29 ނޮވެމްބަރ 2018 - 17:05
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިތުރު ފަސް ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
- މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް: މުޙައްމަދު އިޔާދު ހަމީދު (މ. މުއްދޫ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ: ހަސަން ރަޝީދު (ގ. ސެރޭންޑް)
- މިނިސްޓަ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް: ޝައިހް އިލްޔާސް ޖަމާލް ( ގދ. ވާދޫ ގުލްބަކާގެ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް: ޢާއިޝަތު ރަޝީދާ (ސ. ފޭދޫ ހަނދުވަރީގެ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ އެންވަޔަރުމެންޓް: އަހުމަދު މުޖްތަބާ (މ. ސީވޯލް) މި ހުރިހާ ބޭފުޅުންނަކީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުންނެވެ.
ރައީސް އިއްޔެ ވަނީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް އިބްރާހިމް ހޫދު އައްޔަން ކުރެއްވުމުގެ އިތުރުން ފަސް މިނިސްޓްރީއަކަށް ހަ ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރައްވައިފަ އެވެ.
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް ވަނީ 16 ސްޓޭޓް މިނިސްޓަރަކު އެކި މިނިސްޓްރީތަކަށް އައްޔަން ކުރައްވައިފަ އެވެ. އޭގެ އިތުރުން ރައީސް އޮފީހަށް ވެސް ބައެއް ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގައި މަގާމުތަކަށް ބައެއް ބޭފުޅުން ވަނީ އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަލާގް
30 November 2018
ޢައްޑޫ މީހުންނަށް މިއޮތީ ވަޒީފާގެ އީދު އައިސް. ވަޒީފާ ބަހާ ކޮންމެ ފަހަރަކު 30 ޕަސެންޓް އައްޑޫ މީހުންނަށް ދިނުން ލާޒިމް ވެފަ އޮތީ. ޢެހެން ރަށަކު ނެތް ދެން އެކަށީގެން ވާ މީހެއްވެސް އަދި ވޯޓުދިން މީހެއްވެސް.
މާޑު
30 November 2018
ތިއީ ވަރަށް ބޮޑު ތެދެކެވެ. ވޭތުވެދިޔަ ޒަމާންތަކުގައި ރާއްޖޭގެ ގިނަ އިސް މަޤާމްތަކެއްގައި ތިޔަ ވިދާޅުވާ ސަރަޙައްދުގެ ބޭފުޅުން ތިއްބަވައިގެން ރާއްޖެއަށް އައި އިސްލާޙެއް ކުރިއެރުމެއް ނެތެވެ. އެބޭފުޅުންގެ ޤާބިލްކަން ހުރި މިންވަރަކީ މިއީއެވެ! ވ ސަލާމް!
ސޭކިސްތާނުގެޑޮކްޓަރު
29 November 2018
މި މުޖުތަބާ އަކީ ވަރަށް ފޭކް ބޯދާ މީހެއް. ކަމަކުނުދޭ.
ސޯޕް ލައިޓް ބްރަދަރ
29 November 2018
ކޮންްްްްްްްްްްްްްްމެ ދެމަފިރިއެއްގެ ތެރެއިން އެކަކަށް ސްޓޭޓްމިނިސްޓަރުކަން ހަމަޖެހޭނެ ކަމަށް އުއްމީދުކުރަން!!
އުމަރުބެ
29 November 2018
މަގާމުތޯ ތިޔަކުދިން ފުރާނީ؟ ނުވަތަ ރައްޔިތުން އެދޭބަދަލެއްތޯ ގެނެސްދޭނީ؟
އެނޮން
29 November 2018
އަޖައިބެއް. ތިދެން ދީ ނިމިފަހުރި ވަޒީފާތަކެއް. އެއްފަހަރާ 80 މީހުންގެ ނަން އިއުލާންކޮށްބަލަ. އިރުއިރުކޮޅާ ތިން މަޤާމު އިއުލާނުނުކޮށް. މިހެން ކުރިޔަސް މީހުންނަށް އިނގޭ ހިސާބަށްވުރެ މަގާމްތައް ގިނަކަން
ސީދި
29 November 2018
ހަސަން ރަޝީދު އަށް ފިޝަރީސް ސްޓޭޓުކަން ލިބުނީ މިފްކޯގަ ހުރިއިރު ލިބުނު ކާމިޔާބީގެ ބޮޑުކަމުންބާ މީ އަނެއްކާ ކޮންޕާޓީއެއްގެ ސްލޮޓެއްބާ
ޢެމް ސީ ކުދިން
29 November 2018
ޢަހަރުމެންގެ އައިޝާ މެޑަމް އަށް މަރުހަބާ.
