވަމެންދުރެއް! ދެއިރުދެދަޅައަށް ގަނެ ވިއްކާ އެއްޗެހި ހަރެއްނުލާނެ މާގިނައިރަކު، ބޭނުންވާ މަގުސަދު ހާސިލް ވުމުން އެއަށްވުރެ މާރީތި އެއްޗެއް ފެންނަ އިރަށް އޭތިފަހަތުން ދުއްވާގަންނާނެ، ކުރިއަށް އޮތީ ރައްޔިތުންގެ ނިންމުން ސަމާލުވަންޖެހޭނެ!
އަހުމަދުބާއި
28 November 2018
މަޖްލީހުން ގިނަ އާ މޫނު ތަކެއް ފެންނަން ބޭނުމެވެ. މިކަން ކުރުމަށް ޕާޓީ ތަކުގެ އެއްބާރު ލުން ބޭނުމެވެ.
.ނާމާ
28 November 2018
.ދެންތިބޭ ފޮނިއަރައިގަނެގެން އުޅޭ މޑޕ ބައިގަނޑު މާމީހުން ގިނަ ބައިގަނޑެކޯމީ އެގިއްޖެނޫން މިހާރު ތާއީދު އޮތީ ކާކަށްކަން .
ތިމާވެށި
28 November 2018
ފެއިލް ވެފަ ހުރި މީހަކު ކޮންމެ ޕާޓީ އަކުން ކުރިމަތި ލިއަސް ވޯޓް ދޭނެ ކަމެއްނެތެވެ. އަބަދު ޕާޓީ ބަދަލުކޮށްގެން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ.
ޑރ.ނަޒުނާ/ހިތަދޫ/ޔޫކޭ
28 November 2018
އުފާވެރިޚަބަރުތައް އ މާމިގިލީން އެބަލިބޭ.. ކުރިޔަށް އޮތް މަޖިލިސް އަށް އެދާއިރާ އިންކުރިމަތިލާނީ ޒުވާން ތަޢުލީމީ ބޭފުޅެއްކަމަށް ވަނީ.. ދެން ސޭޓުމެން ލިޔެފައިވާ އަކުރުތަކުން އުމުރު ދަށްކުރިނަމަވެސް އަސްލު އުމުދަށެއްނުވާނެދެތްތޯ..
ތުއްތޫ
28 November 2018
އަނެއްކާ ބަޣާވާތް ބޯމަތިވަނީ
ދޮންތި
28 November 2018
މި ސޭޓް ނުވާނެ ރަގަޅެއް ދުވަހަކުވެސް. އެއްފަހަރު ޔާމީނު ކައިރީ ބުނި ތިމަންނާ ސިޔާސީ ދާއިރާއިން ދުރަށްދިޔަށްއޭ ވެސް.
ހޯރަފުށީ ޗާލުނަޔާ
28 November 2018
ޔާމީނު ސަރުކާރުގަ ހުރިހާ ޖަރީމާއެއް ހިންގި މީހުންނާއި ރަށްއިތުން ނަށް އެތައް އަނިއާއެއް ދިނުމުގަ ބައިވެރިވި މީހުން ޖޭފީއަށް ސޮއިކުރުމަކީ ލަދުވެތިކަމެއް. ގާސިމަށް ވަރަށް އިހުތިރާމާއި އެކު މި ދަންނަވަނި ހޯރަފުށީ ދާއިރާހޯދަށް މަސައްކަތް ނުކުރާށޭ ޒަމާނުން ސުރެ ހޯރަފުށްޓަކީ އެމްޑީފީ 100ފ ތާއިދު އޮށް ރަށަކޭ. ޖޭފީއަށް ހޯރަފުށީ ދާއިރާ ދިނަސް ގާސިމް ލަދުގަންނުވާލައިފަ. އަމިންލަ ގޮތުން ނިކުންނަ މީހަކު ހޮވާނަމޭ. ސުކުރިއްޔާ
ސީދި
28 November 2018
ބޮޑަށްސިފަވަނީ ޖޭޕީ އާއި ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަން އަކާ...
ދަތްނެތްކުއްޖާ
28 November 2018
ޙަޤީގަތުގައި މޑޕ އެހެން ޕާރޓީ ތަކާއި އެކު ކޯލިޝަން ހެދީ ޤައުމުގައި އިސްކޮއް ހުންނަވާނެ ވެރިއަކު އައްޔަން ކުރުމަށާއި ސަރުކާރުގެ ތެރެއިން ކޮންމެވެސް ވަރެއްގެ ޕަރސެންޓް އެއް އެވެރިންނަށްވެސް ދިނުމަށް އެއްބަސްވެގެން. މިހެންކަމުން މަޖުލިހުގެ ހުރިހާ ދާއިރާއެއްގެ ހުރިހާ ގޮނޑި ތަކަށް މޑޕ މެމްބަރުންނަށް ކުރިމަތިލެވި އަދި އެހެން ޕާރޓީ ތަކަކާއި އެކު ވާދަކުރެވެންޖެހޭނެ. މޑޕ އަށް މަޖުލިހުގެ %75 ހޯދެންޖެހޭނެ. ރައްޔިތުން ތިބީވެސް އެ ގޮތުގައި.