މަހީމް
29 November 2018
ތައުލިމް ހުއްޓަސް ތަޖުރިބާ ނެތިއްޔާ ކިހިނެތް ސަރުކާރެއް ހިންގާނީ. އަލަށް ކިޔަވައިގެން އަންނަ ކުދިންނަށް ތި ދެނީ ސްޓޭޓް މިނިސްޓަރުކަން.
ހީނާ
29 November 2018
ބުނަން ޝޭޙް އިލްޔާސް ޖަމާލް އަކީ ވަރަށް ކެރޭ ބޭފުޅެއް އެބޭފުޅާގެ އަމާޒައް ވާސިލު ވެވިއްޖެ ކަމައް ދެކެން އެއީ ރަނގަޅު ފެންވަރުގެ ވަޒީފާ އެއް... ޝޭޙް އަށް ސާބަސް ދެން
އައްޝައިޚް ޓްރިޕުލް އެކްސް
29 November 2018
ތެދެއްތީ އެއިރެއްގަ ކެވެން އޮތް ކޮޅަކަށް ބަދަލުވާން ހެސްކިޔާފަ ކެރޭ ބޭފުޅެއް.. ޔާމީނުގެ 5 އަހަރުގައި އުޅުނީ ސައުދީގައި ހުންނަ ރާއްޖެ އެމްބަސީގައި ސިޔާސީ މަޤާމެއްގައި. ސަރުކާރު ވެއްޓެން މަހެއްހާ ދުވަހަށްވިތަނާ ޔާމިނަކީ އަނިޔާވެރިއެއްކަން އެގުނީ.. ދެން މާލެއައިސް އުޅުނީ ކޯލިޝަން ސަރުކާރުން ސިޔާސީ މަޤާމެއް ލިބޭތޯ... ދެން އަލީޒާހިރު ކާރީ އާދޭސްކުރީ.. އެހެންވީމަ ކުޅަދާނަތާ ދޯ.. ތި ޝޭހުގެ ހަޤީޤަތް އިނގެޔޭ! އެވާހަކަތައް ނުކިއްޔާ ރަނގަޅުވާނީ..
މޯލްޑިވިއަން
29 November 2018
ކޯލުން ބޮޑުމަކަމުން އަދިވެސް އިބޫ އަށް ސަރުކާރު އެކުލަވާނުލެވެއެވެ. ތަޖުރިބާ ނެތީއެވެ. އިންތިހާބު ނިމި މަޤާމްތަކަށް މީހުން ހަމަޖައްސަން ދޮޅުމަސްދުވަސް ލިބުނެވެ. ...އަދި ފާހަގަކޮށްލަމެވެ. އިބުގެ އަންހެނުންގެ އާއިލާ މީހުން ވަޒީފާތަކަސް ލާކަން ގިނައެވެ. އެމްސީ ހަމީދުވެސް އަދި ޕޮލިސް ކޮމިޝަނަށް ހަމަޖައްސާނެވެ...ހަމީދަކީ ޤައުމުގެ ސިއްރުތަކެއް ބޭރުކުރި މީހަކަސް ވާއިރު އެއްވެސް އެފަދ މަޤާމެއްދިނުން ރަނގަޅެއް ނުވާނެވެ.
ސްކޮޓްލެންޑް ޔާރޑް
29 November 2018
ކޮމެންޓް ކުރާއިރު ހަގީގަތް އޮޅޭގޮތަށް ވާހަކަދެއްކުމަކީ ރަނގަޅުގޮތެއްނޫން . އެމްސީ ހަމީދު ހާމަކުރި މައުލޫމާތުތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއްނޫން. އެމްސީ ހަމީދު ދަންނަ އެއއވެސް މީހަކު އޭނާގެ ގާބިލުކަމާއި ވަޒީފާއަށްދޭ އަހައްމިއްޔަތާއިމެދު ޝައްކެއް ނުކުރާނެ. ހަގީގަތަކީ މިއަދާ ހިސާބައްވެސް އެދާއިރާއިން ހަމީދަށް ވުރެ ތައުލީމީ ފެންވަރު ރަނގަޅު މީހެއް ނެތްކަން.